އެބޫދޫފަޅުގައި ތަރައްގީ ކުރަމުން އަންނަ މަޝްރޫއުގެ ބައެއް މަސައްކަތްތަށް ކުރުމަށް ދިވެހި ތިން ކުންފުންޔަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެބޫދޫ ފަޅުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސިން ކުންފުނިންވަނީ ރާޢްޖޭގެ އެލިއާ ކޮންސްޓްރަކްޝަން ، އައިމާ ކޮންސްޓްރަކްޝަން ، އަދި ސާސާ ކުންފުންޏާއެކު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

އެއްބަސްވުމުގައި ސޮއިކުރަން ވަކިވަކިން ބޭއްވި ރަސްމިއްޔާތުތަކުގައި ވާހަކަދައްކަވަމުން ސިންހަ އެސްޓޭޓުގެ ޗީފް ކޮންސްޓްރަކްޝަން އެންޑް ޑިޒައިން އޮފިސަރ ޓެރަޗަޓް ނުމަނިތު ވިދާޅުވިގޮތުގައި ރާޢްޖޭގެ ކުންފުނިތަކާ ހަވާލުކުރެއްވި އެބޫދޫ ފިނޮޅުގެ ބައެއް މަސައްކަތް އެންމެ ފުރިހަމަކާ އެކީ ނިންމާލާނެ ކަމުގެ ފުރިހަމަ ޔަގީން ކަން އެބައޮތްކަމަށެވެ.

ސޮއި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު - ވަގުތު އިމޭޖަސް : މުހައްމަދު ޖިމީ

" އަޅުގަނޑުމެން މިތަނުގައި ހަދަމުން މިއަންނަނީ މިތާގެ ހުރިހާބެކް އޮފް ހައުސް. އެއީ ތިން ރިސޯޓަށް ފެސިލިޓޭޓް ކުރެވޭނެ ތަނެއް. ދެންހަދަމުން މިއަންނަނީ މެރީނާބޭގެ ޓައުންޝިޕް އަދި ހާޑް ރޮކް ރިސޯޓް މިތިންޕުރޮޖެކްޓް އެއްފަހަރާ އަޅުގަޑުމެނ ހިންގަމުން މި އަންނަނީ. " ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެލިއާ ކޮންސްޓުރަކްޝަން ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އަބުދުލް އަޒީޒް ވިދާޅުވިއެވެ.

އަދި ކަނޑައެޅިފައިވާ ތާރީހަށް ވަރަށް ބާރު ސްޕީޑް ގައި މަސައްކަތް ކުރަމުން ދާކަމަށް އަބުދުލް އަޒީޒް ވިދާޅުވިއެވެ.

ނޫސްވެރިންނާ މައުލޫމާތު ދެއްވަމުން ސަސް ކޮންސްޓުރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދު ﷲ އަހުމަދު ވިދާޅުވިގޮތުގައި ކުންފުނީގެ މިއީ ވަރަށް ތާރީހީ ބޮޑު މަސައްކަތެއް ކަމަށެވެ.

ސޮއި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު - ވަގުތު އިމޭޖަސް : މުހައްމަދު ޖީމީ

"2017 ވަނައަހަރުގެ އޭޕުރިލް ގައި މިމަސައްކަތުގެ އަމަލީ މަސައްކަތް އަޅުގަޑުމެން ފަށައިފިން. އެބޫދޫ ފަޅު ތަރައްގީ ކުރަމުން އަންނައިރު އަޅުގަޑުމެން ކުރަމުން އައި މަސައްކަތަކީ ޑްރެޖިންއަދި ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް އީއައީ ގެ ރިޕޯޓް ލިބުމާއެކު އެބޫދޫ ފިނޮޅުގެ ދެވަނަ ފިޔަވެހީގެ ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ރަށުގެ އަމަލީ މަސައްކަތް ފަށާގަނެވޭނެ"

ސައުދު ﷲ އަހުމަދު އިތުރަށް ވިދާޅުވިގޮތުގައި މިއީ އެ ކުންފުނިން ކުރަމުން އަންނަ އެންމެ ބޮޑު މަސައްކަތް ކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޝޯ ޕްރޮޓެކްޝަންގެ މަސައްކަތަށް އެކަނިވެސް 15 ހާސްޓަނުގެ ބޮޑު ހިލަ މި މަޝްރޫއަށް ގެނެސްފައިވާކަން ފާހަގަ ކުރެއްވިއެވެ.

ސޮއި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު - ވަގުތު އިމޭޖަސް : މުހައްމަދު ޖިމީ

އެބޫދޫފަޅު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު އަންނަނީ ކުރަމުންނެވެ.