ދިވެހިރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިން އިސްލާމިކް މިނިސްޓަރު ޑރ.އަހްމަދު ޒިޔާދު ބާގިރަށް އެނގިވަޑައި ނުގަންނަވާ ނަމަ އަވަހަށް އިސްތިއުފާ ދެއްވުމަށް މަޝްހޫރު ދީނީ އިލްވުމެރިޔާ ޑރ.އިޔާޒް ގޮވާލައްވާފިއެވެ.

އިޔާޒް މިހެން ގޮވާލަށްވާފައިވަނީ މިއަދު އިޔާޒްގެ ރަސްމީ ފޭސްބުކް ޕޭޖް އިން ކުރައްވާފައިވާ ޕޯސްޓެއްގައެވެ. ބާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ އަދާލަތު ޕާޓީގެ ރައީސް، ޝެއިޚް އިމްރާން އަބްދުﷲ ވަގުތުން މިނިވަން ކުރުމަށް ގޮވާލައި ނެރުނު ބަޔާނުގައި އިލްމުވެރިންގެ ނަމުގައި ބައެއް މިސްކިތްތަކުގެ މުދިމުންނާއި ރާއްޖެއިން ބޭރުގައި އިލްމު އުނގެނެމުން އަންނަ ދަރިވަރުން ވެސް ސޮއި ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ، ޑރ. އަހުމަދު ޒިޔާދު އޮންލައިން ނޫހަކަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވުމުން އެވާހަކަފަޅަށް ރައްދުދީ އިޔާޒް ވިދާޅުވެފައިވަނީ އެބަޔާނުގައި ސޮއިކޮށްފައިވާ އެންމެން ވެސް ދީނީ އިލްމުގެ ރޮނގުން ޑިގްރީއަށް ވުރެ މަތީ ސަނަދެއް އޮންނާނެ ކަމަށެވެ.

އިތުރަށް މިޕޯސްޓްގައި ވަނީ، މި ޕެޓިޝަންގައި ސޮއި ކުރަން ބޭނުންވާ ނަމަވެސް އަނިޔާވެރިންގެ އަނިޔާތަކަށް ބިރުން ސޮއި ނުކުރައްވާ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ތިއްބަވާނެ ކަމަށެވެ. އަދި ޚުތުބާގައި ކިޔަންޖެހެނީ ދެ އަންބަށް މީހުނާ އިންނުމުގެ ވާހަކައާއި ހައިޟު ނިފާސްކަމުގެ ވާހަކަ ނޫންކަމަށް މިނިސްޓަރ މީގެ ކުރިން ވިދާޅުވި ވިދާޅުމަށް ފާޑު ވިދާޅުވެ އިޔާޒް ވިދާޅުވީ މިކަންކަމަކީވެސް މީހުނަށް ދަސްކޮށްދޭން ޖެހޭ ކަންކަން ކަމަށާއި މިކަން ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ.

މިނިސްޓަރ މިއަދު އޮންލައިން ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ 40 އިލްމުވެރިޔަކު ސޮއިކުރައްވައި، ހުށައެޅި ބަޔާނަކީ އިލްމުވެރިންނަށް ކުފޫ ހަމަނުވާ ބައެއް މީހުންވެސް ހިމަނައިގެން ހުށައަޅާފައިވާ ބަޔާނެކެވެ. އަދި އެގޮތަށް ކަންކުރުމުން، ފިޔަވަޅު އަޅާނެ ކަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ބައެއް އިމާމުން ވެސް ހިމެނާފައިވޭ، އެމައްސަލަ ބަލަމުން މިދަނީ، ގާނޫނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެކަން ބަލަމުން މިގެންދަވަނީ، ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނަން،" މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ޓިން

    ޢިޔާޒްއަކީ އިލްމު ވެރިއެއްތަ މަށަކަށް ނޭގެ މިކަލޭގެ މިތެޅިބާލާގޮތެއް

  2. ޛވ

    ޢަޔާަޒޫ.... މިގައުމުގަ ފިތުނަ ފަސާދަ ނުއުފައްދާ މައިތިރިވެ ހުރެބަލަ. ތި ތިޔަ ދަންނަ ނުދަންނަ ބެކަލުންގެ މައްސަަލައަކީ. މިނިސްޓަރު ބުނި އެއްޗެއްގެ ދެކޮޅު ބަލާނުލާ ތިޔަ ވާހަކަދައްކަނީ.

  3. ހުސޭނުބެ

    އިޔާޒު ކަލޭ މޮޔަވާންވީނު!! ކަލޭތީ ހައްދުފަހަނައަޅާފައިވާ މީހެއް!!! އެކަން ކަލެއަށް ގަބޫލުކުރެވޭތަ!!! ކަލޭގެ ތިހުންނަ މުޑުދާރުކަން ފުރަތަމަ ރަގަނޅު ކޮށްބަލަ!!! އިސްލާމުންނަކީ އެމީހުންގެ ނަފްސާއި ހަށިގަނޑު ސާފުތާހިރު ބައެއް!! އަޅާ ފޭރާން ސާފުތާހިރުބައެއް!!! ތުނބުޅި ކޮށާ ނޮޔްފަތި ކަނޑާ ދަތްތަށް ސާފުތާހިރުކޮށް ބަހައްޓާ ބައެއް!!! ފައިކުރި ބުރިކުރުމަކުން އަދި މުޅިން ޝޭޚަކަށްވީއެއް ނޫން!!

  4. ޙަސަން

    ބަލަ ޕާކިސްތާނުގެ ގުރުއާން ކިލާހަކުން ކިޔެވީމަ ވަނީ އިލްމު ވެރިޔަކަށް. ޢޮކްސްފޯޑުން ޕީއެޗްޑީ ނެގިޔަސް އެނުވޭ އިލްމްވެރިޔަކަށް

  5. ކަޓޭ

    ކަލޭވެސް މިހާރު މަށަށް ފެންނަނީ ދީނީ ނަސޭހަތްބ ދިނުން ހުއްޓާލަފައި ސިޔާސީ ހަރަކާތައް ނިކުންނަން

  6. މާރިޔާ

    އިޔާޒް ތިޔައީބޯގޯސް މީހެއްތަ ދެން ލަލަލާ

  7. މުހަންމަދު

    އިޔާޒު ތިބުނަނީ އިޔާޒު ވެސް ތީ އިލުުމު ވެރިޔެކޭތަ؟

  8. އެ

    އެއްކަލަ ދަންނަ ނުދަންނަ ދޯ؟ ކީއްކުރާނީ މި މީހުންނަށް އެނގެނީ ދެއަތްބަށް މީހުނާއިނުން ނުވަތަ ދެމަފިރި ކަމުގެ ގުޅުމާ ބެހޭ އިލްމު އެކަނި.

  9. ލަލަލާ

    ކަލޭގެ އަމަޔަށް ފިޔަވަޅު އަޅާބަލަ ހަޔާތްކުޑަ

  10. Anonymous

    ދީނީ އިލްމުވެރިންވެސްް ފެންވަރާއިގެން ސާފުތާހިރުވެ ތުނބުޅިފުޅުވެސް ޓްރިމްކޮށްގެން ތިއްބަވާތަން ފެނުނީމަ އެބޭފުޅުން ވިދާޅުވާ ވަޢުޟުގެވެސް އަޑުއަހާ އަދި ކިޔަންވެސް ޝައުޤުވެރިވޭ، ކޮންރިވާއެއްގަވަނީ ދީނީ ޢިލްމުވެރިންގެ ހެދުން އިސްތިރި ނުކުރޫމަށާއި ދައްޕިލާ ސާފުނުކުރުމަށާއި ފައިތިލަފުޅު ހިރަފުސްޖަހާފަ ތުނބުޅިފުޅު ވަޔަށް ދޫކޮށްފަ ބަހައްޓަންޖެހޭކަމަށް އަދި ސެންޓް/އަތަރު ނުލުމަށް، ތިޔަ ދީނީ އިލްމުވެރިޔާ ޖަވާބު ދެއްވަބަލަ

    • އެދުރު

      ތިޔަ ސިފަކުރި ގޮތަކަށް ރާއްޖޭގެ ދީނީ އިލްމުވެރިންނެއް ނުތިބޭ، ތި އުޅެނީ ކޮންމެސް އެހެން ބައެއް ފެނިގެން،

    • އެދުރު

      ޑރ.އިޔާޒްގެ ސިޔާސީ ވިސްނުމަށް ތާއީދުނުކުރިޔަސް ޒިޔާދު ބާގިރަކީ އިސްލާމިކް މިނިސްޓަރުކަމަށް ކުފޫހަމަވާ ބޭފުޅެއްނޫން. ސަރުކާރުގެ އެންމެ ހިންގުން ދަށް މިނިސްޓްރީ. ޑރ. ޝަހީމް މިނިސްޓަރަކަށް ހުންނެވިއިރު ވަރަށް ފުރިހަމަ. ޒިޔާދު ބާގިރުގެ ބަދަލުގައި ތަންކޮޅެއް ހަރަކާތްތެރި ޢިލްމުވެރިނާ ގާތްގުޅުމެއް ބާއްވާ ބޭފުޅަކު އެމަޤާމަށް ޢައްޔަންކުރުމަށް ރައީސް ޔާމީނަށް ގޮވާލަން، ޑރ. އިޔާޒުވެސް އެބަޖެހޭ މިއުޅޭ ލާދީނީ އަންނިމެން ގުރޫޕާ ދެކޮޅަށް ބަހެއް ބުނަން

  11. އަލީ

    އިޔާޒް އަކީ މިހާރު އެއްވެސް އަގެއްހުރި އިލްމުވެރިއެއްނޫން. މީސް މީޑިޔާގަ އިމްރާން ވަނީ ބަޣާވާތުގެ ޒިންމާ ނަގާގެ ކަމަށް އެއްބަސްވެފައި. ކުށެއް ކޮށްފިނަމަ ދީނީ އިލްމުވެރިންނަށްވެސް އަދަބު ލިބޭނެ. އިޔާޒްއަށް މަގޭ ސަލާން.

  12. އަހުމަދު

    އިމުރާނުދޫކުރަން ނުޖެހޭނެ ،، އަޅުގަނޑުމެން މިޤައުމުގަ ދިރިއުޅޭތާ 57 އަހަރުވެއްޖެ އެއްވެސްވެރިކަމެއްގަ ހައްޔަރެއްނކުރޭ ކޮންމެސްކަމަކާލައިގެންތާ ހައްޔަރުކުރާނީ،,، ކުރަންޏާ އެންމެން ދޫކުރަންވީ !!!!!

  13. ސާދާތު އަޙްމަދު / މާލެ

    ކަލޯ އިޔާޒު! ތިޔައީ ޢިލްމުވެރިއެއްގެ ސިފަ ހުރި ބޭކަލެއްނޫ!

  14. Anonymous

    ވ.ލަދުހަޔާތް ކުޑަ މީހެއް މި އިޔާޒަކީ. އިންސާނާ ނުބައިނުވާހާ ހިނދަކު އެކަހަލަ ހަޔާތެއް ނުގޮވާނެ ޕަބްލިކް ފޯރަމް ތަކުގައެއް

  15. އަހުމަދު

    އިމުރާނުދޫކުރަން ނުޖެހޭނެ ،، އަޅުގަނޑުމެން މިޤައުމުގަ ދިރިއުޅޭތާ 57 އަހަރުވެއްޖެ އެއްވެސްވެރިކަމެއްގަ ހައްޔަރެއްނކުރޭ ކޮންމެސްކަމަކާލައިގެންތާ ހައްޔަރުކުރާނީ،,، ކުރަންޏާ އެންމެން ދޫކުރަންވީ !!!!! ޤިޔާސަކަށްނޭގޭނެ އޭނާ ރަގަޅުވާ އަބިމީހާ ރޭޕްކުރަން އެގޮޅީގަބަހައްޓާ..................

  16. Anonymous

    އިލްމު ހުއްޓަސްތިއީ ވަރަށް ނުބައިމީހެއް. ފިތުނަ އުފައްދާމީހެއް. ދިތުނަ އުފައްދާ މީހުނަކީ އެންމެ ނުބައި މީހުން

  17. Anonymous

    އިލްމް ވެރިންނަކީ ﷲ އަށް ބިރުވެތިވެ ތިމާގެ ހުރިހާ އަމަލަކީވެސް ތިމާއަށް ލިބިފައިވާ އެއްފަދަ މާތް އެއްޗަކަށް ހަދާމީހުން. ތިއީ ގައުމުގެ ނާޒުކު ދަނޑިވަޅު ގައުމުގެ މިނިވަންކަމާ އިސްލާމް ދީނުގެ ދިފާއުގައި ނުކުތް މީހެއްނޫން.

  18. Anonymous

    އިންޑިޔާއިން ފާޅުގަ މިގައުމަށް އަރައިގަންނަން މަސައްކަތް ކުރަނީ އިދިކޮޅު މީހުންބޭނުންވާތީބކަން އެނގިހުރެ، މިގައުމުގެ މިނިވަން ކަމާ އިސްލާމް ދީން މިގައުމުން ފޮހެލުމަށް ކުރިންވެސް މަސައްކަތް ކޮށްފަ ތިބި ބައެއްކަން އެނގިހުރެ އެމީހުންނާ ބައިވެރިވާ މީހުނަކީ ﷲ ގެ ދީނަށް ނަސްރުދޭ މީހުނެއްނޫން. އިސްލާމީ ތައުލީމު ހުއްޓަސް ތިއީ ނުބައިމީހެއް.

  19. ކާފަ

    ތިބޭފުޅުންނަށް މިއަދު ފިޔަވަޅު އެޅިދާނެ، އެކަމަކު ހައްޤުވާނީ ހަމަ ހައްޤަށް ކަން ހަނދުމަފުޅު ނައްތާނުލުމަށް މިނިސްޓަރަށް ހަނދާންކޮށްދެން. އަދި ދަންނަވަން ތިހެން ތިވިދާލުވާ ޑރ މިސްކިތުގައި ދަރުސްދޭން އިންނަތަން ދެކެން އެކަމު އެމިސްކިތް އޮންނަނީ ހުހަށް ތިވަރުގެ ސޭހެއްނަމަ އާންމު ރައްޔިތުން ބަލައިގަންނާނެތާދޯ، ތިބޭފުޅާގެ ދަރުސްތަށް ވަ ތާކުން ތާކު ނުޖެހޭ ގޮތަށް އަޑުއަހަން އިންނައިރު އެއްވެސް ކަހަލަ އަސަރެއް ނުހުރޭ އަދި އިލްމީ ފެންވަރު ވަރަށް ދަށްކޮށް ހުންނަނީ. އަޅުގަނޑު ހިތަށް އަރާ ތިބޭފުޅާގެ ތި ޑރ ލަގަބު ދިނީ ކާކުބާވައޭ. ފުރަތަމަ ޑިގްރީ ހައްދަވާފައި ތިއްބަވާ ބޭފުޅުންވެސް ތިބޭފުޅާ އިލމީ ގޮތުން ބަލި ކުރާނެކަން އެއްވެސް ޝައްކެއްނުކުރަން. އެހެންނޫ ސިފައިން ފޮނުވައިގެން ތަޅާފޮޅައިގެން ބަލިކުރެވިދާނެ... ވ ސަލާމް މިނިސްޓަރަށް

  20. އަން

    ދީނީ އިލްމްވެރިންނަކީ އަނދިރިގަޑެއް ކަމުގައި ވެއްޖެ. ދުނިޔޭގައި ހިގާނެ އެއްމެ ބޮޑު ފިތުނަޔަކީ ދައްޖާލުގެ ފިތުނައެވެ.ދައްޖާލުގެ ނިތްކުރީގައި ކާފިރު މިހެން ލިޔެފައި އޮންނަ އިރުވެސް ދުނިޔަވީ ޖާހައްޓަކައި އެތަން ނުފެއްނަ ކަމަށް ގިނަ ބަޔަކު ބުނާނެއެވެ. މިހާރު ގައުމަށް ދިމާވެގެން މިއުޅޭހާލަތަކީ ބަޔަކު ވެރިކަން ބޭނުން ވެގެން ގާޒީން ތަކެއް ހައްލާލައިގެން އެގާޒީންގެ އަމަލު ހުރިގޮތް ކޮއްމެ ދިވެއްސަކަށްވެސް އަދި ކޮއްމެ ދީނީ އިލްމްވެރިޔަކަށް ވެސް އެގޭނެއެވެ. ނަމަވެސް ދުނިޔަވީ މަންފާއަށް ޓަކައި އެހެން ގޮތަކަށް ކެކަން ބައްޓަން ކުރީއެވެ.އދި އިމްރާން ޖަލައްލިއިރު އޭނަގެ އަމަލުތައް ހުރިގޮތް ވެސް އެއްމެނަށް ސާފްވާނެއެވެ. ތިބާއީ ދީނީ އިލްމުވެރިޔަކު ނަމަ މުހައްމަދު ބްނި ޤާސިމްގެ ސީރަތުން އިބްރަތް ިޯދާށެވެ. ސަރުކާރު ވައްޓާލަން މަސަތަކަތް ނުކުރާށެވެ. މުނާފިގު ކަމަކީ އިންސާނަކު ގަތުލު ކުރުމަށް ވުރެން މާ ނުބައި ކަމއްކަނއ އަހަންނަށް ވުރެން މާރަގަޅަށް ދީނީއިލްމްވެރިންނަށް އެގޭނެ އެވެ. މާތްﷲ ގެ ހަޡްރަތްގައި ކޮޅަށް ތިބޭންޖެހޭ ދުވަހަށް ބިރުވެތިވާށެވެ. ތިބާގެ އަމަލާ ދޭތެރޭ ތިބާ ޖަވާބްދާރީ ވާންޖެހޭނެއެވެ. ނުބައި ޘަޤާފަތެއް ދިރުވާއާލާކޮއްފި މީހާ މުޅި މުޖުތަމައު މަރާލާފިއެވެ. އަދި ކުރިރަށް އޮތް އެތައް ޖީލެއްވެސް މެއެވެ.__ ކަރުނައިގެ ދުލުން__

  21. 7

    ފޭކްމީހުން ހައްޔަރުކުރޭ ތިއައީ ގައުމުގެ ހަލާކު

  22. ޑިމޮކްރަޓިސްޓް

    އިޔާޒޫ ކަލޭ ރައްދެއް ދީބަލަ### ވެރިކަން ވައްޓާލަން ގޮވުމާ### ލާދީނީގޮތުން އިދިކޮޅުން ގޮވަމުންދާ އެއްޗެއްސަށް އަދާލަތު ޕާޓީއިން އަނގައިން ނުބުނެ ހިމޭނުން އޮންނަ އޮތުމަށް###

  23. ޑިމޮކްރަޓިސްޓް

    ބުރޯ ކަލެޔަށް ނޭންގޭތަ ޖަލުހުކުމް ތަންފީޒުކުރަނީ ކުށެއްކޮށްގެން ކަމެއް### އެހެންކަމަށްވާނަމަ ތިހެން ހަމަ ގޮވާލުމަކަށް ކުއްވެރިން ދޫކުރެވޭތަ### އެހެން ކަމަށްވާނަމަ ޖަލުގަތިބި ހުރިހާ ކުއްވެރިން މިނިވަންކުރަން ނުޖެހޭބާ###

  24. ފަސީހު

    އިޔާޒު އަކީ ދީނުގެ ކަންކަމުގައި ކުފޫހަމަވާ މީހެއްނޫން

  25. އާވައީ

    އިލްމްވެރިންކަން އެގޭލިޔުމެއްހުށަހެޅިނަމަ އެހެނެއްނުވީހެއްނު

  26. ޜިޒާ

    ޢިޔާޒުއަށް އެނގޭނެ "އަލް ފިތުނަތު އަޝައްދު މިނަލ ޤަތުލް" މީގެ މާނައަކީ ކޮބާކަން..!
    ފިތުނަ އުފެއްދުމަކީ މީހަކު ޤަތުލްކުރުމުގެ ނުބައިކަމަށްވުރެވެސް ނުބައިކަމެއް...
    މިރާއްޖޭގައި ހިނގާ ކޮންމެ ހަމަނުޖެހުމަކަށް ފައިސާ އަޅާ މަހުޖަނުވަނީ އިމްރާނަށް ހުޅުމާލޭން ފުލެޓެއްވެސް ދީފަ..އަދި އެތާގަ އިމްރާނުގެ އަންބަކުވެސް ބޭންދި..
    މިހާވަރަށް ފައިސާ އެޅީމަ އިމްރާނު މޭޑޭ ދުވަހު ގިތެލެއްހެން މަގުމަތީގަ ތެޅިބޭލީ.. އަދިވެސް ތިބުނަނީ އިމްރާން އަކީ މައުސޫމް މީހެކޭ..
    ޢޭނަ ހައްޔަރުކޮށް ދައުވާކުރީ ދަމުނަމާދުކުރަން އިންދަކާ ނޫން.. އޭނަޔަކީ ފަސާދަ އުފައްދާ މީހެއް..

  27. ހުމާމު

    ދީނޫގެ ހަމަތަކުންނަމަ ޢިމްރާނު މަރަންޖެހޭ.

  28. ހުމާމު

    ދީނުގެ ހަމަތަކުންނަމަ ޢިމްރާނު މަރަންޖެހޭ.

  29. Anonymous

    ދީނުގެ ހަމަތަކުންނަމަ ޢިމްރާނު މަރަންޖެހޭ.

  30. ީކިޔާލާ

    ކޮމެންޓް ކުރި ކުދިންނަށް ސަލާން.ރަގަޅަށް ޚަބަރު ކިޔާލަން އަލުން ފެންނަނީ، ކުދިންނޭ ފިޔަވަޅު އަޅަން ގޮވީ ކާކުބާ އިޔާޒުތަ ނޫނީ ބާގިރުތަ؟ ކުދިންނޭ އެއްވެސް މީހަަކަށް އެގޭތަ އެހެންމީހުންގެ ގޯސް ވާހަކަ ދައްކާއިރު ތިމާ އަކީ ކިހާ ވަރެއްގެ މީހެއްކަން؟ ވިސްނާލާ!!! ތިމާ ކިޔާ ކޮންމެ އެއްޗަކީ ލިޔެވިގެންދާ އެއްޗެއް؟ ޢިންސާނުން ދުނިޔެއަށް ފޮނުވަނީ އިމްތިހާނު ކުރަން ފާސްވޭތޯ މަސައްކަތް ކުރަމާ!!!!!

  31. Anonymous

    ޒިޔާދު ބާގިރަކީ މުނާފިގު ހިމާރެއް