ރައީސުލް ޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ރަނިންމޭޓްގެ ގޮތުގައި ހަމަޖައްސަވާފައިވާ ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދަކީ ހައްދު ފަހަނަ އަޅާފައިވާ ޖަމާޢަތެއް ކަމުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އެއްވެސް ގުޅުމެއް އޮތް ބޭފުޅެއް ނޫން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

އިލްޔާސް މިހެން ވިދާޅުވެފައިވާއިރު ޝަހީމް އަކީ އައިއެސް އަށް މީހުން ވައްދާ މީހެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ މި ވާހަކަތަކާއި ގުޅިގެން އިލްޔާސް ވިދާޅުވީ ކިތަންމެ ހިޔާލު ތަފާތު ވިޔަސް އަދި ކިތަންމެ ނުރުހުނު ކަމުގައި ވިޔަސް ހަގީގަތާއި ހިލާފަށް މީހުންގެ އަބުރާއި އިއްޒަތް ކަތިލެވޭ ގޮތަށް ދޮގު ހަބަރު ފެތުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ޑރ.ޝަހީމް އަކީ އައިއެސް ޖަމާއަތާއި އެއްވެސް ކަހަލަ ގުޅުމެއް އޮންނަ ބޭފުޅެއް ނޫންކަމަށް ހެކިވާ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

ޝަހީމް އަކީ އައިއެސް އަށް މީހުން ވައްދާ ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް މިކަންކަމުގެ އެއްވެސް ތަފްޞީލެއް އަދި މިކަންކަން ސާބިތުކުރެވޭނެފަދަ އެއްވެސް ހެއްކަކާއި ދަލީލެއް ނަޝީދު ދައްކަވާފައި ނުވެއެވެ.

ނަޝީދަކީ ބޭރުގެ ބައެއް ފަރާތްތަކުގެ ރުހުން ހޯއްދަވަން، ރާއްޖޭގައި ދީނުގެ ނަމުގައި ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކާއި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގެންގުޅޭ ފަރާތްތައްވެސް އުޅެމުންދާކަމަށް ވިދާޅުވެފައިވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

ސްރީ ލަންލާގައި ހުންނަވައިގެން ނަޝީދު މިހެން ވިދާޅުވެފައިވީނަމަވެސް، ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ގެ މަޤާމުގައިވެސް ހުންނެވި ޑރ. ޝަހީމަކީ ދީނުގެ ނަމުގައި ހައްދުފަހަނަ އަޅައިދިޔުމާއި ހަރުކަށިވުމަށް ޖާގަ ނުދެއްވުމަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. Anonymous

    މަނިކްފާނަށް ކަމުދަނީ ދޮގުވެރިން ތިބިފަރާތްތޯ؟ ހަމަ ގައިމު ޝައިހަށް އެނގިވަޑައިގަންނަވާނެ ބޮޑުދޮގުވެރިންނާއި ފާސިގުން ތިބީ އެމްޑީޕީއަށް ނިސްބަތްވާ އެބުނާއިނދިކޮޅު ކޯލިޝަންގައިކަން. ބޭރު ފަނޑިޔާރުން މިތަނަށް ގެނައުމަށް ފާސްކުރި ކޮންގްރެސްގައި ވެސް މަނިކްފާނު ބައިވެރިވެ ވަޑައިގެން ނިންމި ނިންމުމަކީ އެމްޑީޕީގެ އަސްލު މަގްސަދު ހާސިލްކުރުމަށް ނުވަތަ މިގައުމުގައި ލާދީނީ ފިކުރު ހިންގަން ކުރި މަސައްކަތެއް. ވީމާ މާއްދިއްޔަތުގެ އަވައިގައި ނުޖެހި ޝަހީމް ފަޅިއަށް އެރުން މާ އައުލާކަންބޮޑު ނޫންތޯ؟

  2. 3ނިރު

    ޢެމޮޔަކުއްޖާ ގޮވާ މޮޔަ ވާހަކަތައް ނޫސް ތަކުގަ ޖަހާތީ ހައިރާންވޭ ހައިރާނެއްވާނެ ކަމެއްވެސް ނެތް ނޫސްވެރިންގެ ކަމަކީ ކޮންމެފަދަ ވާހަކަ އެއް ޖަހައިގންވެސް ނޫސްފުރާލުން ކަމަށްވެފަ ވަނީ އަންނިގެ އެވާހަކަ ޖަހާނަމަ އަންނިޔާ ސުވާލުކުރެވެންޖެހޭނެ ކީއްވެގެންތޯ ތިޔަހެން ތިޔަ ބުނަނީ ދެން އެދައްކާ ހުއްޖަތެއްވެސް ޖެހީމަ ތޯއްޗެ ނޫސްވެރި ކަމަކަށްވާނީ

    • ސިދުޤީ

      ތިޔަ ވާހަކަޔަށް ތާއީދު

  3. އިންސާނާ

    އިލްޔާސް ގަބޫލުފުޅު ކުރަށްވަންވީ ކޮންމެ މީހަކަސް ކުށްކުރީމަ އެމީހަކަށް އަދަބު ދެވެން ޖެހޭނެކަން. އަދި އެމީހަކީ ކިތަންމެ މަތީލަގަބެއް ލިބިފައިހުރި މީހެއްކަމަށް ވިޔަސްމެއެވެ. އޭނާގެ ދަރަޖައިގެ ގޮތުން ނުވަތަ ނުފޫޒްގެ ގޮތުން ބާރުގަދަ މީހެއްވީމާ ގާނޫނު ބަދަލްކޮށްގެން ވިޔަސް ވެރިކަން ބަދަލް ކޮށްގެން ވިޔަސް އޭނާ މިނިވަން ކުރުން އެއީ އަދުލު އިންސާފް ކިޔޭނެ ހެއްޔެވެ. ނުވަތަ ހައްގޭ ކިޔޭނެ ހެއްޔެވެ. ގާނޫން ކުރިމަތީ ހަމަހަމަ ކަން އޮންނާނެކަން ގަބޫލް ކުރައްވާނަމަ އިލްޔާސްމެން ތިބޭނީ ރަނގަޅުފަޅީފައެވެ. މާދަމާ އިލްޔާސް ރައީސް ކަމުގައި ހުއްޓަސް ހަމަ މިހާރު ރަށްޔިތުން ކުރާ ތުހުމަތު އިލްޔާސް އަށް ނުކުރާނެ ހެއްޔެވެ. އެހެންވީމާ ވިސްނަންވީ އިލްމުވެރިންގެ މަދަދަށް ރައީސްޔާމިން އެދުމަކީ އެއީ އޭނާ ނުރަނގަޅު ކަމުންތޯ ނުވަތަ ރަނގަޅުކަމުން ކުރިކަމެއްތޯ އާއި އެމަނިކްފާނުގެ ތަސައްވުރުގައި ދީނާއި ގައުމުގެ މިސްރާބު ކޮންގޮތަކަށް ހުރީމަތޯ؟ މިސުވާލުތަށް އިލްޔާސަށް ދޫކޮށްލަމެވެ.

  4. ޙަބީބާ

    އަންނިގެ ލާދީނީކަމާ ނުބައިނުލަފާކަން އެންމެކައިރިން ދުށް އެކަކީ އިލްޔާސް! ޙަސަދަވެިކަން އިސްކޮށް އިސްލާމްދީނުގެ އަދި ޤަވްމުގެ ޢަދުއްވުންނާއެކު މަސައްކަތްކުރާނީ ތަންދޮރު ފިލައިތިއްބަސް ޖާހިލުން ކަން ކަށަވަރު!

  5. ޚދ

    ސެލްވަމް އެކާކުތޯ

  6. ސިޔާސީ ލަފާ

    ދީނީ ހުރިހާ ޢިލްމުވެރިންވެސް ސަރުކާރަށް ތާއީދު ކުރައްވަން ޖެހެއެވެ އެއްވެސް ހާލެއްގައި
    އެމްޑީޕީގެ ވެރިކަމެއް ރާއްޖޭގައި ގާއިމުވިއަ ނުދިނުމައްޓަކައެވެ އެމްޑީޕީ އަކީ ކެނެރީގޭ
    ނަޝީދެވެ އޭނާއަކީ ރާއްޖޭ ހަލާކެވެ

  7. ޖޮއްބެ

    ބަލަގަ ހަމަ ތިޔަ އިލްޔާސް ތާބުނީ އަންނިގާތުގައި، މުޙައްމަދުއް ރަސޫލުﷲ ޞ.ޢ.ޥ އަށް ސަލަވާތް ކިޔަވަން ބުނުމުން އޭނާބުންޏޭ ތިމަން އެކަލޭގެ އަކަށް ޞަލަވާތްކިޔަވާކަށް ނުޖެހެޔޭ. މިއަދު އެއްކަލަ ކަލޭގެ ފަހަތަށްގޮސް ތިޔަހަރީ އޭނާ މާ ސާފުތާހިރު މީހަކަށްވީހެއްޔެވެ؟ މިއަދުވެސް އެނުބައި ޖާހިލުކަލޭގެ ހުރި ދޮގުވެރިކަން އަމިއްލައަށް ތިޔަ ފާޅުކުރަނީ އެކަލޭގެ ފަހަތުގައި ހުރެއެވެ.

  8. ހަބޭސް

    އިލްޔާސްގެ ބަހުން އަންނިގެ ވާހަކަ ދޮގުކުރީ މިވަގުތުގެ ޙާލަތަށްބަލާ ތިއަކީ ފުއްދެން އޮތްވަރެއްނޫން ޝަހީމު އެއްވެލޯބިވަނީ އިމްރާނާއި އިލްޔާސް ދެކެ ކަމަށްވިދާޅުވެފައިވާއިރު ޝަހީމުގެ ބޮލުގައި އެފަދަ ދޮގު އިލްޒާމެއް އަޅުވާ މުޅިދުނިޔެއަށް ފަޟީހަތް ކުރަމުންގެންދާ މީހެއްގެ ފަހަތުގައިތިބެ އޭނާއަށް ވާގޮދެނީ ކީއްވެބާ؟ ޝަހީމު ގޮވާލި ގޮވަލުމަށް ޝަހީމު އަރިހަށް ނުގޮސް ތިހުންނެވީ ކީއްވެތޯ؟ އަންނި ގެންނަން މަސައްކަތްކުރަމުންއެދާ ލާދީނީ ފިކުރަށް ތާއީދު ކުރާތީއޭ ނުބުނެވޭނެތޯ؟

  9. ގެގް

    އިލިޔާސް ކީއްވެތޯ މިހާރު މިހިނގާ ބޭޢިންސާފާއި އަނިޔާއާއި ކޮރަޕަސަނާއި މެރުމާއި އަދި މިނޫންވެސަ ކަންތަކުގަ ހަނު ހުންނަނީ؟ ރުހުމުގެ ލޮލަކައް އައިބެއް މުފެންނާނެ

    • އަންނި

      ކަލޭ ތިއަޑު އުފުލަނީނުން

  10. އަބްދުއްލާ

    ނަސީދަކީ ދޮގުވެރިއެއް ކަމަށް ވިދާޅުވެވިއްޖެ . މީގެ ކުރިން ނަސީދު ދައްކާފަ ހުރި ވާހަކަތަކުގެ މައްޗަށް އޭނަ މުރުތައްދުވީކަމާ ތައުބާ ވާންވެސް އިލްމުވެރިންތަކެއް ގޮވާލި މުރުތައްދު ވާނީ މުސްލިމަކު ނަމަ . މުސްލިމަކަށް ނުވާމީހަކު ކޮންމެ ވާހަކައެއް ދެއްކިޔަސް މުރުތައްދު ނުވާނެ ދޯ .މިފަދަ ދޮގުވާހަކަދައްކާ މީހުންގެ އަބުރު ކަތިލާ މީހުންގެ ފަހަތުގަ އެމީހުންގެ ފިޔަވަޅުމަތީ ހިގުމަކީ ކޮންކަހަލަ ކަމެއްބާ؟

  11. އަބްދުއްލާ

    ބޭރުގެ ފަނޑިޔާރުން ސްޕްރީމްކޯޓަށް ލައްވައިގެން ނެރެން އުޅޭ އަމުރަކީ އަނދިރި އނދިރި ވެސް ނެރުނު އަމުރު . އެއީ ސަލީބަށް ސަލާން ކޮށް ރާބުއިމުގެ އަމުރު

  12. ހުސޭނުބޭ

    ބަލަގަ ޝައިޚް އިލްޔާސް! މިހާރު ކަލޭގެ ބޮސް ބުނާ އެއްޗަކާ ދެކޮޅުހަދަނީތަ؟

  13. މަ

    ކަލޭވެސް ތީ އޭގެ މީހެއް

  14. ބުރުމާ

    އަނގަ މަޑުންލައިގެން ހުރޭ، ނޫނީ ކަންނެލި އޮޑިގަނޑުވެސް އަތުލަފާނެ، އެމީހުން ބުނާ ކޮންމެ އެއްޗަކަށް އެއްބަސްވެގެން ދީނުގަ އޮންނަނީވެސް އެހެންނޭ ކިޔައިގެންތިބޭ