މާލެ މާފަންނުގައި ހުންނަ ފަޅު ގެއެއްގެ ދޮރު ހަލާކުކޮށްލައިގެން ވަންނަން އުޅުނު ގިނަ ބަޔަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާފަންނުގައި ހުރި ފަޅު ގެއެއްގެ ދޮރު ހަލާކުކޮށްލައިގެން އެގެއަށް ވަންނަން އުޅުނު ކަމުގެ ތުހުމަތުގައި އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހަ ފިރިހެނުންނާއި ދެ އަންހެނެކެވެ.
އޮފިޝަލް ވިދާޅުވީ، މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދަށް ފަސް ދުވަހުގެ މުއްދަތު ކްރިމިނަކް ކޯޓުން ޖަހާފައިވާ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެެވެ.
ހަ ފިރިހެނުންނާއި ދެ އަންހެނޯ. ވާއު! ދެ ޖިންސު ހަމަހަމަވެ ނިމިއްޖެދޯ! އަވަހައް އެކުދިން ދޫކޮއްލާ. މާބޮޑުކަމެއް ނުކުރެއެއްނުދޯ... ރައްވެހި ފަތިހުގެ ސަންދޯއް ކޮޅުފިލާގޮނޑި.
މީހުން ނޫޅޭ ގެ އެ އް ހުރީޔާ އއެގެ އއެ އްގެ ފުރާޅުގެ ޓިނުވެސްނަގަ އިގެން ވި އްކާ ،،،،، މީހުން އުޅުނަސް ނޫޅުނަސް އެހެން މީހޫންގެ މުދާލަޢް އަރާގަންނަ ގޮތްވަނީ ގާނޫނު ތަންފީޒު ނުކުރާތީ، މިގޮތަށް މީހުންގެ އިމުގެ ތެރެ އަށް ވަންނަ މީހުން ބޮޑެތި އަދަދުން ޖުރުމާނާ ކުރަންވީ،،،
މާލޭގަ ފަޅުގެތަށް ހުރޭތަ?????
ޑުރަގު 50000ކިލޯއާއިކު ނަގާމީހާ 30މިނިޓު ނުވަނީސް ދޫކޮއްލާ ފަޅުގެއަކަށް ވަންނަ މީހުން ހައްޔަރުކޮއްގެން އަދަބު ދެވޭ ކިހާސޅިކަމެއްތޯ؟؟؟؟؟؟؟؟