23:17

ކޮވިޑް-19ގެ ސަބަބުން އިޓަލީގައި ތިބި ކެންސަރު ބަލި މީހުންނަށް ފަރުވާ ދިނުމުގައި ދަތިތަކެއް ހުރި ކަމަށް އެގައުމުން ބުނެފި.

22:51

ކޮވިޑް-19ގެ އާ ވޭރިއެންޓް ކަމަށްވާ އޮމިކްރޮން ބޫސްޓާ ޑޯޒު ބޭނުން ކޮށްގެން ވެސް ނުހުއްޓުވޭނެ ކަމަށާއި އެންމެންނަށް ވެސް މި ވޭރިއެންޓް ޖެހޭނެ ކަމަށް އިންޑިއާގެ އިސް ސިއްހީ މާހިރަކު ބުނެފި.

22:26

ރާއްޖޭން އިތުރު 593 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ޖުމްލަ ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 4،320 އަށް އަރައިފި.

21:27

އައްޑޫސިޓީން އިތުރު 29 މީހަކު ކޮވިޑް-19 އަށް ފައްސިވެ ޖުމްލަ މި ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 159 އަކަށް އަރައިފި.

20:28

ރާއްޖެ އައުމަށްފަހު ހެދި ކޮވިޑު ޓެސްޓުން ފައްސިވުމުން 10 ދުވަހު ކަރަންޓީނުގައި ހުރުމަށްފަހު ޖަރުމަނު ގައުމީ ޓީމާއި ބަޔާން މިއުނިކްގެ ކީޕަރު މެނުއެލް ނޯޔާ ފުރައިފި

19:23

ކޮވިޑް-19ގެ އާ ވައްތަރު ކަމަށްވާ އޮމިކްރޮންގެ އަސަރު ނުކުރާ ގައުމުތަކުގެ މީހުން ރައްކާތެރި ފެންވަރު ރަނގަޅު މާސްކު ބޭނުން ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިވްއެޗްއޯ) އިން އިލްތިމާސް ކޮށްފި

19:15

ކޮވިޑް-19 ބަލި ހުރިކަން ދެނެގަތުމަށް ހަދަންޖެހޭ ޕީސީއާރް ޓެސްޓް، އާންމުންނަށް ފަސޭހަކަމާއެކު ހެދޭނެ ގޮތްތައް ހަމަޖެއްސެވުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފި

18:30

ކުރިއަށް އޮތް އަށް ހަފްތާގެ ތެރޭގައި ވިލާތު އާބާދީގެ ބޮޑު ބަޔަކަށް ކޮވިޑް-19ގެ އާ ވައްތަރު ކަމަށްވާ، އޮމިކްރޮން ޖެހޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިވްއެޗްއޯ)އިން ބުނެފި

18:23

އިންޑޮނޭޝިއާގައި އޮމިކްރޯން ފެތުރެމުންދާއިރު، އެގައުމުގެ އާބާދީއަށް އެއްވެސް އަގެއް ނުނަގައި ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް ދޭން ފަށާނެ ކަން ރައީސް ޖޯކޯ ވިޑޯޑޯ އިއުލާނު ކުރައްވައިފި.

އެ ގައުމުގައި ބޫސްޓާ ޑޯޒް ދޭން ފަށާނީ މާދަމާ.

"އަޅުގަނޑު ނިންމީ ތިން ވަނަ ޑޯޒް އިންޑޮނޭޝިއާގެ ހުރިހާ ރައްޔިތުންނަށް ހިލޭ ދޭން، ސަބަބަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އަޅުގަނޑުމެން އިސްކަންދޭ ކަމަކަށް ވާތީ،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވި.

މީގެ ކުރިން އޮފިޝަލުން ވިދާޅުވެފައި ވަނީ ފަގީރުންގެ ގޮތުގައި އެ ގައުމުގައި ތިބި ރައްޔިތުންނަށް އެކަނި ހިލޭ ބޫސްޓާ ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށެް.

އިންޑޮނޭޝިއާގެ ހުރިހާ އެންމެންނަށް ވެސް ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒް ދީފައި ވަނީ ހިލޭ.

އިންޑޮނޭޝިއާގެ 270 މިލިއަން މީހުންގެ ތެރެއިން 170.5 މިލިއަން މީހުންނަށް ކޮވިޑް ވެކްސިން ދީފައިވޭ. ދެވަނަ ޑޯޒް މިހާތަނަށް ޖަހާފައި ވަނީ 117 މިލިއަން މީހުން.

18:19

ސްލޮވީނިއާއިން އިތުރު 5164 މީހުން ކޮވިޑަށް ފައްސިވެއްޖެ. މިއީ އޮމިކްރޮން ވޭރިއެންޓް ފެތުރެން ފެށުމުގެ ހަފްތާއެއް ގެ ކުރީގެ އަދަދުތަކަށް ބަލާއިރު، 50 އިންސައްތައަށްވުރެ އިތުރު އަދަދެއް.

އެ ގައުމުގެ އާބާދީގެ 67.3 އިންސައްތަ މީހުންނަށް މިހާތަނަށް މަދުވެގެން ދެ ޑޯޒް ވެކްސިން ދީފައިވާ ކަމަށް ނޭޝަނަލް އިންސްޓިޓިއުޓް ފޮރ ޕަބްލިކް ހެލްތުން ބުނެފައިވޭ.

17:25

ބޮލީވުޑު ފިލުމު އިންޑަސްޓްރީއަށް ރީތި ލަވަތަކެއް ކިޔައިދީފައިވާ ލަތާ މަންގޭޝްކަރު ކޮވިޑް-19ގެ އިތުރުން، ނިއުމޯނިއާއަށްވެސް ފަރުވާ ހޯދަމުންދާކަމަށް ރިޕޯޓްތައް ބުނެފި

15:29

މެކްސިކޯގެ ރައީސް ދެވަނަ ފަހަރަށް ކޮވިޑް-19 އަށް ފައްސިވެއްޖެ

14:28

ޕޮލެންޑުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 100،000 އަށް އަރައިފި.

ޕޮލެންޑުގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ލައްކައަކުން މައްޗަށް އަރާފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓަރު ވިދާޅުވެއްޖެ.

14:23

ކޮވިޑްގެ އޮމިކްރޮން ވޭރިއެންޓާއެކު ހީތްރޯ އެއާޕޯޓަށް ގެއްލުން

އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއާޕޯޓް ހީތްރޯ އިން 2021 ވަނަ އަހަރު 19.4 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދިންއިރު، މިއީ ކޮވިޑްގެ ކުރިން ހުރި މިންވަރުގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ ވެސް ދަށް އަދަދެއް. އަދި 2020 ވަނަ އަހަރަށް ވުރެ ވެސް ދަށް އަދަދެއް.

ލަންޑަންގެ ހުޅަނގުގައި އޮންނަ އެއާޕޯޓުން ބުނީ ދަތުރު ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރަން ފެށުމާއެކު މަދުވެގެން 600،000 ފަސިންޖަރުން މިދިޔަ ޑިސެމްބަރު މަހު ހީތްރޯއިން ދަތުރުކުރުމުގެ ޕްލޭންތައް ކެންސަލްކޮށްފައިވާ ކަމަށް.

14:00

ބޮލީވުޑުގެ ބަތަލާ ޖާންވީ ކަޕޫރު ކޮވިޑް-19 އަށް ފައްސިވެއްޖެ

13:31

އިންޑިޔާގެ ކުޅަދާނަ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު ކޮވިޑް-19 އަށް ޕައްސިވެ، އައިސީޔޫގައި އެނދުމަތިކޮށް ފަރުވާދޭން ފަށައިފި

13:26

ކޮވިޑް-19 ގެ އާ ވޭރިއަންޓް އޮމިކްރޮން ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކަމަށާއި މި މަހުގެ ފަހު ކޮޅު ނުވަތަ ފެބްރުއަރީ މަހުގެ ފުރަތަމަކޮޅު ޕީކަކަށް ދާނެ ކަމަށް ބެލެވޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ.

10:56

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުން ކަރަންޓީން ކުރާ މުއްދަތު ދިހަ ދުވަހަށް ކުރުކޮށްފި.

10:53

ޑރ.ނަޒްލާ: އެކަމަކު ވެކްސިން ފުރިހަމަ ނުކުރާނަމަ 14 ދުވަހު ކަރަންޓީން ކުރާނެ. އަދި ކަރަންޓީނުން ދޫކޮށްލާނީ ޓެސްޓް ހެދުމަށްފަހު.

10:53

ޑރ.ނަޒްލާ: ކޮވިޑް ޖެހޭ މީހުން ކަރަންޓީން ވާން ޖެހޭނީ ދިހަ ދުވަހު. ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ފުރިހަމަ ކޮށްފައި ވާނަމަ ދިހަ ދުވަހަށް ކަރަންޓީން ކުރާނެ. އެއަށްފަހު އަލާމާތެއް ނެތްނަމަ ދޫކޮށްލާނެ. ދެވަނަ އޮޕްޝަން އަކީ ފަސް ދުވަސް ފަހުން ޓެސްޓް ކުރުން. ޓެސްޓް ނެގެޓިވް ވެއްޖެނަމަ ވަގުތުން ދޫކޮށްލާނެ.

10:49

ޑރ.ނަޒްލާ: ކޭސްތައް އިތުރުވަމުން ދާއިރު އެޗްއޯސީ އަށް އަދި ތައްޔާރު ނުވެވޭ. އެހެންކަމުން ކޮންޓެކްޓް ޓްރޭސިން ކޮންމެވެސް ވަރަކަށް ލަސް. ދެތިން ދުވަސް އެބަނަގާ.

10:46

ޑރ.ނަޒްލާ: ކޮންމެ ހަފްތާއަކު އެއްފަހަރު ފިޔަވަޅުތައް ރިވިއު ކުރަމުން ގެންދާނަން.

10:39

ޑރ.ޝާހް މާހިރު: މާފުއްޓާއި ކުޑަހުވަދޫން ވަނީ އޮމިކްރޮން ފެނިފައި. ފަތުރުވެރިންގެ ތެރެއިން 19 ކޭސްއެއް ފެނިފައިވޭ.

10:38

އެޗްޕީއޭގެ ނޫސްވެރިންގެ ބައްދަލުވުން ފަށައިފި.

08:59

އޮމިކްރޮން އަށް ހާއްސަ ފައިޒާ ވެކްސިން މާޗް މަހު ނެރޭނެ!

08:47

އެޗްޕީއޭ އިން މިއަދު ހެނދުނު 10:30 ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ބުނެފި.

ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ
- ހެލްތު މިނިސްޓްރީގެ ސްޓޭސް މިނިސްޓަރ ޑރ.ޝާހް މާހިރު
- އެޗްޕީއޭގެ އެޕިޑޮމޮޖިސްޓް ޑރ.އިބްރާހިމް އަފްޒަލް
- އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ.ފާތިމަތު ނަޒްލާ ރަފީގު

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ދަނީ މައްޗަށެވެ. ހޯމަ ދުވަހު 454 މީހުން ކޮވިޑް-19 އަށް ފައްސިވިއިރު ހޯމަ ދުވަހަކީ ފާއިތުވި ހަތްމަސް ދުވަހުގެ ތެރޭގައި ރާއްޖެ އިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

ހޯމަ ދުވަހު 4197 މީހުން ކޮވިޑަށް ޓެސްޓް ކުރި ޓެސްޓް ކުރި މީހުންގެ ތެރެއިން %10.82 މީހުން ކޮވިޑަށް ފައްސިވިއެވެ. ކޮވިޑަށް ފައްސިވާ މީހުންގެ ނިސްބަތް ވެސް ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ތަކުރާރުކޮށް އިންޒާރު ދެމުން އަންނަ ގޮތުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ގައުމުތަކުގެ ހާލަތު ކުރިއަށް އޮތްތަނުގައި ގޯސް ވެދާނެއެވެ. ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުގައި ކޮވިޑަށް ގިނަ ބަޔަކު ފައްސިވަމުން އަންނަނަމަ ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު އިތުރުވެ، އަނެއްކާވެސް ކުރީގެ ތަޖުރިބާ ކުރަން ޖެހިދާނެއެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އަވަހަށް ފުރަބަންދުކުރަންވީ. ކުއްލިއަކަށް ފުރަބަންދުކުރީމާ މީހުން ބަނޑަށްޖެހޭނެ. ވަގުތު ދީގެން ސަރުކާރުން އެކަން ކުރާނެ ކަމަށް ހީކުރަން.

  2. ހިތާމަ

    އަދިވެސް މާލޭގެ ސްކޫލް ތަށް ހުޅުވަން ހިފާފަ ކުރެެ ފަހަރުގެ ފިލާވަޅުން އިބުރަތް ހާސިލް ކުުން މުހިންމު..
    މިހާލަތުގަ ސްކޫލްތަކަށް ކުދިން ނެރުމުން ކުދިންނަށް ގިނަ ކުދިންގެ ކިޔެވުމުން މަހުރޫމް ވަނީ ބައެއް ޓީޗަރުންނާ ކުދިން ޕޮޒިޓިވް ފަރާތްތަކާ ދިމާވުމުން އެތަށް ކުދިންނެއް ގޭގަ މަޑުކުރަން ޖެހިފަ އޮންންނީ. ދެން އެކުދިންނަށް ފިލާވަޅުތަށް ހޯދުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވަނީ ގިނަފަހަރު ނުވެސް ލިބޭ މިހެން ވުމުން ގިނަކުދިންތަކެއް ކިޔެވުމުން މަހުރޫމް ވޭ
    މިކަން ހަމަޔަކަށް އެޅެންދެން އޮންލައިން ކޮށް ފަށަން ޖެހޭ މިހާލަތުގަ ކުދިން ސްކޫލަށް ނެރުމަކީ އެތަށް ކުދިންނާ ޓީޗަރުންނެއް މިކަމަށް ހުށަހެޅި އޮނޮލައިން ކުރަންވެސް ދަތިވެދާނެ ސަބަބެއް

  3. އުގުރި

    ހޭބަލި ވެދާނެތަ

    2
    1