އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިޙް ނިންމަވައިފިއެވެ.

ރައީސް މި ގޮތަށް ނިންމަވާފައިވަނީ، އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ރާއްޖެ މި ޖަމްއިއްޔާގެ މެމްބަރު ގައުމަކަށްވުމުން ރާއްޖެއާއި އެފްރިކާ ކެރީބިއަން އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވުމުގެ އިތުރުން، ރާއްޖެއިން ވަކާލާތުކުރަމުން އަންނަ މުހިންމު މައްސަލަތައް ކަމުގައިވާ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށްޓަށް ކުރާ އަސަރުތައް ފަދަ ގިނަ ދާއިރާތަކުގައި އަޑުއުފުލުމުގެ ފުރުސަތު ފުޅާވުމާއި، ތަރައްޤީގެ އެކިއެކި ޕްރޮޖެކްޓްތަކަށް ފައިނޭންސް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

އޭގެ އިތުރުން އޯއޭސީޕީއެސް އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިންސްޓިޓިއުޝަންތަކުގެ އެހީތެރިކަން ލިބުމަށް އިތުރަށް މަގުފަހިވެގެންދާނެއެވެ. އެގޮތުން ދިވެހިރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށާއި ދިވެހިރާއްޖެއަށް ޔޫރަޕުގެ ޝެންގަން ވިސާ ހޯދުމަށް ލުއި ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.

މިހާރު 79 ޤައުމެއް ބައިވެރިވާ މި ޖަމްޢިއްޔާގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެނަމަ ދިވެހިރާއްޖެ ވެގެންދާނީ މި ޖަމްޢިއްޔާގައި ބައިވެރިވާ 80 ވަނަ މެންބަރު ޤައުމަށެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތެރެއިން ދިވެހިރާއްޖެ ފިޔަވައި ކުދި ޖަޒީރާ ހުރިހާ ޤައުމުތަކަކީ މި ވަގުތު މި ޖަމްޢިއްޔާގެ މެންބަރު ޤައުމުތަކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އ.އައުޓް

    މަހަށް ރަގަޅު އަގާއި ގައުމުގެ ތަރައްގީއަށް ބޭނުންވާ ބައިވެރި ރުފިޔާ އާއި ތަކެތި ހޯދުމަށްޓަކައި ކޮމަންވެލްތާއި ގުޅުނީ އެންމެ ފުރަތަމަ ބައިވެރިޔާގެ ގޮތުގައި އިންޑިޔާ ޔޫރަޕް އެމެރީކާ ހެއްދެވީވެސް، މިކަމުން ގައުމަށާއި އެގައުމުގެ އާއްމު ރައްޔިތުންނަށްވި އެއްކަމެއްވެސް ނެތެވެ. ވީހާވެސް ކަމަކީ ކޮމަންވެލްތައް އަހަރަކު ދައްކަންޖެހޭ ފީ ދިވެހިން ރެއާއި ދުވާލު ބުރަމަސައްކަތްކޮށް ހޯދާފައިސާ ނަގާ ޓެކުހުން ހަރަދުކުރުމެވެ. ދެވަނަ އަށް ކުރިކަމަކީ ތިމާ މިހާރު ތިހުރި މަގާމު ހޯދުމަށްޓކައި މުޅިދުނިޔޭގެ ގައުމުތަކަށް މަހަކުކަހަލަގޮތަކަށް ދަތުރުކޮށް އެކަމަށް ހަރަދުުކުރުމެވެ. ބުނާތީ އިވޭ ޔާމީނުގެ މުޅި ހަޔާތުގައި ނުހޯދޭހާފައިސާ އާއި އެހީތަކާއި މީގެ ތެރޭގައި ކާޕެޓްވެސް ހިމެނޭގޮތުން ލިބުނު ވާހަކަ އެކަމަކު ރައްޔަތަކަށް މިއަކުން ކުރި މަންފާއެއްނެތް ކަމުގެ ޝަކުވާ ރައްޔިތުން ދަނީ ކުރަމުންނެވެ. ކޮމަންޑޫއަށް ޝާހިދާއި މާރިޔާއާއި އެދުންހުސޭނު ގެންދިޔައީ ކޮންކަމެއް ކުރަންތޯއެވެ. ރައްޔިތުންވަނީ މާކުރިންވެސް އެގޮޑިއަކީ އުސްތާޛު ފަތުޙީގެ ކޮޑިއެއްކަމަށް ކަޑައަޅާ ސިއްކަޖަހާފައެވެ. މިގޮޑި މިބައިމީހުނަށް ނުލިބުމަކީ އިންޑިޔާ ވަރަށް ޖެހިލުންވާ ކަމަކަށްވާތީ ކާޕެޓާއި މައިރިޔަލާއި އެދުންހުސޭނާ ދިޔައީ އެމީހުންގެ ފަރާތުން ދޮލަގުތަކެއް އެދާއިރާގެ ނުފޫޒުގަދަ ފަރާތްތަކަށް ވެދުން ކުރަންކަމަށް އުތުރުކަރާގެ ޖާސޫސީންގެ ފަރާތުން މައުލޫމަތުވަނީ ލިބިފައެވެ.

  2. ކޮވިޑް

    ވެރިކަމުން އިސްތިއުފާ ދޭން ފެނޭތޯ ރައްޔަތުންނާ މަސްވަރާ ކޮށްލަން ކެރޭނެބާ؟ މަސްވެރިންނަށް ގައި މޮޑޭ ޕްލެޓްފޯމެއް އަލާދޭ ބެންގްކޮކް ޕާލާ ތަކާ މަސްވަރާ ކުރަން ވީނު.؟ ކޮންމެ މަސްބާނާ ބޮޔެއްގެ ކައިރީ މަސްވެރިންނަށް ޑޮލަރު ނެގޭނެ އޭޓީއެމް ބަހައްޓަން އިންޑިއާ އާ މަސްވަރާ ކުރަން ވީނު؟ # އިންޑިއާ އައުޓް #

  3. އަންޑަމަން

    ކޮންމެއެއްޗެއްގަ ބައިވެރިވިޔަސް ނާގާބިލު ސަރުކާރު އޮތްހާދުވަހަކު މަހަކަށް ރަނގަޅު އަގެއްނުލިބޭނެ ރަނގަޅު އަގެއްމިހާރުވެސް ލިބެމުން އަންނަނީ ޕީސީއާރު ޓެސްޓުން .

  4. ައަބޫ

    އެމްޑީޕީ އިންތީހާބެއްބޯމަތިވާއިރައް ބާނާމަހަށް ހަމައައަގުހޯދަން ޑޮލަރުހޯދަން މިމީހުންގެ ޖީބުބޮޑުވެ އާއީލީ ދަރިންގެދަރިންނަތް ބޭރުގައުމުތަކުންވަޒީފާދީހުސްވަނީ ހަޒާނާ މިހާރުރިޒާއުގަ ހުރީ ތިންމަސްދުވަހައްވާވަރައް އަމީރު ރިޔާސީއިންތިހާބުތެރޭ ރަޝުބަހުން ފެލުނު ވީޑިއޯ އަދިވެސް ޔޫޓިއުބުންފެނޭ މަސްވެރިންނައް ބާނާމަހަށް ޑޮލަރުދެނިކޮތް ހީހީހަލާކުވެދާނެބަޔަކު މިނިސްޓަަރައް ބަޔަކު ހަމައަގުދޭ ވީޑިއޯއެއްދަރުވާތަންފެނޭ ޖެޓީއެއްގަކާރިން ކިލޯކިލޯއިން

  5. އަބްދޫ

    ތިޔަ ޖަމާއަތުގަ ބައިވެރި ވިޔަކަސް އަގުރަނގަލެއްނުވާނެ، އަގު ބޮޑެއްނުވަނެ އެޖަމްއިއްޔައަށް ޗަންދާ ދައްކަންޖެހޭނެ. ލިބޭނެ މަންފާއަކަށް އޮންނާނީ ހަމައެކަނި މާކެޓުން ފުރުސަތު ލިބުން އެކަނި .