ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ލިފްޓްތައް ކައިރީގައި ތޮއްޖެހުން އިތުރުވާތީ ލޮބީ އޭރިއާ ބޮޑުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

ހުޅުމާލޭގައި އެންމެ ފަހުން އިމާރާތް ކުރި 25 ބުރީގެ 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރެއްގެ ތިރީގައި ބޮޑު ހުސް ސަރަހައްދެއް އޮވެއެވެ. އަދި ލިފްޓް ސަރަހައްދުގައި މަޑުކޮށްލައިގެން ތިބެން މާ ބޮޑު ސަރަހައްދެއް ނޯވެއެވެ. ލިފްޓް ކައިރީގައި ތިބެން އޮންނަނީ ވެސް ވަރަށް ހަނި ޖާގައެކެވެ.

އެޗްޑީސީން ބުނީ ލިފްޓަށް އަރާ މީހުން ގިނަވެ، ތޮއްޖެހެނީ ޕީކު ގަޑިތަކުގައި ކަމަށެވެ. ބެލެވޭ ގޮތުގައި އެއީ ފްލެޓުތަކުގައި ދިރިއުޅޭ މީހުން އޮފީހަށްދާ ގަޑިއާއި އަންނަ ގަޑިއާއި ދަރިވަރުން ސްކޫލަށްދާ ގަޑިއާއި ނިމޭ ގަޑިއެވެ. މި ނޫން ބައެއް ގަޑިތަކުގައި ވެސް ލިފްޓް ކައިރީގައި ތޮއްޖެހެއެވެ.

ހިޔާ ފްލެޓުތަކަށް ބަދަލުވި މީހުންގެ އަދަދު މިހާރު 5،000 އަށް އަރާނެއެވެ. މިއިން ކޮންމެ އާއިލާއެއްގައި އެވްރެޖްކޮށް ފަސް މީހުން އުޅޭނެ ކަމަށް ބެލެވޭތީ މިހާރު އެ ފްލެޓުތަކުގައި 1،000 އާއިލާއެއް އެބައުޅެއެވެ. ކުރީޣެ ސަރުކާރުން 25 ބުރީގެ 16 ބިޔަ އިމާރާތް އަޅާފައިވާއިރު މި ހުރިހާ އިމާރާތެއްގައި ފުލް ކެޕޭސިޓީއަށް މީހުން ދިރިއުޅެން ފެށުމުން ޖުމްލަ އާބާދީ 35،000 އަށް އަރާނެއެވެ.

މި ފްލެޓްތަކަކީ އެއްކޮށް ނިންމާފައި ހުރި ތަންތަނަށް ނުވީމަ، ފިނިޝިން މަސައްކަތް ނިންމައިގެން ނޫނީ އެ ތަންތަނުގައި ދިރިއުޅެން ނުފަށަން ބޭނުންވާ ކިތަންމެ ބަޔަކު އެބަތިބިއެވެ. އެހެންވެ، ގިނަ ފްލެޓުތަކެއްގައި މިހާރު ނިންމަނީ ފިނިޝިން މަސައްކަތެވެ.

ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމަން ދިން މުއްދަތުގައި އެ ތަނުގައި ގިނަ ބަޔަކު މިހާރު ދިރިވެސް އެބައުޅެއެވެ. މި މުއްދަތުގެ ތެރޭގައި އެއްވެސް ފްލެޓަކުން ކުއްޔެއް ނުނަގާނެއެވެ. ކުލި ނަގަން މިހާރު ނިންމާފައި ވަނީ އަންނަ އޭޕްރީލް މަހުން ފެށިގެންނެވެ.

އެޗްޑީސީން މީގެ ކުރީގައި ބުނެފައި ވަނީ ހިޔާފްލެޓް ސަރަހައްދުގައި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ތަފާތު ތަންތަން އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މަގުތައް ހެދުމާއި މަގުތަކުގައި ބައްތި ހަރުކުރުމުގެ މަސައްކަތްތައްވެސް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަވެސްފިސާރި

    ރައީސްުޔާމީނުގެ ސަރުކާރުން ކަޑައެޅިވަރައް ކުލި އެއީ 5600ފަސްހާސްހަސަތޭކަރުފިޔާ ނަމަވެސް މިނުބައިސަރުކާރުންވަނީ މިފުލެޓުތަކައް ދައްކަންޖެހޭ ހުރިހާފައިސާއެއް ފުލެޓް ލިބުނުމީހުންބޮލުގާއަޅުވާފައި ދައުލަތުގެފައިސާއިން ބޮޑުފޯނުބިލްސާކްސަމިޓުބާވަން ވެގެންއެޅި ދަރުބާރުގެއެޅުމައް ބޮޑުއަގުގާ ނުހައްގުންފައިސާހޯދި އަސްލަމުގެ ނުބައިކަންވަނީދައްކާފައި އިރާދަފުޅާއެކު ދެހާސްތޭވީސް ހުދުމުހުތާރު ސަރުކާރު ފޭލިކޮއްލާނައް ހިޔާފުލެޓުގެ ރައްޔަތުންމިކަމާއެއްބަސްވާނެ ވީމާ ރައީސްޔާމީނު ހިޔާފުލެޓްގެ ކަންތައް ހަލުކޮއްދޭނެކަމުގެޔަގީންކައްދޭ؟؟މިސަރުކާރުގެ ހުރިހާމިނިސްޓަރަރުން މުއްސަދި އަމުރުމެންގޯތި ފައިޔާޒުމެވެސް އަމީރުވެސް ހިއްސާގަނަމުންދަނީ މުޅުރާއްޖޭގާމިއަޑުގަދަވަނީ؟؟

  2. އަބއދ

    އެއްވެސް ޕްލޭން އެއްނެތި އަވަސް އަރުވާލައިގެން ހާވާފަ އޮތް ބޮޑުހަޑިއެއް!
    ދެން ޖެހޭނީ އަބަދު ތިކަހަލަ ކޮންމެވެސް މަރާމާތެއްކުރަން. އިންސާނުން ކަންކަންކޮށްފައިވާ ގޮތްވެސް ބަލާލާނަމަދޯ.
    ނިކަމެތިންނަށޭ ކިޔައިގެން މަތީފްލެޓްތަކުގެ ކުނިއުކާލެވޭ އިންތިޒާމް ސަރވިސް ލިފްޓް މުޅި އުމުރު 2 ކޮޓަރީގައި . އަންހެން އަދި ފިރިހެން ދަރިން ލިބުނީމާ 3 ވަނަ ކޮޓަރިއެއްގެ ބޭނުން އިހްސާސްވެސް ނުވާބައެއް ފްލެޓް ޑިޒައިން ކޮށްފައި މިހެންގޮސް ކިޔާނެކަމެއް ނެތް.

    ކިހިނެއް ތިތަންތަނުގައި 21 ޤަރުނު ހަމަޖެހިލައިގެން އުޅޭނީ.

    ހިތައްއަރާ ކޮންމެހެން ޖެހޭބާއޭ 16 ޓަވަރު އަޅަން. ތިހުރިހާ ކަމަކަށް ވިސްނާފަ ފިނިޝިންގ އާ އެއްކޮށްވެސް 3 ކޮޓަރީގެ ފްލެޓް އެޅުނީހެއްނުން،

    ހެއްވާކަމަކީ ދޮގުމައުލޫމާތު ދީގެން ގިނަ ފްލެޓްތައް ލިބުނީ މިހާރުވެސް "ރަށްރަށުގައި" ގޯތި ހުރިމީހުންނަށްވިއްޔާ.
    އެފަރާތްތަކުން ތި ފްލެޓްތައް ބޭނުންކުރަނީ ޗުއްޓީހޭދަކޮށްލަން ދާ ފްލެޓްތަކެއް ގޮތުގައި. ބުނަންވެސް ބުނަނީ އެހެން "ޗުއްޓީ ހަދާލާ ތަނެކޭ އެއީ ދިރިއުޅޭކަށްނޫނޯ"

    3
    3
  3. Anonymous

    މިމީހުން މިބަލަނީ ކޮންމެވެސް އެއްޗެއް ކިޔައިގެން ހިޔާ ފްލެޓްތައް ތަޅާލެވޭތޯ. ރައްޔިތުން ލައްވާ ތަޅަންވީ ވަރަށް ތަޅާ ނިމުނީ ދޯ. މިހާރު މީހުން ލައްވާ ތަންތަން ތަޅަން ތިފެށީ. މިފަހަރު ޖޫރިމަނާކުރާނީ ތިތަންތަން ތަޅަން ހަވާލުކުރި މީހުންކަންނޭނގެ. ޖޫރިމަނާކޮށްގެން ރައްޔިތުން ހަބޭހަށް ފެލާލެވޭތޯ ބަލާތި. ތިތަންތަން ތެޅީމާ ތިތަންތަނުގެ އުމުރުކުރުވެ، ތިތާ އުޅޭ މީހުން އަގުދައްކާ ނިމޭއިރު ތަން ބޮލަށް ވެއްޓޭނެކަން ނޭނގެނީތަ؟

  4. އަނދިރި

    މީހުން ތޮއްޖެހޭ ހިސާބު އަލިކުރެވޭނެ ގޮތެއް ނުވާނެބާ! ގައިމު 5 ވޯޓުގެ އެންމެ ބޮތްކެއް ލިޔަސް ބޭރުން އަންނަ މީހާއަށް ބަޔަކު އެތާނގައި ތިބިކަން އެނގޭވަރުވާނެ.

  5. އަހްމަދު

    ވެލާނާގޭ ލިފުޓުކައިރީވެސްބާރުކުޑައެއްނޫން އެތަނުގެވެސް ޖާގަބޮޑުކޮށްލަދޭންވީނު

    4
    1
  6. ފްލެޓް ބޭފުޅާ

    ''މި މުއްދަތުގެ ތެރޭގައި އެއްވެސް ފްލެޓަކުން ކުއްޔެއް ނުނަގާނެއެވެ. ކުލި ނަގަން މިހާރު ނިންމާފައި ވަނީ އަންނަ އޭޕްރީލް މަހުން ފެށިގެންނެވެ.'' ތެދެއް މިހާރު ކުއްޔެއް ނުނަގާ ..މިހާރު އެބައިނަގަނީ ފެންބިލާއި ކަރަންޓްބިލުން... ހަމަފެލަނީ ރައްޔިތުން...

  7. ދިވެހި ދިދަ

    ތިކަން އެންމެ ފަހުން ކުރާނީ ޓަވަރ 1ގައި