މިދިޔަ ޑިސެމްބަރު މަހު ސިފައިންގެ ވަޒީފާއިން ރިޓަޔާކުރެއްވި ބްރިގޭޑިއާ ޒަކަރިއްޔާ މަންސޫރު، އަދިވެސް ހުންނެވީ ޓެރަރިޒަމްއާ ދެކޮޅަށް މަސައްކަތްކުރަން ސިފައިންގެ ތެރޭގައި އެކުލަވާލާފައި އޮންނަ ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީގެ) އިސްވެރިޔާގެ މަގާމުގައެވެ.

1984 ވަނަ އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވި ޒަކަރިއްޔާ ރިޓަޔާކުރެއްވީ 37 އަހަރުގެ ހިދުމަތަށް ފަހުއެވެ. އެންސީޓީސީގެ އިސްވެރިޔާގެ މަގާމަށް ޒަކަރިއްޔާ އައްޔަންކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 21 ވަނަ ދުވަހުއެވެ.

އެންސީޓީސީގެ އިސްވެރިޔާގެ މަގާމުގައި ސިފައިންގެ އޮފިސަރެއް ހުރުން ލާޒިމެއް ނުކުރެއެވެ.

އެމެރިކާގެ ޑިފެންސް ޔުނިވާސިޓީން މާސްޓާސް އޮފް އާޓްސް އިން ސްޓްރެޓެޖިކް އެންޑް ސެކިއުރިޓީ ސްޓަޑީސް ހާސިލްކޮށްފައިވާ ޒަކަރިއްޔާ ސިފައިންގެ ގޭގައި އެންމެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގައެވެ.

ކޯސްޓްގާޑުގައި އޭނާ ފުރުއްވި މަގާމުތަކުގެ ތެރޭގައި ކޯސްޓްގާޑްގެ ޑިރެކްޓަރ ޖެނެރަލްގެ،، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގެ އިތުރުން ކޯސްޓްގާޑުގެ ކޮމަޑާންޓްގެ މަގާމުގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.

އެގޮތުން ކޯސްޓްގާޑުގެ އިންސާނީ ވަސީލަތް ތަރައްގީކޮށް ކުރިއެރުވުމުގައި ޒަކަރިއްޔާ ވަނީ އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައެވެ.

ކޯސްޓްގާޑްގައި ފުރުއްވި މަގާމުތަކުގެ އިތުރުން ސިފައިންގެ އެކިއެކި ދާއިރާތަކުގައި ފުރުއްވި އެހެނިހެން މަގާމުތަކުގެ ތެރޭގައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރުގެ މަގާމާއި، ސިފައިންގެ އެކުވެރި ކުންފުނި އަދި ސިފައިންގެ ކޯޕަރޭޓިވްގެ މެނޭޖުމަންޓް ކޮމިޓީގެ ޗެއަމަންކަމާއި، ޓްރެއިނިންގެ އެންޑް އިވެލުއޭޝަން ކޮމިޓީގެ މެންބަރުކަމާއި، ކައްދޫ އެއަރޕޯޓް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރުކަމާއި އެމްއެންޑީއެފްގެ ޗީފް ސްޕޯކްސް ޕާސަންކަންސް އޭނާ ކުރައްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ބްރިގޭޑިއާ ޒަކަރިއްޔާ މަންސޫރު ސަރ އަކީ ތަޖުރިބާގެ ގޮތުންނާއި ހިންގުންތެރިކަމުގެ ގޮތުން ނުހަނު ޤާބިލު ބޭފުޅެކެވެ. އެމަނިކުފާނުގެ ތަޖުރިބާއަށާއި ޚިދުމަތަށް މި ޤައުމަށް ބޭނުންވެއެވެ. އެމަނިކުފާނުގެ ފާހަގަކޮށްލެވޭ ސިފަފުޅުތަކުގެ ތެރޭގައި ބުއްދިގަދަކަމާއި މުރާލިކަމާއި ތަޢުލީމުޔާފުތާކަން ހިމެނެއެވެ.
    މާތް ﷲ އެމަނިކުފާނުގެ ޢުމުރުފުޅު ދަންމަވައި އެމަނިކުފާނުގެ ޚިދުމަތް މި ޤައުމަށް އިތުރުކުރައްވާށިއެވެ. އާމީން.

  2. ބަދަންއަލީ

    ޒަކަރިއްޔާ މަންސޫރަކީ ދަނޑުވެރިކަންކުރުމުގެ ރޮގުންވެސް ފާހަގަކޮށްލެވޭބޭފުޅެއް އެފޮތުން ވިލިގިލީގައި ހުންނަ ކޯސްޓްގާޑް އިމާރާތުގެ ބޮޑު ގޯތިތެރޭ ވަރަށް ގިނަވައްތަރުތަކުގެ ތަރުކާރީއާ މޭވާ ހެއްދި

  3. ޢާލިމް

    ތީ ސިފައިންގެއަށް ބަލަދު އަރާފަ ހުންނަ މީހެއް އޭނަގެ ހިދުމަތުގަ 24 ގަޑީ އިރު ތިބޭނެ 2 ސިފައިން އެއީ ސާޖެންޓް ސިރާޖް އަދި ސާޖެންޓް ވަސީމް އެމީހުންގެ ކަމަކީ މަންސޫރަށް ހިދުމަތްކުރުން ދައުލަތުން މުސާރަ ދޭނި