ރާއްޖޭގެ ޚަބަރު ފަތުރާ މީޑިއާ ވެބްސައިޓްތަކުގެ ރޭންކިން މިމަހު އިއުލާން ކުރިއިރު ވެސް ދިވެހިންގެ މެދުގައި އެންމެ މަގުބޫލް ރާއްޖޭގެ ވެބްސައިޓްގެ ގޮތުގައި "ވަގުތު" ދަމަހައްޓަމުން އަންނަ މަގާމު ދިފާއު ކޮށްފިއެވެ. "ވަގުތު" އިން މިމަގާމު ދަމަހައްޓަމުން އަންނަތާ މިހާރު ދެއަހަރު ވެއްޖެއެވެ.
ވެބްސައިޓްތައް ރޭންކް ކުރާ އެމެރިކާގެ "ސިމިލާވެބް" ރޭންކިން ދައްކާ ގޮތުގައި ރާއްޖޭގެ އެއްވަނަ ވެބްސައިޓްގެ މަގާމުގައި "ވަގުތު" އޮތްއިރު މިއީ ދިވެހިން ހަވަނަ އަށް އެންމެ ގިނައިން ވަންނަ ވެބްސައިޓެވެ. ދެވަނަ އޮންލައިން ނޫހަކީ "މިހާރު" އެވެ. އެއީ ރޭންކިންގެ ނުވަވަނަ އެވެ. "ސަން" އޮންލައިނަށް ދިހަ ވަނަ ލިބޭއިރު "އަވަސް" އޮތީ 18 ވަނައިގައެވެ. "ސީއެންއެމް" އަށް 27 ވަނަ "ދަޕްރެސް" އަށް 42 ވަނަ ލިބޭއިރު "ވަން އޮންލައިން" އޮތީ 50 ވަނައިގައެވެ.
"އަދަދު" 56 ވަނައިގައި އޮތްއިރު "މިއަދު" އޮތީ 57 ވަނައިގައެވެ. "ދެން" އަށް ލިބެނީ 79 ވަނަ އެވެ. "ދިޔަރެސް" އަށް ލިބެނީ 78 ވަނަ އެވެ. "ރާއްޖެއެމްވީ" 84 ވަނައިގައި އޮތްއިރު އައްޑޫ ލައިވް އޮތީ 274 ވަނައިގައެވެ. "ދުވަސް" އޮތީ 434 ވަނައިގައެވެ.
އޮންލައިންކޮށް ޚަބަރު ގެނެސްދޭ އެހެން އެއްވެސް ވެބްސައިޓެއް ރޭންކްގައި ދެން ހިމަނާފައެއް ނުވެއެވެ. އެއީ ރޭންކް ކުރަން ބޭނުންވާ މައުލޫމާތު ލިބޭ ވަރަށް އެވެބްސައިޓްތަކަށް މީހުން ނުވަންނާތީއެވެ.
"ވަގުތު" އިން ރާއްޖޭގެ އެންމެ ގިނަ މީހުން ޒިޔާރަތް ކުރާ ވެބްސައިޓްގެ މަގާމު ދަމަހައްޓަމުން އަންނައިރު "ވަގުތު" އަށް ދުވާލަކު ވަންނަ މީހުންގެ އަދަދު ދެލައްކަ އާއި ގާތް ކުރެއެވެ. އެންމެ އަވަހަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ޚަބަރުތައް ގެނެސްދިނުމުގައި "ވަގުތު" އިން ވަނީ ކިޔުންތެރިންގެ އިތުބާރު ހޯދާފައެވެ.
ވަގުތަކީ ރާއްޖޭގެ އެންމެ މަޤުބޫލު ނޫސް. ވަގުތު ވަރެއް ނެތް. އަބަދުވެސް ވަގުތަކީ އެއްވަނަ. ލާމަސީލު އެއްވަނަ. ވަގުތުގެ ނޫސްވެރިންނަށް ސާބަހާއި އައްސަރިބަސް ޙައްޤު. ވަގުތުގެ ނޫސްވެެރިންގެ ކިބައިގައިވާ ހިތްވަރާއި ހަކަތަ އެހެން ބަޔެއްގެ ކިބައިން ނުފެނޭ. ތިޔަ ގޮތުގައި އަބަދުވެސް ދެމިތިބޭނެ ކަމަށް އުންމީދުކުރަން.
ވެބްސައިޓްތައް ރޭންކް ކުރާ އެމެރިކާގެ "ސިމިލާވެބް" ރޭންކިން ދައްކާ ގޮތުގައި ރާއްޖޭގެ އެއްވަނަ ވެބްސައިޓްގެ މަގާމުގައި "ވަގުތު
—————————————
އެމެރިކާ އަކީ މާމޮޅު ޤައުމަކީތަ؟
މާ ފަޚުރުވެރިވެފައި މިޚަބަރު ތި ޝާޢިކުރީ!
ސާބަހޭ ވަގުތު
ތިބުނާ ސިމިލާވެބަކުން މިހާރަކު ނޭނގޭ އެކައްޗެއްވެސް.