އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

މިއަދު ހަވީރު 16:40 ހާއިރު މި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލާއި ކާރެއް ޖެހިގެންނެވެ. މި އެކްސިޑެންޓްގައި ބޮޑުވަރު ވެފައިވަނީ ސައިކަލް ދުއްވަން އިން އަންހެން މީހާ އަށް ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.

އަންހެންމީހާ ދުއްވި ސައިކަލު

މި އެކްސިޑެންޓް ހިނގިއިރު ކާރުގައި ވެސް އެވަގުތު ދެ މީހުން ތިބި ކަމަށްވާއިރު އެތަނުން އެކަކަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.

މި އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވި އަންހެންމީހާ އަށް ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ.

ހިތަދޫގައި މިއަދު އެކްސިޑެންޓެއް ހިނގިއިރު މިދިޔަ މަހުގެ ފަހުކޮޅު ފޭދޫފައި ހިިނގި ނުރައްކާތެރި އެކްސިޑެންޓްއެއްގައި ދެމީހަކަށް އަނިޔާވެ އެކަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. ފޭދޫ ބޮޑު މަގުގައި އެ އެކްސިޑެންޓް ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެންނެވެ.

އެގޮތުން މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ ވަނީ އިތުރު ފަރުވާ އަށް މާލެ ފުރުވާލާފައެވެ.