ފަނޑިޔާރުންގެ 55 މައްސަލައެއް ތަހްގީގު ކުރަމުން އަންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އަހަރީ ރިޕޯޓްގައި ބުނެފިއެވެ.

ޖޭއެސްސީ އިން އިއްޔެ އާއްމު ކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ބުނާ ގޮތުގައި 2021 ވަނަ އަހަރު ނިމުނުއިރު 33 މައްސަލައިގެ ތަޙްޤީޤުކޮށް ނިންމާފައިވެއެވެ. ތަޙްޤީޤު ނުނިމި އޮތީ 55 މައްސަލަ އެވެ. މީގެތެރެއިން 2021 ވަނަ އަހަރު ތަޙްޤީޤު ފެށީ 26 މައްސަލައެކެވެ.

މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގައި 2020 ވަނަ އަހަރު ބަލަން ނިންމާފައިވާ 5 މައްސަލަ، 2021 ވަނަ އަހަރު، މި 5 މައްސަލަ ވަނީ ތަހްޤީޤު ކުރުމަށް ކޮމިޓީއަކާ ހަވާލުކޮށްފައެވެ. އެހެންކަމުން 2021 ވަނަ އަހަރުމައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއިން ބަލަން ނިންމި މައްސަލައިގެ އަދަދަކީ 21 މައްސަލައެވެ. ނަމަވެސް ތަޙްޤީޤު ކުރުމަށް 2021 ގައި ކޮމިޓީއާ ހަވާލުކުރި މައްސަލަގެ އަދަދަކީ 26 އެވެ.

2021 ވަނަ އަހަރު 77 ތަޙްޤީޤު ކޮމިޓީއަކުން 88 މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންދިއައެވެ.

2021 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އެއް ފަނޑިޔާރަކު މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހެޅިއެވެ. އެއީ ކްރިމިނަލް ކޯޓިގެ ޤާޟީ އިސްމާއިލް ރަޝީދުގެ މައްސަލަ އެވެ.

2021 ވަނަ އަހަރު ވަކިކުރުން ފިޔަވައި އެނޫން ސުލޫކީ ފިޔަވަޅު 14 ފަނޑިޔާރުންނަށް އެޅިއެވެ. 2021 ވަނަ އަހަރު ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް 18 މައްސަލައެއް ނިންމާފައިވެއެވެ.

މިދިޔަ އަހަރުގެ އިތުރު ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު 13 ފަނޑިޔާރަކު ވަނީ ރިޓަޔާ ކުރައްވާފައެވެ. ހަފަނޑިޔާރަކު އަމިއްލައަށް އެދިގެން އެހެން ކޯޓުތަކަށް ބަދަލު ކޮށްފައިވެއެވެ.

މިދިޔަ އަހަރު މެޖިސްޓްރޭޓް ކޯޓުތަކަށް ހަމެޖިސްޓްރޭޓުން އަދި ސްޕީރިއާ ކޯޓުތަކަށް ހަތަރު ފަނޑިޔާރުން އައްޔަން ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ފަގުޑި

  ތީ ރައްވެހި ފަތިހުގަ އޮންނަހާވެސް ކަމަކީ. ފަނޑިޔާރުން ފަހާދުވުން.

 2. ލލ

  ޖުޑިޝަރި ޑީސެންޓަލައިޒް ކޮށްގެން ރައްޔިތުންނަށް ގާތުން ހިދުމަށްދެވޭނީ، މިހާރު ދަނީ ސެންޓަރައިޒަލް ގޮތަކަށް !

 3. ސައިމާ

  ގަޑިޖެހުނީމަ ގޮއްވާލަން ބާއްވާފައޮތް 55 ޓައިމް ބޮމް ތީ. ހިފަހައްޓައިގެން ތިބޭ.

 4. ލަންދޫ ޒުވާނާ

  ރާއްޖޭގެ ރަށްރަށުގައި ހުރި ތާރީޚީ އަދި އާސާރީ ތަންތަން މާލެއިން ދާ ބަޔަކު ކޮނެގެން އޭގެ މުހިންމު ތާރީޚުތަކާއި، މުހިންމު ބައިތައް ހިމެނޭ ތަކެތި ގޯނިގޯންޏަށް އަޅައިގެން މާލެގެނައުމުން ތާރީޚީ އަދި އާސާރީ ތަންތަން ޙިމާޔަތް ކުރެވުނީ ކަމަށްވާނެތޯ؟ ނުވަތަ އެއަމަލު ވާނީ އެތަންތަނަށް ދެވޭ ގެއްލުމަކަށް ނޫނީ ނުވާނެނޫންތޯ. މީ ހިތާމަހުރި ކަމެއް. ދެން އެގޯނިތަކަށް ވާގޮތެއް ނޭނގެ. ލަންދޫ މާބުދުގެ ކޮނެގެން ވިއްސަކަށް ގޯނީގެ ތަކެތި މާލެ ގެނެސް ހެދި ނުހެދިޔެއް ނޭނގެ. މާބުދުގެ އެއޮތީ ހަމަ އޭރުވެސް އޮތްގޮތަށް. ނުބަލަހައްޓަ.

 5. ހާރޫނު

  މިމީހުންގެ ކަމަކީ އަބަދުވެސް ފަނޑިޔާރުންނައް ބިރުދެއްކުން ފަނޑިޔާރުން ވިސްނަންވީ ކަމަކީ ތިޔަބޭކަލުންނަކީ ﷲގެ ޙަލުރަތުގަ ޤަދަރު އުފުލިގެންވާ ބައެއްކަން އެއީ ތިޔަބައި މީހުންނަކީ މިބިމުގައި އިންސާފު ޤާއިމްކުރަން ތިއްބެވި ޢިއްޒަތްތެރިން ބަޔަކު ދައްކާހާބިރަކައް ނުސިހި ތިޔަބޭކަލުންގެ މަޤާމްގެ މަސްއޫލިއްތުކަމުގައިވާ ޢަދުލް އިންޟާފް ޤާއިމް ކުރުންމަތީ ދެމިތިއްބަވާ

 6. Anonymous

  ކޯޓުތަކުގައި އެބައުޅޭ ގާނޫނެއް ގަވާއިދެއް ޝަރީޢަތެއް ނުދަންނަ ފޮޑިޔާރުން. އޭގެ އެކަކު ޝަރިއަތްކުރަނީ މަތި ބަލަހައްޓައިގެންއިނދެ. ދައުވާކުރާ މީހާގެ ނަމާއި ދައުވާލިބޭ މީހާގެ ނަން ވެސް ކިޔަނީ ނުބައިކޮށް. ނަމަވެސް އޭނާގެ ދީންވެރިކަން ދައްކަންވެގެން ކޮންމެ ދުވަހަކު ގަޑިޖެހުމުގެ އެއްގަޑިއިރު ކުރިން ކޯޓަށް ގޮސް ކޯޓުތެރޭގައި ނަމާދުކުރަން އިންނާނެ. ގާނޫނާއި ގަވާއިދުގައިވާ ގޮތަށް އޭނާ ނިންމި ޝަރިއަތެއް ނެތް. އެކަހަލަ މީހުން ޝަރިއަތްކުރަން ބައިތިއްބާނެ ކަމެއް ނެތް. ވަގުތުން ވަކިކުރަންވީ. ލަސްކުރާނެ ކަމެއްނެތް.