ބާތިލް ދީންތައް ރާއްޖެ އަށް ތައާރަފްކުރަން އުޅޭ ބަޔަކާއެކު މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް މަސައްކަތް ކުރާތީ ހިތާމަކުރައްވާ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައިމިވަނީ، އަދުރޭ ދީނީ ފަތުވާ ދެއްވަމުން ގެންދަވާތީ އެކަމާ ކަންބޮޑުވާކަން މިއަދު ކުރެއްވި ޓްވީޓެއްގައި އަނާރާ ހާމަކުރައްވާފައިވަނިކޮށެވެ.
އަނާރާގެ އެ ވާހަކަތަކާ ގުޅިގެން އަދުރޭ ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކޮށް ކީރިތި ރަސޫލާ އަށް ހަޖޫޖަހާ އަދި ރާއްޖެ އަށް ބާތިލު ދީންތައް ތައާރަފްކުރުމަށް މަސައްކަތްކުރާ ބަޔަކަށް ވާގިވެރިވެ އެފަދަ މީހުންނާއެކު މަސައްކަތް ކުރާތީ ހިތާމަކުރައްވާ ކަމަށެވެ.
@AnaraNaeem islamdheenah furahsaara koh keerithi Rasool(SAW)ah hajoo jahaa adhi Dhivehi Raajje ah Baathil Dheen thah tha’aaraf kurumah masahkaiy kuraa bayakah vaagi verive,efadha meehunaa’eku masahkaiy kuraathee hithaama kuran.
— Abdul Raheem Abdulla (@Banafsaa) July 11, 2018
މީގެއިތުރުން އަދުރޭ ވަނީ އަނާރާ ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން އިންތިހާބު ކުރީ ރައްޔިތުންގެ ހައްގުގައި ވަކާލާތުނުކޮށް މުސާރަ ނެގުމަށްތޯ ވެސް ސުވާލު ކުރައްވާފައެވެ. އަދި ތިމާގެ މަގާމުގެ ގާނޫނީ ޒިންމާ އަދާނުކޮށް މަގާމުގެ މުސާރަ ނެގުމަކީ ދީނީ ގޮތުން ކޮންހަލަ ކަމެއްތޯ ވެސް އަދުރޭ ވަނީ އަނާރާ ކައިރިން ސުވާލު އައްސަވާފައެވެ.
@AnaraNaeem Rayyithunge Majilis ah Rayyithun inthikh’aab kuree Rayyithunge hahgugai vakaalaathu nukoh,musaara naganthoa?thimaage magaamuge Qaanoonee zinmaa adhaa nukoh magaamuge musaara negumakee dheenee gothun konkahala kamehthoa?
— Abdul Raheem Abdulla (@Banafsaa) July 11, 2018
އަދުރޭ ދީނީ ފަތުވާ ދެއްވާތީ އަނާރާ ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު ދާދިފަހުން މުލަކުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އަދުރޭ ވަނީ މާތްވެގެންވާ އިސްލާމް ދީނުގެ ހިޔާވަހިކަމުގެ ދަށުގައި ރާއްޖެ ބާއްވަން ބޭނުންވާނަމަ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވޯޓު ދެއްވުމަށް ގޮވާލާފައެވެ.
"ރައީސް ޔާމީނާ ދެކޮޅަށް ވޯޓު ދެއްވާ ކޮންމެ ރައްޔިތަކީ މާތް ވެގެންވާ އިސްލާމް ދީނާ ދެކޮޅަށް ވޯޓު ދެއްވާ ރައްޔިތެއް. އެއީ ދީނުގެ އަދުއްވެއް. މި ރާއްޖޭގެ މިނިވަންކަމުގެ އަދުއްވެއް،" އަބުދުއްރަހީމް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބާއި ކައިރިވަމުން އަންނަ އިރު އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ދެމުންއަންނަ ބަހުގެ ހަމަލާތަށް ގިނަވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.
ކުރިސްޓިއަން ދީން. ރާއްޖޭގައި ފެތުރުމަށް ގިނަ ބަޔަކު ދަނީ މަސައްކަތް ކުރަމުން.. ރޭޑިޔޯ ޗެނަލްތަށް ހުޅުވާގެން އެދީން ފަތުރަމުން ގެންދާތާ ކިތައްމެ އަހަރެއް ވެއްޖެ. ހާއްސަކޮއް މޫނު ބުރުގާ އަޅާގެން އުޅޭ ބައެކު މިކަމުގައި އިސްނަގާގެން އުޅެނީ.. މިއީ ހިތާމަ ކުރާންޖެހޭ ކަމެއް. ދިވެހިން...
ކަލޭ މޫނު ބުރުގާޔާ ބެހޭ ހިއްވީ ދޯ... ދީނުގެ ކަންތަކާ ބެހޭއިރު މިނޫން ދުވަހެއް އަތވެދާނެ ކަމެއް ނޭނގޭތަ ހީވަނީ އަންނި އަދި އަނާރާއަށް. ތާއީދު ކުރާ ދީނުގެ އަދުއްވެއްތީ މިދުނިޔޭގެ ބޭނުން ގޮތަކަށް އުޅެވިދާނެ ފަހުން ހިތާމަ ކުރާނެ އަވަހަށް ތައުބާވޭ
އަނާރާމެން އަނގަ ހާކުރާއިރު ރަށްޔިތުންނަށް ފައިދާހުރި ކޮން ބިލެއްތޯ މަޖްލީހަށް ހުށަހެޅީ އަދި ވޯޓްދިނީ. ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމާއި ސަރުކާރަށް ދަތިކުރުމާއި ތަރަށްގީއަށް ގަސްތުގައި ހުރަސް އެޅުމާއި ބޭރުން ސަރުކާރަށް ޖެއްސުން ކުރުމާއި ފުރައްސާރަ ކުރުމުގައި އަވަދިނެތި އުޅުނެއްކަމަކު ރީއްޗަށް ބުނަންޏާ ރައީސް ޔާމީން މިފަސްއަހަރު ގައުމު ތަރަށްގީކުރީ އަނާރާމެން ކިހިލި ޖަހައިގެންނޭ ބުނާހިތްވޭ.
ކޮންމެ މީހަކުވެސް ގޮތް ހުސްވީ އެއްމެ ފަހުއެއްޗަކަށް ދީން ނަގާ ލޯޑުކުރާތީ، ވަރަށް ހިތާމަކުރަން، ދީނަކީ ސިޔާސީމީހުން ބޭނުން ކުރަންއޮތް ހަތިޔާރެއްތޯ. ތިޔަ ދީނޭކިޔާވަރު އެކަކުވެސް ސިޔާސީދާއިރާކު ނޫޅޭ، އެއްމެންވެސް ވެސް ވައްކަންކުރަނީ، ރައްތިތުންނަށް ޚިޔާނާތްތެރިވަނީ....
އަނާރާގެ ފިރިމީހާގެ ކުންފުނި "ޑަބްލިޔު ކޮންސްޓްރަކްޝަން" އިން ތަންތަނުގައި އިމާރާތްކުރުމުގެ މަސައްކަތް ކުރާއިރު، ޕާކިންގ ޒޯންތައް ބަންދުކޮށްގެން އަމިއްލަ ތަންތަން ކަމަށް އެތަންތަން ހަދައިގެން (އެތަންތަނުގައި އެއްޗެހި ނުބަހައްޓާ ވަގުތުތަކުގައިވެސް) އުޅޭއިރު، އެކަން ކުރަނީ ހައުސިންގ މިނިސްޓްރީން ނަގަންޖެހޭ ހުއްދަ ބޯޑުުވެސް ނުނަގައި. އެކަން އެގޮތަށް ކުރަނީ އެ ބޯޑަކީ ފައިސާ ދައްކަންޖެހޭ އެއްޗަކަށްވާތީ ފައިސާ ނުދައްކަންވެގެން. މިގޮތަށް ހޯދާ ލާރި ކައިގެން އުޅޭއިރު ލަދެއް ނުގަނޭ އެހެން މީހުންގެ ވާހަކަ ދައްކާކަށް. މިހާރު އެއުޅެނީ ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔަވާކަށް ތިމަންނާއަކަށް ނުޖެހޭނެޔޭ ބުނި މީހެއްގެ ފަހަތުގައި. ދީނީ ޢިލްމް އުނގެނިގެން ތިބި މި ބައިގަނޑުގެ ލަދުހަޔާތް ކޮބައިބާ؟
އިސްލާމްދީނަކީ އެއްވެސް ހާލަތެއްގާ ސިޔާސީގޮތުން ބަޔަކު ނާކާމިޔާބުވާހިނދު ބޭނުންކުރުމަށް އޮންނަދީނެއްނޫނެވެ. ކޮންމެވެރިޔަކުވެރިކަމަށ އަޔަސް އަހަރެމެންގެ ދީނަކީ އިސްލާމްދީނެވެ
އަދުރެ އާއި ނިހާނަށް ދަންނަވަމެވެ.
ތި ދެބޭފުޅުންނަކީ މިވަގުތު ގައުމުގެ އެއްމެއިސްކޮށް ނަގާކިޔާ ދެބޭފުޅުންނެވެ. އަޅުގަނޑުމެންނަށް ފުތުސަތެއް ލިބިއްޖެ ނަމަ ދަންނަވަނަމެވެ. ނަމަވެސް ތިދެބޭފުލުންނަކީ ބޭނުންފުޅުކޮންމެވަގތަކު ބައްދަލުވާ ދެބޭފުޅުން ކަމަށްވާތީވެ ބުނެލަމެވެ. ރައިސްޔާމީނުގެ ވިސްނުންފުޅުގައި ،ކުރިއަށްއޮތް ރިސީ ދައުރު ކަމިޔަބު ކުރެވިއްޖެނަމަ 5000.00 އަށް ބޮޑު ކުރާނެކަމަށް ދަންނަވާފައިވަތީ ދަންނަވަމެވެ. އަޅުގަނޑު މެންނަކީ ރަޢިއްޔަތުންނަށް ޚިދުމަތްކުރުމުގައި އަވަދިނެތި އުޅެމުންގެންދާ ބަޔަކީމެވެ. ސަރުކާރުގެ އަޅުންގެ ގޮތުގައި ރަޢިއްޔަތުންނަށް ގުލާނު ތަޅައިގެން ވެސް މިލިބެނީ 4ނުވަތަ 5 ހާހެއްހާ ރުފާއެވެ. ދެންވެސް ހަމަ އަޅުގަނޑުމެން އެގޮތުގައި ތިބެންވީތޯއެވެ. ނޫންނަމަ މިނޫން ވެރިކަމެއްގެނަސް އެހެން ގޮތެއްވޭތޯ މަސައްކަތްކުރަންވޯތޯއެވެ. މިސުވަލުގެ ޖަވާބު ރައިސް ޔާމީނުގެ ފަރާތުން ހޯއްދަވާ އަޅުގަނޑުމެނަށް ހިއްސާކޮށްލަދެއްވުން އެދެމެވެ.
އިޙުތިރާމާއި ޝުކުރިއްޔާ އިންތިޒަރުގައި
އަނާރާއަށް އަށް ކުރިން ވަރަށް އިޚްތިރާމްކުރިން. ނަމަވެސް އަންނި އަށް ސަޕޯރޓްކުރަން ފެށި ހިސާބުން އަނާރާއަށް ކުރި އިޚްތިރާމާއި އިތުބާރު ގެއްލިއްޖެ.
އަދުރޭ ވައްތަރުތަ ޝޭޚަކާ؟
ޢަދުރޭ ދީނޭކިޔައިގެން ނޭގޭ ވާހަކަ ނުދައްކާ.
އަހަރެން ނަކީ އަނާރާ ދާއިރާ މީހެއް.ބޭނުން އަދިވެސް އަނާރާ ޔައް ވޯޓް ދޭން
ޢަނާރާ ކަމަނާ ތިކުރައްވާ މަސައްކަތަށް ހަމަ އައްސަރިބަހާ ސާބަސް.
އަނާރާމެން އަނގަ ހާކުރާއިރު ރަށްޔިތުންނަށް ފައިދާހުރި ކޮން ބިލެއްތޯ މަޖްލީހަށް ހުށަހެޅީ އަދި ވޯޓްދިނީ. ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމާއި ސަރުކާރަށް ދަތިކުރުމާއި ތަރަށްގީއަށް ގަސްތުގައި ހުރަސް އެޅުމާއި ބޭރުން ސަރުކާރަށް ޖެއްސުން ކުރުމާއި ފުރައްސާރަ ކުރުމުގައި އަވަދިނެތި އުޅުނެއްކަމަކު ރީއްޗަށް ބުނަންޏާ ރައީސް ޔާމީން މިފަސްއަހަރު ގައުމު ތަރަށްގީކުރީ އަނާރާމެން ކިހިލި ޖަހައިގެންނޭ ބުނާހިތްވޭ.