ޕާކިސްތާނުގައި ދިވެހި ނޫސްވެރިން ތަމްރީން ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ޕާކިސްތާނުގެ އެންބެސެޑަރު ވައިސް އެޑްމިރަލް ވިދާޅުވެއްޖެއެވެ.

އޭނާ މިގޮތަށް ވިދާޅުވީ، ދިވެހި ނޫސްވެރިން ތަމްރީން ކުރުމުގެ މީޑިއާ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޕާކިސްތާނުގެ ތައުލީމީ ހިދުމަތްދޭ މުއައްސަސާތައް މެދުވެރިކޮށް ނޫސްވެރިންނަށް ތަމްރީން ފުރުސަތުތަކެއް ހޯދައި ދިނުމަށް ކުރެއްވި މަޝްވަރާގެ ތެރެއިންނެވެ.

މި މަޝްވަރާތަކަށްފަހު މައުލޫމާތު ހިއްސާކުރައްވަމުން މީޑިއާ ކައުންސިލުން ބުނީ، މި ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ ޕާކިސްތާނަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމާއި، ޕާކިސްތާނުގެ ތައުލީމީ ހިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ރާއްޖެ ގެނެސް ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި ގުޅޭގޮތުން ކަމަށެވެ.

އަދި އޭގެ އިތުރުން، އޮންލައިންކޮށް މި ދާއިރާގެ ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމަށްވެސް މަޝްވަރާ ކުރެވިގެންދިޔަ ކަމަށް ފާހަގަކޮށްފައި ވެއެވެ. އަދި ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައި ދިނުމަށް މަޝްވަރާ ކުރެވިގެން ދިޔަ ކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.

މި މަޝްވަރާތަކަށް ފަހު އެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް އެންބެސެޑަރު ވިދާޅުވިއިރު، ރާއްޖޭގެ މީޑިއާ ކައުންސިލާއި ޕާކިސްތާންގެ ޕްރެސް ކައުންސިލާއި ގުޅުން ބަދަހިކޮށް އެ ދާއިރާއަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ލިބޭނެ މަގު ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވަނެ ކަމަށް އޭނާ ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސސ

    ما شاء الله ވަރަށް ރަގަޅު ފެށުމެއް، އުފާވެރި ހަބަރެއް، ޕާކިސްތާން ޒިންދާބާދު !

    1
    1
  2. ސާދި

    މަޝްވަރާ ކުރުން އެއީ ކުރެވުނު މާ ބޮޑުކަމެއް ދޯ.. ހިނިވެސް އާދޭ.