އދ.ގެ އާންމު މަޖިލިހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަކި ސިޔާސީ ޕާޓީއަކަށް އިންތިޚާބެއްގައި ކެމްޕޭން ކުރުމުގައި ހަރަކާތްތެރިވެގެން ނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝާހިދުއާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދާއާއި، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ ބައެއް މެންބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް އެމްޑީޕީގެ ވަފުދެއް ދަނީ ކޮމަންޑޫ ދާއިރާގައި ހަރަކާތްތެރިވަމުންނެވެ. އެއީ، އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށެވެ.

އެ ކެމްޕޭން ހަރަކާތްތަކުގައި ޝާހިދު އުޅުއްވާ މަންޒަރު ފެންނަ ފޮޓޯއެއް ޓްވިޓާގައި ޚިއްސާ ކުރައްވައި، ޝަހީމް ލިޔުއްވާފައި ވަނީ އދ.ގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ޝާހިދަށް ރާއްޖޭގެ ދާޚިލީ އިންތިޚާބުތަކުގައި ވަކި ކޮޅަކަށް ތިގޮތަށް ހަރަކާތްތެރި ނުވެވޭނެ ކަމަށެވެ. ޝާހިދު "ކޮންމެ ވެސް އެއް ކަމެއް ދޫކޮށްލަން އެބަ ޖެހޭ،" ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރުގެ މަގާމު އަދާކުރައްވަމުން އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވުމަކީ ގާނޫނު އަސާސީއާއި ޚިލާފު ކަމެއް ކަމުގައި ވާދަވެރި ޕީޕީއެމްގެ އިސް ބޭފުޅުންނާއި ބައެއް ގާނޫނީ ބޭފުޅުން ވެސް ފާހަގަ ކުރައްވައެވެ. އެއީ ވަޒީރަކަށް އެހެން ވަޒީފާއެއް އަދާ ކުރެއްވުމަކީ މަނާ ކަމެއް ކަމުގައި ގާނޫނު އަސާސީގައި ބަޔާން ކޮށްފައި އޮންނާތީއެވެ.

މި ގާނޫނީ ބަހުސާއި ގުޅޭ ގޮތުން "ވަގުތު" އިން ސުވާލު ކުރުމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ، އޭނާ އދ. ގައި އަދާ ކުރައްވާ ވަޒީފާއަކީ ގާނޫނު އަސާސީގައި ބަޔާން ކުރާ ވަޒީފާއެއް ނޫން ކަމުގައެވެ. އދ.ގެ އާންމު މަޖިލީހުގެ ރައީސްއަކީ އަހަރެއްގެ ދައުރަކަށް ގައުމެއްގެ އިސް ވެރިއަކު އަދާ ކުރައްވާ ހައިސިއްޔަތެއް ކަމުގައި ވިދާޅުވެ، އެފަދަ ބައެއް އެހެން ހައިސިއްޔަތުތަކުން ޝާހިދު މިސާލު ވެސް ދެއްކެވިއެވެ.

ކޮމަންޑޫ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވެ އެ ގޮނޑި ހުސްވުމުން، އަންނަ މަހުގެ ފަސްވަނަ ދުވަހު ބައި އިލެކްޝަން ބާއްވަން ވަނީ ނިންމައިފައެވެ. އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީޕީއެމްއާއި، އެމްއެންޕީން ވެސް މި ބައި އިލެކްޝަންގައި ވާދަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ސސ

    އދ ގެ ބޭއިންސާފު މިފެންނަނީ އަބަދުވެސް ވަކި ކޮޅަކަށް ބުރަވެފައި، މުޅިންވެސް އދ ފެންނަނީ ހަމަ މިގޮތަށް ! ދެން ކޮން ސުލްހައެއް ދުނިޔޭގައި އޮންނާނީ !

    • ޙައްގުބަސް

      ޝާހިދުގެ މިޢަމަލު ހެއްކާއެކު އދ އަށް ރަސްމިކޮށް ހުށަހަޅަން ފެންނަނީ!!

  2. ހުސޭނުބޭ

    އދ ގެ ތާރީޚްގައިވެސް އެފަދަ މަޤާމެއްގައި ބޮޑު ވަގަކު ހުރި ފަހަރެއް މި ނޫނީ އަދި ނާދޭ

  3. ދިވެހިން

    ރައްޔިތުހުންނޭ ހޭލަތިބޭތި ވެރިކަމަށް އަންނަން ކުރި ހުވަޔާ ވައުދު ނުފުއްދާ ވޯޓެއްގެ ބޭނުމުގަ ގާނޫނާ ގަވާދާހިލާފަށް ވުޖޫދުގާނެއް ލާރިން ކިހިނެއް މަސްރޫ ހިންގާނީ ގައުމުގެ މިނިވަންކަމާ އިންޑިޔާ ސިފައިން ބޭލުމަށް ބޭނުންވާ ދިވެހިރައްޔިތެއްވިއްޔާ މޑޕ އަށް ނުނޭ ނުނޭ ނޯވޯޓް ނުދޭތި އިންޑިޔާ މިލިޓަރީ އައުޓު ތީ ހިޔަޅުން ވޯޓްލާނިމުނިމަ އެހިސާބުން ހަދާނެއް ނުހުންނާނޭ ދޮގުވައުފުތަށް ހަދާންނެތޭނެ ކަންތަށް ތަށް ކޮއްދެން ބުނެގެން ވޯތުނުދޭތި ހުސް މަކަރާ ހިޔަޅުން ޯ

  4. ކޮވިޑް

    ކުރާނެ ތިމީހުން. ތީ ގޮތެއް ފޮތެއް ހުރި ބައެއްނޫނޭ. މިހާރުވެސް ޤާނޫނާ ޙިލާފަށް އެދަނީ ދެ މަޤާމް ފުރަމުން މުސާރަ ނަގަމުން. ދެން ކެމްޕޭނު ނުކޮށް ހުންނާނެތަ؟ # އިންޑިއާ އައުޓް #

  5. ދެލޯ

    ބޭފުޅާ އދ ގެ ރައީސެއް ނޫނޭ ބަޔަކަށް ކެމްޕެއިން ކުރަން ދިޔައީ. އެމްޑީޕީގެ އެކްޓިވިސްޓް އަބްދުﷲ ޝާހިދު ދިޔައީ. ހޭބައްޔާ.

    1
    4
  6. ތަކުރު

    އެހެން ބުނިއިރު ހުރީ ރާއްޖޭގެ ފޮރިން މިނިސްޓަރ މަޤާމުގައި،

  7. 13ވގ

    ޔާނު ޕޕ އައް ސަޕޯޓް ކޮއްގެންނުވާނެ

  8. ނިޒާރުބެ

    އދ ގެ އާންމުމަޖިލިސްގެ ރައީސަކަށްވިޔަސް ސިޔާސީ ޕާރޓީއެއްގަ އުޅެވޭނެ އެހެންވީއިރު ކެމްޕެއިންވެސް ކުރެވޭނެ

  9. ހަވާސާ ހަމީދު

    ސާހިދުވީއްޔާ ކުރެވޭނެ އެބޭފުޅާ ބޮޑުފުޅުވީ ސަލަވާތްކިޔަވައިދީގެން ބައްފާފުޅު ހޯދި ލާރިންނާއި ބައްޕާފުޅަށް ޕެންސަން ލިބެންކައިވީމާ ރައީމައުމޫނަށް ދަންނަވައިގެން އާދޭސްކޮށްގެން 3 މަގާމުހަމޖައްސައި އެތިންމަގާމުން ޕެންސަން ލިބޭންފެށިމާ ބައްޕަ ދިން ޕެންސަނުގެ ލާރިން މިއީނޫންތޯ ހަލާލުގޮތުގައި ފައިސާ ހޯދުމަކީ!

  10. އަލީ

    މީނަމީ ސްޕްލިޓް ޕާސަނަލީއެއް، ބައެއްފަހަރު ރާއްޖޭގެ ފޮރިން މިނިސްޓަރަކަށް ވާނެ، އަނެއްބައި ފަހަރު އދ.ގެ އާންމު މަޖިލިހުގެ ރައީސް! މިވެސް ބޮޑު ޖޯކެއްދެން

  11. އަބްދޫ

    ގައިރު ގާނޫނީ ފޮރިންމިނިސްތަރެއް ސާހިދަކީ

  12. މަރީ

    އދ އާމު މަޖުލީހުގެ ރައީސްގެ ހައިސިއްޔަތުން ގަވްމުގެ ރައްޔިތުން ނަށް ވިސްނައިދިނުން މުހިންމު އެ ވެރިކަން ކުރިމީހާގެ ޚިޔާނާތުގެ އެތަކެއް މައްސަލައެއް ފުނިޖެހިފައި

  13. ސޮރީ

    ނުބެހެނެ ކަމެއް ނެތް. އަލިފުދާލު މަޖިލީހުގެ ރައީސަކީ ދިވެއްސެއް. އހެނެއް ކަމކު ރައީސް މީހާއަށް ދިވެހި އައިޑެންޓިޓީ ގެއްލޭެނެތަ. އެއްކަމެއްވެސް ނުކުރެވޭނެ. ރަގަޅަށް ގާނޫނު ބެލީމަ ފެންނާނެ ކޮންމެ ކަމެއްވެސް ދެގޮތަށް. އދެގޮތްވެސް ހެޔޮ. މައްސަލައަކީ ރަގަޅަސް ނުކިޔަވަންޏާ ނުފެންނަނެ ދެގޮތެއް. އެއީވެގެން އުޅޭ ގޮތަކީ. ހަމަހިމޭނެުން ތިބީމަ ރަގަޅުވާނެ. މިސާލަކަސް އަލިފުދާލުގެ ރައީސްގެ ހިމަޔަތާއި ރައްކާތެރިކަންވެސް އޮންނާނެ. އެހެނވީމަ އަލިފުދާލޭ ނުކިޔާ.