މިހާރު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައިގެން އުޅުއްވާ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އަކީ ހަތެއް ފެބްރުއަރީ ބަޣާވާތުގެ ބޮޑު މީހެއް ކަމަށް ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) މިއަދު ވިދާޅުވެއްޖެއެވެ.

މެންބަރު ދޮންބިލަތް މިގޮތަށް ވިދާޅުވީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހު އުފެދިގެން އައި އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ވެއްޓުނީ ބަޣާވާތެއް ކޮށްގެން ނޫން ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވުމާއި ގުޅިގެން "ވަގުތު"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ނާޒިމަކީ ބަޣާވާތުގެ ބޮޑު މީހެއްކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އޭރު ކުރީ ބަޣާވާތެއްތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިފި ކަމުގައިވާނަމަ 90% އިންސައްތަ ރައްޔިތުން އެއީ ބަޣާވާތެއް ކަމަށް ގަބޫލު ކުރައްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލްކެޝަންގެ ފޯރި ގަދަވެފައިވާއިރު އަނެއްކާވެސް ބަޣާވާތުގެ އަޑުތައް މިވަނީ މީޑިއާއަށް އަރަން ފަށާފައެވެ. އެގޮތުން އެންމެ ފުރަތަމަ އެފަދައިން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު އެފަދައިން ވިދާޅުވީ އެމްޑީޕީގެ ކެނޑިޑޭޓުގެ ކެމްޕެއިން ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

މިގޮތުން މިފަހަރުގެ އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ ރައްޔިތުން ވޯޓު ދެއްވަން ވާނީ ބަޣާވާތައި ރައްޔިތުންގެ ފައިސާއިން މަނީ ލޯންޑާ ކުރައްވާ ފަރާތްތަކާއި ދެކޮޅަށް ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ އެދާއިރާއަށް ދެން ވާދަކުރައްވާ އިދިކޮޅު ޕީޕީއެމް އާއި އެމްއެންޕީއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދުކުރައްވާފައެވެ.

އެކަމަށް ރައްދުދެއްވަމުން މިއަދު "ވަގުތު" އާއި ވާހަކަ ދައްކަވަމުން މެންބަރު ނާޒިމް ވިދާޅުވީ އެބޭފުޅުން ކުރެއްވި ބަޣާވާތެއް ނޯންނާނެ ކަމަށާއި އެދުވަހުވެސް އެބޭފުޅުން ނުކުންނެވީ ގައުމަށް ހިދުމަތެއް ކުރެއްވޭތޯ ކަމަށެވެ. ނާޒިމްގެ އިތުރުންވެސް އެމްއެންޕީގެ އިސްވެރިން އަންނަނީ ރައީސްގެ މިވާހަކަތަކަށް ރައްދުދެއްވަމުންނެވެ.

އެގޮތުން އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވެސް ވަނީ މިހާރުވެސް ބަޣާވާތުގެ ބައިވެރިން އެންމެ ގިނައީ ރައީސް ސޯލިހްގެ ސަރުކާރާއި އެމްޑީޕީގައި ކަމަށް ވިދާޅުވެ ރައީސްގެ ވާހަކަފުޅަށް ރައްދުދެއްވާފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނީ އެދުވަހު ހިނގާދިއަ ހަމަނުޖެހުމުގެ ތެރެއިން މަޖުބޫރު ވެގެން ކަމަށާއި އެއީ ބަޣާވާތެއް ކަމަށް އެމްޑީޕީން އަބަދުވެސް ގަބޫލުކުރެއެވެ. އެހެންނަމަވެސް އެ މައްސަލަ ތަހުގީގު ކުރުމަށް ފަހުގައި ނިންމާފައިވަނީ ރައީސް ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރު ކަމެއް ނެތި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    ތާޢީދު

    7
    13
  2. އަބްދުﷲސަމްއޫން

    ބިލެތްދޫ ދާއިރާ އައް ހޮވުނު ބޮޑު ދޮގުވެރި އެއް. ކަލޭ ލަދެއް ނުގަނޭތަ.

    39
    1
    • ޜަނާ

      މީނާ ލަދުގަންނަން ޖެހޭނެ ބަޣާވާތޭ ކިޔަން މީނާގެ ބައްޕައާ ބުއްޅަބޭގެ ބައްޕަ މައުމޫނު ވެރިކަމުގައި ބަޣާ ވާތް ގެންނަން ވެގެން ފިސްތޯލަ އެތެރެކުރިނގްރޫޕް މީ . ތިމާ މީ ބަޣާވާތުގެ ތެރެއިން އައިސްހުރި މީހެއް .އެހެންމީހޖނާ ދިމާލަށް ބަޣާވާތޭ ގޮވާއިރު. ކީއްވެތަ އިމްރާނާ ދިމާލަށް ބާޣީ ގޮވަން ނުކެރެނީ.

  3. އަބްދޫ

    ބަގާވާތް ރާވަ ހިންގި މީހަކީ ގ.ކެނެރީގެ މުހަންމަދު ނަސީދު .ގާނޫނުއަސާސީގަޑުބަޑުކޮށް ބާރުތައް އަތަށް ނަގާ އަމިއްލަޔަށް ގައުމުހިންގަން ލިޔެ ގާނޫނުއަސާސީ ހުއްޓިފައިވާކަމަށް ނުވަތަ ގާނޫނުއަސާސިއަށް އަމަލުނުކުރާކަމަށް ނުވަތަ ގާނޫނުއަސަސީ އުވާލިކަމަށް އިއުލާންކުރުމުން އެގެންވުނީ ދުސްތޫރީ ބަގާވާތެއް. ގާނޫނުއަސަސީ ނެތުމާއެކު ރައީސުލް ޖުމްހޫރިއްޔާގެ މަގާމް އުވޭނެ. ގާނޫނުއަސާސީގަ ލިޔެފައިވާ ރައީސުލްޖުމްހޫރިއްޔާއާއިބެހޭ ބާބު އުވިގެންދާނެ. ދެންހުންނާނީ ޑިކްޓޭޓަރެއް. ގާނޫނީ އިމަށް ވަނުމަށް ގޮވޮ ގޮވުމަށް ބީރުކަންފަތެއްދީ ހުރެ އިސްތިއުފާދިނުމުން ނަސީދަ އެގެންވުނީ ދުސްތޫރީ ބަގާވާތެއް. ވީމާ ނަސީދުގެނައި ދުސްތޫރީ ބަގާވާތް ތަހުގީގު ކުރަންޖެހޭނެ ކަމަށް ދެކެން.

    40
  4. ހުސޭނުބޭ

    އެއީ ކަލޭމެން ދެތިން ކެނަޔަށް ފެންނަ ހުވަފެނެއް. މުޅި ޤައުމު ތިއޮތީ ކަލޭމެންގެ މުށުތެރޭގައި. މީގެކުރިން ގޮވާނެގީ ވެރިކަމަށް އަރާފައި ބަޣާވާތްކުރި މީހުންނަށް އަދަބުދޭނަމޭ. ދެން ތި އަދަބެއް ނުދީ 3 އަހަރު ދުއްވާލީ ކީއްވެ. އެބުނާ ބަޣާވާތެއްކުރި އެންމެން އެތިބީ ކަލޭމެންގެ އަތުގައި ހިފައިގެން.

    41
    1
  5. ވާނުވާ

    ކަންމަތީގައި ބިޑިއެއް ރޯކޮއްގެން ރާޒުވާ ކުޅެން އިންނަވާ...މީނާގެ ތައުލީމީ ފެންވަރަކީ ކޮބައިބާ؟

    17
  6. ގަބޫލެއް ނުކުރަން

    " 90% އިންސައްތަ ރައްޔިތުން އެއީ ބަޣާވާތެއް " ނުކުރަން

    7
    2
  7. ރަދީފް

    ދޮންބިލެތް ވެސް ނާޒިމް ތިއީ ރަނގަޅު ބައެއް ނޫން.ތި ދެމީހުންނަށް ވެސް އެކަކުގެ ގޯސް ވާހަކަ ދެއްކޭކަށް.އަހަރެން މިއީ އެމްއެންޕީއާއި ގުޅުން ހުރި އެއްވެސް މީހަކު ދަންނަ މީހެއް ނޫން.އެނގެން ވެސް ބޭނުމެެއް ނޫން.ނަމަވެސް ސިޔާސީ ޕާޓީއެއްގަ ރަޖިސްޓްރީ ވެފަ އޮތްތޯ ބަލަން އެސްއެމްއެސް ކުރީމަ ލިބުނު މެސެޖްގަ އޮތީ އެމްއެންޕީގެ މެމްބަރެއްގެ ގޮތުގަ.މިއީ ސީދާ ވައްކަން ކޮއްގެން ބަޔަކު ކޮށްފައޮތް ކަމެއް.އިލެކްޝަނުން ފޯމްވެސް ހޯދާނަން ، ހޯދައިގެން މިއީ ކޮން ބަޔަކު ކުރި ކަމެއްތޯ ބަލާނަން.އަހަރެން މިއީ އެއްވެސް ސިޔާސީ ޕާޓީއަކަށް ދުވަހަކުވެސް ސޮއި ކުރި މީހެއް ނޫން.ނުވެސް ކުރާނަން.އިންޝާﷲ.

  8. ރަދީފް

    ދޮންބިލެތް ތޯ ބެނަފެލެ.

  9. Anonymous

    ސިއްކަ އަހްމަދު އިސްމާލަކީ ބަޣާވާތުގެ ކިހާހިސާބެއްގަހުރި މީހެއް. 19 ދިވެހިންގެ މަރުގެ ދިޔަ މީނާ ދޭންޖެހޭނެތަ؟

  10. ކުޑަމުހައްމަދު

    ދ.އަތޮޅުގެ ފަޅުރަށްދަމަލައިގެން އުޅޭ މީހުންނަނަށް ޖެހޭނީ މިކަލަ ދޮގުވާހަކަ ދައްކަން ފުރަތަމަ ފަޅުރަށްލިބުނުގޮތާއި ކަންކަމަށް ރަގަޅަށް ވިސްނަލާފައި ބުނޭ ބަގާވަތެކޭ

  11. އަބްދުﷲސަމްއޫން

    ދޮންބިލެތަކީ ބޮޑު މަކަރު ވެރިއެއް

  12. ރީތި މޫސަ

    ދޮގުހަދައިގެން ގޮނޑިހޯދި މީހުން ވިސްނަންޖެހޭ އެގޮނޑި ދިންމީހުން ތިބީ ފޫހިވެފަކަން

  13. ޚަލީލު

    ކަލޭގެ ބަފަޔަކީ އަންނިގެ ބަފަޔާއެކު ނާސިރުގެ ވެރިކަން ވައްޓާލަން ބަޣާވަތް ކޮށްގެން ޖަލަށްލީ މީހެއް. ބަޣާވާތުގެ ވާހަކަ ކަލެއާއި އަންނިއާ ދެމީހުން ދެއްކުމަކީ ހުތުރުނކަމެއް.