ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް މި މަހު އަލުން ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލުން މިރޭ ވިދާޅުވީ ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާމުގެ މަރާމާތުގެ މަސައްކަތް ކުރުމަށް ފަހު، މިރޭ ޓެސްޓުކޮށްފައިވާ ކަމަށެވެ. އިތުރަށް ކުރަން ހުރި މަސައްކަތްތައް ނިންމައި، މި މަހު 20 ގައި އަލުން ފެންއަރުވާ ވަޑާން ހުޅުވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރަން ބިނާ ކުރި ތަނެކެވެ. ނަމަވެސް ވެރިކަން ބަދަލުވި ފަހުން މާލޭ ސިޓީ ކައުންސިލުން އެތަން ނުބެލެހެއްޓުމުގެ ސަބަބުން އެތަނުގެ ބައެއް ތަކެތި ހުރީ ހަލާކު ވެފައެވެ.

މިޔުޒިކާ އެއް ހަމަޔަކަށް ފެން އަރުވާ އެ ފެންއަރުވާ ވަޑާން ބަލައިލުމަށް ކުރިން ގިނަ ބަޔަކު ޒިޔާރަތް ކުރިއެވެ. އޭރު ކުޑަކުދިންގެ މެދުގައި ވެސް އެއީ ވަރަށް މަގުބޫލު ތަނަކަށް ވިއެވެ.

މިހާރު މާލޭ ސިޓީ ކައުންސިލުން އަންނަނީ އަނެއްކާވެސް ޖުމްހޫރީ މައިދާން ރީތި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިހާރު ޖުމްހޫރީ މައިދާނުގައި ވަނީ އަލުން ވިނަ ވެސް އިންދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހާލުފޮޅި

    ކުދިންތައް ސުއިމިންގ ސޫޓް ލައްވައިގެން އެދިމާލަށް އަވަހަށް ދުވަންފަށާ… ހީވަނީ ޕޫލެއް ހެން .. ލަދުން ބޯ ހަލާކު

    1
    8
  2. ޕިކަޕު

    "ނަމަވެސް ވެރިކަން ބަދަލުވި ފަހުން މާލޭ ސިޓީ ކައުންސިލުން އެތަން ނުބެލެހެއްޓުމުގެ ސަބަބުން އެތަނުގެ ބައެއް ތަކެތި ހުރީ ހަލާކު ވެފައެވެ."

    އެކަމަކު ދޯ... މީދެން ބޮޑުވަރު އޮޅުވާލަންވެސް.
    ޔާމީނު ވެރިކަމުގައި ތިތަން ހަލާކުވެފައިވަނީ.

    2
    12
  3. މެޑަމް ފާތުން

    މުއިއްޒު ހެދިތަނެއް ވެއްޖެއްޔާ ހަމަ މުއިއްޒުވަނީވިއްޔަދޯ. ކީއްކުރާނީ ނޫމަޑިއާ ފެހިމަޑުއާ ހަދައިގެން ކަމަކީ ރައްޔިތުންގެ ފައިސާ ބަނޑުއެޅުން

  4. އަޖުވަދު

    ތިއައީ ރައީސް ނަޝީދު އަޅުއްވަން ނިންމި ކުރެހި ތަނެއް.

  5. އަހުމަދަު

    މިސަރުކާރުން ގިނަ ތަންތަން އަޅާ ނުލާ ދޫކޮށްލީ ރަސްފަންނު ރަސްރަނި ބަގިޗާ ސުނާމީ ބިނާ
    މިހާރު ވެސް އެތަންތަން މަރާމާތު ކުރަން ފައިސާ އެއް ނުދޭ އެންމެ ކުޑަމިނުން މިސްކިތް މަރާމާތު ކުރަން ވެސް ފައިސާ ނުދޭ ރަށް ރަށުގެ މިސްކިތްތައް ބަލަހައްޓަން ދެނީވެސް މަދު ފައިސާ ކޮޅެއް ކޮންމެ ރައްޔިތަކު ކައުންސިލް ބަޖެޓް ބަލައިލަ ބަލަ ވަގުފު ފަންޑުން ވެސް ފައިސާ ނުދީގެން އެއުޅެނީ އަޅެފަހެ މީ މުސްލިމުންތަ އެހެން ވެ ލާދީނީ ކިޔަނީ