ދައުލަތަށް ގެއްލުން ލިބޭގޮތަށް އެގްރިމެންޓްތައް ހަދަނީ ވެރިން ރިޝްވަތު ނަގައިގެން ކަމަށް ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ ސައީދު މިހެން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޓާޓާ ކުންފުންޏާއިއެކު ވެފައި އޮތް ފްލެޓް އެޅުމުގެ އެއްބަސްވުން މިސަރުކާރުން އަނެއްކާވެސް ކުރިއަށް ގެންދަން ނިންމުމުންނެވެ. އެއެގްރިމެންޓްގެ ދަށުން މާލެ އިން ދެބިމާއި، ރިސޯޓް ހަދާނެ ރަށެއް ޓާޓާ ކުންފުންޏަށް ދޭން ވަނީ ނިންމާފައެވެ.

ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތައް ގެއްލުން ލިބޭ ގޮތައް ދައުލަތުގެ ނަމުގައި އެއްބަސްވުންތައް ވަނީ އޮޅުމަކުން ނޫން ކަމަށެވެ. "މިއީ ވެރިންގެ ޖީބަށް ބަރުވާގޮތައް ފިއްކަނޑައިގެން ދާފަދަ ބޮޑެތި އަދަދުތަކުން ރިޝްވަތު ނަގައިގެން ގަސްދުގައި ކުރާކަމެއް." ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ އަކީ ނަޝީދުގެ ސަރުކާރުގެ ފުރަތަމަ ބަންޑާރަނައިބެވެ. ނަމަވެސް ޓާޓާގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ދިޔާނާ ވަނީ ވަޒީރު ކަމުން ވަކިކޮށްފައެވެ.

ނަޝީދުގެ ވެރިކަމުގައި ޓާޓާ އަށް ފައިދާވާ ގޮތައް ޓާޓާ އާއިއެކު އެއްބަސްވުމެއްގައި ސޮއި ކުރިއިރު ހައުސިން މިނިސްޓަރަކަށް ހުންނެވީ މިހާރުގެ ވެސް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. މިހާރު ސަރުކާރުން ތައްޔާރުވަމުން އަންނަނީ އަންނަ ހަފްތާގައި އަނެއްކާވެސް ޓާޓާ އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށް ރައީސް ނަޝީދުގެ ވެރިކަމުގައި އެއްބަސްވި ގޮތައް މަޝްރޫއު ކުރިއަށް ގެންދާށެވެ.

މިއެއްބަސްވުމުގެ ދަށުން އެޅި އަރަބިއްޔާ އާއި ގާކޮށި 288 ހައުސިން ޔުނިޓްތަކަށް ސަރުކާރުން ވަނީ ފައިސާ ދައްކާފައެވެ. ނަމަވެސް މިހާރު މާލެ އިން ޓާޓާއަށްދޭ ދެބިމުގައި އަޅާ މަތީ ފެންވަރުގެ ފްލެޓްތައް ބޭނުން އަގެއްގައި ވިއްކުމުގެ ހުއްދަ ޓާޓާ އަށް އޮންނާނެއެވެ. އަދި ރިސޯޓް ހަދަން 50 އަހަރަށް ބިމު ކުލި ނުނަގާ ގޮތައް ރަށެއް ވެސް ލިބޭނެއެވެ.

ރައީސް ނަޝީދުގެ ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރި މިއެއްބަސްވުމުގައި އޮންނަނީ އެއްބަސްވުމޔގެ މައްސަލައެއް ދިމާވެގެން އާބިޓްރޭޝަނަށް ހުށަހަޅަން ޖެހުނަސް މައްސަލަ ހުށަހަޅަން ޖެހޭނީ އިންޑިއާގެ ބޮމްބޭ ކޯޓަށް ކަމަށެވެ.

މިހަފްތާގައި ސަރުކާރުން ފުރަތަމަ ބުނީ ޓާޓާ އާއިއެކު އަލުން އެއްބަސްވުމުގައި ސޮއި ކުރަން ޖެހުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެގްރިމެންޓް އުވާލުމުން ބަދަލެއްގެ ގޮތުގައި ތިން ބިލިއަން ރުފިޔާ ދޭން ޖެހިދާނެތީއެވެ. ނަމަވެސް މިއަދު ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ޓާޓާ އެއްބަސްވުން އުވާލާފައި ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. މޕ

    އަދި ކިރިޔާ ތިދެއްކުނީ ރަގަޅު ވާހަކައެއް

    12
  2. އަބްދޫ

    މި އެގްރީމެންޓުން އަސްލަމަށާއި ނަސިދު އާއި އިބްރާހީމް މުހަންމަދު ސާލިހުއަށް މި އެގްރީމަންޓް ވެލިއުގެ2.5 % ގެ ރިސްވަތެއް އެޑްމިނިސްޓްރެޓިވް ހަރަދުގެ ނަމުގަ މި މީސމީހުންގެ މޮރިސަސް ގާހުރި އެކައުންޓް ތަކަށް ޖަމާވެގެންދާނެ.

    13
    • ޙައްގުބަސް

      މިކަހަލަ ގައުމަށް ޣައްދާރުވާ މީހުން ރައްޔިތުން ނިކުމެ ހިފާ ހައްޔަރުކުރަންޖެހޭ!! ދައުލަތުގެ މުއައްސަސާތަކުން މިކަން ނުހުއްޓުވާނަމަ!! އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންނަށް ދުއްޕާންކޮށް އެމީހުން މަގާމުތަކުން ބޭރުކުރީ މިބޭނުނުގަ!! އަސްލަމަކީ ނަޝީދުގެ ދައުރުގައިވެސް ކޮރަޕްޝަން އެންމެ ގިނައިން ހިންގި ފަރާތް!! މިއަދު އަނެއްކާވެސް އޭނަ މިއުޅެނީ!! މާލޭގެ ބިން ބޭރުގެ ބަޔަކަށް ދެވޭނީ މާލޭ ރައްޔިތުންގެ ބަސްވެސް އޮވެގެން!! ޓާޓާއަށް މާލޭގެ އެންމެ ބޮޑު ދެބިން ދީފަ އެތާ ލަގްޒަރީ ފްލެޓް އަޅާފަ ބޭނުން އަގަކަށް ވިއްކަން އެމީހުންނަށް ފުރުސަތުދީފަ އަދި 50 އަހަރަށް ކުލި ނުހިނގާ ގޮތަށް ރިސޯޓެއް ޓާޓާއަށް ދޭން މިނިންމި ނިންމުމަކީ މިސަރުކާރުން ހިންގާ ވަރަށްބޮޑު ޖަރީމާއެއް!! މިއީ ގައުމަށާ ރައްޔިތުންނަށް ޣައްދާރުވުން!! މިމީހުން ހިފާ ހައްޔަރުކޮށް ގައުމަށާ ރައްޔިތުންނަށް ގެއްލުންވާގޮތަށް މިމީހުން ކޮށްފައިވާ މިކަހަލަ ހުރިހާކަމެއްބަލާ އުމުރުދުވަހަށް ޖަލަށްލާންޖެހޭ!! ގައުމަށް ޣައްދާރުވުމަކީ އެންމެބޮޑު ކުށް!! ރައްޔިތުން މަޑުން ތިބެގެންނުވާނެ!! ރައްޔިތުން ކެކިއަރަން ފަށާ ކޮންމެ އިރަކު މައިމޫނާ ލައްވާ އާންމު ސިއްޙަތޭކިޔާފަ ބަޔާންނެރެ ރައްޔިތުންގެ ޝުޢޫރު ފާޅުކުރުމަށް އަރައިގަންނަނީ!! އާންމު ސިއްޙަތުވެސް އޮންނާނީ މިގައުމު ސަލާމަތުން އޮވެގެނެއްނޫން! މިބަލާވެރިކަމުން މިގައުމު ސަލާމަތްކުރަން އެއަށްވުރެކުރިން އެބަޖެހޭނޫންތޯ؟

  3. މާމީ

    ބޮޑެތި މުލުވަގުން ވީމަ މިކަހަލަ ކަންތައް ކުރާނެ . މީހެޔޮހިތުން ކުރާ ވައްކަން

    14
  4. ކޮރަލް

    ހުރިހާ އެންމެން އެމްޑީޕީ އިން ވަކިވާން ވީ އެވެ. އަދި ވަކިވުމަށް އެހީވާން ވީ އެވެ.

    17
    1
  5. މަ ވާ ސަލާމް

    ތެދުފުޅެއް.

    12
  6. ާައަހުމަދު

    ދެންއަންނަ ސަރުކާރަކުން މިއެގްރިމެންޓްތަކުގަ ސޮއިކުރާ ވެރިންނާ ދޭތެރޭ ފިޔަވަޅު އެޅޭނެ ގޮތަކަށް ގާނޫނު ބަދަލުކޮއްގެ ފިޔަވަޅު އަޅަންޖެހޭނެ.

    12
    1
  7. ޝޮކްތެރަޕީ

    އެމްޑީޕީގެ އިސްވެރިންގެ ގެތައް އެހެރީ އިގިރޭސްވިލާތުގަ އެމީހުން ރައްޖެއަކަ ހެވެއް ނޭދޭނެ.

    14
  8. ރާއްޖެތެރެ

    އިންޑިޔާގެ ބޭނުމަކީ ރައްޖެ އިންޑިޔާގެ ދަށުކޮއްފަ ބެހެއްޓުން މިކަމުގަ އެމްޑީޕީ އެހީވެދެނީ އިންޑިޔާއަ. މީތި ކަޑައޭ

    13
  9. ދިވެހިންގެ މަސްމަގު

    ރައްޖެ މިދަނީ ރަނގަޅަކައްނުން ދިވެހިން ވިސްނަވާ. އިންޑިޔާ އައުޓް

    13
  10. ޗައިނާ ދިވެހިން

    ރައިސް ޔާމިން ބްރިޖު އަޅަން ބޯހޯލް ތޮރުފީ 3 މިލިޔަން ޑޮލަރައް އެވެސް ޗައިނާގެ ހިލޭއެހީ. އެމްޑީޕީ ސަރުކާރުން ވިލިމާލެ ބްރިޖު އަޅަން ބޯހޯލް ތޮރުފީ 15 މިލިޔަން ޑޮލަރު ހަގީގަތުގަ 3 މިލިޔަން ޑޮލަރު އަރާނީ ދެންހުރި ބައި ކަޓައް.

    12
  11. ތަރިކަ މުދާ ގެއްލެނީ

    ވައްކަން ކުރަނީ އެމްޑީޕީ. ކިތައް ހާސްފުލެޓު އެޅޭނެ ލާރީ ގެއްލިގެން މިދަނީ.

    11
    2
  12. އުގުރި

    ދައުލަތަށް ގެއްލުންވާ ހުރިހާ އެގްރިމެންޓެއްގައި ސޮއި ކުރާ ފަރާތް ޒިއްމާދާރު ކުރެވޭނޭ ނިޒާމެއް ގާއިމް ކޮށްބަލަ.

    10
  13. ކާފަބޭ2020

    ކަމަނާތިޔަވާހަކަފުޅުދައްކަވަންވީ ވާނެހައެއްޗެއްވީމަކާނޫނެވެ. ކަމަނާބަންޑާރާނާއިބުކަމުންވަކިކުރިދުވަހު ވަކިކުރިސަބަބާއެކު އެދުވަހުވިދާޅުވާންވާނެކަމުގައި އަޅުގަނޑުދެކެމެވެ. މިހާރު ވަގުތުފާއިތުވެއްޖެކަމުގައިދެކެމު! ބައިިއެޅޭއިއްޒަތްތެރިބޭފުޅުން ގިނަވެ ބައިނުލިބުނީމަވާހަކަދައްކާބޭފުޅުންގިނަކަމުގައިދެކެމު! މިސާލަކަށް ޖުޑިޝަރީތެރޭހޭވިހަޑީގެވާހަކަ އެބޭފުޅުންދެއްކެވީ ވާނެހައެއްޗެއްވެނިމުނުފަހުންނޫންތޯ؟😆😆😆

    6
    2
  14. ޙިޔާނާތޭ ގައުމޭ ފަޙުރޭ

    މިހެންވީމަ ލަފާމިކުރެވެނީ ދިޔާނާ އިސްތިއުފާ ދިނީވެސް މިކަހަލަގެ ކަންތަކެއް ދިމާޥިކަމައް މަސް އަލަޔަކީ ފާޅުގަ ރައްޔިތުންނައް އެބަޔަކު އެނގިހުރެ ވިދާޅުވެ ނުދެއްވާކަން މިވެސްވާނީ ރައްޔިތުންނައްވާ ޙިޔާނާތަކައް ދެއްތޯ ދިޔާނާ ހަމައެފަދައިން މާތްﷲ އައް ޝުކުރުކުރަން ދިޔާނާމެންކަހަލަ ކިޔަވައިގެންތިއްބެވި ދަރިންގެ ފަރާތުންވެސް ތިޔަވަރުގެ ކަމެއް ރައްޔިތުންނައް އޮޅުންފިލުވާލަދޭކަން މިހާރުތާމިއިނގެނީ އޭސީސީ ކަހަލަގެތަންތަން އުވާލާ މިހެދީ ގައުމުގެ ހަރުމު މުދާ ހިތުހުރިބަޔަކައް ދީވިއްކާ ޙިޔާނާތް ތެރިވާންކަން ކުރިޔައް އޮއް ރިއާސީ އިންތިހާބުން ފޭލް ވާނެކައް ޔަގީންވާތީ އަތުޖެހުނު ގޮތަކައް އަތުލެވޭތޯ ބަލަނީ

    8
    1
  15. Anonymous

    ދިޔާ އަދިވެސް ވަރަށް ލޯބި މަށާ އިންނަންވީނުން.

  16. ސސ

    ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ކެހިވެރި ޗޯރުން ހައްތާވެސް މިތާ އުޅެނީ ސިޔާސީ މީހުނަށްވެގަނެގެން !