އިދިކޮޅު ޕީޕީއެމްގެ ވިސްނުމަކީ ރާއްޖޭގެ ރަށްތައް ފަޅުކޮށް ބޭރުގެ ފަރާތްތަކަށް އެރަށްތައް ވިއްކާލުން ކަމަށް ފޮރިން މިނިސްޓަރ އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވެރިކަންކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދުއަށް ތާއީދު އިތުރުކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ތައުރީފު ކުރައްވާ އިދިކޮޅުގެ ވިސްނުންފުޅުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ރާއްޖެ ބަނޑަށް ނުޖެހި ސަލާމަތްވީ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަން ފާހަގަ ކުރައްވާ އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސަތުތަކަށް ތައުރީފު ކުރައްވާފައެވެ. "ދިވެހިރާއްޖެއިން ބޭރަށް އަޅުގަނޑުމެން ގުޅިފައި އޮތް މިންވަރު ފެނިގެން ދިޔައީ. ދިވެހިރާއްޖޭގެ ކޮން ރައްޔިތަކަށްތޯ ކާބޯތަކެތީގެ ދަތިކަމެއް ދިމާވީ. އަސާސީ ބޭސް ލިބުމުގައި ދައްޗެއް ދިމާވީ، އަސާސީ ކާބޯތަކެއްޗަށް ދައްޗެއް ދިމާވީ. އެއްވެސް ކަމަކަށް ދައްޗެއް ދިމާވީ" ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި 80 އިންސައްތަ އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިިވާކަން ފާހަގަ ކުރައްވަމުން ޝާހިދު ވިދާޅުވީ، ދުނިޔޭގެ ތަރައްޤީވަމުން އަންނަ ބައެއް ޤައުމުތަކުގައި އާބާދީގެ ދެ އިންސައްތައަށް ވެސް ވެކްސިން ދެވިފައިނުވާ ކަމަށެވެ. އަދި ރާއްޖެ ފަދަ ގައުމަކުން މިފަދަ ކާމިޔާބީއެއް ހޯދުމަކީ ވަރަށް ބޮޑު ކުރިއެރުމެއްކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ޝާހިދުގެ ވާހަކަފުޅުގައި ދެން އަލިއަޅުއްވާ ލެއްވީ އިދިކޮޅުގެ ސިޔާސަތުތަކަށެވެ. އެގޮތުން އިދިކޮޅުން ހިންގަމުން އަންނަ "އިންޑިއާ އައުޓް" ކެންޕެއިނަަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެެވެ. އެއީ ރައްޔިތުންނަށް ޓަކައި ދައްކާ ވާހަކައެއް ނޫން ކަމަށާއި އަމިއްލަ ނަފްސަށް ޓަކައި ދައްކާ ވާހަކައެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ބޭސްފަރުވާއަށް ބޭނުންވާ މީހުންނަށް ބޭރަށް ނުދެވި އެއްވެސް ކަމަކަށް ރާއްޖެއިން ބޭރަށް ނުފުރި، ބަންދުވެފައި އޮތް ދަނޑިވަޅެއް އައީމަ. އަޅުގަނޑުމެންގެ ގާތް، އެކުވެރި، އަވައްޓެރި އިންޑިއާ އަޅުގަނޑުމެންނަށް ދޮރު ހުޅުވައިލަދިން." މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކޮވިޑުގެ ސަބަބުން ދުނިޔެ ބަންދުވެފައި އޮތްއިރުވެސް އިންޑިއާއިން ރާއްޖެއަށް އެހީތެރިވިކަން ފާހަގަ ކުރައްވާ ޝާހިދު ވިދާޅުވިއެވެ.

"އިންޑިއާ އައުޓް" ކެންޕެއިން ހިންގަނީ، އެ މީހުންނަށް ބޭސް ފަރުވާއަށް ތުރުކީއަށް، ސިންގަޕޫރަށް، ބެންކޮކަށް ފަދަ ޤައުމުތަކަށް ވަޑައިގެންނެވޭތީ ކަމަށާއި ނަމަވެސް އާންމު ދިވެހި ރައްޔިތުން ބޭސްފަރުވާއަށް ވެސް ބަރޯސާވާން ޖެހެނީ އިންޑިއާއަށްކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. "ޕީޕީއެމްގެ މުޅި ވިސްނުމަކީ، މި ރަށްތައް ފަޅުކޮށްލުން. އެހެން ނޫން ނަމަ ތަރައްޤީގެ ކޮންމެވެސް މަޝްރޫއެއް މި ރައްތަކުގައި ހިންގާނެ ނޫންތޯ. އެމީހުންގެ ވިސްނުމަކީ ރަށްތައް ފަޅުކޮށް ބޭރުގެ ފަރާތްތަކަށް ރަށްތަކަށް ވިއްކާލުން" ޝާހިދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދު އަވަހާރަވުމާއި ގުޅިގެން އެދާއިރާގެ ބައި އިލެކްޝަން އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެދާއިރާއަށް އެމްޑީޕީގެ ފަރާތުންނާއި އަދި އިދިކޮޅު ޕީޕީއެމްގެ އިތުރުން އަލަށް އުފެއްދި އެމްއެންޕީގެ ފަރާތުން ވެސް އަންނަނީ ވާދަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ކޮވިޑް

    ކަލޭމެން އިންޑިއާ އަށް ދީފަ ބާކީ ވިއްޔާތާ އެހެން ބަޔަކަށް ވިއްކޭނީ؟ ކަލޭ ތިއުޅެނީ މިނިސްޓަކަން ދޫކުރަން ނުކެރިގެން އެހެން މީހަކަށް އެ މަޤާމް ލިބިދާނެތީ. ޤާނޫނާ ޚިލާފަށް ތި ހުރީ މިނިސްޓަރ ކަމުގަ. ދެން ކޮންވާހަކަ އެއް؟# އިންޑިއާ އައުޓް #

    54
    4
    • ދެރަ

      އެމްޑީޕީގެ ވެރިކަމުގަ ހުރިހާ ރަށެއް ގެސްޓް ހައުސްތަކަށްށާ ޓޫރިސްޓުންނަށް ހާއްސަ ތަންތަނަށް ހަދާފަ ރަށު ރައްޔިތުންނަށް ޖެއްސުން ކުރަނީ... ބަލާބަލަ މާފުށި، ދިއްފިށި، ތުލުސްދޫގެ ހާލު.... ރައްޔިތުން ބިކަހާލުގަ މޫދަށް އެރިލާނެ ތަންކޮޅެއް ވެސް ނެތި ރަގަޅު ސިއްހީވަސީލަތެއް ލިބެން ނެތިއުޅޭއިރު، މުއްސަދިން ގެސްޓް ހައުސް ހަދައިގެން ރައްޔިތުންގެ މިނިވަންކަން ނަގާލަނީ... އެމްޑީޕީ އަށް ވޯޓްދެވުނީތީ ދެރަވޭ... ރަށަށް ކޮށްދޭން ބުނި އެއްވެސް ކަމެއް ނުކޮށްދޭ.... ނިކަމެތި ރައްޔިތުން ހާލުގަ....

      19
  2. ކޮމަންޑޫ ސޮރު

    ޝާހިދޫ' މިހާރު ތިޔަކިޔާ ލަވަ ކިޔައިގެން ރައްޔިތުން ގުނބޯ ނުހެއްދޭނެކަން ދަންނާތި. ކަލޭމެން މުޅި ގައުމު އިންޑިއާއަށް ވިއްކާލާފަ ކޮންވާހަކައެއް ދައްކާކަށް. ބަލަގަ ޝާހިދޫ' އިންޑިއާ އަކާ ދިވެހިންނަކާ ރުޅިވެރިކަމެއް ނެތޭ. މައްސަލަޖެހިގެން މިއުޅެނީ ޤާނޫނުތަކާ ޚިލާފަށް އިންޑިއާއަށް ބިންތައް ހިބައިންދީ އިންޑިއާ ސިފައިން މުޅި ރާއްޖެ ގެނެސް ޤައުމުގެ މިނިވަންކަމަށް ބުރޫ އަރައިގެންކަން އެނގޭތަ؟ އަނގަ އޮތީމަ ކޮންމެ އެއްޗެކޭވެސް ކިޔިދާނެ. ރައީސް އޮފީސް ގެންގޮސް ކޮމަންޑޫގައި ބަހައްޓައިގެން ރަންއިލޮށިން ކަދުރު ކާންދިނަސް ރައްޔިތުން މިއަދު ތިބީ ކަލޭމެންދެކެ އިންތިހާއަށް ފޫހިވެފަ. މާލިއްޔަތު ޤާނުނުތަކާ ޚިލާފަށް ކޮމަންޑޫދާއިރާ ރަނުން ގިރިޓީ ކުރިއަސް އިންޝާﷲ މިފަހަރު އެމްޑީޕީއަކަށް ތިދާއިރާ ނުލިބޭނެ.

    51
    1
  3. ކޮމަންޑޫ

    އެހެންވެ ދޯމީނާގެބޭސްފަރުވާޔަށް އެމެރިކާޔަތް ސިންގަޕޫރައްމިދުވަނީ ރަތްޔިތުންގެލާރިން
    ތިބުނާއިންދިޔާޔަތްނުދެވެނީކީވެތޯ؟ކަލޯމެން މިއަދު ތިހެން އިޒަތާގަދަރުގަ އުޅެވިދާނެ ހަމަ ވަގުތުޖެހުނީމަ ދާނީ އާދައިގެމީހާވެސް ހިފައިންދާއެށްޗިހިހިފަގެން ހަމައެތްތަނަކަށް ސުވާލުއައީމަ ނުބުނެވޭނެ ތިމަންމީ އިޒަތްތެރިޔެކޭ ރަތްޔިތުންދިންއެޗހެކޭކެޔީ

    41
    1
  4. ޕެޑް މޭން

    ކާޕެޓް ދައްކާ ވާހަކަތަކަށް ހަމަ ހިނި އަންނަނީ އެއްފަހަރު ބުނި ޗައިނާ އަށް ރާއްޖެ އޮތީ ވިއްކާ ލާފަޔޯ.

    17
  5. ސޫއޫދު

    ހިބަރު ތިހިރީ ދެވަދުދިރުވާލައިގެން ބާކީއެތްއަހަރު ދެންއޮތީ މީނަރާއްޖެއިން ބޭރުގަހުރެފަ އައީކެންޕެއިން ކުރަން ކޮމިޝަންތައްހޭނެއްތީ މިކަންތައްކުރަން ދިވެހިރާއްޖޭގެ ބިންހިއްކުމާ ކޮނެ ހަދާނީ ޔާމީން އަދިމުއީޒް ރާއްޖޭގެ ވެރިއްގެގަޔަކުނެއް އެގާމބިލްކަމެއް މަހާޖައްރާފްގެނައީޔާމިން އީބޫއައް ތުނބުޅިބާލާތިލައެއްވަރުވެސް ހޯދަނުދެވޭ ދައުލަތައް ދެންކޮން ފަޅޭ ބިމޭ ބުރިޖާ ރަންވެއެއް މިކިއަނީ ރީތިގޮތަކައް މިފަހަރު ބަލިކުރާނެ އިންތިހާބުން

    15
  6. އިބްރާހިމް

    އެހެންވެ ދެއްތޯ މުޅިގައުމަށް އިންޑިއާސިފައިން އަރުވައިގެން ތިޔައުޅުއްވަނީ. އިންޑިއާ އައުޓް

    17
  7. ނާދިރާ

    މިކަލޭގެ އުޅެނީ ދިވެހިން މަގުފުރައްދަން

    16
  8. ފާފު ދާލު.

    ޔޫ އެން ގެ ބަދަލުގަ މީނަދާން ޖެހެނީ ގުރާދޫ އަށް.

    16
  9. ސަމާސާ

    އައްޑޫގަން ، ކައްދޫ ، ހަނިމާދޫ އެއޮތީ އިންޑިއާ އަށްދީފައި.
    ދެން މާލެކައިރިން އެމީހުން ބޭނުންވާ ތިލަފަޅު ނުދޭން ރައްޔިތުނން މިގޮޮވަނީ ނަމަވެސް އެތަން އެއްބބަސްވެ އެގްރީމެންޓް ފޮރުވައިގެން ތިތިބެނީ.
    ކަލޭމެން ރަށްތައް ވިއްކކައިފި، އިދިކޮޅުން ވިއްކަފާނެކަމަށް ތިހީކުރަަނީ.

    16
  10. ތުހުފާ

    ރޔ ގެ 7000 ފުލެޓް ކިތައްރައް ކިތައްބިން
    ރނ ގެ 282 ފުލެޓް ޅ ޅޮއްސަލަފުށި ، ނާދީ ބިން ، އޯޑިއޯން ބިން
    ލަދު ކޮބާ މަށަކަށް މައުމޫނެއް އަންނިޔެއް ޔާމިނެއް ސޯލިހެއް މުހިންމއެއްނޫން އެކަމު ތެދު ހަގީގަތް މީ

    15
  11. ކުޑޭ

    މިމީހުންގެ ލަދުހަޔާތްކުޑަކަންބަލަ އެންމެފަހުން އެބުނީ ބޭސްކުރަންވެސް ދާންޖެހޭނީ އިންޑިޔާއަށޭ އެހެންތާވާނީ މިކަލޭގެއައް ގޮނޑިހޯދާދިނީ އިންޑިޔާއިން ދެން މިވަރުބަޔަކު އަމިއްލަ ޤައުމު ތަރައްގީ ކުރާކައްނޫޅޭނެކަމީ ޝައްކެއް އޮތްކަމެއްނޫން އޭގެބަދަލުގަ ރައީސްޔާމީން މަސައްކަތް ކުރެއްވީ ޤައުމުތަރައްގީ ކުރައްވައ އެހެންވެސް ކުރިއަރާފައިވާ ބޭރުގެ ޤައުމުތަކާ އެއްހަމައެއްގަ ފައިތިލަސާބިތުކުރެވޭތޯ ނަތީޖާއެއްގެގޮތުން މިހާރު މާލޭންމިފެންނަ ތަރައްޤީ ފެންނަންއެހުންނަނީ ދުނިޔޭގެ ކޮންމެ ގައުމެއްގަވެސް އެންމެ ބާރައް ހަލުވިދުވެއްޔެއްގަ ތަރައްގީ ކޮއްފަ އޮންނަނީ އެގައުމުގެ ވެރިކަން ކުރާރައް މިސާލަކައް ވޮޝިންގްޓަން އިންދިޔާގަނަމަ އާދިއްލީ ސައޫދީގަނަމަ ރިޔާޛް އޮޅުވާލަން ކިތަންމެވަރަކައް ވާހަކަ ދެއްކިޔަސް ހަގީގަތް އޮޅުވައެއްނުލެވޭނެ މިފަސް އަނހަރު މިދަނީ ކަލޭމެންނައް ކުރެވުނު އެއްވެސް ކަމެއްނެތި ކުރެވުނުހާވެސް ކަމަކީ ޢަހުދުނާމާއާއި އެއްގޮތައް އިދިކޮޅު ލީޑަރު ޖަލައްލުން އެނޫންކަމެއް ނެތް ކުރެވިފަ

    15
    2
  12. އަސީ

    ކޮމަންޑޫ ދާއިރާގެހުރިހާރަށެއް ތަރައްގީކުރާހާ ރައްޔިތުންގެ ޓެކްސްފައިސާ ސާހިދު ޔޫއެން ކެންޕެއިންއައް ހަރަދުކޮއްފަވާއިރު ކޮމަންޑޫދާއިރާއައް ގޮސްވާހަކަދައްކަން ލަދެއްނުގަނޭތޯ

    12
  13. އަސްތާ

    އެމްޑީޕީން ވިއްކާލަނީ މުޅި ގައުމު.

    14
  14. އަބްދޫ

    މިސަރުކާރުން ވަގަށް ކިތައްރަށް ވިއްކާލިކަމެއްނެގެ. ކޮށްދިއްޕަރު ވިއްކާލައިގެންއުޅެނިކޮށް ފަޅާއަރައިގެން ކައުންސިލުންވަނީ އަބުރާ ރަށް ހޯދާފަ. ތިލަފަޅު އެވަނީ ވިއްކަލައިގެން އެގްރީމެންޓް ވެސް ވަނީ ފޮރުވާފަ. ރައްޔިތުންގެތަކެތި ރައްޔިތުންނަށް ނޭގޭގޮތަށް ވިއްކާލާފަ އެއްބަސްވުންތައް އަނދޮޑިޔަށް ޖަހައިގެން އުޅޭ ވަގުން މިސަރުކާރުގަ މިއުލެނީ.

    10
  15. އަފީ

    ބަޖެޓުގަނުހިމަނާ ދެކޮމަންޑޫގުޅުވާލަނީ ކޯޗެއްހޯދަން
    އިދިކޮޅަކުން ރައްޔެތުމީހާގެ ރައްތަކާބިމާ ބޭރުއެއްވެސްގައު
    މަކައްނުވިއްކާނެ ވޯޓުހޯދަންވެގެންގޮސް ކޮމަންޑޫގަފާޑުފާޑުގެވާހަކަދައްކާނެކަމެއް ތީގާނޫނީތަރަހައިން
    ބޭރުވެފަހުރިމީހެއް ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާމުޅިހިލާފައް
    ތިހިރީ މިނިސްޓަރުކަމުގަ ތީއަލިފުދާލުގެ އާމުމަޖިލީހާކުޅޭވަރުގެ
    މީހެއް އަލިފުދާލުމީހަކު ދިވެހިރާއްޖެއައް އަރާފަ މިބުނަނީ
    އިދިކޮޅުންއުޅެނީ ރައްތައްވިއްކަންށޭބުނީމަގަބޫލުކުރަނީކާކު
    ވިއްކާގެންކަނީ ކޮންބައެއްކަން ދިވެހިތްނައްމިހާރަކުއޮޅިފައެއް
    ނުވާނެ؟ އަލިފުދާލުމީހަކު ދިވެހިންނައްބަސްބުނަންމީދެންކާކުތަ
    ލަދެއްވެސްނުގަނޭބާ؟ އިންޑިޔާއައުޓް އިންޑިޔާއައުޓް

    11
  16. Anonymous

    ހިބަރައް އެންމެ އުދަގޫވަނީ އެގޭކުރިމަތިީ މިސްކިތް ހުންނާތިީ

    11
  17. ލލ

    ނޫނޭ ބޮޑު ހިބަރު އުޅެނީ ދެގަޑު ވަދު ދިރުވާލައިގެން !

  18. ެެނޫ މެެން

    އިންޑިޢާ އައުޓު އިންޑިޢާ އައުޓު އިންޑިއާ އައުޓު އިންޑިޢާ އައުޓު

    12
  19. ލުޓޭރުންގެ ސަރުކާރު

    އިންޑިޔާއަ ށް ދީފަ ބާކީ އެއްޗެއޮތްނަމަތާ އެހެންބަޔަކަ ށް ވިއްކަންވެސް ދެވޭނެއެއްޗެ އޮންނާނީ މިސަރުކާރަ ށް...ދެން ތިބުނަނީ ކާނެއެއްޗެ ނެތިގެން އުޅުނުމީހެއް ނެތޭ އެހެންވިއްޔާ ކުނިކޮތަޅު ހޮވައިކާންތިބީ ޖިންނި ޝައިތާނުންތަކެއްތަ..މާލޭގެ މަގުތަކާ އެކިމައިޒާން ތަކުގަ ނިދަންއެތިބީ ދިވެހިންކަމަ ށް ނުބަލަނީތަ ޝާހިދު..ދެންތިބުނާ ބޭސްފަރުވާއަ ށް ސަލާންޖަހާ މީހުން ޝާހިދަ ށް ނުފެންނަކަމަ ށް ތިބުނީ އެފްބީ އާ އެކި ނޫސްތައް ބަލާބަލަ..ރައްޔިތުން އުޅެމުންދާ ހާލު..ރައްޔިތުންގެ ބައިތުލްމާލުން ޙަރަދުކޮއްގެން މަނިކުފާނު ޔޫއެންގެ މަގާމެ ހޯދައިގެން އެމެރިކާގަ އުޅުނީމަ ދިވެހިންގެ ދަތިހާލު ނުފެންނަނީ..ތިއީ ބޮޑު ގައްދާރެ ދިވެހި ގައުމަ ށް އިންޑިޔާގެ އަސްކަރީންގެނައި..

  20. ސސ

    ދެގަޑު ވަދު އަޅުވާލައިގެންވެސް ހިބަރު ތިލަވާގޮތެއް ނުވޭ، !

  21. ނާޅި

    އެމްޑީޕީގެ ބޮޑުން ތަށްވެސް ބޭސް ފަރުވާޔަކަށް އިންޑިޔާއަކަށް ނުދޭ، ހިބަރު ވެސް ނުދޭ ފަރުވާ ހޯދަން އިންޑިޔާއަކަށް !

  22. ހާމިދު ޝާހިދު

    އދ ގެ ރައީސް މިދައްކާ ވާހަކަތަކުން އަޖައިބުވެ އަންތަރީސް ވެއްޖެ. އެމަނިކުފާނަށް ފެނިވަޑައި ނުގަންނަވަނީތޯ، މިސަރުކާރުން އިންޑިއާއަށް ރަށްތައް ވިއްކާ، ހިބައިންދީ، ބަދަލުގެ ގޮތުގައި ވެސް ދެމުންދާތަން. އެވެސް ދިގު މުއްދަތައް. ސަރުކާރަށް މާކަ ބޮޑު ފައިދާއެއް ނުކުރާގޮތައް. މިކަންކަން ނުފެންނައިރު، އަދިވެސް އޮޅުވާލައިގެން ނުބައި މަޢުލޫމާތު ރައްޔިތުންނަށް ދެމު ތިޔަ ގެންދަވަނީ. އދ މަޖްލިހަށް މައްސަލައެއް ހުށަހަޅަން ޖެހޭވަރުވެފައި މިހާރު ތިޔަ ހުންނެވީ.

  23. ކުމާރު

    މީނަ އިންޑިއާއަށް އަލިފުދާލު ވިއްކާލަން ެުެެުެުެެެުެެުެުެެުެެުެުެެެުެެުެުެ އުޅޭހެން ހާދަހީވޭ ،

  24. ރާއްޖެތެރެ

    ދިވެހިން މޮޔަ ހައްދަނީތަ ދެނެ ނުހެއްދޭނެ އިންޑިޔާ އައުޓް

  25. އ.އައުޓް

    އިންޑިޔާ އައުޓުގެ މަދަދާއެކު އިބްރާހިމް ސޯލިހް އަލިފުދާލުގައި ރަށުބަހުން ވާހަކައެއް ދެއްކުމަކީ ރާއްޖޭގެ ގަދަރާއި އިއްޒަތް ދުނިޔޭގެ ކުރިބޯއްޓަށް ވާސިލުވުން ކަމުގައި ކާޕެޓްވަގު ބުނިފަދައިން ،ބޭރުގައުމު ތަކުގެ ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ވެކްސް ދިވެހިންނަށާއި ދިވެހިންނަށް ވުރެ ގިނައިން މިގައުމުގެ އުޅޭ ބޭރުގައުމުތަކުގެ މަސައްކަތް ތެރިންނަށް ދިނުމަކީ މިސަރުކާރަށް ކުރެވުނު އަގު ނުކުރެވޭފަދަ މާބޮޑުތަނުން ލިބުނު ކުރިއެރުމެއްކަމުގައި ދެކޭމީހުނަށްވުރެ ނުދެކޭމީހުން ގިނަކަމުގައި ދެންނެވުމަކީ ދޮގަކަށް ނުވާނެކަމުގައި ދެންނެވިދާނެއެވެ. މިކަންކަމުގެ ބަދަލުގައި 2023 ހިބައިން ދީފީމެވެ.