މިހާރު މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް ހައްދަވައިގެން އުޅުއްވާ ކުރީގެ ޑިފެންސް މިނިސްޓަރ އަދި ދަނގެތީ ދާއިރާގެ މެންބަރުކަން ކުރައްވާ މުހައްމަދު ނާޒިމް މެންނަކީ ބަގާވާތްކުރި މީހުންކަން ރާއްޖޭގެ ރައްޔިތުން އަދި ހަނދާން އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

މިއަދު "ވަގުތު" އާއި ވާހަކަ ދައްކަވަމުން މެންބަރު ބޮންޑޭ ވިދާޅުވީ ދައުލަތަކުން ހަދާ އެގްރީމެންޓްތަކަށް އިހްތިރާމް ނުކުރުމުގެ ސަގާފަތެއް ރާއްޖޭގައި ފެތުރިގެން މިދަނީ ހަތެއް ފެބްރުއަރީ ބަގާވާތާއި ގުޅިގެން ކަމަށާއި ރައްޔިތުންގެ އެންމެ ބޮޑު އެގްރީމެންޓަކީ ގާނޫނު އަސާސީ ކަމަށެވެ.

"ރައްޔިތުންގެ އެންމެ ބޮޑު އެގްރީމެންޓަކީ ގާނޫނު އަސާސީ. ހަތެއް ފެބްރުއަރީ އަކީ އެ އެގްރީމެންޓް މަގުމަތިން ވީދާލި ދުވަސް. އަހުދުތަކަށް ކަމޭނުހިތާ ސަގާފަތެއް ފެތުރެމުން މިދަނީ އެ ބަގާވާތުގެ ސަބަބުން. އެ ބަގާވާތުގެ ކޭތައިން މިގައުމު އަދިވެސް ސަލާމަތެއް ނުވޭ" އެމްއެންޕީގެ ލީޑާޝިޕަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ބޮންޑޭ ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ރާއްޖޭގައި އުފެދޭ ހުރިހާ މައްސަލައެއް އުފެދިގެން މިއަންނަނީ އެ ބަގާވާތުގެ ސަބަބުން ކަމަށާއި ރައްޔިތުން ހެދި އެއްބަސްވުން (ގާނޫނޫ އަސާސީ) މަގުމަތިން ވިދާލި މީހުން ގައުމުގައި ދެމިތިބިހާ ދުވަހު ތިބޭނީ "ގައްދާރުންގެ ގަޅި ޖެހިފައި" ކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ. "އެ ގަޅިއެއް ނުފިލާނެ. މިނިކާވަގެއްގެ ގައިން ގަޅި ފިލާތަ؟ ނުފިލާނެ!" އެމްއެންޕީގައި ތިއްބެވީ ބަގާވާތްކުރި މީހުންކަން ފާހަގަ ކުރައްވާ ބޮންޑޭ ވިދާޅުވިއެވެ.

"މި މީހުން ލަދެއް ނުގަނޭ އިނގޭތޯ. މި މީހުންގެ މަންމަ އުމުރު މީހުން ކައިރިއަށް ގޮސް މިތިބެނީ ބިޓެއް ސެޓު ކުރަން ތިބޭހެން ބަލަހައްޓައިގެން. ބިޓަކާއި ދިމާއަށް ބަލާހެން އެބަތިބޭ. މި މީހުން ލަދެއް ނުގަނޭ އިނގޭތޯ. އަޅުގަނޑަށް ހީވޭ އެ ރައްޔިތުން ބުނާހެން، އޭ ނާޒިމޭ ތީ ބަގާވާތް ކުރި މީހުންނޭ. ކަލޭމެން ކޮން ޑިމޮކްރަސީއެއްގެ ވާހަކައެއް ދައްކާކަށް ހެއްޔޭ" މިހާރު ކޮމަންޑޫ ދާއިރާގެ ކެމްޕޭނުގައި އެމްއެންޕީން އުޅުއްވާތީ އެކަމަށް ފާޑު ވިދާޅުވެ އޭނާ ވިދާޅުވިއެވެ.

އެމްއެންޕީގެ ލީޑާޝިޕަށް ފާޑު ވިދާޅުވެ މެންބަރު ބޮންޑޭގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދުކުރައްވާފައިވަނީ މިހާރު ކުރިޔަށްދާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްއެންޕީގެ ކެމްޕޭން ވަރުގަދަ ކޮށްފައިވަނިކޮށެވެ. ބަގާވާތާއި ގުޅިގެން މީގެ ކުރިން ނާޒިމް "ވަގުތު" އަށް ވިދާޅުވީ އެބޭފުޅުން ކުރި ބަގާވާތެއް ނޯންނާނެ ކަމަށެވެ. އަދި އެދުވަހު ވެސް ނުކުންނެވީ ގައުމަށް ހިދުމަތްކުރަން ކަމަށެވެ.

ފާހަގަ ކޮށްލެވޭގޮތުގައި އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަން މަގުމަތިން ވެއްޓުނީ އޭރުގެ އިދިކޮޅު ފަރާތްތަކުންނާއި ފުލުހުންނާއި ސިފައިން ވެސް ސަރުކާރާއި ދެކޮޅަށް ނުކުތުމާއި ގުޅިގެންނެވެ. އެހެންނަމަވެސް އެދުވަހު ރައީސް ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރު ކަމެއް އޮވެގެން ނޫން ކަމަށް މައްސަލައިގެ ތަހުގީގަށް ފަހުގައި ނެރުނު ކޯނީ ރިޕޯޓުގައި ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނޫރު

    ބޮންޑަމެންނޭ. އެމް.ޑީ.ޕީ ގެ މަޅިތައް
    1. ރ. މައުމޫނު ( ގޮޅ ބޯއަކަށް ވި)
    ރ. ވަހީދު ( ކާޅ) އޭ ކި
    ޤާސިމް އަށް ނޮގޮވާ އެއްޗެއް ނެތް
    ނާޒިމް، އާއި، ރިޔާޒް، ބާޢީ އަކަށް ކި.
    2018 ގައި މިބޭފުޅުން ވެގެންދިޔައީ ބަތަލުންނަށާއި، ޢާޝީންނަށް.
    ހަމަ މިގޮތަށް، މި ބޭބޭފުޅުންނަށް އެއިރު ތިޔަ ޕާޓީގެ ނަން އިވުނަސް ނަމުން" ހޮޑުލާ މޭނުބާކުރޭ. އަދި ތިޔައީ ފިރުއައުގެ އަހުލުވެރިންނޭ ކި
    އެކަމަކު ތިޔައީ ޢާޝީން، ބަތަލުން، ( އެކަމަކު އަހަރަމެން ނިކަމެތި ރައްޔިތުްނަށް ތިޔައީ ޚާއިނުން، ބާޢީން. 19 ދިވެހިންގެ ލޭ އޮހޮރުވާލި ޤައުމުގެ ޤައްދާރުން.

    11
    1
  2. އަބްދޫ

    އެންމެންދަނޭ ކެނެރީގެ ނަސީދު ވެލާނާގެ އިން އާސާރި 3 ތަޅާއި ދެތަޅުދަނޑި ވަގަށް ނަގައިގެން ވައްކަމުގެ ހުކުމް ކޮށް ރ.އަތޮލަށް އަރުވާލިކަން . އެންމެންދަނޭ ގ.ކެނެރީގެ މުހަންމަދު ނަސީދު ގާނޫނުއަސާސީގަޑުބަޑުކޮށް ބާރުތައް އަތަށް ނަގާ އަމިއްލަޔަށް ގައުމު ހިންގަނ ލިޔެ ގާނޫނުއަސާސިއަށް އަމަލުކުރުން ހުއްޓާލުމުން އޮޓަމެޓިކޮށް ރައީސްކަމުން ވަކިވެ ޑީކްޓޭޓަރަކަށް ވީކަން ދުސްތޫރީ ބަގާވާތެއްގާ ޑިކްޓޭޓަރަކަށްހުރެ ސިޔާސީ މީހުނާ ފަނޑިޔާރުންހައްޔަރު ކުރަންފެށުމުން ނަސީދު އަތުން ދޫވެގެން ބަގާވާތް ނަސީދު ފައިމައްޗަށް ވެއްޓުނުކަން. މިވަރުކަމެއް ނުވަނެޔޭ ކިޔާފަ އިސްތިއުފަ ދިންކަން.

    8
    1
  3. ޢަދުރޭ

    ބޮންޑަ މެން ލަދެއް ނުގަނޭ . ރައީސް ނަޝީދު އިސްތިޢުފާ ދިނީ މަޖުބޫރުކަމެއް ނެތިކަމަށް ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކުން ފެންނަން ހުރިއިރުވެސް އަދި އެކަމަށް ބާރުދޭ ވީޑިއޯ ފުޓޭޖް ފެންނަން ހުރިއިރުވެސް އެއީ ބަޣާވާތެކޭ ކިއައިގެން އޭގެން އެމްޑީޕީއަށް ހަމްދަރުދީ އާ ކްރެޑިޓް ހޯދަން އުޅޭކަށް

    9
    1
  4. އަލީ

    ދެން ބާޤީން ގޮވައިގެން ބާޤީންގެ ކޮށްކޯ ގޮވައިގެން ދެ ކޮމަންޑޫ ގުޅާން ތިޔަ އުޅެނީޔޯ! ބާޤީންނަށް ވަޒީފާދެވޭ، ސަރުކާރު ޕްރޮޖެކްތައް ދެވޭ، ރިޔާސީ އިންތިޚާބުގައި މަސައްކަތްކުރެވޭ! މީ މަޖާކަމެއް!

  5. Anonymous

    ތިއީ ދޮގުވެރިންކަން އެންމެންދަނޭ. ބާޣީންނަކީ ސިއްކަގޭއާއިލާއާ ކެނެރީގޭ އާއިލާ. 19 ދިވެހިންގެ ލޭބޮއެގެން ތިބެ ހަޔާތްނެތިގެން ތި އެހެން މީހުނަށް ބާޣީންނަށް ގޮވަނީ.

  6. ހަޤީގަތް

    މާލޭ މީހުންނަށް ހުޅުމާލެއިން ގޯދިދޭނަމޭ ބުނެ ވަޢުދުވެގެން ވެރިކަމަށް އައިސް ގޯތި ނުދީ ދެން އަނެއްކާވެސް ވަޢުދުވީ މަޖިލީސް ލިބުނީމައޭ ގޯތި ލިބޭނީ، މަޖިލީސް ލިބުނީމަ ބުނީ މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ލިބުނީމައޭ ގޯތިލިބޭނީ. މާލޭ މީހުންނަށް އޮޅުވާލައިގެން ވެރިކަމަށް އަންނަން ވޯޓުހޯދީ އަދި މަޖިލީސް ގޮނޑިތަށްވެސް ހޯދީ. އެހެންވެ މީ ކޮންބައެއްކަން އެނގިގެން ކައުންސިލަށް މާލޭމީހުން މިބައި މީހުންނަށް ވޯޓުނުދިނީ. މީ ކޮންބައެއްކަން އެނގޭ ކުރިއަށް އޮތްތަނަށް މިތިބީ މީ ކޮންބައެއްކަން ރަނގަޅަށް އެނގޭތީ، ދެން ވޯޓަށް ހޯހޯއޭ ބުނެ.

  7. ސަމީރު

    2ބޯ ގެރި ދުއްވަނީ، މީ ނާޒިމް ޕާޓީ އާ އެމްޑީޕީ ގުޅިގެން ކުރާ ކަމެއް، ރައްޔިތުން މޮޔަ ހައްދަން، އެމްޑީޕީ އަށް ވޯޓް ނާޅާ ފިއްޔާ ނާޒިމަށް އަޅާނެ ގޮތް ހަދަން ޖަހާ މަޅި އެއް، މިމީހުން އަތުން ފައިސާ ނަގާފަ ވޯޓް ނުދޭތި އެއްވެސް މީހަކު!

  8. ރަން ރީނދޫ

    ބޮނޑޭ،ހެޔޮވަރު ގަމީހެއް ގަންނަން ވީނު. މީހާ ތިހިރީ ނޭވާވެސް ނުލެވި، އެސް އެސް ހޯސް ކްލިޕެއް މެދުހައްޓަށް އަރުވާފަ ވިއްޔާ.