ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ، ބޫސްޓާ ޑޯޒް ޖެހުމުގެ މަސައްކަތަށް މުވައްޒަފުން ހޯދަން ހެލްތް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ވެކްސިންގެ ބޫސްޓަ ޑޯޒް 50 އަހަރުން މަތީގެ މީހުންނަށް މިހާރު ދަނީ ދެމުންނެވެ. އަދި ސިއްހީ ހިދުމަތްތެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި އާއި އެއާޕޯޓުގައި މަސައްކަތްކުރާ ފްރަންޓްލައިން މަސައްކަތްތެރިންނަށް ބޫސްޓަ ޑޯޒް ޖެހުމުގެ މަސައްކަތް ފަށާނެ ކަމަށް ސަރުކާރުން ވަނީ މިިދިޔަ މަހު އިއުލާންކޮށްފައެވެ.

ހެލްތް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ވެކްސިން ބޫސްޓަރ ޑޯޓް ޖެހުމުގެ ކެމްޕެއިން މަސައްކަތަށް ހަތަރު މުވައްޒަފުން ބޭނުންވާ ކަމަށެެވެ.

އެ އިއުލާނުގައިވާގޮތުން ނަގަނީ ހަތަރު މުވައްޒަފެކެވެ. އެ މުވައްޒަފުން ނަގަނީ ސަޕޯޓް ސްޓާފްގެ ގޮތުގައި ތިން މަސް ދުވަހަށެވެ. އެ އިއުލާނުގައިވާގޮތުން މުވައްޒަފުންގެ މުސާރައަކީ 7500ރ އެވެ.

އެހެންކަމުން މި މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުގެ 14:00 އަށް އެޕްލިކޭޝަން ހުށަހެޅުމަށް އެދިފައެވެ.

ރާއްޖޭގައި ވެކްސިންގެ ބޫސްޓާ ދިނުމަށް އެއްލައްކަ ޑޯޒް ވެކްސިން ގެނެސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސުންދުސީ

    ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ، ބޫސްޓާ ޑޯޒް ޖެހުމުގެ މަސައްކަތަށް ނަގާ މުވައްޒަފުން ދުވާލަކަށް 1000 ދޭންފެނޭ.މިހާރުވެސް ފުރަންޓްލައިން އެލަވަންސަށް އެދެނީނުން 500 ރުފިޔާ.ވަގުން ރުފިޔާކާން އިތުރުމަޅިޔެއް މިޖަހަނީ .މިހާރު މިއޮތް ސަރުކާރުގަ ހުންނާނާ ދައުލަތުގެ ޚަޒާނާ ދިރުވުމާއި ދޮނގު ހެދުމާ އޮޅުވާލުމުގެ ތަޖުރިބާ.