އދ.ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އަބްދުﷲ ޝާހިދު އިންތިހާބުވެގެން ދިޔުމާއެކު އެންމެ ބޮޑަށް ސިޔާސީ ފަރާތްތަކާއި ގާނޫނީ ފަރާތްތަކުން އުފެއްދި ސުވާލަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން ޝާހިދަށް ދެ މަގާމު ފުރުއްވިދާނެ ކަމާއި މެދުގައެވެ. އެކަމަށް ގާނޫނު އަސާސީން ހުރަސް އަޅާ ކަމަށް ބޭފުޅުން ގެންދެވީ ވިދާޅުވަމުންނެވެ.

އުފައްދާފައިވާ މި ގާނޫނީ ބަހުސާއި ގުޅޭ ގޮތުން މިހާތަނަށް ވެސް ޝާހިދު ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ރަސްމީ ދަތުރުފުޅެއްގައި މި ވަގުތު ރާއްޖެ ވަޑައިގެން ހުންނެވި ޝާހިދު "ވަގުތު" އަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއާއެކު، ޝާހިދު ފުރަތަމަ ފަހަރަށް މީޑީއާއެއްގައި، އެ މައުޟޫއާއި ގުޅޭ ގޮތުން ވަރަށް ދިގު ވާހަކަ ދައްކަވައިފައެވެ.

ދެ މަގާމު ފުރުއްވި ދާނެތޯ ކުރި ސުވާލަށް ޝާހިދު ޖަވާބު ދެއްވީ، ރައްޔިތުންގެ މަޖިލީހުގައި އޭނާ ކުރައްވާފައިވާ ގާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތާއި، ހާރިޖީ ދާއިރާގައި މިހާތަނަށް އޭނާ ކުރައްވާފައިވާ މަސައްކަތުގެ ތަޖުރިބާއާއި ގުޅުވައިފައެވެ.

"ގާނުނު އަސާސީގައި އޮތް އެއްޗެއް ވަރަށް ސާފުކޮށް އެނގި ހުރެ މި ކަމުގައި ދެމި ހުންނަނީ ގާނޫނީ ހުރަހެއް ނެތީމަ،" ފެހި ގާނޫނު އަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގައި ވ. އަތޮޅު ތަމްސީލް ކުރެއްވި މެންބަރެއްގެ ގޮތުގައި އޭރު ހުންނެވި ކަން ފާހަގަ ކުރެއްވުމަށް ފަހު، ޝާހިދު ވިދާޅުވިއެވެ.

އެއަށް ފަހު ޝާހިދު ނެންގެވީ މިސާލުތަކެކެވެ. އަދި އުފެއްދެވީ ސުވާލުތަކެކެވެ. މި ސަރަހައްދުގައި ރާއްޖެ ހިމެނޭ ސައުތް އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ރިޔާސަތާ ރާއްޖޭގެ ރައީސް ހަވާލުވެވަޑައިގެންނެވުމުން "ރައީސަށް ދެން އިސްތިއުފާ ދެއްވަން ޖެހޭނެތޯ؟" ސުވާލު އުފެއްދެވިއެވެ.

"ރާއްޖެއަކީ އިސްލާމީ މުޖުތަމައު އޯއައިސީގެ މެމްބަރެއް، ހާރިޖީ ވަޒީރުގެ ނައިބުކަން ރާއްޖެއަށް ލިބުނީ ވަޒީރު އިސްތިއުފާ ދެއްވަން ޖެހޭނެތޯ،" އަނެއްކާ ވެސް ހާރިޖީ ޖަމިއްޔާއެއްގެ މަގާމަކުން މިސާލު ދައްކަވާފައި، ޝާހިދު ހަމަ ސުވާލެއް އުފެއްދެވިއެވެ.

ވާދަވެރި ސިޔާސީ ފަރާތްތަކުން އުފައްދާފައި އެ އޮތް ގާނޫނީ ބަހުސާއި ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް ރައްދު ދެއްވައި ޝާހިދު ވިދާޅުވީ އެއީ އެއްވެސް ކަހަލަ އޮޅުމެއް ވެސް އޮތް ކަމެއް ނޫން ކަމަށެވެ. "ސިޔާސީ ގޮތުން އޮޅުވާލުންތައް އޮޅުވާލަން ބަޔަކު ދައްކާ ވާހަކައެއް އެކަހަލަ ކަންތައް ހުންނާނެ، އެއީ ގާނޫނީ ބުރަދަނެއް ހުރި ކަންތައްތަކެއް ނޫން،" ކަމަށް ޝާހިދު ވިދާޅުވިއެވެ.

Abdulla Shahid
އާއްމު މަޖިލީހުގައި ރިޔާސަތު، ޝާހިދު ބަލަހައްޓަވަނީ

އިތުރު މިސާލުތަކާއި އެކު ޝާހިދުގެ ޖަވާބު އިތުރަށް ތަފްސީލް ކޮށްދެއްވިއެވެ. މިހާރު ވެސް ރާއްޖޭގެ ވަޒީރުން، ބައިނަލްއަގްވާމީ އަދި ޚާރިޖީ ޖަމިއްޔާތަކުގައި މަގާމުތަކެއް ތަމްސީލް ކުރައްވާ ކަން ޝާހިދު ކުރެއްވިއެވެ. "އެއީ ވަޒީފާއެއް ނޫން، އެއިން އުޖޫރައެއް ވެސް ނުލިބޭ، އެއީ މަގާމެއް، ހައިސިއްޔަތެއް،" ކަމަށް ޝާހިދު ވިދާޅުވިއެވެ.

ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ގަވަރުނަރު ކަން ތަމްސީލު ކުރައްވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. ޔުނެސްކޯގައި ރާއްޖެ ތަމްސީލު ކުރައްވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީއެވެ. އިސްލާމިކް ބޭންކުގެ ރާއްޖޭގެ ގަވަރުނަރަކަށް ހުންނެވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

މި މިސާލުތަކަށް ފަހު ޝާހިދު ވިދާޅުވީ ދެ މަގާމެއްގައި ހުރެވިދާނެ ކަމާއި މެދު ޝައްކު އުފައްދާ މައިގަނޑު ސަބަބަކީ "ސަރުކާރުން ކުރާ ކަންތައް ފުރިހަމަކަމުން ދައްކާނެ ވާހަކައެއް ނެތުމުން" ކަމަށެވެ. އެ ވާހަކަތައް ޝާހިދު ސިފަކުރެއްވީ ވެސް "ދޯހަޅި ވާހަކައެއް" ގޮތުގައެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވަމުން ހާރިޖީ ވަޒީރުގެ މަގާމު ފުރުއްވަން އެއްވެސް ދަތިފުޅެއް ހުންނެވިތޯ ސުވާލު ކުރުމުން، އޭގެ ޖަވާބުގައި ޝާހިދު ފުރަތަމަ ވެސް ވިދާޅުވީ ރާއްޖޭގެ ހާރިޖިއްޔާއިން ކުރަން ޖެހޭ އެއްވެސް ކަމެއް ނުކުރެވި އަދި މިހާތަނަށް ނެތް ކަމަށެވެ.

މިނިސްޓަރު އަބްދުﷲ ޝާހިދު "ވަގުތު" އަށް އިންޓަވިއު ދެއްވަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

"ކަމެއް ނުކުރެވި އޮތީކީ ނޫން. ކުރާ އެއްވެސް މަސައްކަތެއް އަޅުގަނޑަށް ނޭނގިއެއް ނޯންނާނެ، ދުވަހުން ދުވަހަށް ކުރަމުންދާ ހުރިހާ ކަމެއްގައި އަޅުގަނޑުގެ ދައުރު އޮންނާނެ، މަސައްކަތްތައް ދަނީ ބާރަށް ކުރިއަށް،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވި ކަމަކައީ، ހާރިޖީ ވަޒީރެއްގެ މަސައްކަތް ބިނާ ވެފައި އޮންނަނީ އޭނާގެ ގައުމަކަށް ވުރެ ބޮޑަށް އެއިން ބޭރުގައި ކަމުގައެވެ. ގައުމުތަކަށް ދަތުރުކޮށް، ހާރިޖީ ގުޅުން ބަދަހި ކުރުމުގެ މަސްއޫލިއްޔަތު އަދާ ކުރަން ޖެހޭ ކަމެވެ.

"އދ.ގެ އާންމު މަޖިލީހުގެ ރައީސަކަށް ނުވިޔަސް، ހާރިޖީ ވަޒީރަކީ ގައުމުތަކަށް ދަތުރުކޮށް ކަންކަން ކުރަން ޖެހޭ މީހެއް، އަބަދު މާލެ ފަސްގަނޑުގައި ހުރެގެންނެއް ނޫން ހާރިޖީ ވަޒީރުގެ މަސައްކަތްތައް މި އޮންނަނީއެއް، އެ މަގާމު ނެތަސް ގިނަ ވަގުތު ހޭދަކުރަން އެބަ ޖެހޭ އެހެން ގައުމުތަކުގައި ވެސް،" ޝާހިދު ވިދާޅުވިއެވެ.

ދެ މަގާމު ނުފުރޭނެ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭ ގޮތުން ޝާހިދު ދިގު ޖަވާބެއް ދެއްވީ އޭނާ ޚާރިޖީ ދާއިރާގައި ކުރައްވާ މަސައްކަތާއި، ގާނޫނު ހަދާ މަޖިލީހުގައި ލިބިވަޑައިގެންނެވި ތަޖުރިބާއަށް އިޝާރާތް ކުރައްވައެވެ. މިހާތަނަށް ރާއްޖޭގައި ވެސް ޚާރިޖީ ހައިސިއްޔަތުތައް ފުރުއްވާފައިވާ ގޮތުން މިސާލު ދައްކަވައިފައެވެ. އެހެން ވިޔަސް މި ގާނޫނީ ބަހުސް އަދި ނިމުނު ކަމަކަށް ބެލެވޭކަށް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

 1. ނޫރު

  ތަފާތެވެ. ޝާހިދު ވިދާޅުވީ، ޒިންމާ އެއް ނޮއޮންނަ އަދި އަމިއްލަ ޤައުމުގައި ދެމިހުރެވޭ މަގާމު ތަކެއްގެ ވާހަކައެވެ. ޝާހިދު ހަދާން ނެތުނީއެވެ، ރާއްޖޭގެ މަނިޓަރީގެ ގަވަރނަރ ނުވަތަ ފިނޭންސް މިނިސްޓަރ ވޯލްޑް ބެންކް ނުވަތަ އައި އެމް އެފްގެ އޯލްޓެވިނެޓް ގަވަރކަން ކުރައްވައެވެ. އެއީ ރަމްޒީ ކަމެކެވެ، ތިޔައީ ވޯޓް ލައިގެން ވެވުނު އިންތިޚާބީ މަގާމެކެވެ.
  ތިޔަ ތެޅީ ސިޔާސީ ކޮސް އަނގަ. ރާއްޖޭގެ ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގާނަަމަ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ހުންނަންޖެހޭނީ ރާއްޖޭގަ. ޤާނޫނު އަސާސީގެ 115 ވަނަ މާއްދާއަކީ ރައީސުލް ޖުމްހޫރިއްޔާ ބޭނުންވާ ގޮތަކަށް އަމަލް ކުރުމަށް އޮންނަ މާއްދާ އެއްނޫން. ވަޒީރުންގެ މަސްއޫލިއްޔަތަކީ . ޔުނައިޓެޑް ނޭޝަން ތަމްސީލް ކުރުމެއްނޫން. ތިޔައީ އީގޯ ކަމުން ބަގުޑި ބެއްދުން.

  70
  1
 2. ރާއްޖެ

  ޝާހިދު މިއީ މުޅިން ވަކި ސަރުކާރެއް.

  54
 3. ޖާނޭ

  ތިޔަ ވިދާލުވާ ބޭފުޅުން އަދާ ކުރައްވަނީ ވަޒީފާއެއް ނޫނެވެ. ޒިއްމާއެެކެވެ. ޖަލްސާ ނިމުމުން ރަށަށް ވަޑައިގަންނަވައެވެ. ނަމަވެސް ޝަހިދު ވަޑަިގަންނަވާނީ އދ. ގެ ޢާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ. ޝާހިދު ބޭރުގެ މަންދޫބުންނާ ރާއްޖޭގައި އެބަބައްދަލު ކުރައްވާ އދ.ގެ ޢާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން. ކިހާ ތަފާތު ތޯއެވެ. ތިޔަ ދައްކަވަނީ ޤނޫނީ ކޮންމެ މާހިރަކު ޝައްކެއް ނެތި ޔަޤީންކަމާއެކު، އިންކާރު ކުރައްވާނެ ޤާނޫނީ ބުރަދަނެއް ނެތް ހޮޅި ވާހަކަ ތަކެކެވެ.
  އިސްއިޢުފާ ދެއްވާ!

  55
  1
 4. Anonymous

  ޝުކުރިއްޔާ އޮނަރަބްލް ޝާހިދު. މަނިކުފާނަށް އެއްފަހަރާ ތިން މަޤާމު ވެސް ފުރުއްވޭނެ. މަނިކުފާނުގެ އެ ޤާބިލުކަން އެބަހުރި. ކުރިއަށް އޮތް ދައުރުގެ ރާއްޖޭގެ ރައީސްކަމަށް ވެސް ކުރިމަތިލައްވާ!

  10
  58
 5. ސސ

  ހިބަރު ވަދު އެޅޭނޭނީ ދަތުރު ކޮށްގެން ބޭރު ޤައުމުތަކަށް ރަގަޅޭ ރަގަޅޭ !

  41
  3
 6. އަބްދޫ

  ދިވެހިރާއްޖޭގެ ގާނޫނުއަސާސީގަ ބުނާގޮތުން ވަޒީރަކަށް ހުރެ ގާނޫނުއަސާސީގަ ހައިސިއްޔަތު ކަނޑައެޅިފައިވާ ކަމެއް ފިަޔަވައި އިތުރު އެއްވެސް މަގާމެއް ނުފުރޭނެ. އެކަން ކަށަވަރުކުރެވެނީ ގާނޫނުއަސާސީގެ 136 ވަނަ މާއްދާގެ ހ އިން. އެމާއްދާގެ ދެވެނަ ޕެރެގެރާފް ނިންމަމުން ބުނޭ، އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެންނުވާނެ އެވެ. އެހެން އެއްވެސް ފަރާތެއް ނިސްބަތް ކުރެވިފަ އެވަނީ ވަޒީރުންގެ މަޖިލީހަށް މާނަޔަކީ ވަޒީރުންގެ މަޖިލީހުގެ މެމްބަރު ކަން ފިޔަވައި އެނޫންއެއްވެސް ވަޒިފާ އެއް އަދާކޮށްގެންނުވަނެ ކަމަށް.

  47
  1
 7. އަބްދޫ

  އަމިއްލަ ސާނާ ސަވްކަތު ހޯދުމަށް މަސައްކަތް ކުރުމަކީވެސް އަމިއްލަ މަންފާ މިވެސް ވަޒީރަކަށް ހުރެ ކުރެވިދާނެކަމެއްބާ؟

  45
 8. ޖާނޭ

  ބަލަގަ ޝާހިދު. އެބޭފުޅުން އުޅުއްވަނީ އެބޭފުޅުންގެ ޤަުމުގައި. ޙަވާޅުވަނީ ޒިއްމާއަކާއެވެ. މުސާރައެއް ނުއޮވެއެވެ .ނަމަވެސް ތިޔަ ބޭފުޅާ އެހެންތޯއެވެ؟ 2 ތަނުން މުސާރ ނަންގަވައެވެ.

  41
 9. ޖާނޭ

  ކޮސްވާހަކަ. 2 ކޮޅުނުޖެހޭ. ހަމަ ދަހިވެެތިކަން ބޮޑީ.
  ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތިއެވެ.

  45
 10. މަބޭ

  ތަފާތަކީ ސާހިދުފިޔަވައި ދެންތިބި 2މަގާމުއަދާކުރާފަރާތްތައް ތިބީރާއްޖޭގަ ސާހިދުތިޔައުޅުއްވަނީ ރާއްޖެއިން ބޭރުގަ

  37
 11. ސައްލި

  ހިބަރު ބޮޑު ވަދުފޮށި ތިޔަ ގެންގުޅެނީ ހައްސި ބާނައިގެން އަންނާތި ދިގުދަތުރު ގޮސްފައި !

  35
 12. އުގުރި

  ދެއުޅިއެއްނުވާ ސިޔާސަތުގެ ދެއުޅިއެއްނުވާ މީހުން
  ކީއްކުރާނީ މުޅި ގައުމު ހަލާކު ކޮށްލައިފި.

  42
 13. ހުސޭނުބޭ

  ތިއީ ސިޔާސީ ތަޖުރިބާއެއްނޫން. ތިޔަށް ކިޔަނީ ވައްކަމުގެ ތަޖުރިބާ. އެހެން މީހަކު ތިގޮތަށް ދެ މަޤާމުގައި ހުރިނަމަ ހަމަ ތި ޝާހިދު އިންޑިޔާ ސިފައިންނަށް ގޮވާނެ އެ މީހަކު އެ މަޤާމުން ދުރުކުރަން.

  37
  1
 14. Anonymous

  ބަލަ ތިވިދާޅުވިމަގާމުތައް (ދެމަގާމު) ފުރުއްވި ބޭފުޅުން އުޅުއްވީ ތާއަބަދު ރާއްޖެއިން ބޭރުގާތޯ؟ އަމިއްލަގައުމުގެ ވަޒީރުކަން ތިބޭނުން ކުރަށްވަނީ ގައުމަށްކުރަށްވާ ޒިޔާރަތެއްގެ ގޮތުގާއި މަނިކުފާނު ހީ ފުޅުކުރަށްވަނީ މަނިކު ފާނުގެއެކަންޏޭ ސިކުޑިއޭ މިކިޔާއެތިއޮންނަނީ އެހެންމީހުންގެ ބޮލަށް އިންނަނީ މީދާކޭއުބެއް ޖަހާފައޭ

  ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
  ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
  ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
  ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
  ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
  ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
  ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
  ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް

  41
  1
 15. Anonymous

  ވަރައް ފޫހިމީހެއް

  41
  2
 16. ކޮރަލް

  ސިޔާސީ ބައެއް މީހުން ބޭނުން ވަނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ވުރެ ބޮޑަށް މަގާމުގެ ނުފޫޒާއި ފައިސާ އެވެ.

  44
 17. އަބްދޫ

  136 ހ ބުނަަ ގޮތުން ވަޒިރުންގެ މަޖިލީހުގެ ވަޒީފާނޫންއެއްވެސް ވަޒީފާ އެއް އަދާ ނުކުރެވޭނެ.

  39
 18. ހަސަދު

  ޝާހިދަށް ޔޫނެންގެ މަގާމު ލިބުނު ފަހުން ކިތައްދުވަހު ފޮރިންމިނިސްޓްރީ އަށް ވަދައިގަނެވުނުތ؟. ތިޔަ މިސާލު ޖެއްސެވި ބޭފުޅުން މަސައްކަތް ކުރައްވަނީ ރާއްޖޭގައި.

  38
 19. ޜ

  ކާކަށް އޮޅުވާލަންތޯ...ތިޔަ ވިދާޅުވި މަގާމުތައް ފުރަން އެބޭފުޅުން ތިއްބަވަނީ ރާއްޖޭގައި އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރައްވާށޭ...އެއީ މާބޮޑު މަސައްކަތެއް ނޯންނަ ކަންކަމޭ ....

  36
 20. Anonymous

  ( ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ގަވަރުނަރު ކަން ތަމްސީލު ކުރައްވަނީ ފިނޭންސްމިނިސްޓަރު އިބްރާހިމްއަމީރެވެ. ޔުނެސްކޯގައި ރާއްޖެތަމްސީލު ކުރައްވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީއެވެ. އިސްލާމިކް ބޭންކުގެ ރާއްޖޭގެ ގަވަރުނަރަކަށް ހުންނެވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.)
  ނަމަވެސް ޝާހިދުކައިރީ އަހާލަން ބޭނުން މަތީގައި އެވާތަނުން އެއްވެސް މިނިސްޓަރަކު ރައްޖެއިން ބޭރުގައި ތޯ ވަޒީފާ އަދާކުރަނީ ?
  ސާރކުއަށް ރައީސް ހޮވުނީމައި ދިވެހިރާއްޖެ ދޫކޮއްފައި ދޭތޯ ؟
  ޝާހިދުއަށް ޔޫއެެންއިން މުސާރަ ނުލިބޭތޯ ؟
  ޝާހިދުގެ ގޭދޮށުގައި ތިބޭހެން މަތީގައި އެވާ މިނިސްޓަރުންގެ ގޭދޮށުަގައި ސިފައިން ތިބޭތޯ؟

  16
 21. މާމީ

  މިދުނިޔޭގަ ތިގޮތައް ހަރާމް ކޯރުގޮތައް އުޅެވިދާނެ މަރުވީމަ އޮންނާނެ ތިކުރާ ކަންތަކުގެ ޝަޒާ ލިބޭނެ .. މިކަހަލަ ވެރިންކާރި އުޅެވިދާނެ

  15
 22. އަބްދޫ

  ގާނޫނުއަސާސީގެ 136 ވަނަ މާއްދާގެ ހ އާއި ހިލާފުވެ އދ ގެ އާންމު މަޖިލީހުގެރައީސްގެ މަގާމް ފުރުމުން ރާއްޖޭގެ ފޮރިންމިނިސްތަރު ގެ މަގާމުން ސާހިދު ވަކިނުކޮށް އެމަގާމުގާ ބަހައްޓައިގެން މުސާރަ ދިނުމަކީ އެންޓިކަރެޕްސަނުގެ ގާނޫނުބުނާ ނާޖާއިޒް ފައިދާ ހޯދާދިނުން ކަމަށް ބެލެވިދާނެ އަދި އިބޫސާލިހް ގެ މައްޗަށް ޖިނާއީ ދައުވާ އުފުލިދާނެ އަދި ސާހިދު ގެ މަެއްޗަށް ނާޖާއިޒް ފައިދާ ހޯދުމާއި އަމުރަށް ނުކިޔަމަންތެރި ވުމުގެ ދައުވާ އުފުލިދާނެ. އަދި މުސާރައިގެ ގޮތުގަ ނަގާފައިވާ ފައިސާ ދައްކަންއެންގިދާނެ.

  16
 23. މުހައްމަދު ނަސީދު

  ސާހިދޫ ކަލޭވަރުގެ ހަޔާތްކުޑަ މީހަކު މަނުދެކެން

  15
  1
 24. ޙުރަާ

  ގޫގުލް އަންގަނީ އަހަރަކު UN General Assembly President
  3 ލައްކަ ޑޮލަރު ލިބޭކަމަަށް!! ޢެބަ އިނގޭ މިކިޔާއެއްޗެއް؟

  12
 25. އަލީ ސާލިހް

  އދ އިން ވެސް ކޮމަންޑުގައި ކެންޕޭން ޖައްސައިފި

  13
 26. ސަރީ

  ޢ.ދ އިން ސާހިދުއަށް މުސާރައިގެ ގޮތުގައި 7518ޑޮލަރު ލިބޭ

 27. ސަޢީދު

  ތަޖުރިބާ އޭ ވިދާޅުވެ ކޮށް ވާހަކަ ދައްކަވާފާނެ ތަންމިނަށް އަނގަހުޅުވެންޏާ. އޯއައިސީގެ ނާއިބު ރައީސެއް ގެ ހައިސިއްޔަތުން ސާކްގެ ރިޔާސަތު ބަލަހައްޓާކަށް ބޭފުޅަކު ޖިއްދާގައި ނުވަތަ ކަތުމަންޑޫގައި އަހަރު ދުވަސް ވަންދެން ހުންެވިތޯ؟؟ މިއީވެސް ކުރެވެން ހުރި ސުވާލު ތައް. ގައުމުވިއްކާފައި ނާޖާއިޒު މަންފާ ހޯދައިގެން ތިޔަ އުޅެނީ. ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ދުވަހަކުވެސް މަޢާވެއް ނުކުރާނަން. ދިވެހި ގައުމަށް ހަރާންކޯރުވާ އެންމެންނަށް ދެ ދުނިޔޭގައި ވެސް ގެއްލުމާ ހަލާކު ހުރި، ފަރުޟު ފަސް ނަމާދު ގެ ފަހުގައި މިގޮތަށް ދުޢާކުރާނަމު.

 28. އައްޓަމަސް

  ކޮމެންޓު ޖަހަން ނުކެރެންޏާ ކޮމެންޓު ގޮޅިބަންދުކުރޭ

 29. ޖާނޭ

  ސާކްގެ ރިޔާސަތާ ހަވާލުވެވެނީ މީހާއެއްނޫން. ރާއްޖޭގެ ރައީސްކަމުގައި ހުންނަ މީހަކު. ތިމަގާމްގައި ޝާހިދު ޚާރިޖީވަޒީރުކަމުގައި ނެތަސް ހުރެވޭނެ. އަފްޣާނުން ތިމަގާމަށް ވާދަކުރީ ކުރީގެ މިނިސްޓަރެއް. މައުމޫނަށް ނަޝީދަށް ވަހީދަށް ސާކްގެ ރިޔާސަތަށް ނާދެވޭނެ. އާދެވޭނީ އިބޫސޯލިހަށް އެކަނި.