އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް އަންނަ ބުދަ ދުވަހު ފަށަން ތާވަލުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ބުދަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރަށް އެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ތާވަލު ކުރަން ވަނީ ނިންމައިފައެވެ.

މި މައްސަލާގައި ފުރިހަމަ ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކުރުމަށް ފަހު، ހުރިހާ ލިޔެކިއުންތައް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ ޖޫން 27 ގައެވެ. އޭގެ ފަހުން މަހްލޫފަށް ދައުވާ ކުރަން ޕީޖީއަށް ނިންމުނީ އޭގެ ފަސް މަސް ފަހުން މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުގައެވެ.

މަހްލޫފްގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވައެވެ. އަދި އޭނާއަށް ދައުވާ ކުރަން ޕީޖީ އޮފީހާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސެޓް ރެކަވަރީ ކޮމިޝަންގެ ބޭފުޅުން އުޅުއްވާ ކަމަށް މަހްލޫފް ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި ސަރުކާރުގެ އިސް ބޭފުޅަކަށް ދައުވާ އުފުލައިފިނަމަ މަގާމުން ވަކިކުރއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެފައިވެއެވެ، އެކަމަކު މިހާތަނަށް އައި އިރު ވެސް މަހްލޫފަށް ފިޔަވަޅެއް އަޅުއްވާފައެއް ނުވެއެވެ.

މަހްލޫފަށް ދައުވާ ކުރަން ފޮނުވުނުއިރު އޭނާ މަގާމުން ސަސްޕެންޑް ކުރިއެވެ. އެކަމަކު ރިޔާސީ ކޮމިޝަނުން ލަންކާގައި ހުރި ސަފީރުގެ ބަޔާން ނެންގެވީ ގާނޫނާއި ޚިލާފަށް ކަމަށް ބުނެ އަދި މަހްލޫފްއާއި މެދު ގޮތެއް ނިންމުން މާ ބޮޑަށް ލަސްވަނީ ކަމަށް ބުނެ ސަސްޕެންޝަން އުވާލިއެވެ.

ވަކި ގޮތަކަށް ވޯޓް ދޭން ރިޝްވަތު ނެގި ކަމުގެ ތުހުމަތު

ރިޝްވަތު ނެގި ކަމުގެ ދައުވާ ކުރަން ނިންމާފައިވަނީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުންނެވިއިރު އޭރު ސަރުކާރާ އެއްކޮޅަށް، އެސްއީޒެޑް ބިލެއް ފާސްކުރަން އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައިވާތީ ކަމަށް ބަޔާނުގައިވެއެވެ.

މި ވޯޓަށް ފަހުގައި އެމްއެމްޕީއާރްސީގެ ހިޔާނަތުގެ މުގުލުގައި ހުންނެވި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚަށް ހަވާލާދީ އޭސީސީން ފާހަގަކުރަނީ އެއީ ޚިޔާނާތުގެ ފައިސާ ކަމުގައެވެ.

ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގައިވާ ގޮތުން، އެ ކުށުގެ އަދަބަކީ ހަތް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އެ މުއްދަތަށް އަރުވާލުން ނުވަތަ ހަމަ އެ މުއްދަތަށް ގޭގައި ބަންދުކުރުމެވެ.

އޮޅުވާލާފައިވާ ލިޔުންތަކެއް ހުށަހެޅި ކަމުގެ ތުހުމަތު

ދޮގު ބަޔާނެއް ނުވަތަ ދޮގު މައުލޫމާތެއް ދިން ކަމުގެ ކުށުގެ ދައުވާ މަހްލޫފްގެ މައްޗަށް ކުރަން ފޮނުވަން ނިންމީ އޭނާއަށް ލިބިފައިވާ ފައިސާގެ އަސްލު އޮޅުވާލުމުގެ ގޮތުން އެއީ އޭނާ ޑޮލަރު ގަތް މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށް ލިޔެކިއުންތަކެއް ހުށަހެޅުމުންނެވެ.

އޭސީސީން ފާހަގަކުރާ ލިޔުންތަކަކީ އޭނާ ތަހުގީގީ އިދާރާތަކަށް ފޮނުވި "ޕޭމަންޓް ރިސީވްޑް" ލިޔުމަކާއި، އެ ޑޮލަރަށްވާ ފައިސާ ނަގުދު ފައިސާއިން އެސްއޯފްއާ ހަވާލުކޯށްފައިވާނެ ކަމަށް އަންގައި މަހްލޫފް ފޮނުވި ސިޓީއެކެވެ.

އޭސީސީން ފާހަގަކުރާ ގޮތުގައި މި ލިޔެކިއުންތަކުގައިވަނީ ހަގީގަތް އޮޅުވާލުމުގެ ގޮތުން މަހްލޫފް އެ ފައިސާ ނެންގެވީ ޑޮލަރު ގަންނަން ކަން ތަހުގީގަށް ދެއްކުމަށް ޓަކައި ކަން ތަހުގީގަށް އެނގިފައިވާ ކަމުގައެވެ.

މީގެ ކުރިން މަހްލޫފް ވެސް ދިފާއުވާން ދެއްކެވީ މި ވާހަކައެވެ. އޭނާއަށް ލިބިވަޑައިގެންނެވި ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްގައި ލިބިވަޑައިގެންނެވި ފައިސާ ކަމުގައެވެ. އެއީ ޚިޔާނާތުގެ ފައިސާ ކަން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމުގައި މަހްލޫފް ވިދާޅުވަމުން ގެންދެވިއެވެ.

ގާނޫނުލް އުގޫބާތުގައިވާ ގޮތުން، މިއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށުގެ އަދަބަކީ ހަ މަސް ދުވަހާއި އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

"ކޯޓުގައި ދައުލަތް އޮރިޔާން ވާނެ"

"ވަގުތު ހަވާސް" ޕްރޮގްރާމްގައި ބައިވެރިވެަޑައިގެން މަހްލޫފް ވަނީ އޭނައަށް ކުރާ ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގެންފައެވެ. އެ ކަމަށް އިންކާރު ކުރައްވައި އޭރު ކަން ހިނގައިދި ގޮތް ވެސް ވިދާޅުވެފައެވެ. އަދި ދައުލަތުގެ ކަމާ ގުޅުން ހުރި ބައެއް އިދާރާތަކުގެ އިސްވެރިންނަށް ބަހުގެ ހަމަލަތާކެއް ވެސް ދެއްވިއެވެ.

މަހްލޫފް ވިދާޅުވީ، އޭނާއަށް އެ ބިލަށް ވޯޓު ދެއްވަން އެއްވެސް ފައިސާއެއް ލިބިވަޑައިނުގަންނަވާ ކަމަށާއި ބިލަށް ވޯޓު ދެއްވީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ތްރީ ލައިން ވިޕަށް އަމަލު ކުރެއްވުމަށް ކަމަށެވެ. މީގެ އިތުރުން، އޭރު ޕީޕީއެމްގެ ފަރާތުން އޭނާއަށް ދެއްވި ހަމައެކަނި އެއްޗަކީ މެލޭޝިއާގައި ހުންނެވުމުން ރާއްޖެ ވަޑައިގަންނަވަން ޓިކެޓެއް ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލާގައި ވަކި ގޮތަކަށް ކަންކަން ގެންދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާއާއި، އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަން އަހްމަދު އައްސަދު ދައްކަވާފައިވާ ވާހަކަތަކުގެ ޗެޓްލޮގްތަކެއް ހުންނެވި ކަމަށް މަހްލޫފް "ވަގުތު ހަވާސް" ގައި ވިދާޅުވެފައިވެއެވެ. މި ތަކެތި ހާމަކޮށްފިނަމަ "ދައުލަތް އޮރިޔާން ވާނެ" ކަމަށް މަހްލޫފް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ލަދާއ ހަޔާތް ކެޑިފައ އެތިބީ. މިކަލޭގެ ވެއްޖެ އެއްނޫން ދެން އިސްތިއުފާ ދީފަ މަޤާމު ދޫކޮއްލަން މިދަފަ ބޮޑޭތި އިލްޒާމްތައް އަންނައިރު

    18
    2
    • ހުސޭނުބޭ

      ލަދުހަޔާތް ހުރިނަމަތާ އިސްތިޢުފާދޭނީވެސް. ކެނޑިފައިހުރީމަ މަޤާމާ ބަގުޑިބައްދަނީ

  2. Anonymous

    އިރުކޮޅަކުން މިކަލޭގެ ނޫހުގަޖަހާލާނެ ތިމެންނައަށް އެއްވެސް ޝަރީއަތެއް ހިންގައިފިއްޔާ ދައުލަތް އޮރިޔާންކުރާނެކަމަށް، ދެން ވަގުތުން ޝަރީއަތް ކެންސަލްވާތަން ބަލަން މިތިބީ، މިކަހަލަ އެއްވެސް ތައުލީމީ ފެންވަރެއްނެތް ކޮރަޕްޓް މީހުން ވަޒީރުންނަށް އައްޔަންކޮށްފައިވުމުންވެސް މިސަރުކާރުގެ ދޯހަޅިކަން ހާމަވަނީ، ނާއިބުރައީސުގެ ޅިއަނުވީމަ މަގާމެތް ދީފައިވަނީ، އަދި ނ.ރައީސުފައިސަލްގެ ކޮއްކޮ ކޮރަޕްޓް މަހޭގެ ވައިފަށް ނާއިބުރައީސުގެ އޮފީހުގް އެެއްމެ މަތީމަގާމު ދީފައިވަނީ، މިވަރަށް ސަރުކާރެއް އިންސާފިވެރި ވާނީ

    16
    1
  3. ރާއްޖެތެރެ

    އެމްޑީޕީޔަ ވަރައްގިނަ މީހުން ގެންދިޔަ ޑޮލަރު ގޯނި ދައްކައިގެން

  4. ޢަބުދުﷲ ޙަސަން

    ލަފުގަހިފައގެން ގެންގޮސް ގޮޅިއައް ނުވައްދަނީސް އިސްތިއުފާ ދޭންވީނޫން.

  5. އހ

    ސާބިތެއް ނުވާނެ އިބޫ ރުހޭ މީހެއް ވިއްޔާ