އަދުގެ އެމްޑީޕީގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށް ވައުދުވެގެން އައިސް ތިމާވެށި ހަލާކު ކުރަނީ ކަމަށް ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ ހިއުމަން ރައިޓްސް ވޮޗް އިން ހާމަކޮށްފިއެވެ.

ހިއުމަން ރައިޓްސް ވޮޗް އިން މިއަދު ނެރުނު "އިންސާނީ ހައްގުތަކުގެ އަހަރީ ރިޕޯޓް"ގައި ބުނެފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ނާޒުކު ތިމާވެށީގެ ނުރައްކާ އޮތްކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަލައިގަތް ނަމަވެސް، ތިމާވެށި ހިމާޔަތްކުރުމުގެ ގާނޫނުތައް ތަންފީޒުކުރުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށެވެ.

މީގެ އިތުރުން ތިމާވެށްޓަށް ގެއްލުންވާ ގޮތަށް، ބިން ހިއްކުމުގެ މަޝްރޫއުތައް އަދުގެ އެމްޑީޕީގެ ސަރުކާރުން ވެސް ފަށާފައިވާ ކަން ފާހަގަ ކުރައްވާ އެ ޖަމިއްޔާއިން ވަނީ ސަރުކާރަށް ފާޑު ކިޔުން އަމާޒުކޮށްފައެވެ. އެގޮތުން އެމްޑީޕީ އިދިކޮޅުގައި އޮތްއިރުގައި އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވާކަން ވެސް މިއަދު އާންމުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އަދި އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެެޖެންސީ (އީޕީއޭ) އަކީ މިނިވަން މުއައްސަސާއަކަށް ހަދަން ސަރުކާރުން ވެފައިވާ ވައުދު ފުއްދިފައިނުވާތި ވެސް އެޖަމިއްޔާ އިން ވަނީ ފާޑުކިޔާފައެވެ. ތިމާވެށީގެ ދާއިރާގެ އިތުރުން ޖުމުލަ އަށް ދާއިރާއަކުން އެޖަމިއްޔާއިން ވަނީ ރާއްޖެއަށް ފާޑު ކިޔާފައެވެ.

އެގޮތުން ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ލިބިދިނުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ވެސް އެ ޖަމިއްޔާގެ ރިޕޯޓުގައި ވަނީ ތުހުމަތު ކޮށްފައެވެ. މިގޮތުން ހިއުމަން ޓްރެފިކިން ހުއްޓުވަން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށް އެ ޖަމައާތުން ދެކޭ ކަމަށާއި މެންބަރު އަލީ ރިޒާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަކީ އޭގެ މިސާލެއް ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

މީހުން މެރުމާއި ގެއްލުވައިލުމުގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން އެކަމުގައި އެކަށޭނެ ކުރިއެރުމެއް ހޯދާފައިނުވާތީ ވެސް އެޖަމިއްޔާއިން ވަނީ ސަރުކާރަށް ފާޑު ކިޔާފައެވެ.

"ހައްދުފަހަނައަޅާފައިވާ އިސްލާމީ ޓެރަރިސްޓުގެ ފަރާތުން ކުރިމަތިވާ ނުރައްކާތެރިކަމަށް ސަރުކާރުން އެންމެ އެކަށީގެންވާ ގޮތަށް ފިޔަވަޅު އަޅާފައެއް ނުވޭ،" ގެއްލުވާލެވިފައިވާ ނޫސްވެެރިޔާ އަހުމަދު ރިލުވާން އަބްދުﷲ އާއި ބްލޮގަރު ޔާމީން ރަަޝީދުގެ މަރުގެ މައްސަލައިގައި ކުރިއެރުމެއް ހޯދިފައި ނުވާކަން ފާހަގަ ކުރައްވާ ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި ކޮވިޑް-19ގެ ހާލަތުގައި ވެސް ޖަލުތަކުގެ ސާފު ތާހިރުކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އެކަށޭނެ މަސައްކަތެއް ކޮށްފައިނުވާކަން ފާހަގަކޮށް އެކަމާއި ގުޅިގެން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިގޮތުން ޖަލުތަކުގެ ތޮށްޖެހުމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަންގާފައިވާ ރެކޮމެންޑޭޝަންތައް ވެސް ސަރުކާރުން ތަންފީޒުކޮށްފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސީދުބެ

    ސަރުކާރުން ވިދާޅުވީ ތިޔަ ރިޕޯޓް ބަލައިނުގަންނާނެކަމަށް

    12
    2
  2. ސުވާލު

    ކަމާ ކަންފަށާ ކޮޕް ސަމިޓަށް ދިޔައީމާވެސް މިވަރުތަ މިވީ؟

    16
  3. މާމީ

    އަދިވެސް މީހުނައް އޮޅުވާ ލާފަބަހައްޓާ

    16
  4. ޒަމީރު

    ހައްދުފަހަނައަޅާ ފައިވާ ހިއުމަން ރައިޓްސް ވޮޗްތަކޭ ކިޔާބަލަ
    ހިއުމަން ރައިޓްސް އޭ ކިޔައިގެން ހައްދުފަހަނައަޅާ ގޮސްފަވާ ބައެއް، އެއް ޖިންސުން ގުޅުން ހިންގުން، ޒިނޭ، ލިވާތު، ހުރިހާ ދީނެއް ހަމަހަމަކުރަން އުޅުން، ބޭނުން ގޮތަކަށް އުޅުމުގެ ހައްގޭ ކިޔުން،.... މިހުރީ ހައްތާވެސް ހައްދުފަހަނައަޅާފައިވާ ކަންކަން އެމީހުން

    7
    11
  5. މަކުނު

    މ.ޑ.ޕ އަކީ ފެއިލުވެފައިވާ ޕާޓީއެކެވެ.

    25
  6. ހުސެން

    އެމްޑީޕީގެ މައުލަވީ ބުނީ ތީހަމަ ޕީޕީއެމް ފިކުރުގެ ބައެއްކަމަށް، ' ތިމަންނަމިއައި ކޮޕް ސަމިޓުގަ ހުރެފަ އެމީހުން ތިވާހަކަނުދައްކާކަމަށް..

  7. ޕެޑް މޭން

    ކިނބޫ ބުނާނެ އެބަ ބަލަން