ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާއި އެކު ކުރިން ހަދާފައިވާ އެއްބަސްވުމެއް ކުރީ ސަރުކާރުން އުވާލުމާއި ގުޅިގެން ބަދަލުގެ ގޮތުގައި އެކުންފުންޏަށް އޭރު ދޭން އެއްބަސްވި ދެ ބިމާއި ފަޅުރަށް ދޭން އަލުން ނިންމައިފިއެވެ.

ޓާޓާއާއާއި އެކު އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ހަދާފައިވާ އެއްބަސްވުން ޕީޕީއެމްގެ ސަރުކާރުގައި ބާތިލު ކުރުމުން ލިބޭ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމާއި ފަޅުރަށް ދިނުމަށް އަނެއްކާ ވެސް އެއްބަސްވުމެއްގައި މި ހަފްތާގެ ތެރޭގައި ސޮއިކުރުމަށް ވަނީ ނިންމައިފައެވެ.

އެ ކަން ކަށަވަރު ކޮށްދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ޓާޓާ ކުންފުންޏާއި އެކު ހެދި އެއްބަސްވުން ބާތިލްކުރުމުން 200 މިލިއަން ރުފިޔާ ހޯދުމަށް އެކުންފުނިން އާބިޓްރޭޝަނަށް ގޮސްފައިވާތީ އޭގެ ބޭރުން މައްސަލަ ނިންމުމަށްޓަކައި ރިވައައިސްޑް އެގްރީމެންޓުގައި މި ހަފްތާގެ ތެރޭގައި ސޮއި ކުރަން ނިންމާފައިވާ ކަމަށެވެ.

ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާއި އެކު އެމްޑީޕީގެ އެންމެ ފުރަތަމަ ސަރުކާރުގައި ހަދާފައިވާ އެއްބަސްވުން އުވާލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. އެ ގޮތުން އެއްބަސްވުން ބާތިލްކުރުމުން 200 މިލިއަން ރުފިޔާ (ތިން ބިލިއަން ރުފިޔާ) ހޯދުމަށް އެ ކުންފުނިން ވަނީ އާބިޓްރޭޝަނަށް ހުށަހަޅައިފައެވެ.

އެމްޑީޕީގެ ސަރުކާރުން ޓާޓާ ކުންފުންޏާއި އެކު ހެދި އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ 280 ފްލެޓު ވަނީ އަޅާ ނިންމާފައެވެ. އަދި އޭގެ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އަޅައި ވިއްކަން އޯޑިއޯން ހުރި ބިމާއި ނާދީ ހުރި ބިމުގެ އިތުރުން ރިސޯޓެއް ހަދަން ޅ. ޅޮއްސަލަފުށި ވެސް ޓާޓާ އަށް ދޭން އޭރުގެ ސަރުކާރުން ވަނީ އެއްބަސްވެފައެވެ.

އެހެން ނަމަވެސް 2017 ވަނަ އަހަރު މަސައްކަތް ފަށަން ދިން މުއްދަތުގައި އެ ކަން ކުރިއަށް ނުދިޔަ ކަމަށް ބުނެ އެއްބަސްވުން ބާތިލުކުރަން ވަނީ ނިންމީއެވެ. އަދި އެ އެއްބަސްވުން ބާތިލުކުރުމަށް ފަހުގައި ލަގްޒަރީ ފްލެޓް އަޅަން ކުރީގެ ކުނިކޮށިން ގާތްގަނޑަކަށް 10،000 އަކަފޫޓުގެ ބިމާއި ނާދީ ހުރި ތަން އަދި ރިސޯޓު ހަދަން ރަށެއް ވެސް ދޭން ނިންމައި، ބަންޑާރަ ނައިބުގެ އޮފީހުގެ ލަފާ ހޯދަން އޭރު ވެސް އެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. އަބްދޫ

    އަރަބިއްޔާއާއި ގާކޮއްޓާއި އޯޑިއޯން އާއި ނާދީ ބިން ވަގުނަސީދުގެ ސަރުކާރުން ޓާތޓާ ކުންފުންޏަށް ދިން އޭގެ ބަދަލުގަ ފްލެޓް އިމާރާތް ކުރުމަށް ޓާޓާ އިން 21 މިލިއަނޑޮލަރު ދިވެހިސަރުކާރާއި ހަވާލުކުރި 21 މިލިއްނުން 6 މިލިއން އިމާރާތްކުރާ ކޮންޓްރެކްޓަރުންނަށް ދިން އެފައިސާއިން އަރަބިއްޔަ އައި ގާކޮށީގަ ފްލެތް އަލަން ފެށުނު ނަމަވެސ ްފައިސާ ހުސްވެ އިތުރުފައިސާ ނުލިބުމުން ކޮންޓރެކްޓަރުން މަސައްކަތް ހުއްޓާލި ގާކޮށޤޓާއި އަރަބިއްޔާ ފްލެތް ނިންމަންޖެހުނީ ވަހީދުގެ ސަރުކާރުންނާއި ޔާމީނުގެ ސަރުކާރުން ބަޖެޓް ގަ ހިމަނައިގެން ވީމާ ދެިވެހިސަރުކާރަށް ފްލެތް މަސައްކަތަށް ހަވާލުކުރި 21 މިލިއަންޑޮލަރުން 15 މިލިއަން ޑޮލަރު ދިޔައީ ކޮންތާކަށްބާ؟މިވާހަކަ ހަވީރު ނޫހުގާވެސް ލިއުނު.

    88
    3
    • ދަރުމަ

      ދައުލަތަށާއި ރްއްޔަތުން ނަށް ގެއްލުން ނުވޭތޯ ފްލެޓް ނޭލީމަ؟؟

      38
      16
      • ރަދީފް ހުސެން

        ގެއްލުން ވިޔަސް އެފައިސާ ދިޔަތަނެއް އެގެންޖެހެ، ސަބަބަކީ އެއީ ނަސީދު ވެރިކަމުގަހުރެ ނަސީދުގެ ޖީބުން ދިންއެއްޗެއްނޫން، އެއީ ރައްޔިތުންގެ ފައިސާ. ޢަނެއްކޮޅުން ފްލެޓް އަޅަންލާރި ދީފަ އަދި ބިންދީފަ، އަދި ރިސޯޓުހަދަން ރަށެއްދީފަ، އަދި އޯޑިއޯން އާއި ނާދީ ބިމުގަ އެއްވެސް މަސެއްކަތެއް ނުކޮއް 300މިލިޔަން ޓާޓާޔައް ދޭންޖެހުނީމަ ސޯލިހު އަޅުން ގައުމުގެ ރައްޔިތުންގެ ލާބަޔައް ސޮއެކޮއްފަ ހުރި ގޮތްނޭގޭ އެގްރިމަންޓް ތަކުން ފައިދާވީ ދިވެހިންނައްތޯ ނޫނީ އަމިއްލަ ޖިބައްތޯ ސުވާލު އުފައްދަން ޖެހެ.

        13
        1
  2. އިބްރާ

    އިންޑިއާގެ އަޅުވެތިކަމަށް ދާންބޭނުންނުވާކަން ވޯޓުން ކޮމަންޑޫދާއިރާގެ ރައްޔިތުންވެސް ދައްކާނެ. އިންޝާﷲ

    126
    1
    • ދޯ

      ދިވެހި ބިމުން ތަން ފުކެއް ވެސް ބޭރުގެ އެވެސް ބަޔަކަށް ދެވެނީ ކޮން އުސޫ ލަކުން ތޯ

      109
  3. ހުސެން

    ކީއްކުރަން ފަޅުރަށް ދެނީ އައްޑޫ ، ހއ. ލ. ވެސް ދީ. އެއިރުން އަނެއްދައުރަވެސް ލިބޭނީ. ފަންޑުކުރާނެމީހުން ހޯދާ!!!!!! ދިވެހިންވެސް ، ދިވެހިގަބުރުތަށްވެސް ވިއްކާލާ މިދަނޑިވަޅުގަ. ޝާހިދުނެރެލާ ސޮައިކޮށްލަން،

    83
    1
  4. ދޯ

    ތި ބިންތަކުގަ އުޅެން ނަހަދާތި ، ގާ އުކާނެ މީހުން ތިބޭނެ ދޯ؟

    62
    • ދޯނި

      އެމްޑީޕީ ކެމްޕޭނަށް ހަރަދު ކުރާ މީހުން ޓާޓާ ތީ

      85
  5. ޔާންޔާ

    މާލެ ރައްޔިތަކަށް ބިމެއްނުލިބި އިންޑިޔާއައްވެސް ބިން އެބަ ލިބެ . މީދެން ބޮޑުވެއްޖެ ކަމެއް . މާލޭގެ ރައްޔިތުންގެ ފަރާތުން ހިތި ދައްކާލަދޭނަން . ސުކުރިއްޔާ !

    64
  6. ބަޒުރާ

    އެވަރަށް ލާރިނަގާފަ އޮތިއްޔާ މުޅި ގައުމުވެސް ދޭން ޖެހިދާނެ.

    80
  7. ހަގީގަތް

    އަޅުވެތި ވެފަ އޮތްވަރު މިހާރު ތިފެންނަނީ އެމީހުން ބޭނުން އެއްޗެއް ދޭން ޖެހޭނީ

    55
    1
  8. އަހުމަދު

    ނަޝީދު ސަރުކާރުން ކޮއްފަ ހުރި ޖަރީމާ މިއީ. ޓާޓާ އިން އެތަން ނުހެދީމާ ޖޫރިމަނާ ވަނީ ދިވެހި ސަރުކާރު.

    53
  9. ސލ

    ތިޔަ އީ ނުރަ އްކާތެރި ރޭވުމެ އްގެ ތެރެ އިން ވަގު މޑޕ
    ކުރި ނުލަފާ ކަމެކެވެ ރ ޔާމީންގެ ސރުކާރުން ތީތި އުވާލީ
    އެހެންވެ އެވެ. އުވާލާފަ އި އޮތް އެގްރީމެންޓެ އް އަލުން
    ވެލިޑްކޮށްގެން އުޅޭ މަ އްސަ އޭސީސީ އަށް ހުށަހެޅުމަށް
    މު އަ އްސަސާ ތަކަށް ގޮވާލަމެވެ.

    51
    • ކާފަބޭ2020

      އޭސީސީ އޮތީ ޕެރެލައިޒްވެފަ! ދެންކޮންތާކަށްތޯ ހުށައަޅާ އެކަންބަލާދެވޭނެތަނެއްނެތް!ދެންބާރަށްއަތްޖަހާ!😆😆😆😆😆😆😆😆😆😆😆😆😆😆

      11
  10. ސަމާސާ

    ތިދެބިން ދިވެހިންނަށް ނީލަމެއްގައި ވިއްކާލިޔަސް 4 ބިލިން ލިބޭނެ، އަދި ފަޅުރަށް ސަލާމަތް ކުރެވޭނެ. ތިބުނާ ދެބިން ގަންނާނެ ދިވެހިން އެބަތިބި.
    ވެގެންއުޅޭގޮތް ނޭނގޭ މީހަކުނެތް. ދިއްލީން އަންގާގޮތަށް އޮޕެރޭޓްކުރާ ކުންފުޏެއްގެ މިސާލު ދިވެހި ސަރުކާރަކީ. އާރެއް ބާރެއް ނެތް. ބަހެއް ބުނެވޭކަށްނެތް.

    45
  11. ރަބަރޭ

    މިފަހަރު ވޯޓުން އެމްޑީޕީ ވާނީބަލި ރިޔާސީ އިންތިހާބުން ވެސް ވާނީ ބަލި އިއްޟާ ﷲ

    52
  12. ޢަދުރޭ

    ރާއްޖޭގެ އެއާޕޯޓްތަކާ ބިންތަކާ ރަށްތައް ބޭރު ޤައުމެއްގެ ބަޔަކަށް ދިވެހިން ދޭނެ ނަމަ ދިނީހީ އިނގިރޭސީންނަށް އިނގިރޭސިން ފޭބިތާ 50 އަހަރު ފަހުން އިނޑިޔާގެ ބީޖޭޕީގެ ގޮފި ކަމަށްވާ އެމްޑީޕީން މި ބުނަނީ އެއާޕޯޓްވެސް ނާދީ ހުރިބިންވެސް އޯޑިއޯންވެސް އަދި އިނޑިޔާގެ ކުންފުނިތަކުގެ އަތްދަށުން މިނިވަން ކުރި ތަންތަން އަތުލީ ރަނގަޅަކަށް ނޯނޯ . ޢަލުން ދޭށޯ މިއުޅެނީ .މީ އަހަރުމެންނަށް މާކުރިން އެނގޭ ކަންކަން

    39
  13. Anonymous

    ނަޝީދުމެން މިގައުމު އިނޑިޔާއައް ވިއްކާ ހުސްކުރާނެ. މިގައުމު ފަސާދަ ކުރާނެ.

    47
  14. ޓުރޫ

    ނުބައި ނުލަފާ ހިޔަޅުތައް. ހިޔަޅު ސރުކާރު

    50
    1
  15. އެމް ޑީ ޕީ

    ދެން އަތް ޖަހާ. ދިވެހިންގެ އަތުން ދިވެހިންގެ ބިމާއި ،ރަށްތައް ވިއްކާލާ އަޅުވެތިކަމަށް. ދެރަކަމެއް. ﷲގެ ހަޒްރަތުގައި ދުއާކޮށް މި ވެރިކަމުން ނިމުމަކަށް ގެނެސް އެމް.ޑީ.ޕީ އާއި އެ ލާދީނީ ބައިގަނޑަށް ތާއީދުކުރާ އެންމެން ނަށް ހެޔޮ ވިސްނުން ދެއްވާތޯ ގުނޫތު ކިޔުން ވަރަށް މުހިންމު

    34
  16. ހާމިދު ޝާހިދު

    ނަޝީދު ގެނައި ޓާޓާ ކުންފުނިން ޑިލީވަރ ކޮށް ނުދެވި އެތައް 10 އަހަރުވަންދެން އެބިންތައް ހުހަށް ބޭއްވި. އަދި ހަދަމުންދިޔަ ފްލެޓްތައް ނިންމަންވެސް އެތަކެއް އަހަރެއް ހޭދަވި. މިހުރިހާ ކަމަކާ ހުރެ އެގްރީމެންޓާ ހިލާފުވުމާ ގުޅިގެން އެވަނީ ފިޔަވަޅު އެޅިފައި. ދެން އާބިޓެރޭޝަނެއްނޫން އެހެންތަނަކަށް ގޮސްގެންވެސް އެމީހުންނަށް ވިންވާކަމަށް ވަނީނަމަ އެ ވިންވަނީ، ދައުލަތުގެ ވަކީލުން އެކަށީގެން ވާ މަސައްކަތް ނުކޮށްގެން. އެމީހުނަށް ލާރިގަނޑެއް ދޭން ނޫނީ ބިންތަކެއް މިލްކު ކޮށްދޭން. މިހެންވެ، އަހަރުމެން ބުނަންޖެހެނީ، "އިންޑިއާ އައުޓޭ"، އިންޑިއަން މިލިޓަރީ އެކަންޏެއްނޫން، އިންޑިއާގެ އިވެސްޓްމެންޓައްވެސް އައުޓު. ކަމެއް ކޮށްދޭނަމަ ކުރާ ނޮހޮރުއްޕާން އެހަބޮޑު. ޗައިނާ ކުންފުނިތަކުގެ މިކަހަލަ މައްސސަލަތަކެއް ދިމައެއްނުވޭ. އަދި ރާއީސް ޔާމީން އެމީހުން ލައްވާ މަސައްކަތް ކުރުވާފައިވަނީ ފައިސާ ހޯދާ ފައިސާ ހޭދަކުރަން ދެނެވަޑައިގަންނަވާ އިކޮނޮމިސްޓަކަށް ވެވަޑައިގެން ހުންނަވާ. އެކަމު ނުކިޔަވާ ހުންނެވި ބޭފުޅަކަށް މިކަންކަން ސްމާޓް ކަމާއެކު ކުރާކަށް ނޭޏްގޭނެ. މާ ބޯހާސްވީމާ މިވިދާޅުވަނީ، ކުޑަކުދިން ބުނާކަހަލަ އެއްޗެތި. "މަށަށްވެސް ހޮސްޕިޓަލެއް އެޅިދާނެ، ބްރިޖެއްވެސް އެޅިދާނެ، ހުޅުމާލެއެއްވެސް ހިއްކިދާނެ" މިހެންނެވެ.

    36
  17. ބޭރުމީހާ

    ތިޔައީ އިންޑިޔާގެ އަޅުވެތިކަމަށް މިގައުމު ގެންދިއުމަށް އެމްޑީޕީ އިން ފަށާފައިވާ ޕްރޮޕަގަންޑާގެ ތެރެއިން
    ހިނގާ ކަންތައްތަކެވެ. މިކަންތައްގަނޑު ހިންގަމުން މިގެންދަނީ މަކަރުވެރި އެކިއެކި އުކުޅުތައް ބޭނުންކޮށްގެންނެވެ. އެގޮތުން އިންޑިޔާގެ ސަރުކާރާ ގުޅިފައިވާ އެގައުމުގެ ޖީ އެމް އާރު، ޓާޓާ ފަދަ ބޮޑެތި ކުންފުނިތަކަށް މިގައުމުގެ ބޮޑެތި ހަރުމުދަލާއި އެސެޓްތައް ދިނުން އެވެސް މީގެތެރޭގައި ހިމެނިގެން ދާކަންތައް ތަކެވެ.

  18. ޙހހަ

    އަހަރެމެން ބަދަލު ދީފަ ނަމަވެސް އަތުލާނަން. ހަމައައުޜް އިންގޭތޯ

    23
  19. ޙަަަހަ

    މިކަމުގައި ރައްޔިތުން ދޫދީގެން ނުވާނެ ، ދެންހަމަ ކަލޭމެން ބޭނުންހާ ކަމެއްކުރަންދެން ނުިތިބެވޭނެ

  20. ރަން ރީނދޫ

    ހިޔަޅު ކަންބަޅި ކެހެރިގަނޑު ބާލައިފި. ޗައިނާ އާއި ވާދަ ނުކުރެވޭނެ ހުވަފެނުގަވެސް. މުރައިދޫ ގަނޑުވަރު ރަސްގެފާނަށް ސަލާމް. ހިންނަވަރު ކުޑަ މޯދީ އަށް ވެސް.

  21. ރާއްޖެތެރެ

    އިންޑިޔާ ދިވެހިންނަ ހަދަނީ ހަދާނެއެއްޗެ. ދިވެހިން ވިސްނަން ވެއްޖެ މިކަމައް

  22. 200

    200 މިލިއަން ރުފިޔާ (ތިން ބިލިއަން ރުފިޔާ)

  23. ޖެހޭނެއޭ

    ޓާޓާ ކުންފުންނަށް ދޭން ޖެހޭ ބަދަލެއް ނޯންނާނެއޭ ކޮންޓްރެކްޓްގައިވާ ގޮތުގެ މަތިން އަހަރު ދުވަސް ތެރޭގައި އެމެންނަށް ނާދީ ބިމާއި އަދި އޯޑިއޯން ބިމުގައި އިމާރާތް ނުކުރެވި އެ ދެބިން އެމީހުންގެ ބެލުމުގެ ދަށުގައި އޮތުމުން އެދެ ބިންތައް ކުއްޔަށްދިން ނަމަވެސް ބިމެއް މަހަކު 1 މިލިއަން ޑޮލަރަށް ކުއްޔަށް ދެވޭނެއޭ އެހެން ނަމަ އަހަރަކު 12 މިިލިއަން ޑޮލަރު ލިބޭނެއޭ މިގޮތުން ކުލި ދޭންޖެހޭނެއޭ ޓާޓާއިން ދެން އޮތީ ކެނެރީގެ ނަޝީދަށް ނުނިންމޭނެ މިތަން ޓާޓާ އަށް ދޭން ނުނިންމޭނެއޭ ޖެހޭނީ މާލެ ސަރަހައްދުގެ އެންމެންގެ ވޯޓެއް ނަގަން ވޯޓް ލާމީހުންގެ %75 އިން ފާސްވެެއްޖެނަމަ ދޭންވީ ޓާޓާއަށް މާލޭގެ ބޮޑު ދެބިން މިކަމާއި ގުޅޭ ގޮތުން ވަގުތު ފާއިތު ނުވަނީސް ޕީޕީއެމް އިން ބަޔާން ތައް ވެސް ނެރެ އިހްތިޖާޖް ކުރަން ޖެހޭނެއޭ ކޯޓަށް ވެސް މިމައްސަލަ ހުށައަޅަން ޖެހޭނެއޭ...

  24. ވަގުންނޭ

    ޓާޓާ އަށް ނާދީ އާއި އޯޑިއޯން ބިމާއި ރަށެއް އެއްގޮތަކަށް ވެސް ދީގެން ނުވާނެއޭ އަދި އިތުރަށް ސަރުކާރުން އެމެންނަށް އެތަނުގައި ކުރާ އިމާރާތަށް ބޭނުންވާ ލޯން ނަގަން އެމެންނަށް ސަރުކާރުން ސޮވެރިންގް ގެރެންޓީވެސް ދޭނެއޭ އެއީ މަމެންނަށް ޔަގީން ކަމެކޭ މީސީދާ ކުރާ ބޮޑު ވައްކަމެކޭ މިކަމުގެ އަޑީގައި ހުރީ ކެނެރީގެ ނަޝީދު އާއި ރައީސް އިބޫއޭ މީސީދާ ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށް ފައިސާ ހޯދަން ވެގެން ޓާޓާއިން ކަޓް ޖައްސަން ވެގެން ކެނެރީގެ ނަޝީދު ކުރުވާ ބޮޑު ވައްކަމެކޭ މީ ވަގުންނޭ ވަގުންނޭ ވަގުންނޭ...

  25. ބާތިލޭ

    ޓާޓާ އަށް ނާދީ އާއި އޯޑިއޯން ބިން ދެވޭނީ އެއީ މާލެ ސަރަހައްދުގައި ވޯޓް ލިބުމުގެ ހައްގު ލިބިފައިވާ އެންމެންގެ މެދުގައި ވޯޓެއް ނަގާ ވޯޓްލާމީހުންގެ %50 އަށް ވުރެން މަތިން ވޯޓް ލިބުމުންނޭ އެއަދަށް ވޯޓް ލިބެންދެން ޖެހޭނީ ވޯޓް ލާން ޓާޓާ އަށް ދޭން ޖެހޭނެ ބަދަލެއް ނޯންނާނެއޭ ނުޖެހޭނެއޭ ރާއްޖޭގެ ވެރިކަން ކުރާ ރަށުގައި އޮތް ބިމަކަށް ރާއްޖޭން ބޭރުން ގޮތެއް ނިންމަން އެއީ ސީދާ ގައުމުގެ މިނިވަން ކަން ފޭރިގަންނަ ގޮތަށް ހުންނަ އެއްބަސްވުމޭ އެފަދަ އެއްބަސްވުން ބާތިލް ކުރަން ޖެހޭނީ ސްޕްރީމް ކޯޓަށް ހުށައަޅައިގެން..

  26. ސަމާސަ

    ޝުކުރިއްޔާ ރައީސް ޔާމިން

  27. ގަލަން ތުނޑުވވވ562655

    އެމީހުން ކޮންޚަރަދެއްކޮށްގެން އެބިންތައް ދޭންޖެހެނީ..ލޯލާރިއެއްވެސް އިންޗިއެއްވެސް ނުލިބޭނެ.

  28. އެމްޑީޕީ ބޮޓު

    ދިވެހި ރައްޔިތުންގެ މުދާ ރައްޔިތުންގެ އެއްބަސްވުމެއްނެތި ވެރިން ހިތުހުރި ބަޔަކަށް ދިނުން އެއީ އެމްޑީޕީ ސަރުކާރުގައި އަބަދުވެސް އާންމުކަމެއް . އެމްޑީޕީއަކީ މި ޤައުމުގެ ހަލާކު 🙁

  29. ހިޔަޅު

    މިހިރަ މަގުން ކަންތައްތަން ދާން ފެށީމާ ދިވެހި ރައްޔިތުން ހެވާ ނުބައި ވިސްނަން ވެއްޖެ. އމޑޕ އިން ވިސްނަނީ ދިވެހިން މީ ގަމާރުންނޭ... އެހެން ދޯ ވާނީވެސް.. ބަޔަކު އަތްޖަހަން ތިބެންޔާ...

  30. ސިޔާސީ

    ދިވެހިރައްޔަތުން އުޅޭނެ ބިންކޮޅެއް ނެތް! އަމިއްލަ ގައުމުގަ ރެފިއުޖީން ގޮތުގަ އުޅެން ޖެހެނީ ވެރިކަން ލިބުނީމަ ވިއްކަން ބިންހުރޭ!