އެއްވެސް އިރެއްގައި ބަޣާވާތެއް ކުރައްވާފައި ނުވާނެ ކަމަށާއި ފެބްރުއަރީ 7 ވަނަ ދުވަހު ވެސް ނުކުންނެވީ އޭރުގެ ހާލަތަށް ބެލުމަށް ފަހުގައި ގައުމަށް ހިދުމަތް ކުރެއްވުމަށް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕޭން ލޯންޗު ކުރަން ކޮމަންޑޫގައި މިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ވޯޓު ދޭންވީ މަސްތުވާތަކެއްޗާއި މަނީ ލޯންޑަރިންއާއި ބަޣާވާތާއި ވެސް ދެކޮޅަށް ކަމަށެވެ. ރައީސްގެ ވާހަކައިގައި ބަޣާވާތް ކަމަށް އެ ވިދާޅުވީ ފެބްރުއަރީ 7، 2012 އަށެވެ.

އެ ވާހަކަފުޅަށް ރައްދު ދެއްވައި ނާޒިމް "ވަގުތަށް" ވިދާޅުވީ އެއްވެސް އިރެއްގައި އެބޭފުޅުން ކުރެއްވި ބަޣާވާތެއް ނޯންނާނެ ކަމަށާއި ފެބްރުއަރީ 7 ވަނަ ދުވަހު ވެސް އެބޭފުޅުން ނުކުންނެވީ އޭރުގެ ހާލަތަށް ބައްލަވާފައި ގައުމަށް ހިދުމަތެއް ކޮށްދެވޭތޯ ކަމަށެވެ.

"އަޅުގަނޑުމެން ކުރި ބަޣާވާތެއް ނޯންނާނެ އެނގޭތޯ. އެ ދުވަހު ވެސް އަޅުގަނޑުމެން ނުކުތީ، އޭރުގެ ހާލަތަށް ބަލާފައި ގައުމަށް ހިދުމަތެއް ކޮށްދޭން." ޑިފެންސް މިނިސްޓަރު ކަން ވެސް ކުރެއްވި ނާޒިމް ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލީ ކަމަށް އެމަނިކުފާނާއި އެމްޑީޕީން އަބަދުވެސް ތުހުމަތު ކުރެއެވެ. އެގޮތުން ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބަލައި އެކަމުގައި ބައިވެރިވި މީހުންނާ މެދު ފިޔަވަޅު އަޅަން އެމްޑީޕީގެ މަޖިލިހުގެ ގިނަ މެމްބަރުން މީގެކުރިން ގޮވާލައްވާފައިވެއެވެ.

އެ ދުވަހު އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަމުން ދިޔަ ދަނޑިވަޅުގައި އާއި ސިފައިންނާއި ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިންނާ ގުޅުމާއެކު، ބަނޑޭރިކޮއްޓަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ނާޒިމް ހިމެނިވަޑައިގަންނަވައެވެ. ނާޒިމްއާ އިތުރު ބޭފުޅުން އެތަނަށް ވަޑައިގަތީ ނަޝީދާ ބައްދަލު ކުރެއްވުމަށެވެ.

ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލީ ކަމަށް އެމަނިކުފާނާއި އެމްޑީޕީން ތުހުމަތުކުރާތީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ގަރާރަކުން ހަމަ އެ އަހަރު ކޮމިޝަނެއް އުފައްދައި ތަހުގީގުކުރިއެވެ. ހަ މަސްދުވަހުގެ މަސައްކަތަށް ފަހު އެ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ނަޝީދު އިސްތިއުފާ ދެއްވުމުގައި ގާނޫނާ ހިލާފް މަޖުބޫރު ކުރުމެއް ނުވަތަ ބިރުދެއްކުމެއް ނެތް ކަމަށެވެ.

އޭރުގެ ނައިބު ރައީސް ވަހީދު ހަވާލުވެވަޑައިގަތީ ގާނޫނާ އެއްގޮތަށް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އެހެންކަމުން އެމްޑީޕީގެ ތުހުމަތުތަކަށް ބާރު ލިބޭ ނުވަތަ ވާގިވެރިވާ އެއްވެސް ހެއްކެއް އެ ކޮމިޝަނުގެ ތަހުގީގަށް ފެނިފައެއް ނުވެ އެވެ. ނަމަވެސް އެމްޑީޕީން އޭރު ވެސް އަދި މިހާރު ވެސް އެކަން ގަބޫލެއް ނުކުރެ އެވެ. އެ ޕާޓީން އަބަދުވެސް ބުނަމުން އަންނަނީ ނަޝީދުގެ ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމަށެވެ.

ކޮމިޝަންގެ ރިޕޯޓުގައި ބުނެފައި ވަނީ ފެބްރުއަރީ 6، 7 އަދި 8 ވަނަ ދުވަހު ފުލުހުން އަނިޔާވެރިވެފައިވާ ކަމަށާއި އެކަން ބަލައި ތަހުގީގުކޮށް ކުށްކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ މަހު އޮންނަ އިރު، އިންތިހާބުގެ ފޯރި ވަނީ ގަދަވެފައެވެ. ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީންނާއި އިދިކޮޅު ޕީޕީއެމްގެ އިތުރުން އަލަށް އުފައްދާފައިވާ މޯލްޑިވްސް ނެޝަނަލް ޕާޓީން ވެސް ކޮމަންޑޫ ދާއިރާއަށް ވަނީ ކެންޑިޑޭޓުން ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. މއކ

  ތިފޮޓޯއިން ތިފެންނަނީ ހުސްބާގީން ހަމަ

  37
  12
 2. ކޮވިޑް

  ބަޣާވާތޭ ކީ އެމްޑީޕީ މީހުން . މިހާރު ތި ތިބީ އެމީހުންގެ ފައިބުޑުގަ. ދެން ތިބޭ ސަލާމަތް ނުވެވިފަ . ތިތިބީ އެމްޑީޕީ އަނދަގޮޑީގަ ފިތިބާރުވެފަ. އަންނިގެ ވެރިކަން ވައްޓާލީ މިއަދު އަންނި އެހުންނަނީ ބަދަލު ފިފާ ތިބައިގަނޑު ފިސާރި ހަޑި ގޮތަކަށް އަދަގޮނޑި ޖައްސުވާފަ. ދެން ހަމަ ތިބެން ޖެހޭނީ . ތެޅިލާއިރަށް ފިއްތާ ބާރު ކޮށްލާނެ. # އިންޑިއާ އައުޓް #

  41
  3
 3. ތޯތާ

  އެދުވަހު ނުކުތީ އަޅުކަން އަދާކުރުމަށް

  37
  9
 4. ހަނު

  ވަޓް އަ ޖޯކު

  38
  8
 5. އަންނި

  ކޮން ހިދުމަތެއް ކުރަންތޯ؟ ބަލަ މަނިކުފާނު ހުންނެވީ ސިފައިންގެ ވަޒީފާގައެއް ނުން. ދެން ހަމަ ތާކު މީހަކު ހުރެފަ ޮޕލިހުންގެ މެންޑޭތުގައި ހުރި ކަންކަން ތަންފީޒުކުރަން ދެވޭގޮތަކަށް ނުން އޮންނަނީކީ. މިހިރަ މޮޔަޔާ. ކަލޭ އެކުރީ ބޮޑު ބަޢާވާތެއް. ނުވަދެވޭނެ ޕޮލިސް އިމާރާތަކަށް ތިގޮތަށް ހަމަ ހުރެފައެއް. ޕޮލިހުންގެ އެކި ރޭންކުގެ މީހުން އެކި މަސްއޫލިއްޔަތު ހަވާލުކޮށްފަ ތިބެނީ. މަނިކުފާނު އެދުވަހު ކުރެއްވީ ކޮން ފެންވަރެއްގެ މީހެއްގެ މަގާމުގެ މަސްއޫލިއްޔަތެއްކަން ރައްޔިތުންނަށް ބުނެދެއްވާ.އަދި މަނިކުފާނަކީ ކޮން މަގާމެއްގަ ހުރި މީހެއްކަންވެސް ބުނެދެއްވާ. މިކަން ނުކުރެވިއްޖިއްޔާ އަމިއްަލައަށް ނިންމާ ތިމެން މަނިކުފާނު ކުރެއްވީ ބައާއްވާތް ފުޅެކެ. ތިގޮތަށް ޓީވީ މޯލްޑިވުސްގެ ތެރެއަށް އިލްހާމު އާއި ރިޔާޒުވެސް ބާޓީޝާޓުގަޑެއް ލައިގެން ގޮސް ވަދެ އެތާ މީޑިޔާ ހިސޯރުކޮށްގެން ތިބި އެދުވަހު. އެއީވެސް ހިދުމަތް ދޯ އެކުރެއްވީ. މީހުސް ބެލޭނެ ކަންތަތް.

  23
  9
 6. އަސަ

  ބަގާވާތް ނޫން ކަމަށް ކޮމެޓީން ނިންމުމަކުން ބަގާވާތެއް ނުކުރާ ކަމަކަށް ވެސް ނުވާނެ. ކުރާ ކޮންމެ ކަމެއް ސާބިތެއް ނުވާނެ.

  22
  9
 7. އަބްދޫ

  ގާނޫނުއަސަސީ ގަޑުބަޑުކޮށް ބާރުތައް އަތަށް ނަގައިގެން ގަނޫނުއަސާސީ އުވާލައިގެން ދުސްތޫރީ ބަގާވާތެއް ގެނެސްގެން އުޅުނީ ގ، ކެނެރީގެ ވަގު ނަސީދު. މި ނަސީދު އަމިއްލަޔަށް ލިޔެ ގަނޫނުއަސަސީ ހުއްޓިއްޖެކަމަށް އިއުލާންކޮށް ދުސްތޫރީ ބަގާވާތެއްގެނެސް ސިޔާސީ މީހުންނާ ފަނޑިޔާރުން ހައްޔަރު ކުރަންފުމުގެ ނަތީޖާ އިން ނަސީދަށް އޭނާގެނައި ބަގާވާތް ނާކާމިޔާބުވެ އިސްތިއުފާދީ ހަމަބިމަށް ފައިބަންޖެހުނީ ގާނޫނުއަސާސީ އަށް އަމލިކުރުން ހުއްޓާލުމާއި ގާނޫނުއަސަސ ގަޑުބަޑުކޮށް ބާރުތައް އަތަށް ނަގާ އަމިއްލަޔަށް ގައުމު ހިންގާކަމަށް ލިޔެފައިވަލިއުނމުގެ މައްސަލަ ވަގު ނަސީ ހައްޔަރުކޮށްގެން ތަހުގީގު ކުރަންޖެހޭނެކަމަށް ދެކެން. ގާނޫނުއަސާސީ ގަޑުބަޑު ކުރުމާއި ބާރުތައް އަތަސް ނެގުމާއި ގާނޫނުއަސަސީ ހުއްޓުވުން އެއް ގައުމެއްގަ ހިގާނެ އެންމެ ބޮޑު ޖިނާއީ ކުށް .މިކުށް ތަހުގީގު ކުރެވެންޖެހޭނެ.

  7
  2
 8. ޖުއްބާ

  އެދުވަހު ނާޒިމް ދިވެހި އުންމަތައް އެކޮއްދެއްވި މަސައްކަތައް އެމްޑީޕީގެ މުޅި މެނޭޖުމަންޓުން ނާޒިމައް ފައްފަށުން ޝުކުރުވެރިވާން ޖެހޭނެ. މާ ލަދެއްނެތިގެން ތިއުޅެނީ...

  4
  5
 9. ޔާންޔާ

  ހިދްމަތޭ . ވިޑިއޯތަކުން އެފެނަ މަންޒަރުން ފެނަނީ ހިދްމަތެއްނޫން . ރައްޔިތުންެއްނޫން އިނގޭތޯ ހުސްފުލުހުނާ ސިފައިން ގަޔްގަޑު.

  4
  2
 10. ފެނުނުމަންޒަރު

  ބަޑޭރިގޭތެރެއަށްވަދެ ރައީސް ނަޝީދާ ބައްދަލުކޮށް. އެއްވެސް ޝަރުތަކާ ނުލާ 3 ގަޑިއިރު ތެރޭގައި އިސްތިއުފާދޭން ރައީސް ނަޝީދަށް އަންގާފަ ނުކުމެ، އަޑުގަދަކުރާއިން އެކަން އާންމުންނަށް އެންގީ ނާޒިމު. ނާޒިމަކީ ކާކުތޯ އިންތިޙަބުކޮށްފައިވާ ރައީސަކަށް މުޙުލަތެއްދީ އިސްތިއުފާދޭން އަންގަން. އަދި ރައީސް ނަޝީދުގެ އިސްތުއފާ ސިޓީ ހިފައިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ދިޔައީވެސް ބާޤީ ރިޔާޒާއި ބާޤީ ނާޒިމު. އެއީ ރައީސް އޮފީހުގެ ޕިޔޯނުންތޯ؟ މިހުންނަނީ ކަމާބެހޭ މުވައްސަސާތަކުން ބަލަންޖެހޭ މައްސަލަތައް.

  4
  2
 11. ގުއިރޯނު

  މިނާޒިމްވެސް ނިކަންފަސޭހައިން ގުއިރޯނުގަ ޖެހޭދޯ. ނިކަން ކެރިގެން ބުނެބަލަ އޮންނާނީ ވައްޓާލާފައޭ

  7
  1
 12. ޒަބީބު

  ބަލަ ޔާމީނުގެ ވެރިކަމާއި ދެކޮޅަށް ކުރި މުޒާހަރާ ތަކުގެ ތެރެއިން ސީގަލް ކަންމަތީގައި ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި ކެނެރީގޭ ނަޝީދު ވަރަށް ސާފުކޮށް ތިމަންނާގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ނޫކަމަށް ކަމަށާއި ވެރިކަން ނިމުނީ ކޯލިޝަން ރޫޅި ކޯލިޝަންގެ ބައިވެރިނާއި ތިމަންގެ ސަރުކާރާއި ގުޅުންކެނޑި ހިގާދިޔަ ނުތަނަވަސް ކަމުގެ ތެރެއިނ ތިމަންނާ އިސްތިއުފާދިނުމުން ކަމަށް ވަނީ ބުނެފަ. ދެން އަނެއްކާ ބަޣާވާތަކުން ވެރިކަން ވައްޓާކީކަމަށް މިއަދު ބުނީމަ ޢެވާހަކަ އބޫލު ކުރާނީ ކާކު؟

 13. ައޮފްބެ

  އެ ދުވަހު ނުކުތީ ހިދުމަތް ކުރަން..ކޮންހައިސިއްޔަތަކުންތޯ!!؟؟

  4
  2
 14. ހާމިދު ޝާހިދު

  އެއީ ބަގާވާތެއް ނޫންކަމަކަށް ނުވާނެ. އެދުވަހުވެސް ސްމާޓް ރޯލް ކުޅުއްވީ ރައީސް ޔާމީން. އެމަނިކުފާނު އެކަމުގެ ތެރެއަކަށް ނުވަންނަވާ. އެކަމަކު އެކަން ވުމުން އެންމެ ބޮޑު ފައިދާއެއް ނެގޭނެ އެއްބޭފުޅަކަށްވާނީ އެމަނިކުފާނު ކަން ދެނެހުރި. އަދި އިދިކޮޅު ޕާލިމެންޓް ކޮމެޓީގެ ރައީސްކަން ކުރައްވަމުން ގެންދެވި. އާހިރުގައި ހުރިހާ ފައިދާއެއް އެމަނިކުފާނަށް. އެމަނިކުފާނުގެ ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕް ވަރުގަދަ ކޮށް، 2013 އަށް މަސައްކަތް ފެއްޓެވި. އިންޑިއަން ހައިކޮމިޝަނަށް ވަޑައިގެންވެސް، އިސްތިއުފާ ނުދެއްވަން ރައީސް ނަޝީދަށް އިލްތިމާސް ކުރެއްވި. އެކަމަކު އެހާހިސާބަށް ދިޔައިރު ނަޝީދު ހުންނެވީ ބުއްދިފިލައިގޮސްފައި. އެންމެފަހުން އިސްތިއުފާ ދެއްވީ. އެކަމަކު މުޅި ޕްރޯސަސްއަށް ބަލާއިރު، ކަނޑައެޅިގެން ރައިސް އާ ހިލާފުވި ފުލުހުންތަކަކާއި ސިފައިންތަކަށް އެހީތެރިވެދިނުމުގެ ނަމުގައިނަމަވެސް ހައިސިއްޔަތެއް ނެތި އަސްކަރީ މަރުކަޒަށް ރިޔާޒާއި، ނާޒިމް ވަދެ ހަރަކާތްތެރިވިތން ފެނުނު ވީޑިއޯ އެބަހުރި. މިކަންކަމުގެ ސަބަބުން އެދުވަހު ބަގާވާތް ކުރި ކަމަށްވަނީނަމަ އެކުރި މީހުންގެ ތެރޭގައި ކާނަލް ނާޒިމް ނުހިމެނޭގޮތެއް ނޯންނާން.

  8
  2
 15. ކެސިނޯޕެކް

  އަހަރުމެންނަށް ގެނުނީ މަނިކުގާނު ރާއްޖޭގެ ރައްޔިތުން އިންތިހާބު ކޮށްފަހުރި ރައީސަކަށް އިސްތިއުފާދޭން މުހުލަތެއްދީ އިންޒާރުދިން މަންޒަރު އެއީ ހިދުމަތްކުރުންކަމަށް ވަންޔާ މިޔަންމާގެ ޖެނެރަލުންވެސް އެކުރަނީ ހިދުމަތް

  5
  4
 16. ބަޑަންޑޫ

  ކޯނީ ރިޕޯޓަކީ ވަހީދު ފައިސާދީގެން އޭނާބޭނުންވިގޮތަށް ނެރުނު ރިޕޯރޓެއް އޭނާބަގާވާތްކޮށްފަ އޭނާ ހަދާރިޕޯރޓެއްގަ އެކުރީ ބަގާވާތެއްކަމަށް ނިންމާނެތަ ކަލޭމެން އެންމެން ކުރިއާލާ ރާވައިގެން ކުރިބަގާވާތެއް އެއީ ހަމަ ބަގާވާތެއް އެއީ ހަމަ ބަގާވާތެއް އެއީ ހަމަ ބަގާވާތެއް އެއީ ހަމަ ބަގާވާތެއް އެއީ ހަމަ ބަގާވާތެއް އެއީ ހަމަ ބަގާވާތެއް އެއީ ހަމަ ބަގާވާތެއް އެއީ ހަމަ ބަގާވާތެއް އެއީ ހަމަ ބަގާވާތެއް އެއީ ހަމަ ބަގާވާތެއް

  1
  4
 17. މަޖުބޫރީހާލަތް.

  ތީބޮޑުބާގީއެއް އަންނި ފަ ހަތުންދުވާ ދެންދުވަހަކުވެސްއަންނި ނުދުވާނެ ބާގީން ފަ ހަތުން

  2
  2
 18. އަލްޖިބްރާ

  އެދުވަހު ކަލޭ ބަޣާވާތް ނުކުރަމޭ ތިޔަބުނަނީ ވެރިކަމަށް ދަހިވެތި ވެފަހުރިވަރުން ދިވެހިންގެ ލޮލުގައި އަދުން އަޅުވަންތަ ؟ އެކަމެއްނުވާނެ ! އެދުވަހު ކަލޭ ކުރީ ބަގާވާތް ! ކަލެއަކީވެސް ބޮޑު ބާޣީއެއް !

 19. ބެލި މީހާ

  ރައީސް ނަޝީދު ބަނޑޭރިގޭގައި ތާށިވެފައި ވަނިކޮށް ރުޅިއައިސް ފުފިފައި ތިބި އާއްމުންނާއި އެސްއޯ ފުލުހުންގެ ތެރެއިން ރައީސް ނަޝީދަށް ހިމާޔަތްދީގެން ކާރުކޮޅުގައި ގެންދިޔައީ ނާޡިމް- ނުގެންދެވި ނަމަ ކިހިނެތްތޯ ވާނީ؟ އެންމެ ކައިރިން ފެނުނު އެކަކު

  1
  1
 20. އަބޭ

  ތީ ހަމަ އެދުވަހުވެސް ނަޝީދަށް އިންޒާރު ދިންގޮތް. ރައްޔިތުން ތިބީ ފުފިފަ ކަމަށާއި އަދި އެބުނާ ގަޑިއިރެއްގައި އިސްތިއުފާ ނުދީފިނަމަ ހަވަރަށް ދޭނެ ކަމަށް. ބަލަ އޭރަކުވެސް ގައުމީ ދިފާޢުގެ ބާރެއް ނުކެޑެއޭ. ނާޒިމުމެން ރާވައިގެން ޕޮލިހުންގެ މަދު ބަޔަކާއި ސިފައިންގެ މަދު ބަޔަކު ހިންގި ބަގާވާތެއް އޭރުވެސް ދިފާއީ ބާރުގައި ހުރި އެކަން ހުއްޓުވޭނެ ގާބިލް ކަން. ހަމަ ނަޝިދު އެންގެވިނަމަ އެންގެވި ގޮތަކަށް އެކަން ހިގާނެ. އެކަމަކު ބާޣީން ބުނިގޮތަށް ރައްޔިތުންނަށް ގެއްލުންވެދާނެތީ އިސްތިއުފާ ދިނީ. ފުރަތަމައަށް ޕޮލިހުންގެ ތެރެއިން ބައެއް މީހުނާއި ހަތިޔާރު ހުރީ ނާޒިމުނެް ގެ ބާރުގެ ދަށާސް ގެނެސްފަ. އޭގެ ބެނުންކޮށްގެން ރައްޔިތުން މަރަން ރައްޔިތުންގެ ގަޔަށް ނާޒިމުމެންގެ އޯޑަރަށް ބަޑިޖަހަންވެސް ތައްޔާރަށް ތިބިކަން ފަހުމް ކޮށްދިގެން ނަޝީދު އިސްތިއުފާ ދީފައިނީ ރައްޔިތުންގެ ހައްގުގަ. ނަޝީދުގެ އިސްތިއުފާގެ ސްޕީޗު އަޑު އެހީމަ އެގޭނެ އެކަން. ތިމެންން މަނިކުފާނު އިތުރަށް ވެރިކަމުގަ ހުންނަް ޖެހިއްޖެ ނަމަ "ނުހަނު ބޮޑަށް ބާރުގެ ބެނުން ކުރަން ޖެހި ރައްޔިތުންނަށް އިތުރަށް ގެއްލުން ވެދާނެ" ކަމަށޭ ފެންނަނީ. މިބަހުން އެބަ އެގޭ ރައްޔިތުންގެ ތެރެއަށް ބަޑިޖަހަން ބަޔަކު ބުނެފިކަން. އެހެންވީމާ ޢަންމު ރައްޔިތެއްގެ ހައިސިއްޔަތުގައި ރައީސާއި ބައްދަލު ކުރީ ނާޒިމު. އަދި އޭގެ ފަހުން އެކަން ރައްޔިތުންނަށް މައިކެއް ބޭނެުން ކޮށް އަދި ޕޮލިސް ޔުނިފޯމުގައި ހުރި މީހަކުގެ އެހީތެރިކަމާއެކު އިއުލާނު ކުރީ ނާޒިމު. މައްސަލަ ބަލަން ޖެހޭ. ރައީސުގެ އިސްތިއުފާ ސްޕީޗުގަ ނާޒިމުގެ ނަން ނެތަސް އެވިދާޅުވި ނާޒިމުމެން ރައްޔިތުންގެ ތެރެއަށް ބަޑިޖަހާނެއޭ އިސްތިއުފާ ނުދީފިނަމަ. ވަރަށް ސާފު ދޯ. މިއީ ބަގާވާތެއް ނުން ދެން ކޯއްޗެއް. އޭރުވެސް ރައްޔިތުންނަށް ޓަކާ އަމިއްލަ ބާރު ދޫކޮށްލި ރައީސެއް އަންނިއަކީ. މިއަދުކޮންމެ މީހަކަށް ޕާޓީއެއް ހަދައި އޭގެ ނިވާ ފަށްގަޑަށް އެރިގެން ތިބެވެނީ ހަމަ އެމްޑީޕީ އާއި ރައީސް ނަޝީދުގެ ސަބަބުން. މައުމުނުގެ ދުވަސް ވަރު ނިއިދޭ ތިގޮތަށް ނިވާ ވާނެ ފުރުސަތެއް. ރަޢިސް ނާސިރު އަށްވެސް ހެދީ ހަމަ ތިހެން. މައުމޫނުގެ ދުވަސްވަރު ނާސިރަށްވެސް އެންގީ ރައްޔިތުން ވަރަށް ރުޅިއައިސްފަކަމަށް ތިބީ އެހެންވީމާ އިސްތިއުފާ ދީފަ ރާއްޖޭން ބޭރަށް ފުރާ ވަޑައިގަންނަވާށޭ. އެގޮތަށް ކަންތަށް ކުރުމަށް ފަހު ވެރިކަން ފޭރިގަތީ މައުމުނުމެންވެސް. ނާޒިމުވެސް އަމަލުކޮށްފަހުރީ ހަމަ ދާދީއެއްގޮތަހަކަށް. ބޮޑު ބާޣީ އެއް ތީ.

 21. މަރީ

  މިކޮން ޕޮލިހެއް. މީނަޔަސށް ބައާވާތުގައި ބައިވެރިވީ ކަމުގެ ފިޔަވަޅު އަޅަން ގޮވާލަން.

 22. Hussain Abu Bakar

  ހިދުމަތް ކުރަން ނުކުން މީހަކު ރައީސުލް ޖުމްހޫރީޔާ އަށް ޝަރުތުަތަކެއް ހުށައެޅީ، އެއީ ކާކަށް ޚިދުމަތް ކުރަން ތޯ އެދުވަހު ނުކުތީ. ތީ ބަގާވާތް ކުރި ހަގީގީ މީހަކީ، އަންނިޔަށް ބިރުދެއްކި މީހަކީ ކާނަލް ނާޒިމް. ވ. ސަލާން