"އިންޑިއާ އައުޓް" ޝިއާރުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީން ބާއްވާ އެއްވުންތައް ރޫޅާލަން ނެރެނީ އެމްޑީޕީއަށް ކިޔަމަންވާ ވަކި ފުލުހުންތަކެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް ޕީއެންސީގެ އެ ހަރަކާތްތަކުގައި ގާނޫނާއި ޚީލާފު ކަންކަން ކުރެވެމުންދާ ކަމަށް ބުނެ ފުލުހުން ނުކުމެ އެ އެއްވުންތައް ރޫޅާލާފައިވެއެވެ. އެއްވުންތައް ރޫޅާލުމުގެ ތެރޭގައި ގިނަ ބަޔަކަށް އަނިޔާ ވެފައިވެއެވެ. ޕީޕީއެމް ޕީއެންސީގެ ސަޕޯޓަރުންނާއި، ނޫސްވެރިންނަށް ވެސް އަނިޔާ ލިބިފައިވެއެވެ.

"ސަންގު ޓީވީ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ޝިޔާމް ވިދާޅުވީ، ފުލުހުންގެ ތެރެއިން ވެސް ގިނަ ފުލުސް އޮފިސަރުންނަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމުން އެ ކަމާއި ކަންބޮޑުވާ ފުލުހުން ކަމަށެވެ. އިދިކޮޅު ހަރާތްތައް ރޫޅާލަން އެ ފުލުހުން ބޭނުން ނުވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ނަމަވެސް އެއްވުންތައް ރޫޅާލަން ނެރެނީ އެމްޑީޕީގެ އިސް ވެރިންނަށް ކިޔަމަންވާ މަދު ފުލުހުންތަކުގެ ތެރޭގައި ހިމެނޭ ފުލުހުންތަކެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެއްވުންތައް ރޫޅާލަން އާންމުކޮށް ވަކި ފުލުހުންތަކެއް ނެރެ ބައިތިއްބާ ކަމަށް ޝިޔާމް ތުހުމަތު ކުރެއްވިއެވެ.

"އަޅުގަނޑުމެން ބެލި ބެލުމުން އެނގުނު ކަމަކީ، މިފަދަ އެއްވުންތައް ރޫޅާލަން، އާންމުކޮށް ވަކި ފުލުހުންތަކެއް އެބަ ނެރޭ، މި ފުލުހުން ނެރެގެން އަނިޔާ ކުރަން ޓާގެޓްކޮށް މަސައްކަތް ކުރާ ތަން،" ރައްޔިތުންގެ މަޖިލީހުގައި ނައިފަރު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެއްވުންތައް ރޫޅާލުމުގައި ބައެއް ފުލުހުން ހާލަތާއި ނުބައްދަލު ބޭނުންކުރާ މައްސަލަ ކަމާ ބެހޭ އިދާރާތަކުގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށެވެ. މި ގޮތުން ފުލުހުންގެ މުއައްސަސާގެ އިތުރުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބޮކި

    ބަލަ ކަލޭމެން ވެރިކަމުގަތިބީއިރު އެއްވުންތައް ރޫޅާލީ ކިހިނެތްތަ ؟

    8
    15
    • އަހްމަދު

      ތިޔަފުލުހުންނައްވެސްއަދި ހެޔޮވިސްނުން ﷲތަޢާލާދައްކަވާށި

  2. ޙަސަނު

    ބަލަ އެމްޑީޕީ ވެރިކަމުގަ މިޔަދު ނެތްނަމަ މިގައުމުގަ ހުރިހާ މުވައްސަސާއެްގަ އަލފާންޖަހާ މަގުމަތީ ޕޭމަންޓުގަ ހުރި ހުރިހާ ގާތަކެއް އުކާ ފުލުހުންނަށް އަނިޔާކޮށް ޓުވަރިޒަމް ބޮއެކަޓްކުރަން ގޮވާ މުޅިގައުމުގަ އަގު ވައްޓާލީސް އެކަމު މިހާރު ތި އިންޑިޔާސިފައިން ނާދެކޮޅަށް މުޒާހަރާކުރާ ފަރާތްތަ މުޒާހަރޤކުރަނީ ވަރަށް ކެތްތެރިކަމާއެކު ދޯ . ޢިންޑިޔާ ސިފައިން މިތާ ތިބެން މަވެސް ދެކޮޅު

  3. ހަގީގަތް.

    ކަލޭމެންގެ ވެރިކަމުގަ ވެސް ކަންތައް ކުރީ ހަމަތިގޮތައް.. ސިޔާސީ ހުރިހާ މީހުންނަކީ މިގައުމަށް ޖެހިފަ އޮތްބަލާ އެއް

    1
    3
  4. ކާކުބުނީކީކޭ

    "ތިހާވަރަކަށް އެއްވާން ބޭނުންވާނަމަ ހައްޖަށް ދާންވީނު." ރައީސް ޔާމީން

  5. މޯދީ

    ހަމަ ތެދެއް ތިޔާ މިވެރިކަން ގެންނަންވެސް މުޅި މުއައްސަސާ ތެރޭގައި އެންޓި ކެމްޕެއިން ކުރި ގުރޫޕް އެއީ އަދި އެމީހުންގެ ފެމެލީވެސް އެއީ ހުސް އެމް.ޑީ.ޕީ މީހުން އެހެންވީމަ މަޖުބޫރު ވާނެ އެވައްތަރަށް އުޅެން

  6. ޢަހޫ

    ޥަގުންނަށްވެސް ދޯ

  7. އަބްދޫ

    މިމީހުންވެރިކަމަށް އައިސް ފުލުހުނގެތެރެއަސް ވެއްދި ގޭންގް ގޮރޫޕް.

  8. އަލްޖިބްރާ

    ކަލޭގެ ލަދުހަޔާތް ކޮބާ ؟ ޔާމީނުގެ ވެރިކަމުގައި އެއްވުންތަށް ރޫޅާލަންނެރުނީ ކޮންބައެއްތަ ؟

  9. މީމު

    މިކަހަލަ ވާހަކަ ދައްކާނަމަ ޝިޔާމުމެން ލަދުހަޔާތަށް ގޮވުދާނެ!
    ފާއިތުވިތަން އޮތީ ކިހިނެއްތޯ ބަލާބަލަ!
    އަބަދުވެސް އަނިޔާވެރިކަމާ ދެކޮޅު!

  10. ސެފެނިން

    ދެންފަހަރަކުން ނެރޭނަން ޕޕޕ އަށް ކިޔަމަންވާ ފުލުހުން