އޭނާއާ މެދު ފިޔަވަޅު އަޅައިދޭން އެދި ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވަނީ އެއްވެސް ވަރަކަށް އެކަމާއި ގުޅޭ ގޮތުން ކުރިއާލާ އެންގުމެއް ނެތި ކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޖަމާލް ވިދާޅުވެއްޖެއެވެ.

އިލްޔާސަށް ފިޔަވަޅު އަޅައިދޭން އެދި، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވާފައިވާ ސިޓީއެއްގެ ކޮޕީއެއް "ވަގުތު"އަށް ވަނީ ލިބިފައެވެ.

އެ ސިޓީގައި މިނިސްޓަރު ވިދާޅުވީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒާ ހަވާލުވެވަޑައިގެން ހުންނެވި އިލްޔާސް ޖަމާލް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރަކުން އަށަކަށް އެންގުމަކާއި ނުލައި ޔޫއޭއީއަށް ދަތުރެއް ކުރައްވާފައިވާ ކަމަށެވެ.

އިލްޔާސް ޔޫއޭއިއަށް ވަޑައިގެންނެވީ "އެސެމްބްލީ އޮފް ދަ ފޯރަމް ފޯ ޕްރޮމޯޓިން ޕީސް އިން މުސްލިމް ސޮސައިޓީ"ގެ އަށްވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރައީސް އައްޔަންކުރައްވާ ސިޔާސީ މުވައްޒަފުން އަމަލުކުރަން ޖެހޭ އުސޫލުގެ ދަށުން ރަސްމީ ކަމެއްގައި ރަށުން ބޭރަށްދާ ކަމުގައިވާނަމަ ވަޒީރަށް އަންގަން ޖެހޭއިރު އެ ދަތުރުފުޅުގައި އިލޔާސް އެފަދައިން އަމަލުކޮށްފައި ނުވާތީ އެކަން ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން އުސޫލުތަކުގެ ތެރެއިން އޭނާއާ މެދު ފިޔަވަޅު އަޅައިދިނުމަށް އިސްލާމިކް މިނިސްޓަރު ވަނީ ރައީސް އަރިހުގައި އެދިވަޑައިގެންފައެވެ.

އެކަމާއި ގުޅޭ ގޮތުން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން އިލްޔާސް ވިދާޅުވީ ފިޔަވަޅު އަޅައިދޭން ފޮނުވިކަން އެނގުނީ ނޫހުން އެ ހަބަރު ފެނުމުން ކަމަށެވެ. އޭގެ ކުރިން އެފަދަ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

"އަޅުގަނޑަކަށް ނޭނގެ ސިޓީއެއް ފޮނުވި ކަމެއްވެސް. ނޫހުގައި އޮތް އެއްޗެއް އަޅުގަނޑަށް އެނގުނީ" އިލްޔާސް ޖަމާލް ވިދާޅުވިއެވެ.

ފިޔަވަޅެއް އަޅަން ޖެހޭވަރު ކަމެއް ކޮށްފައިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ވަޒީރަށް އެންގުމެއް ނެތި ދަތުރު ކުރައްވާފައިވާނެތޯ ސުވާލު ކުރުމުން އިލްޔާސް އިހުތިޔާރު ކުރެއްވީ އެއްޗެއް ވިދާޅުނުވާންށެވެ.

"ތިކަމުގައި އަޅުގަނޑު އިތުރަށް ވާހަކަ ދައްކަން ބޭނުމެއް ނޫން. ހުންނާނީ ހަނު" އޭނާ ވިދާޅުވިއެވެ.

އެ ސިޓީއާ ގުޅޭ ގޮތުން ބަހެއް ހޯދަން ގުޅާލުމުން އިސްލާމިކް މިނިސްޓަރަށް ގުޅުމުން ފޯނު ނުނަންގަވާތީވެ ޖަވާބެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހުސޭނުބޭ

    އަދުލި އިންސާފުން ކަންކަން ހިންގާކަން ދައްކަން ކުރި ކަމެއް

  2. ތިމާވެށި

    އިލްޔާސް އަކީ ފާޅުގަ ދީނައް ފުރައްސާރަ ކުރާ މީހުންނާ ދެކޮޅަށް ވާހަކަ ދައްކާ މީހެކެވެ. އެކަމާ ރުޅި އަންނަ ބަޔަކު އޭނަ މަގާމުން ދުރުކުރަން ބޭނުން ވެ އެވެ.

    5
    4
  3. އިލްޔާސް

    ދެން ސްޓޭޓް މިނިސްޓަރަކަސް މިނިސްޓަރުކައިރީގައި ބުނެލާފަ ދާންވީ އެއް ނޫންތަ. ކޮންމެ ތަނެއްގައިވެސް ހައިރާކީއެއް އޮންނާނެ

  4. ޅިޔަނުބެ

    ތިތާ އެތެރޭގަވެސް ކޯޅުން ދޯ އޮތީ!

  5. ނަހްރުއްނީލް

    ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް ދައްކާފަ މައިގަނޑު ޕޮއިންޓަށް ދިޔައިމަ ތިޔަ ބުނަނީ ހުންނާނީ ހަނު ކަމަށް...އެހެންވީމާ ތިއީ ވ ޒިންމާދާރުކަން ކުޑަގޮތެއް..

  6. ރަދީފް

    ހަނު. ހަނޯ ބެރުން.

  7. ކޮންމެ މީހަކަސް އަދަބު ދެވެންޖެހޭނެ

    މިހުންނަނީ މިމީހުންގެ ހުންނަ ބޮޑާކަމާއި، ކިބުރުވެރި ކަމެވެ. މިވާހަކަ ފެނުނީމައި ކުރިން މީނައަށް ކުރެވުނު އިޙުތިރާމް ގެއްލިއްޖެ އެވެ. ސަރުކާރުގެ މަޤާމެއްގަ ހުންނަންޏާ އުޞޫލުތަކަށް ތަބާވާން ޖެހޭނެ އެވެ. ބައެއް ދީނީ ޢިލްމުވެރިން ތިބެނީ ތިމާވަރުގެ މީހަކު ނެތްކަމަށް ދެކިގެންނެވެ. މިހާރުގެ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ކިޔަވައިދެއްވެވި މާސްޓަރސް ކޯހެއްގެ ދަރިވަރަކު ބުނިގޮތުގައި ޑރ. އަޙްމަދު ޒާހިރަކީ ވަރަށް ބޮޑަށް ޤަވާޢިދަށް ހުރުމަތްތެރިކޮށް ހިއްތަވާ ބޭފުޅެކެވެ. މޫނަކަށް ކަނދުރާއަކަށް ނުބައްލަވާނެ އެވެ.