ކަޅު ބާޒާރުގައި ޑޮލަރުގެ ވަގު ވިޔަފާރިގައި އުޅެމުންދާ ކަމުގެ ތުހުމަތު ކުރެވޭ ބިދޭސީއަކު ފައިސާ ޖަމާ ކުރަނިކޮށް ހައްޔަރުކޮށްފިއެވެ.

ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ މި މީހާ އިއްޔެ ކްރިމިނަލް ކޯޓަށް ވެސް ހާޒިރުކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓު ވެބްސައިޓުގައި އަމުރު ޝާއިއުކޮށްފައިވާއިރު، އެއަމުރު ބުނާ ގޮތުން އުމުރުން 28 އަހަރުގެ އެމްޑީ މަނިކް މިއާ ނަމަކަށް ކިޔާ އެ މީހާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހާފައިވެއެވެ.

ޑޮލަރުގެ ވަގު ވިޔަފާރި ކުރުމުގެ ކަންކަން ފުޅާވަމުންދާ ކަމަށް ތަހުގީގީ އިދާރާތަކުން ވެސް ފާހަގަ ކުރެއެވެ.

ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތް ކުރުމާއި، ސައްހަ ނޫން ލިޔެކިޔުން ބޭނުން ކޮށްގެން ރާއްޖޭން ބޭރަށް ފައިސާ ފޮނުވާ މައްސަލައެއްގައި ދާދި ފަހަކުން ވެސް ހަތަރު ބިދޭސީއަކު ޑީޕޯޓް ކޮށްފައިވެއެވެ.

ގަވާއިދާ ހިލާފަށް ބޭރު ފައިސާ ވިއްކަން އުޅޭ ބިދޭސީން ހައްޔަރު ކުރުމަށް ފަހު އެމީހުންނަށް އިތުރު އަދަބެއް ނުދީ ޑީޕޯޓް ކޮށްލާތީ ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ފަހަކަށް އައިސް އަނެއްކާވެސް ބްލެކްމާކެޓްގައި ޑޮލަރުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އަޅާނެ ކަމަށް އެމްއެމްއޭ އާއި އަދި ސަރުކާރުން ވެސް ވިދާޅުއެވެ. ނަމަވެސް އަމަލީ ގޮތުން އެއްވެސް ފިޔަވަޅެއް އަޅަމުންދާ މަންޒަރެއް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ށާމިން

    ޑޮލަރު ވި އްކާ ދިވެހިން ގުރޫޕް ހަދާގެން ބޮޑު އަގުގަ ވި އްކާ މީހުން ކޮބާ ރިސޯޓްތަކުގެ އުޅޭ ދިވެހިން މިކަމުގެ އ އަޑީގަ ތިބީ ކޮބާތަ ރިބާކެ އުން ބެންކުގެ ވާހަކަ މީހުން ދަ އްކަނީ ވަކިތަނެ އް ވަކިމީހެ އ އްނެށް ހުސް ދީނާ ޚިލާފު ރިބާ ކާމީހުން ވަރަ އ އްސަލާމް

  2. ކޮރަލް

    ބިދޭސީން ކޮންޓްރޯލް އޮންނަ ސަރަހައްދެކެވެ. ހިތް ހަމަ ނުޖެހޭ އެހެން މީހަކު އައީމަ ޑިޕޯޓް ކުރަނީ އެވެ.

  3. ދިދަ ދަނޑި

    ތިކަމުގައި ގިނައިން އުޅެނީ ދިވެހިން.. ބިދޭސީއެއް ވީމަ ހައްޔަރު.. ދިވެހިން ވަގު ވިޔަފާރި އާއެކު މެކުހަށް..

    1
    1