ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުން ނުކުތުމަކީ ލަދުވެތި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅެއްގައި އުޅުއްވަނިކޮށް މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވުމުން، އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ އެ ދާއިރާގެ ބައި އިލެކްޝަނަށް ވެރިކަން ކުރާ އެމްޑީޕީގެ އިތުރުން، އިދިކޮޅު ޕީޕީއެމްއާއި، އަލަށް އުފެއްދި އެމްއެންޕީން ވެސް ވާދަކުރެއެވެ.

ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި ހުސައިން ވަހީދަށް ކިރިޔާ ވެސް ޚުލްގަކާއި ރަހުމެއް އޮތް މީހަކު ނަމަ އެމްޑީޕީއާއި ދެކޮޅަށް އިންތިޚާބުގައި ނުނިކުންނާނެ ކަމަށެވެ.

"ބިލިއަން ޑޮލަރާއި، ޓިކެޓު ދީފައި ބުންޏަސް އަޅުގަނޑެއް ނުނުކުތީމުސް،" ނިހާދު ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ނިހާދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވެސް މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވެއެވެ. އަދި ޑިމޮކްރެޓިކް ގޮތަކީ ވެސް ފަސް އަހަރުގެ ދައުރަކަށް ރައްޔިތުން ހޮވާފައިވާ މެންބަރުގެ ޕާޓީއަށް ފުރުސަތު ދިނުން ކަމުގައި އޭނާ ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕޭން ލޯންޗު ކުރަން ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ އެމްޑީޕީ ނޫން އެހެން ޕާޓީތަކުން މި ފަހަރު ވާދަނުކުރައްވައި "އިހަށް މަޑުކޮށްލަން" ގޮވާލައްވައިފައެވެ.

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ރާޝިދަކީ ށ. ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ. އޭނާއަކީ މިދިޔަ ތިން ދައުރު (ނުވަ އަހަރުގެ މުއްދަތަކަށް) ފޯކައިދޫ ކައުންސިލްގެ ރައީސް ކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރެއްވި މޫސާ ފަތުހީއެވެ. ދައުލަތުގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ފަތުހީ ވަނީ ށ. އަތޮޅު ކައުންސިލްގެ ރައީސް ކަން ވެސް ކުރައްވާފައެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިސްވެ އުފައްދަވާފައިވާ އެމްއެންޕީން ވާދަކުރައްވަނީ ތައުލީމީ ދާއިރާގައި ޚިދުމަތްތަކެއް ކުރައްވާފައިވާ އަބްދުލް ހަންނާން އިދުރީސްއެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. އަޙްމަދު

    ޤާނޫނު އަސާސީން ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްގެއް އެއީ! އެމީހަކު ކުރިމާލާނީ ޕީޕީއެމްގެ މެންބަރެއްތޯ ނުވަތަ އެހެން ބަޔަކާއި އެކީތޯ ނިންމާނީ އެކަމަށް ކުރިމަތިލާ ކެންޑިޑޭޓެއް! މީ ވަކިމީހަކު މިކަމާ ވާހަކަ ދައްކަން ޖެހޭ ކަމެއްނޫން! އިޙްތިރަމް ކުރަން ދަސްކުރަން ޖެހޭ!

    38
    1
  2. މަކަލޭލީ

    މަޖިލީހުގަ ހުރި އެންމެ ބޯގޯސް މެމްބަރު. ދެން ހުރި ބޯގޯހަކީ ދިއްގަރު ދާއިރާގެ އިކުރާމު. އަދި އުޅޭނެ ވަރަށް ފައްކާ ދެމީހުން. ފަލާހު އާއި ހަސަންޓޭ. އެއީ އަމިއްލަ ސިކުނޑިން ވިސްނަންވެސް ނޭނގޭ ދެމީހުން. ބޯހަލާކު....

    45
    1
  3. ލޮލް

    ކަލޭ ފޭދޫ ދާއިރާއަށް ކުރިމަތިލައިގެން އިންތިޚާބުވީމާ ކަލޭގެ ކަމަކީ މަޖިލީހުގައި އިނދެ ޖާބިރު ދައްކާ ވާހަކަތައް އަޑުއަހާފައި ހިނިގެޅުން. އެކަމުން ކަލޭގެ ދާއިރާގެ މީހުންނަށް ވާ ފައިދާއަކީ ކޮބާ؟ ކަލޭތީ ފޭދޫ ދާއިރާއަށްވެސް ހުރި ހުތުރެއްކަމަށް ދާއިރާމީހުން ކިޔަންފަށައިފި.

    41
  4. ކާފަބޭ2020

    ހުރިހާއާރަކާބާރެއްއޮތީ ތިޔަޕާޓީގެއަތްދަށުގަ ވީމާ އެހެންޕާޓީއަކަށްކުރިމަތިނުލެވޭގޮތަށް ޤާނޫނަށް އަކުރެއްއިތުރުކޮށްލާފަ ނިންމާލާ! ތިޔައީޑިމޮކްރަސީގެއަމާބަފާ ކަމުގައިބަލާ ބޯންތަށިގުނބޯލުންތައް އަތްޖަހާނެ ކޮނޑުހުޅުން ނެއްޓޭވަރަށް! އެހާފަސޭހަގޮތެއްއޮށްވާ ނޫސްބަޔާން؟؟؟؟؟؟

    27
  5. ތުހުފާ

    ހަމަކޮންމެ މީހަކަށް ވެސް މަޖިލީހައް ވަދެވިދާނެ ތާދޯ ދެން މިކިޔަން ޖެހެނީ އިއްޒަތްތެރި މެމްބަރު ނިކަން ފައްކަލެއްނު

    34
    1
  6. ޕެޑް މޭން

    ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެއްބައެއް ތިވެސް

    38
  7. ތޯތާ

    އެއީކަލޯގެވަގުހެއްތަ

    26
  8. ރަދީފް ހުސެން

    މީގެ ކުރިން ތިމާމެން ކަންކުރިގޮތް ހަނދާންކޮއްފަ ލަދު ނުގަނޭބާ؟؟؟

    32
    1
  9. ބިރުވެތި

    އެހެން މީހަކު ހުރި ގޮޑިއަކަށް މި ސޮރު ކުރިމަތިލީ އިރު ލަދުވެތި ކަމަކަށް ނުވޭބާ. ގޮޑި ނުލިބިދާނެތި ހާދަ ބިރެް ތި ގަންނަނީ. ކަލޯ ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނަށް ކިޔާދީ ރައްޔިތުންގެ ވޯޓު ލިބޭތޯ މަސައްކަތް ކުރުން މާ ބުއްދިވެރި. ހުރިހާ ބާރެއް މުށުތެރެއަށް ލެވުނީމަ އަދިވެސް އިތުރަށް މުށުތެރެއަށް ލާންނޫޅެ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެވޭ ތޯ ބަލާ. ދިވެހިންގެ އަދަބު އަހުލާގާއި ދީނީ ފޭރާން ހަލާކުވެ ވީރާނާ ވެގެން ދަނީ ތިކަހަލަ މެންބަރުންގެ އެއްބާރުލުމާއެކު.

    27
  10. ޢަދުރޭ

    އެހެންތާ ވާނީ އެއީ މާތްރަސްކަކާންގެ އެމްޑީޕީއަށް ހިބަކޮށް ދެއްވާފަވާ ދާއިރާއެއް ވީމާ

    28
    1
  11. ޏިކާދޫ

    ޔޫގެ ބހ ކިޔާބަ

    17
  12. ޙަަަހަ

    އަނގައޮތަސް ވާހަކަ ނުދައްކަބަލަ ، ތާރީޚަށްބަލާބަލަ ކޮމަންޑޫ ދާއިރާ މީގެކުރިން ފުރުއްވީ އެމްޑީޕީތޯ

    34
  13. ހަސަން

    ތެކަހަލެއި ބޯ ހަމަނިޖެހޭ މީހަކާ އަފިރިންގެ ރަށި ގޭނޑެ އިންނަހެދީ އަފިރިން މާބޮނޑަށް ލަދަގަނި. ޕާޓީއެ ގެނޑި ހުނުކޮއްދެރެގެން ދެން މިދައުރު ނިޮމޭތީކޮއް ކެއްކޮއްލަ. ދެން ހިނިކު އަފރެިން އަތުން ވޮތަށް ލީބޭހެއްކަމަށް

    26
  14. ގަލަން ތުނޑު

    ކޮއްކޯ ތިޔަ ގޮޑިއަކީ ވާރުތަ މުދަލެއްނޫން...ކޯޓަށްގޮސް މުދާ ބަހާކަށް..މިހިރީ ރައްޔިތުންނަށް ގާނޫނުހަދަިދޭން މަޖްލީހުގަ ތިއްބެވި ރޯނު އެނދުރުންގެ ފެންވަރު..ހިތުން މޮޅުވާހަކައެއް..މިސޮރު މިގޮވަނީ..ކޮއްކޮ އިސްތިއުފާދެއްވަންވީނު އަންހެހުންނަށް ގޮޑިދީފަ

    28
  15. ހާކިމާ

    މޮޔަ މީހެއްބާ. ތިހެންވެއްޖެއްޔާ ރައީސުކަމަށްވެސް އިބޫ ފިޔަވައި އެހެންމީހަކު 2023 ގައި ކުރިމަތި ލުމަކީ ބޮޑުލަދުވެތިކަމަކަށްތާ ވާނީ.

    34
  16. ހުސޭނުބޭ

    ކޮނަމްޑޫ ދާއިރާއަށް އެމްޑީޕީން ކުރިމަތިލުމަކީ ލަދުވެތިކަމެއްނޫންތަ؟ ކޮށްދިން ކަމެއް ނެތް.

    32
  17. މަވޯޓާ

    ކޮސްތިގޮވަނީ މައުމޫން 30 އަހަރުވަންދެން ފުރުއްވިގޮނޑި އަކައް އެމްޑީމީއީން ކުރިމަތިލިއުމަކީވެސް ލަދުވެތިކަމެތް އުމުރުން 80 އަހަރުގެ ބޭފުޅަކާ ވާދަކުރުމަތްވުރެ ލަދުވެތިކަމެއްތްެއޮތްނާނެތަ މަޖުލީސްއަތް އިންތިހާބުވުމައްފަހު ނިއާވެއްޖެނަމަ އެޕާޓީއަކައްގޯނޑި މިލްކުވާގޮތައް ގާނޫނުބަދަލުކޮއްލާ ސުޕަމެޖޯރިޓީއެއް ތިޕާޓީއްލިބިފައޮތީ އޭރުން ވާދަކޮޢް ކުރިމަތިލާނެމީހުނަމަދުވާނެ އަނގައެއްއޯތީމަ ނިކުމެކިއްލިތަޅަނީ

    27
  18. އައްޑޫ މީހާ

    ކަލޭ ފޭދޫ ދާއިރާގެ މެމްބަރު ކަމުގައި ހުންނާތީ އަހަރުމެން ވަރަށް ލަދުގަނޭ

    42
    1
  19. އަލީ

    ވާދަނުކޮށް ގޮޑިހޯދުމަށް އާދޭސް ކުރުމަކީ އަދި މާ ބޮޑަށް ލަދުވެތިކަމެއް ނުންތޯ؟

    35
  20. އިއްސެ

    ޕާޓީއަކާ ވާދަކުރަންވެސް އެމްޑީޕީ މިހާރު ބިރުގަނޭ. ހަދަ ދެރަވަރޭ. އެމްޑިޕީ ރޫޅިއްޖެ

    33
    2
  21. ބ

    ބޮލުރޮދި އަދިވެސް ކަލޯ މެންނަށް ލިބުނު ގޮނޑި މަދީތަ އިދިކޮޅު އެކަކު އިނަސް ކަލޭމެން ހާދަ މޭކަރައޭ ގާނޫނު އަސާސީ ވެސް މޮޑޭ ފުއް ގަނޑެއް ހެން މޮޑެއް އަދި ވެސް ލިބޭނެއޭ މިއީ ރިޔާސީ އިންތިޚާުބުގެ ކުރިން ޓެސްޓް ކުރަން ލިބޭ ފުރުސަތެއް މާތް ﷲ ގެ އިރާދަ ފުޅާ އެކު ކަލޭމެންނަކަށް ތިޔަ ގޮނޑިއެއް ނުލިބޭނެ

    24
  22. މެން

    ރައިސްކަމައްވެސް އެމްޑީޕީ ނޫންބަޔަކު ނުކުތުމަކީ ލަދުވެލިކަމެއް ހަހަހަހަހަހަަހަހަހަހަަހަ

    29
  23. ރައްޔިތުމީހާ

    ހާދަހާ ހެއްވާ ސޭކު ވާހަކަ ދައްކާ މޮޔަ ބަޔަކު އުޅޭ ޕާޓީއެއްތާދޯ އެމް.ޑީ.ޕީ އަކީދޯ؟ އެޕާޓީގެ ގިނަ މީހުންނަނަކީ ހަމަ ބުއްދި ފިލާފަތިބިބައެއްތަ
    ބަލަގަ ނިހާދޫ އިބްރާހީމް މުޙައްމަދު ޞޯލިޙް ލަދެއް ބިރެއް ނުގަނެއެއްނު ވެރިކަމު ހުވައިކުރިއިރުވެސް އަދި މުސާރަތައް ކައިހަދާއިރުވެސް އެއެއް އޭނާއަކަށް ޙައްޤުނުވަނެ 2018 ވަނަ އަހަރު ވެރިކަމަށް އިބޫނުހުވޭ އެއީ ވައްކަންކޮށްގެ ރިޝްވަތުދީގެން ފޭރިގަނެފައިވާ ވެރިކަމެއް އެހެންވީމާ އަގަލާއި ކުލުނު ނެތީ ކޮންބައެއްގައިތޯ ބަލަން ކަލެއަށް ކެރޭނެތަ ހަމަ އަލިފާން ކައިކައި ތިތިބެނީ މަތްﷲ އިރާދަކުރެއްވިޔާ މަޙްޝަރުގެ މައިދާނުގައި އެކަން ސާބިތުވެ ކަށަވަރު ވެގެންދާނެ އެދުވަހަކުން މޯދީއަކަށްވެސް މަދަދެއް ނުދެވޭނެ

    23
  24. ކަޅުބެ

    ސަރުކާރު ލަދުން ބޯ ހަލާކުވެއްޖެ އިންދަޖެހިފައިވާ ސަރުކާރެއްކަން ހުރިހާކަމަކުން ހާމަވޭ ގައުމު ފުނޑިއްޖެ.

    19
  25. އަލީ ޙަމީދު

    މީ ބޮލުރޮދި ކެނޑިފަ ހުރި ގޮލައެއްތަ، ޤާނޫނު ހަދާމަޖިލީސް މެމްބަރުންނޯ؟ އެކަމު ޤާނޫނު އަސާސީގަ އާއި، ޤާނޫނުތަކުގަ ލިޔެފަ ހުންނަ އެއްޗިހި މި މީހުންނަނަށް ނޭންގި ފާޑުފާޑުގެ ވާހަކަ ދެއްކުމަކީ މާ ލަދުވެތި ކަމެެއްނޫންތޯ؟ މި މީހުންނަށް ނޭންގެނީބާ، ޑރ.އަފްރާޝީމް މަރާލާގެން ގޮނޑި ގެއްލިގެން، އެދާއިރާގެ ބައި އިލެކްޝަން ބޭއްވީމަ، އެމް.ޑީ.ޕީ އިން ކުރިމަތި ލީކަމެއް؟؟

    20
  26. އަހުން

    ކަލޭއަކަށް ދެން ދުވަހަކުވެސް ފޭދޫ ދާއިރާ އަކަށް ވައިވެސް ނޭޅޭނެ..މީކަލޭގެ ފުރަތަމަ އަދި ފަހުފަހަރު...ސަލާން

    14
    1
  27. ބަދަވިން

    ޑރ އަފްރާޝީމް އަލީ ޝަހީދު ކޮށްލުމުން އެދާާއިރާގެ ބައި އިލެކްސަންގާ އެމްޑީޕީން ވާދަކުރީ ޕީޕީ އެމްއިން އަފްރާޝީމްގެ ކޮށްކޮ އަމީން ނެރެފަ ހުއްޓާ ދެންމިއަދު އެމްޑިޕީން ތިޔަވާހަކަ ދައްކަން ލަދު ކޮބާ

    12
  28. މަންމަ

    އަފްރާސީމް އަވަހާރަ ކޮށްލުމުން އޭނާ ނިސްބަތްވާ ދާއިރާގަ ބޭއްވި ބައި އިލެކްޝަންގަ އެމްޑީޕީން ބައިވެރި ނުވީ އެހެންވެދޯ؟

    11
    1
  29. އަލިބެ

    މޮޔަ މީހޫންވެސް މެމްބަރު ކަން ކުރަން އެބަތިބި! ފޭދޫގަ ވ. މަދުވާނެ ބޯ ހަމަ ނުޖެހޭ މީހުން.

    15
  30. ވިއްކާލި ނާދީ ބިން

    ހުސެއިންގެ ހައްގުގަ ހުސްކޮށް ބާއްވަން ވީނޫންތޯ؟ އެމް ޑީ ޕީންވެސް ނުކުތީ ކީއްކުރަން. އިންތިޚާބެއް ބާއްވަން ނިންމާ އިއުލާން ކޮށްގެން އިންތިޚާބެއް ބާއްވަނީ އެގޮތަކީ ރަނގަޅު ގޮތް ވީމަ. ގާނޫނުގަ އޮންނާނެ މެމްބަރަކު މަރުވުމުން ނުވަތަ އެހެން ގޮތަކުން ގޮނޑިހުސް ވީމަ ކަން ކުރަންވާގޮތް.

    11
  31. ސަމާސާ

    ހިލޭ މޑޕ އަށް ގޮނޑިދޭންޖެހޭނީ.
    ވާދަވެރި އިންތިހާބެއް ބާއްވައިގެން ކަންބޮޑުވާ ޑިމެކްރެޓިކް ޕާޓީއެއް މިނޫނީ ނުދެކެން.

    11
  32. Anonymous

    މޑޕ މިގައުމުގަ ރަސްކަން ކުރަންޖެހޭނީ އެ ހެޔޮ ރައްޔިތުން ކިތަންމެ ނިކަމެތިވެ އަޅުވެތި ވިޔަސް.

    12
  33. ސސ

    ބަލަ ޑިމޮކްރަސީ އަކީ ވަކި މީހެއްގެ ތާކިހަލެއް ނޫން އެއީ ވާދަކޮށގެން ހޯދާއެއްޗެއް !

    11
  34. ލާމު

    ތިކަހަލަ މީހުން މަޖޖުލިހަށް ހޮވުމަކީ މާލަދުުވެތި ކަމެއް.

    12
  35. ސިންހޫތު

    ބީތާޔާ އެއީ ކަލޭގެ ހަރުމުދާގަނޑެއްތަ؟ މިދިވެހި ފަސްގަނޑުގަ ކަލެއްޔަށް ވާވަރަށް އެހެންމީހުންނައް ވެސް ވާނެ ، މިކަލޭގެ ބޯހަމަޖެހޭތޯ ޓެސްޓު ހަދަން އެބަޖެހޭކަންނޭގެ..

    13
  36. އަބްދޫ

    މިއީ ހާދަ ތާކުންތާކު ނުޖެހޭ މޮޔަވާހަކަ ގޮވާ މީހެއް. މިކަހަލަ ވާހަކަ ގޮވީމަ މިއެގެނި މީހާގެ ފެންވަރު.މީނަޔަކަށްނޭގޭތަ އެއީ ދާއިރާގެ ހުރިހާ ރައްޔިތުންގެ ހައްގު އެކުލެވިފައިވާ ކަމެއްކަން.

    16
    2
  37. ހާލުފޮޅި

    މަޖިލީހުގެ ގޮނޑިތަކުގައި ވާނުވާ ތަނެއްދޮރެއް ނޭނގޭ މީހުން ތިބޭތީ މާ ލަދުގަނޭ.. ކޮމަންޑޫ ގޮނޑިއަށް މީހަކު ހިވާނީ ރައްރިތުންގެ ވޯޓުން… ނުލިބުދާނެތީ މަރުދަން ޖެހެނީ…

    12
  38. ޙަަަހަ

    ދާއިރާގެ ގޮނޑިހަވާލުކުރަނީ ރައްޔިތުން ، އެއީ ބަދަލުދޭ ގޮނޑިއެއްނުން

  39. ފާއިޒް

    ގަމާރާ ކަލޭ ލަދެއް ހަޔާތެއް ހުރިނަަމަ ތިހެން ނުބުނާނެ 2018 ގެ ރިޔާސީ އިންތިހާބައްވެސް ލަދެއް ހުރިނަަމަ ކުރިމަތި ނުލީސް ލަދުން ބޮލާ ފޮށާ އެޅިދާނެތީ އިންޑިޔާ މެދުވެރިކޮށް އިންތިހާބް ވަގައްނެގީ ކޮމަންޑޫ ދާއިރާ މިފަހަރު ނަގާނި ޕީ ޕީ އެމް ޕީ އެން ސީ ކޯލިސަނުން ދެން ތިބޭ ބުރާންތި ވެފަ...

  40. ނުހަދާ

    ފޭދޫގެ ޗަކަ ބިންތަކަށް ވެލި އަޅައިދޭނެ ކަމަށް ބުނެ ދޮގާއި މަކަރާއި ހީލަތާއި ހަދައިގެން އިންސާނަކު ދުނިޔޭގައި އުޅުމަކީ ޖަނަވާުރުންގެ އުސޫލު. ވެލި އަޅާން ވެގެން ވެއްދި ހޮޅީގެ ކޮޅު އޮތީ ހަސަންޓެ އެކިޔާ ގޮތަށް އެމަގުން ކުރިޔަށް ބާރަށް ދިއުން.