ވެރިކަންކުރާ ރަށް މާލެ ތޮއްޖެއްސުމަކީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ސިޔާސަތެއް ނޫން ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީގެ ރައީސް ނާޒިމް އެގޮތަށް ވިދާޅުވީ އެމްޑީޕީ އާއި ވާދަވެރި ސިޔާސީ ޕާޓީތަކުން ބޭނުން ވަނީ މާލެއަށް އެންމެން ޖަމާ ކުރަން ކަމަށާއި، އެހެންވެގެން ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް އެއިން ޕާޓީއެއްގެ ކެންޑިޑޭޓަކު ހޮވުމުގެ ބޭނުމެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.
ނާޒިމް "ވަގުތަށް" މިއަދު ވިދާޅުވީ އެމްއެންޕީގެ ސިޔާސަތަކީ ކޮންމެ ރަށެއްގެ ރައްޔިތުންނަށް ވެސް އެ ރަށެއްގައި ފުދުންތެރި ކަމާއެކުގައި ދިރިއުޅެވުން ކަމަށެވެ. އަދި މާލެ ކައިރިއަށް މީހުން އެއްފަސްކޮށް މާލެ އިތުރަށް ތޮއްޖެއްސުމަށް އެ ޕާޓީން ތާއީދު ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދު އަވަހާރަވުމާ ގުޅިގެން އެ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ނިންމާ، އެ އިންތިހާބުގެ ފޯރި މިވަނީ ގަދަވެފައެވެ. މިގޮތުން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އިތުރުން އަލަށް އުފެއްދި އެމްއެންޕީ އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމުން ވެސް ވަނީ އެދާއިރާއަށް ވާދަކޮށްފައެވެ.
އެގޮތުން އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝީދުގެ ކެމްޕެއިން ފައްޓަވައިދެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ މިފަހަރުގެ އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ ރައްޔިތުން ވޯޓު ދެއްވަންވާނީ މަނީ ލޯންޑްރިން އާއި ބަޣާވާތާއި ދެކޮޅަށް ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ވާދަވެރިންނަށް ބަހުގެ ހަމަލާތަކެއް ރައްދުކުރައްވާފައެވެ.
ރައީސް ސޯލިހްގެ ވާހަކަފުޅާ ގުޅިގެން ސުވާލުކުރުމުން ނާޒިމް ވިދާޅުވީ އެބޭފުޅުން ކުރި ބަޣާވާތެއް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑުމެން ކުރި ބަޣާވާތެއް ނޯންނާނެ އެނގޭތޯ. އެ ދުވަހު ވެސް އަޅުގަނޑުމެން ނުކުތީ، އޭރުގެ ހާލަތަށް ބަލާފައި ގައުމަށް ހިދުމަތެއް ކޮށްދޭން." ކުރިން ދިފާއީ ވަޒީރުކަން ވެސް ކުރެއްވި ނާޒިމް ރައީސްގެ ވާހަކަފުޅަށް ރައްދު ދެއްވާ ނާޒިމް ވިދާޅުވިއެވެ.
ނޮވެމްބަރު 2008 ވަނަ އަހަރު އުފެދިގެން އައި އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ވެއްޓުނީ އެމަނިކުފާނުގެ ވެރިކަމާ ދެކޮޅަށް ސިފައިންނާއި ފުލުހުން ނުކުތުމުން އޭރު ވެރިކަމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ނަމަވެސް އެމަނިކުފާނާއި އެމަނިކުފާނުގެ ބައިވެރިން ތުހުމަތު ކުރައްވާ ގޮތުގައި އެދުވަހު ވެރިކަމުން އިސްތިއުފާ ދެއްވީ މަޖުބޫރުވެގެންނެވެ. އެހެންކަމުން އެދުވަހު ކުރީ ބަޣާވާތެއް ކަމަށް އެމްޑީޕީން އަބަދުވެސް ގެންދަނީ ވިދާޅުވަމުންނެވެ.
ނަމަވެސް އޭގެ ފަހުން އައި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ވެރިކަމުގައި "ބަޣާވާތުގެ" މައްސަލަ ބެލުމަށްފަހުގައި ނެރުނު ކޯނީ ރިޕޯޓުގައި ވަނީ އެއީ ބަޣާވާތެއް ނޫން ކަމަށާއި ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެން ނޫން ކަމަށް ވިދާޅުވެފައެވެ.
ރ.ޔާމީން ސަރުކާރު ނޫން އެހެން ސަރުކާރެއް އައިސްފިއްޔާ މާލެ ތޮއްޖެހޭނީ، އެމަނިކުފާނުގެ އެބަހުރި މާލެ ތޮއްނުޖައްސައި މުޅިގައުމުގެ ހުރިހާ ރައްޔިތުންވެސް މާލެއަށް ގެނެސް ހުރިހާަ ކޮލިޓީ ޚިދުމަތެއްދީގެން ހިފަހައްޓާލާނެ ގާބިލުކަމާއި ޙިކުމަތްތެރިކަން
ކީއްވެބާ މިސަރުކާރުގައި މީހުން މާލެއައުން ނުހުއްޓުވިގެން މިއުޅޭނީ؟..ކީއްވެބާ އެއްމެ މިނިސްޓްރީ އެއްވެސް މާލެ ނޫން ސަރަހަށްދަށް ނުގެންދެވިގެން މިއުޅޭނީ؟ .....އެކަން ނުވެސް ހުއްޓުވޭނެ! މާލެޔަށް މީހުން ހިޖުރަކުރާނެ، އެއީ ބަދަރެއްނޫން...ހޮސް ޕިޓަލެއްނޫން...ކޮންމެ އުމުރާނީ ތަރައްޤީއެއް ރައްރަށަށް ގެނެޔަސް،! ރަނގަޅު ތަޢުލީމެއް ލިބެން އޮތީ މިތާ ވަޒީފާ ލިބެން އޮތީމިތާ...އަދި ބައްޔެއްވިޔަސް މިތަނަށް އަންނަން ނުޖެހިފަރެއް ނުޖެހޭ! ރައްރަށުގަ ފުލެޓް އަޅާދިނަސް މާލޭގަ އުޅޭނީ މީހުން! މާލެޔަށް މީހުން ބަރޯސާވުން ހުއްޓުވިދާނެ ސިޔާސަތެއް ކުރިޔަށް އޮތް ގަރުނުގައިވެސް ތަންފީޒު ކުރެވިދާނެ ކަމަށް ޤަބޫލެއްނުކުރެވޭ!
މާލެ ތޮއްނުޖެހޭނެ ގޮތެއް ނޯންނާނެ ސަރުކާރު އޮފީސްތަޢްް މިތާ ހުރިހާ ހިނދަކު .
މިނިސްޓްރީތައް ބަހާލަބަލަ ކެރެންޏާ.ހުރިހާރަށަކަށް .
އޭރުން މާލޭ މީހުން ވެސް ވަޒީފާ އަށް ރަށްރަށަށް ދާން މަޖްބޫރު ވާނެ .
ބަލަ ވަޒީފާ ނެތީމަ އެންމެން މިތާ ތޮއްޖެހެނީ . ދަރިންނަށް މޮޅަށް ކިޔަވާދީފަ ދެން ވީ މަހަށް ފޮނުވަންތަ ނާޒިމްމެނަށް ރިހާކުރު ކާންދޭން .
ލާމަރުކަޒޭ ކިޔާފަ ފާހާނާ ހޮޅިއެއް އަޅާފަ ބިންކޮޅެއް ހިއްކާލިޔަސް މާލެ ނައިސް ފަރަކު ނުޖެހެޔޭ .
ހުރިހާ މަތީ ވަޒީފާ ތަކެއްގަ ޕާޓިގެ ނުކިޔަވާ އެކްޓިވިސްޓުން ބައިތިއްބާފަ އަހަރެމެން ދަރިންނަށް މޮޅަށް ކިޔަވާދީފަ ވީ މަހަށް ފޮނުވަންތަ
ކޮން ވާހަކައެއް ދައްކަން މާލޭގެ އެންމެން ތިބެންވީ.. އަހަރުމެން ރާއްޖެ ތެރޭގައި ތިއްބަސް ވާނެ ފައިދާއެއް ނެތް ހެލްތެއް ވަޒީފާއެއް މުސްތަގުބަލެއް ނެތް ... ރާއްޖެތެރެގެ ތިބެންވީ ގެސްޓުން. އޭރުން ތިކަން ހައްލުވަނީ
ޕާޓީ އުވާލަން ފެނޭ. އަމިއްލަ ފިކުރެއް ނެތް. އެމްޑީޕީ ޖަހާ ބެރައް ނެށުން ކަމަކީ
ފިސްތޯލަ ގެންގުޅުމުގެ ސިޔަސަތަކީ ޕީޕީއެމްގެ ސިޔަސަތެއްނޫން
މާފަންނު ކޮޅުގަ އާރު ސީ އެން ސީ އިން ބޮޑު ދެ އެޕާރޓްމަންޓް ބުލޮކް ހަދަން އުޅޭ އެކަމަކު އެބަ.
ލާރި ހުރީމަ ކުދިންކޮޅެއް ގަނެގެން ޕާޓީ ހިންގިދާނެ އެކަމަކު އެއްވެސް އިޚުލާސްތެރިކަމެއް ނާޒިމުމެންގެ ނެތް. ކޮމަންޑޫ ދާއިރާގެ ރައްޔިތުން ވިސްނަންވީ ނާޒިމް ޕާޓީއާއި އެމްޑީޕީ މިއީ އެކައްޗެއްކަން. މަކަރުވެރި ހީލަތަކުން ސަރުކާރު ހިންގާ ކޯލިޝަނަށް ގޮނޑި ހޯދަން ކުރާ މަސައްކަތުގައި ސަރުކާރަށް ވެސް މި މީހުން އެއްޗެތިވެސް ކިޔާނެ. ޤައުމާއި ދީނުގެ ޙައްޤުގައި އަދި މިނިވަންކަމުގެ ހައްގުގައި ނާޒިމް ޕާޓީއާއި އެމްޑީޕީއަށް ވޯޓް ނުދޭތި. މި މީހުން މުޅި ޤައުމު ފުނޑާލައިފި
މާލެ ތޮއް ނުޖައްސާފަ ކޮބާ؟ ކޮންމެ ބަޔަކުވެސް ތިދައްކަނީ އަމިއްލަ އެދުމުގެ ވާހަކަ، ޑިމޮކްރަސީގައި ހިމެނޭނެ ތިކަހަލަ މަކަރާއި ހީލަތްތެރި ކަމުގެ ވާހަކަ
މާލެ އިންނާއި މާލެ ސަރަހައްދުން ބިމާއި ފްލެޓް ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ވެސް ބޭނުންވާނެ ލިބެންވާނެ ދޭންވާނެ. ރާއްޖޭގެ ހުރިހާ ރައްޔިތުންއަތުން ޓެކްސް ނަގައިގެން ފްލެޓް އަލަނީ ބިންހިއްކަނީ މާލޭ މީހުންގެ އެކަނި ހައްގަކަށް ވާނީ ކިހިނެތް.
ކޮންއަގައެއް ތަޅުވާކަށް ގޭގަ ނިދަން އޮވޭ ފިނިކޮޓަރީގަ.
އިގްތިސާދު ނޭނގެންޏާ ގޭގައި އޮތުން ބުއްދިވެރި. ރައްޔިތުން ބޭނުންވަނީ މާލެއަށް އަންނަން ،ކޮންމެވެސް ގިނަ ސަބަބުތަކެއް އޮވެގެން. އެހެންކަމުން އެ ރައްޔިތުންނަށް މާލެ ސަރަހައްދުން ފަސޭހަ ދިރިއުޅުމެއް ހޯދައި ދިނުމަކީ އެކަމުގެ ޙައްލު. ކޮންމެ 2 މީހަކު ރަށެއްގައި ތިބެގެން ގައުމު އިގްތިސާދީ ގޮތުން ކުރިއަރާނެ އެއް ގޮތެއް ނޯންނާނެ.