ރާއްޖެ އާއި އެންމެ ގާތް ގުޅުމެއް ބޭއްވުމުގެ ވިސްނުމުގައި އޮތް ދެ ގައުމަކީ އިންޑިއާއާއި ޗައިނާއެވެ. އެއީ ދުނިޔޭގެ މަސްރަހުގައި ނުވަތަ "ޖެއޯޕޮލިޓިކްސް" ގައި މިހާރު އޮތް އެންމެ ބޮޑު ދެ ވާދަވެރިންނެވެ. ދުނިޔޭގެ ސިޔާސީ މަސްރަހުގައި އެންމެ ނުފޫޒު ގަދަވަމުން އަންނަ ދެ ބާރެވެ.

 

 

އެތެރޭގެ މައި ދެ ޕާޓީގެ އިސް ބޭފުޅުންގެ ވާހަކަތައް ވެސް ފަހަކަށް އައިސް މި އަމާޒު ވަނީ އިންޑިއާ އާއި ޗައިނާއަށް އޮންނަންވީ ޚާރިޖީ ގުޅުމަކާ މެދުގައެވެ. އިންޑިއާގެ އަސްކަރީ އެހީ ހޯދުމަކީ މިނިވަން ކަމަށް ކުރާނެ އަސަރެއްގެ ގޮތުގައި، ޕީޕީއެމްގެ އިސް ބޭފުޅުން އެބަ ސިފަކުރައްވައެވެ. ޗައިނާގެ ދަރަނީގެ ސަބަބުން ސިޔާދަތަށް ނުރައްކާވާ ކަމުގައި އެމްޑީޕީގެ ބައެއް އިސް ބޭފުޅުން އެބަ ވިދާޅުވެއެވެ.

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ ކުރު ޖަވާބަކީ "އެންމެންނާއި ގުޅެން ޖެހޭ" ކަމުގައެވެ.

"ވަގުތު" އަށް އިއްޔެ ދެއްވި ޚާއްސަ ބަސްދީގަތުމުގައި ޚާރިޖީ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ވެސް ކުރެއްވި ޝާހިދު ވިދާޅުވި ގޮތައުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޚާރިޖީ ސިޔާސަތު ހަމަހަމަވާނެއެވެ.

"އިންޑިއާ އައުޓް" ޝިއާރުގައި ވާދަވެރި ޕީޕީއެމްއިން ހިންގާ ހަރަކާތާއި، އެމްޑީޕީގެ ބައެއް އިސް ބޭފުޅުން އެ ހަރަކާތައި ޗައިނާ އާއި ގުޅުވައި ދައްކާ ވާހަކަތަކާއި، އިންޑިއާ އަދި ޗައިނާއަށް ވެސް ރައްދުކޮށް ބަހުގެ ހަމަލާ ދީފައި ހުރި ކަން މި ބަސްދީގަތުމުގައި "ވަގުތު" އިން ފާހަގަކޮށް އެ ސުވާލު ކުރީމެވެ.

ޝާހިދު އަނެއްކާ ވެސް ވިދާޅުވީ، ރާއްޖެ ފަދަ ކުޑަ އިގްތިސޯދެއް އޮތް ގައުމަކަށް އެންމެ ފައިދާވާނެ ގޮތަކީ، ބައިނަލް އަގްވާމީ ހަމަތަކާއި އުސޫލުތައް ދަމަހައްޓަމުންދާ އަދި ރާއްޖެއާއި ގުޅުން ބަދަހިކުރަން ބޭނުންވާ ކޮންމެ ގައުމަކާއި ވެސް ގުޅިގެން އުޅުމެވެ. އޭގެ ތެރޭގައި ޗައިނާ އަދި އިންޑިއާ ވެސް ހިމެނޭހެނެވެ.

ނަމަވެސް "އެތެރޭގެ ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން، އެ ޚިޔާލު ތަފާތުވުންތަކުގެ ބޭނުން ހިފައިގެން، އެކި ގައުމުތަކާއި ދިމާ ކުރުމަކީ ރާއްޖެއަށް ފައިދާ ވާނެ ކަމެއް ނޫން ކަމަށް،" މި ވާހަކަ ތަކުރާރުކޮށް، އިންޓަވިއުގެ ތެރެއިން، އެކި ފަހަރު މަތިން ޝާހިދު ތަކުރާރު ކުރެއްވިއެވެ.

މިނިސްޓަރު އަބްދުﷲ ޝާހިދު "ވަގުތު" އަށް އިންޓަވިއު ދެއްވަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ޚާރިޖީ ސިޔާސަތު ކަނޑައެޅުމުގައި އޮންނަ މައިގަނޑު އަސާސަކީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތެވެ. ޝާހިދު ވެސް އެ ކަން ގަބޫލުފުޅު ކުރައްވައެވެ. ޝާހިދު ވިދާޅުވަނީ، ރާއްޖެއަށް އެހީތެރިކަން ދެމުންދާއި ގައުމުތަކާއި، ޒަމާންވީ ގުޅުން އޮންނަ ގައުމުތަކާއި ގުޅުން ކަނޑާލުމަކީ އޭގެ މަސްލަހަތު ހިމެނޭނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކާއި، އަޅުގަނޑުމެންނާއި ޒަމާންވީ އެކުވެރި ގުޅުމެއް އޮންނަ ގައުމުތަކާއި، އަޅުގަނޑުމެންގެ އަވަށްޓެރިންނާ ދިމާކޮށް، ހިތު ހުރިހާ އެއްޗެއް ގޮވައި، ބަހުގެ ހަމަލާތައް ދިނުން، އެއީ ވަރަށް ތިލަ ވިސްނުމަކުން ކުރެވޭ ކަންކަން، ކުރާ ޒާތުގެ ކަންކަމެއް ނޫން،" ޝާހިދު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު. --- ފޮޓޯ: ރައީސް އޮފީސް

"ރައީސް ސޯލިހްގެ ޚާރިޖީ ސިޔާސަތަކީ ހަމަހަމަ ސިޔާސަތެއް"

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ޚާރިޖީ ސިޔާސަތަކީ ހަމަހަމަ ޚާރިޖީ ސިޔާސަތެއް ނޫން ކަމާއި، އިންޑިއާއަށް އެކަނި ބަރޯސާވާ ގޮތަށް އޮންނަ ޚާރިޖީ ސިޔާސަތެއް ކަމުގައި ވާދަވެރި ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކަތަކަށް ވެސް ޝާހިދު ރައްދު ދެއްވިއެވެ.

"ރާއްޖެއަށް އެންމެ މޮޅު ގޮތަކީ އެންމެނާއި ވެސް ގާތް ގުޅުމެއް ބޭއްވުން، އެންމެނާއި ވެސް ގުޅިގެން އުޅުން، އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ޚާރިޖީ ސިޔާސަތު، އެ ޚާރިޖީ ސިޔާސަތު އަޅުގަނޑު މި ތަންފީޒު ކުރަނީ،" ޝާހިދު ވިދާޅުވިއެވެ.

އިންޑިއާއާއި ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަށް ޝާހިދު ވިދާޅުވީ، މިހާ ގާތް ގުޅުމެއް އޮތުމާއި އިންޑިއާގެ އެހީތެރިކަން ދެމުން ދިއުމަކީ ވަކި ސަރުކާރެއްގެ ދުވަސްވަރު އޮތް ކަމެއް ނޫން ކަމަށެވެ. އެއީ އަބަދުވެސް އިންޑިއާއާއި އެކު ރާއްޖޭން ބާއްވާ ގާތް ގުޅުމެއް ކަމަށް ވިދާޅުވިއެވެ.

ޝާހިދު، މޯދީއާ ބައްދަލުކުރައްވަނީ

"އުދުވާނީ ހަމަލާއެއް ދެވުނުއިރު ވެރިކަމުގައި ހުންނެވީ ރައީސް މައުމޫން، ސުނާމީ ކާރިސާގެ ދުވަސްވަރު ހުންނެވީ ވެސް ރައީސް މައުމޫން، މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައި އެހީވިއިރު ހުންނެވީ ރައީސް ޔާމީން، ކޮވިޑް-19 ގެ ޕެންޑެމިކްގައި އެހީވިއިރު އެ ހުންނެވީ ރައީސް ސޯލިހް،"

މިއިން ކޮންމެ ދަތި ދަނޑިވަޅެއްގައި އިންޑިއާއިން ރާއްޖެއަށް އެހީވިއިރު ރާއްޖޭގައި ވެރިކަމުގައި ހުންނެވީ އެކި ރައީސުންނެވެ. އެ ދުވަސްވަރު އިންޑިއާގައި ވެސް އޮތީ އެކި ސަރުކާރުތަކެވެ. ބީޖޭޕީގެ ބޮޑުވަޒީރަކާއި ކޮންގްރެސްގެ ބޮޑުވަޒީރެއް ވެސް ހުންނެވި ކަން ޝާހިދު ފާހަގަ ކުރެއްވިއެވެ. އޭނާ ސިފަކުރެއްވީ މި ގުޅުމަކީ "އިންޑިއާގެ ރައްޔިތުންނާއި ދިވެހި ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުމެއް،" ކަމުގައެވެ.

ޗައިނާ އާއެކު ވެސް ގާތް ގުޅުމެއް އޮންނަ ކަން އަންގައި ދޭން ޝާހިދު ދެއްކެވީ ވެސް އެންމެ ފަހުން ޗައިނާގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅެވެ. އެ ދަތުރުފުޅުގެ ތެރެއިން ދިވެހި މީހާއަށް ލުއި ލިބޭނެ ގޮތަކަށް، އޮން-އެރައިވަލް ވިސާ ނެގޭ ގޮތަށް ޗައިނާއަށް ދަތުރު ކުރެވޭނެ ގޮތް ހަމަޖެހުނީއެވެ. އަދި ޗައިނާއިން ވެސް މާލީ ގޮތުން ހިލޭ އެހީ ލިބޭ ކަން ފާހަގަ ކުރެއްވިއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރަށް މަރުހަބާ ދެންނެވީ މިނިސްޓަރ ޝާހިދު - ފޮޓޯ: ފޮރިން މިނިސްޓްރީ

ޝާހިދު ދެއްވި ޔަގީން ކަމަކީ މިއީއެވެ؛ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ހަމަހަމަ ކަމެވެ. އެއްވެސް އިރެއްގައި ވަކި ގައުމަކަށް މާ ބޮޑަށް ބަރޯސާވެ، އަދި ވަކި ގައުމަކާ ގުޅުން ހީނަރު ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތެވެ. ދިވެހި ފަތުރުވެރިކަމާއި މަސްވެރިކަމާއި ދިވެހި ވިޔަފާރި، ދުނިޔޭގެ ބާޒާރަށް އެހާ ބަރޯސާވެފައި އޮންނައިރު ގައުމުތަކާއި ދިމާ ކުރުމުގެ ވިސްނުމަކަށް މި ސަރުކާރުގެ ތާއީދު ނެތް ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

57 ކޮމެންޓް

 1. Anonymous

  ރާޅުއެރި މަގުގެ ފުޅާމިނަކީ 20 ފޫޓު
  ތިކޮޅުން ގެންނަ ކުރެހުން ކައުންސިލަށް ހުށަހެޅުމުން ކައުންސިލުން ޢިމާރާތް ކުރުމުގެ ހުއްދަދެއްވި ކަމުގެ ލިޔުމުގައި ތައްގަނޑު ޖެހުން ދުވަހުން ދުވަހަށް ނުނިމުނަސް ޖެހިގެން އަންނަ ދުވަހުގެ ތެރޭގަ ލިބޭނެކަމަށް ވިދާޅުވި.

  22
 2. Anonymous

  ފިތުނަ ފަސާދަ އުފައްދައިގެން އައިބަޔަކު ތިވާހަކަ ދެއްކުން އެއީ ނުތާހިރު ކަމެއް.

  118
  1
  • Anonymous

   ސައޫދީ އަރަބިއްޔާއިން ފ.އޮޅުގަ ކުރަން އުޅުނު އިންވެސްމަންޓު ހުއްޓުވުމަށް ގައުމުވިއްކަނީކަމަށް އަޑުފަތުރާ އެ އިންވެސްޓުމަންޓު އަޔަނުދިނީ މީނދަފެންނަ ދެމޫނުގެ ވެރިޔާ. އޭރު އިދިކޮޅުގަ ތިބެވެސް ކުރި މަސައްކަތަކީ ގައުމު ފަނާކުރުން. އަދި މިހާރު ވެރިކަމުގަ ކުރާ މަސައްކަތަކީވެސް ގައުމު ނެތިކޮށްލާ، ދިވެހިރާއްޖެކިޔާ ތަނެއް ދުނިޔޭގެ ޗާޓުގައުވެސް ނުބޭއްވުމުގެ މަސައްކަތް.

   51
   1
 3. ލާމު

  ބޮޑުވަޒީރު ކައިރީގައި ބުނަން ނުކެރުނީ ކީއްވެތޯ ތިވާހަކަ.

  90
  1
  • ނަނާ

   ކަލޭ، ރައީސް ޔާމީން ވެރިކަމުގަ އިންޑިޔާއިން ރާއްޖެ ހިފަން ގޮވިއިރު އެކަން ނޭނގުނުތަ

   18
 4. ހުސޭނުބޭ

  މީނަ ލަދުހަޔާތް ކިޔަވާދޭ ސްކޫލަކަށް ލާބަލަ. މިއީ ނޫންތަ އިންޑިޔާ ސިފައިން ރާއްޖެއަރާ ހިފުމަށް ގޮވާލި މީހަކީ. މިކަހަލަ ޣައްދާރުން މި ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ތިބީ.

  115
  1
 5. މަބުނީ

  މިމީހުންގެ ހާޖީ ދަންނަ ކަލޭފާނު ޗައިނާއާ އަޅައިގަނެގެން އެގައުމުގެ ސަފީރުގެ ބޮލަށް ތުރާވާވަރު ކުރިއިރު ތިވާހަކަ ތިގޮތަށް ނުބުނެވުނީ ކީއްވެބާ؟؟

  106
  2
 6. ދުމައިން

  އަނހާ!! މިދައްކާ ވާހަކަ. މީނާޔާ މީނަ އެކެބިނެޓެއްގައި ހިމެނޭ ކެބިނެޓު ވަޒީރުންނާ، ދައުލަތުގެ ވެރީންނާ، މީނާ ވެރިކްންކުރާ ޔޫއެން ގެއެކިގުނަންތަކުން ގައުމުތަކަށް އެއްޗެތިކިއުމާ ބުލީކުރުން އޯކޭ. އެހެން ބަޔަކު ހަގީގަތަށް އެއްޗެކޭ ބުނުން ގޯސް. ހަމަ މި މީހުންގެ ވައްތަރު. ވާހަކަ ރީތިވެފަ އޮމާން. ކަން ކުރަނީ ހަމަ ސީދާ އަބޫޖަހުލަށް ވުރެ މަތިން.

  80
  2
 7. ހގފދދ

  ގައުމުގެ އެތެރެ ހަލަބޮލިކޮށް ވެރިކަން ހޯދުމަށް ބޭރުގެ އަސްކަރިއްޔާއިން އަރާ ގައުމު ހިފުމަށް ގޮވުމަކީ ގައުމުގެ ގައްދާރުންނޫނީ ކުރާނެ ކަމެއްނޫން. ކަލޭތިއީ އެކަން ކޮށްފަ ހުރި ހާއިނެއް. އަހަރެމެން ގައުމުގެ އެއްވެސް މަގާމެއް ދެވިގެންނުވާނެ ގައްދާރެއް ތިއީ.

  86
  1
 8. ސަނާ

  އެންމެ ބޮޑު ހާއިނު

  83
  1
 9. މަކަލަސް

  ކަލޭ އިންޑިޔާއައް ގައުމުވިއްކާލީމާދެން މިގައުމުސަލާމަތްކުރަންޖެހޭރައީސްޔާމީނުނާހެދިބިރުގަންނަނީތަ؟؟ ފުރަތަމަ ޑީއާރުޕީ ވިއްކާލި މަދުފައިސާކޮޅަކަން ތެއީމިގައުމައް ގައްދާރުވި މީހެއް ތިޔައީހިޠާނާތެރިއެއް؟؟

  70
  1
 10. ހާޖަރާ

  މިގައުމުގައި އިންޑިޔާ އަސްކަރިއްޔާ އޮވެގެން ނުވާނެ. އިންޑިޔާ އައުޓް. މިކަންކަން އަހަރެމެން ކުރާނަން. އަހަރެމެން ނުރުހޭ ކަމެއް މިގައުމުގެ މައްޗަށް އިންޑިޔާއިން އަތް ގަދަކުރުމަކީ.
  ކަލެ ތިކުރާ މަސައްކަތަކީ އިންޑިޔާގަ އޮތް މުސްލިމުންގެ ދުޝްމަން ނާޒީ ޕާޓީން މުސްލިމު ގައުމެއް ހަލާކު ކޮށްލުމަށް އދ ގެ މަގާމަށްޓަކައި އިސްލާމް ދީނުގެ އަދުއްވުންފަދައިން މަސައްކަތް ކުރާ ޝައިޠާނުންނާ ގުޅިގެން ކުރާ ގައްދާރު މަސައްކަތްތަކެއް

  66
  3
 11. ހަގީގަތް

  ގައުމުތަކުން ރިސްވަތު ނަގައިގެން ގައުމު ވިއްކާލުމަކީ ކުރާ ޒާތުގެ ކަމެއް ނޫން

  73
  1
 12. ބަލާތި

  ރާއްޖޭގައި އިންޑިއާ ސިފައިން ތިބެން ދެކޮޅީ ކިތައް ބޭފުޅުންތޯ ބެލުމަށް ޓަކައި ޕީޕީއެމް އިން އިސްނައިގެން މިއަހަރުގެ ސެޕްޓެމްބަރު މަހު ވޯޓް ނަގަންވީ ކެމްޕެއިން މިހާރު ކުރަންވީ އެއިރުން ދެން ކެނެރީގެ ނަޝީދު ހަދާ ރޯ ބުހުތާނު ދޮގު ފަޅާ އަރާނެއޭ ޕީޕީއެމް އިން ލަސްނުވެ މިކެމްޕެއިން ފަށަންވީއޭ ލަސްވެއްޖެނަމަ މިކަން ގޯސްވާނެއޭ...

  58
  3
 13. Anonymous

  ދުނިޔޭގެ މިހާރުގެ ސުޕަރ ޕަވަރ ޗައިނާއަށް ރައީސް ނަޝީދު ހިތުހުރި އެއްޗެއް ގޮވިއިރު އޭނާއަށް ވިސްނާ ދިނުމަށް ތި ގައްދާރުކަލޭގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވޭ. ދިވެހި ގައުމަށް އަބަދު ކަޅިއަޅައަޅާއޮތް އަދި ދިވެހި ގައުމަކީ އެގައުމަށްވުރެ ފަގީރު ގައުމެއްގެ ގޮތުގައި އެމީހުންގެ ތައްޕާހުން ކައިގެން އުޅޭ ގައުމެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތް ކުރާ އިންޑިޔާގެ އަސްކަރިއްޔާ މި މިނިވަން މުސްތަގިއްލު ދިވެހިރާއްޖޭން ބޭރުކުރުމަށް ގައުމާ ވަތަނުގެ ލޯތްބާއި ގައުމު މިނިވަން ތަނެއްގެ ފޮތުގައި މިގައުމުގެ މުސްތަގްބަލުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ލީޑަރުން ހުއްޓުވުމަށް ޒާތް ޒާތަށް ކަލޭ މަސައްކަތް ކުރުމުން ދޭހަވަނީ ކަލެއަކީ ބީޖޭޕީގެ މުޑުދާރު ތަށިން ކާއެތިކޮޅުދޭ ދިވެހި ގައުމުގެ ދުޝްމަނެއްކަން.

  64
  2
 14. ކޮއްޔާ

  ދިވެހީންގެ މިނިވަންކަމާއި ރާއްޖެއަށް ބޮޑެތި ގެއްލުންތަށްވާ ގޮތަށް އެގްރިމެންޓްތަށް ހަދާ އެތަށްކަމެއް ކުރާއިރު އެކަން ގޮވާނެ ބަޔަކުވެސް ތިބޭނެކަން އެނގެންވާނެ //. މިލޮބުވެތި ވަތަން މިނިވަންކަަން މަތީ އަބަދަަށް // އިންޑިޔާ އައުޓް //

  55
  1
 15. ބަހަބަރު

  ދެން ކީއްވެޔޯ ރާއްޖެއަށް އިންޑިޔާ ސިފައިން އަރަންގޮވާލީ

  61
  1
 16. އިސްޢާފް ސަލީމް

  މިއޮއްހައިދުވަހު ޗައިނާއަށް ވަގަށްގޮވާ ރާއްޖެ ޗައިނާއަށް ވިއްކަލީކަމަށްގޮވާ 10 ފަޅުރަށާ 4 ރިސޯޓް ޗައިނާއަށް ދީފިކަމަށާ ރާއްޖެއަކީ ޗައިނާގެ ދަރަނި ބޮލެކޭގޮވާ ހޭރުނީ ކަލެޔެއް ނޫންތަ؟

  60
  1
 17. ދަރަނި ދަންތުރަ

  ހަޔާތްކުޑަވިޔަސް ތިޔައީ ބޮޑުވަރު ކަލޭމެން ރީނދޫގުރޫޕު ކޮންމެ އެއްޗެއްވެސްކިޔަންވީދޯ ، އެހެން ބަޔަކު މިސްކިތުގަ ބަންގި ގޮވުންވެސް ކަލޭމެނަން ކަމަކުނުދޭ ކާޕެޓޭ ތިޔަވަރަށް ވިކޭކަށްނުވާނެ ކަލޭވެސް މަރުވާނެ ހިސާބު ބެލޭނެ އެއްމެ ހިނދުކޮޅަކަށްވެސް ﷲ އަށް ބިރުވެތިވެ ބަލަ ކާޕެޓޭގެ ހިސާބު ބަލާނީ ގެރިމޯދީ އެއްނޫނޭ

  49
  1
 18. ހގފދ

  ކަލޭ ބީރީތަ؟ އަހަރެމެން މިބުނަނީ އިނޑިޔާގެ މިލިޓަރީ މިގައުމުން ބޭރުކުރާށޭ! މިގައުމުގެ ފޮރިން މިނިސްޓްރީއާއި ރައީސް އޮފީހާ މަޖްލިހާ ހޯމް މިނިސްޓްރީއަކީ އިންޑިޔާ އެންބަސީން ހިންގާ ތަންތަނަށް ވެފައިއޮތް އޮތުން މިހާރުން މިހާރަށް ބަދަލު ކުރާށޭ! މިއީ އިންޑިޔާދެ ދަށުގަ އޮތް ގައުމެއްނޫނޭ.

  51
  1
 19. Anonymous

  މިގައުމުގައި އިންޑިޔާއިން ހިންގާ ހަން ފެތުރުމުގެ ސިޔާސަތަކީ ކަލޭމެން ވެެރިކަމަށް އަންނަން އިންޑިޔާގެ ހައްދުފަހަނައެޅި ހިންދޫންގެ ޕާޓީ ބީޖޭޕީއާއެކު ހެދި ޑީލެއްގެ ދަށުން ކުރަމުންދާ ކަންކަންމ މިގައުމުގެ ހުރިހާ ސިޔާސަތުތަކެއް އިންޑިޔާއިން މިހާރު ކަނޑައަޅަމުންދަނީ.
  މިއީ ދިވެހިންގެ ދުޝްމަނު މޑޕ ގެ ގައްދާރު ކަމުން މިގައުމަށް ޖެހިފައިވާ މުސީބާތެއް

  48
  2
 20. ޙސހސ

  ދެން މަނިކުފާނާއި މަނިކްފާން ނިސްބަތްވާ ޕާތީން އިދިކޮޅުގަ އޮވެ ކަނޑައެޅިގެން ދޮގު ބުހުތާން ވާހަކަތައްް ޗައިނާޔޭ ކިޔައިގެން ފެތުރިއްޔޯ. ކޮބާތޯ ޗައިނާޔަށް ރ.ޔާމީން ދިންކަމަށް ބުނާ 16 ރަށް.

  46
  1
 21. މަބޭ

  އަމިއްލަގައުމައް ބޭރުގެސިފައިން އަރާ ގައުމުހިފަން ގޮވުމަކީވެސް ކުރާޒާތުކަންތަކެއްނޫން. ހަންދާންއާކޮއްލަދިނީ

  51
  1
 22. ޙައްގުބަސް

  ޝާހިދުގެ އިންޓަވިއުގައި ގައުމުގެ އެންމެމަތީ މަސްލަހަތޭ ކިޔައިގެން ވާހަކަ ދައްކަން ލަދު ގަންނަންޖެހޭ ނޫންތޯ؟ ޝާހިދު ނޫންތޯ ޔާމީންގެ ސަރުކާރު އޮތްއިރު އިންޑިޔާ ސިފައިން ރާއްޖެއަރަން ގޮވާލީ! ކޮންތާކު ގައުމުގެ މަސްލަހަތު އޭރު އޮތީ؟ ޔާމީންގެ ސަރުކާރުއޮތްއިރު ގައުމުގެ މަސްލަޙަތަށް ގައުމުގެ މިނިވަންކަމާ ސިޔާދަތަށް އަދި އަމިއްލަވަނަތްކަމަށް އެއްވެސް ވަރަކަށް ބެލުމެއްނެތި ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އިންޑިޔާއާ ގުޅިގެން ޝާހިދުވެސް ހިމެނޭގޮތުން މިހާރުގެ ކޯލިޝަން ސަރުކާރުން އޭރު އިދިކޮޅުގައި ތިބެގެން މަސައްކަތްކުރީ!! އޭރު އިންޑިޔާގެ އެހީތެރިކަން ހޯދަން އިންޑިޔާއާއެކު ވެވުނު އެއްބަސްވުންތަކަށް އަމަލީ ސިފަ ގެނައީވެސް ގައުމުގެ މަސްލަޙަތައް ކުޑަކޮށްވެސް ބަލާލުމެއްނެތި ޝާހިދު އިސްރޯލެއް އަދާކޮށްގެން މިސަރުކަރުންނޫންތޯ؟ އިންޑިޔާ ސިފައިން އަޑިނޭގޭ އެއްބަސްވުންތައް ހަދައިގެން ރާއްޖޭގައި ބޭތިއްބީ މިރާއްޖޭގެ ގާނޫނުވެސް އެމީހުންގެ މައްޗަށް ނުހިނގާގޮތަށް!! ކޮބާ ގައުމުގެ އެންމެ މަތީ މަސްލަހަތަށް ބެލިފަ!! ޝާހިދު ހިމެނޭގޮތުން ކޯލިޝަންގެ ހުރިހާ ލީޑަރުންނާ ރައިސް ނަޝިދާ މާރިޔާއާ ޗީފް އޮފް ޑިފެންސްފޯސް ތިތިއްބެވީ ގައުމަށް ބޮޑުތަނުން ޣައްދާރުވެގެން!! އެކަން ބެލޭނެ ދުވަހެއް އަންނާނެ!! ޝަހިދު މޮޅުވާހަކަ ދައްކަން ނޫޅޭ ގައުމު މަސްލަޙަތޭ ކިޔައިގެން!! ދެން ހުރީ އަސްލަމް އޭނަ އަދަނީ މާލޭގެ ބިންތައް މާލޭ ރައްޔިތުން ކައިރިން ހޭވެސް އަހަނުލާ އިންޑިޔާ ކުންފުންޏަކަށް ކޮރަޕްގެތެރެއިން ދޭން ނިންމަމުން!! މިއީ މަތިއޮމާންކުރާ ޑިމޮކްރަސީއާ ދުރު ގައުމަށް ބޮޑުތަނުން ޚިޔާނާތްތެރިވަމުން އަންނަ ސަރުކާރެކޭ ދެންނެވުމަކުން ގޯހެއްނުވާނެކަމަށް ގިނަ ދިވެހި ރައްޔިތުން މިހާރު ގަބޫލުކުރޭ!!

  50
  1
 23. ތެދު

  ގައުމުގެ ހުރިހާލާރިކައިގެންތިބެ ގައުމުވިއްކާއިރުވެސް، މިނިވަންކަންގެއްލޭއި ރުވެސް ހަމަތިބެންތޯ...؟!ހެހެހެ

  47
 24. ތ

  ގުޅުން ބަހައްޓަން ބޭނުންވާ ގައުމުތަކާއި . މިބަހުން ތިޔަ ވިދާޅުވީ ރަނގަޅަށް ގުޅުން ބަހައްޓަން ބޭނުން ނުވާތީ ދޯ މޯދީ ރާއްޖެ ނައީ ދަތުރު ކެންސަލް ކުރީ..... ބަލަ މޯދީ ރާއްޖެ އަށް ކުރަން އޮތް ދަތުރު ހުއްޓުވީ ހަމަ ޝާހިދުމެން އަޑީގައި ތިބެގެން . އަދި ބުނަން ސޯލިހަށް ވުރެ ގިނައިން ޔާމިން އިންޑިޔާއަށް ދަތުރު ކުރި އަދި ސީދާ މިގައުމު ހިފަން ގޮވާލީ ކާކުތޯ ހަމަ ޝާހިދު ނޫންތޯ އެސުވާލުގެ ޖަވާބު ކޮބައިތޯ އެއީ މާބޮޑަށް ވެސް ގައްދާރު ވުން މިހާރު މިގޮވަނީ ކަލޭމެން އަޑިނޭގޭ ގޮތަށް ކުރާ ކަންކަމުގެ ވާހަކަ މިލިޓަރީ ފައިބާށޭ ކަލޭމެން ނޫންތަ ޗައިނާ އާއި ޖައްސާލައިގެން އަޑުތައް ފެތުރީ 16 ރަށް ދިނޭ ކިޔައިގެން ޗައިނާގެ އެންމެ ސިފައިންގެ މީހަކަު ވެސް ނެތް މިތާނގައި

  43
 25. އހ

  ކުރިން ޗައިނާ އޭ ކިޔައިގެން ދެއްކި ވާހަކަތަށް ހަދާން ނެތުނީތޯ އެއީ ފިތުނައެއް ނޫން ދޯ

  19
 26. ޢަލީ

  ހިތުހުރި އެއްޗެއް އަދި ނޮގަވައޭ، ގޮވަނީ އެންމެ އެއްޗެއް، އެއީ "އިންޑިޔާ މިލިޓަރީ އައުޓު" އެއީ އަހަރެމެންގެ މިނިވަންކަމާ ގުޅިފައި އޮތްކަމަކަށްވާތީ،

  18
 27. Anonymous

  ދިވެހިގައުމާދިމާކޮއް ބޭރުގެ ލަޝްކަރެއްއަރަން ކަލޭގޮވުން އެއީރަގަޅުގޮތްތަ ދިވެހިގައުމުގެ ޢަދުއްވު

  16
 28. ލުޠުފީ

  ވަލު ޖަނަވާރު ވެސް މިއަށްވުރެ ލަދު ހަޔާތް ހުންނާނެ. އޭތިވެސް އޭގެ ހާލި ދުޝްމަނުންގެ ކިބައިން ސަލާމަތްކުރަން މަސައްކަތް ކުރާނެ. އެކަމަށްޓަކައި އޭތީގެ ޖާނު ޤުރުބާން ކޮށްގެން ވިޔަސް.

  17
 29. އިސްނަގާށޭ

  ކެނެރީގެ ނަޝީދަށް އިންޑިއާ އިން ބައިއަޅައޭ އެގޮތުން އިންޑިއާގެ ޓާޓާ އަށް މާލޭން ބޮޑު ދެބިން ދިނުމުން އޭނާ އަށް ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށް 25 މިލިއަން ޑޮލަރު ޓާޓާއިން ދިނޭ ދެން ވާނީ އެހެން ނޫންތޭ އިންޑިއާ އަތުން ކަޓް ނަގަައިގެން ރާއްޖޭގެ މިނިވަން ކަން އިންޑިއާ އަށް ވިއްކާލައިގެން އުޅެނީއޭ އިންޑިއާ އައުޓް ކުރަން މާލޭ މީހުންނަށް ފެންނަ ނުފެންނަ ވޯޓެކޭ ނަގަންވީއޭ ވޯޓަކަށް ދާނީ އޮންލައިން ކޮށް ސީދާ ޕީޕީއެމް އިންނޭ އެކަން އިސްނަގަންވީއޭ އިސްނަގާށޭ

  15
 30. އަހަންމަދު

  ޝާހިދޫ! ދެބޯގެރި ދުއްވާނެކަމެއްނެތް! އިއިންޑިއާމީހުންނަށް އެގެއޭ ދިވެހިން
  މިއެއްޗިހިގޮވަނީ އެމީހުންނަށްނޫންކަން! އެެއެެއްޗިހިމިގޮވަނީ ދެގައުމުގަ
  މިހާރުއޮތް 2 ސަރުކާރަށްކަން!އިންޑިޔާއައުޓް!ޢިންޑިޔާއައުޓް! އަވަހަށްއައުޓް!
  ކަލޯ ތީ ކާފަރުންގެ ދީނީކަންކަމުގައި
  އެބައިމީހުންގެ ފައްޅިއަށްގޮސް
  ބައިވެރިވާމީހެއް!
  ކަލެއަކަށްނޭގޭނެ
  ކުރަންވާޒާތު ކަންކަން ކިޔައިދޭކަށް!ދިވެހިންކަލޭބޭނުމެއްނޫން!
  ކަލޭމެންގެ ބާރުނުކެޑެނީސް
  އަވަހަށް މޯދީކައިރިއަށް ހިޖުރަކުރޭ!

  16
 31. ..

  އެކަމަކު ޗައިނާއާ ބެހެން އޯކޭ؟

  16
 32. ސަމާސާ

  އަހަރެން ގަބޫލުކުރަނީ އިންޑިއާދަށުވެފައި ތިބި ބަޔަކު އެމީހުންނަށް ފޭވަރ ކުރަނީއޭ.
  ދިވެހިންނަށް އެކަމުން ލިބޭ ފަސޭހައެއް ފައިދާއެއްނެތް.
  ވީމާ އަހަރެން ކިޔާއެއްޗެއް އަހަރެން ޖަލުގައި އޮތަސް ދިވެހިންނާއި ދޭތެރޭ އެމީހުން ގެންގުޅޭ ނާއިންސާފުގެ ވާހަކަ ދައްކާނަން.
  މަތީ ފަޑީގައި ތިބި %20 ޕަސެންޓްމީހުންގެ ތެރެއިން %5 ޕަސެންޓްމީހުން މުޅި ދިވެހިންގެ ބާކީ އޮތް %95 ޕަސެންޓް މީހުންގެ ހައްގުގައި ނިންމާނިންމުންތައް އިންސާފުވެރިއެއްނޫން.

  13
 33. ހުވަދޫ އަލިބެއްޔާ

  ކާޕެޓް ވަގެކޭ އެބަ ކިޔާތަ؟؟؟؟

  13
 34. ނުރަބޯ

  ބަލަ ސާހިދޫ. ގައުމުތަކޭ ކިޔާނޭ ކަމެއް ނެތް. އިންޑިއާ އަށް ރާއްޖޭ ވިއްކާ އިންޑިޔާގެ ސިފައިން މިތާގައި ބައިތިއްބުމަކީ މާ ނުތާހިރު ކަމެއް ނޫންތޯ؟ މިއީ ނޫންތޯ ނުކުރަންވީ ޒާތުގެ ކަންކަކަމަކީ..

  12
 35. ނަން

  ސާހިދު ކިހާވަރެއް ދީގެންތައް ވަގުތުން ތި ޕްރޮމޯޓް ތިކުރަނީ.

  12
 36. ބުއްޅަބޭ

  އަންނި ކައި ރި ތިހެން ބުނެބަލަ!

  11
 37. ސައްލެ

  ކަލޭމިގ އައުމަށް ވެރިކަމުގެ ދަހިވެތިކަމުގައިގޮވިއެއްޗެތި ބަލާބަލަ ގައްދާރާ.

  ރައްޔިތުންނާ މީ ބޮޑުޖާސޫސެއް . މިގައުމަށް ވރ ނުރައްކާތެރި ބޮޑު ގައްދާރެއް. އިންޑިޔާގެ އަތްދަށުވެ މީނަ ވެސް ނަސީދުވެސް ތެޅި ބަލާނީ. މިގައުމު ނުވިސްނާ ސަލާމަތް ނުވެ ޭނެ

  10
 38. ބަހިއްޔާ

  މީނަ މިދައަކަނީ ކޮސްވާހަކަ ބަލަ ކުދިގައުމުތަކަށްވެރިވެ އިސްތިއުމާރު ކުރަނީ ބޮޑެތިގައުމުތައްކަން ނޭގޭކޮހެއް ކަލޭތިއީ ދިވެހިންމިތިބީ ޖާނާއި މާލުންވެސް އިންޑިޔާ މިލިޓަރީ މީހުންމިގައުމުން ބޭރުކުރުމުގެ މަސައްކަތުގައި މިކަން ހުއްޓޭނީ އެމީހުން މިފަސްގަނޑުންބޭރުކޮށްފައި

  16
 39. އިބްރާހިމް

  ޗައިނާއިން ބްރިޖްއެޅީ ބާދަގަނަޑުންނޭ ގޮވީ މީނާ ނޫންތޯ؟

  13
 40. އިސްތިއުފާ

  ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ ޝާހިދު އިސްތިއުފާ

  18
 41. ސަމްކުޅިބޭ

  ކުރަންޖެހޭ ޒާތުގެ ކަންތަކަކީ ރާއްޖެއަށް އިންޑިއާ ސިފައިންއަރާ ރާއްޖެ ހިފަން ގޮވުމާއި ރާއްޖެ ބޮއިކޮޓްކުރަންގޮވުން. މިޝާހިދުގެ ލަދެެއް ހަޔާތެއްނެތެއްނު.

  19
 42. ދެބޯގެރި

  ކެނެރީގޭ ނަޝީދު ޗައިނާ ސަރުކާރަށް ނުކިޔާކަ އެއްޗެއްނެތް އެކަމަކު ތިޔަ މަނިކުފާނު ވިދާޅުވަނީ ފާއިތުވީ 5 ގަރުނުގަވެސް ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެކޭ ޗައިނާއަކީ ތިޔަވަރަށް ދެބޯދެރި ދުއްވޭނީ ރާއްޖޭގަތިބި އިންދިއާގެ ސިފައިން މިޤައުމުން ބޭލުމަށް ގޮވާލާ ދިވެހިރައްޔިތުން އަޑު އުފުލުމަކީ ޤައުމުތަކާ ދިމާކޮށް ހިތަށްއެރިހާއެއްޗެއް ގޮވުންތަ؟ ކެނެރީގޭ ނަޝީދު ޗައިނާ އޭކިޔައިގެން އެ ގޮވާ ގޮވެލި އެއީ ޤައުމުތަކަށް އިޙުތިރާމްކޯށް ސަނާކިޔުންތަ؟

  14
 43. ރަދީފް ހުސެން

  ބޮލުމެދު ހުސްވެ 6ކަ ވަޒީފާގެ މުސާރަ ޖީބައްލާއިރު މިއަދު ތިވަރުގެ އެއްޗެއް ދުލައް އައިކަންވެސް ރަނގަޅު. ގައުމުން ބޭރުގެ ސިފައިންބާލަން އެބަޖެހެ، އެހެންވީމަ "އިނޑިޔާ އައުޓް" ގޮވާނަން

  11
 44. އަބްދޫ

  ގާނޫނުއަސާސީ އާ ހިލާފަށް ދެމަގަާމުގަ ބަގުޑި ބައްދައިގެން ދުވުމަކީ މީހުން ކޮށްއުޅޭ ޒާތުގެ ކަމެއްނޫން.

  14
 45. ޔޫ ބީ ފޯޓީ

  އެމްޑީޕީން ގޮވިޔަސް އޯކޭ އެހެންބަޔަކު އެއްޗެއް ބުނެލީމަ ހަޖަމުނުވޭ މަނިކުފާނު ހީފުޅު ކުރައްވަނީ ދިވެހި ރައްޔަތުން ދެލޯކަނުވެ ބީރުވެ ގޮތްހުސްވީ ކަމައްތަ، ރިޔާސީ އިންތިހާބުން ޗޮކުންދާނެ އިންޑިޔާއައް ވިކި އަތުގައް އޮތް ޑރ ޒަންޖަބީލުވީ ފެނުގަ ޖެހިފަ ދެންވެސް ވަގުތުގެ ބޭނުން ހިފާ ރައްޔަތުން ރުޅިނާރުވާ

  19
 46. ގައުމު

  ޢަމިއްލަ ގައމަށް ހިތުހުރިގޮތެއް ހަދަން ގޮވާލި ހަނދާން ހާދައވަހަކށްތިނެތުނީ.

 47. ެެނޫ މެެން

  މިހާރު މާ މައުސޫމު ބަޔަކަށް ވެގެން އޭރު ކުރި ޖެންސުން ހަނދާންނެތުނީތޯ؟.ހަނދާންވޭތަ ރާްޮޖެއަށް އިންޑިއާ ސިފައިން އަރަށް ގޮވާލި ހަނދާން.ގައްދާރު.

 48. ވިކިލީކުސް

  ރައްޔިތުން އެހެން އެކިޔަނީ ސަބަބެއް އޮވެގެން. އެއީ ޝާހިދުގެ ނުކުޅުދުންތެރިކަން.

 49. ގޮރުނުދޯރު

  ފެށުނީއްސުރެން ދައުލިތުން ބައި އެޅައިގެން ކެޔުން ނޫން ކަމެއް ނުކުރޭ

 50. Anonymous

  ދިވެހިން ގައުމަކާާ ޖައްސާލައިގެން ނޫޅޭ މިކިޔަނީ އިންޑިއާ ސިފައިން މިގއުމުން ފައިބާަށޭ ކަލޭ ބީރުތަ ޢައްދާަރު

 51. ދޮންބެ

  ޤައުމުގެ ރައްޔިތުންގެ އަގުވައްޓާލުމައްޓަކައި ޤައުމުގެ ބޭރުޤައުމުތަކަށް ވިއްކާލުމަކީ ބޭރު ސިފައިން ބެއިތިއްބުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއްނޫން

 52. ހަމަހަމަ

  ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޚާރިޖީ ސިޔާސަތު ހަމަހަމަވާނެކަމަށް ވިދާޅުވުމުން ހިސާބު ހަދާހަދާ ދިމާނުވެގެން މިއުޅެނީ. ނަޝީދުވެސް ހެސްކިޔާފަ ޗައިނާއާ ޖައްސާލި، އެތަނެއް އެމްޑީޕީގެ އެއްވެސް މީހަކަށް ނުފެނުނު. އެނގޭ އެންމެންވެސް ނަޝީދު ދެކެ ބިރުގަންނަކަން

 53. ސަނީ

  މީގެ ކުރިން ޗައިނާއޭކިޔާ ކި އެއްޗެހި ހަނދާން ނެތުނީ؟

 54. އިބްރާހިމް

  މީނައަކީ މި ޤައުމުގެ ޣައްދާރެއް. އިންޑިއާ ސިފައިން މި ޤައުމަށް އަރައި ހިފަންގޮވީ މީނާ.

 55. ލޮލޯ

  އަމިއްލަ ޤައުމު ބޮއިކޮޓް ކުރަން ގޮވިމީހހުން