މާލޭގެ އެންމެ ބާރުބޮޑު މަގުތަކުގެ ތެރެއިން މަގަކުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް މުލިއާގެ. ފާރުގައި ޖެހި އެކްސިޑެންޓް ވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހަވީރެއެވެ. މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝް ފިރިހެނަކަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މަޖީދީ މަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް މަޑު ކުރަން ފުލުހުން އެންގުމުން މަޑުނުކޮށް ބާރު ސްޕީޑްގައި އަލިކަލޭގެ ފާނު މަގުން ދަނިކޮށް ކޮންޓްރޯލް ނުވެ ގޮސް މުލިއާގެ ފާރުގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ.

މިއަދު ހަވީރު 16:30 ހާއިރު މި އެކްސިޑެންޓް ހިނގާފައިވާއިރު، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ފުލުހުންގެ ބެލުމުގެ ދަށުން އައިޖީއެމްއެޗްގައި މިހާރު ފަރުވާދެމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، އެކްސިޑެންޓްވި ސައިކަލުގައި އަޅުވާފައި އިން ކޮތަޅެއްގެ ތެރެއިން ބަނގުރާފުޅިތަކެއް ފެނިފައި ވެއެވެ. އެހެން ނަމަވެސް ފެނިފައި ވަނީ ކިތައް ފުޅިކަން އަދި ފުލުހުން ސާފްކޮށް ނުދެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. Anonymous

  އެމްޑީޕީގެ ސަރުކާރެއްނަމަ މުލީއާގެއާ ބަނގުރާ ފުޅިފުޅިއާ ގުޅުން އޮންނަންޖެހެނީތާ. ލާދީނީ ބަޔަކު އުޅޭއިރު ތިކަހަލަ ހުރިހާ ކަމެއް ވެސް ހިނގާނެ. ދިވެހިން ބޭނުންވަނީ ބިރަކާނުލައި ދުނިޔޭގައި މަޖާކޮށްފައި އާޚިރަތުގައި ނަރަކައަށް ދާންކަން މި ހާމަވަނީ.

 2. ހުސޭނުބޭ

  އަނެއްކާ މުލިއާގެޔަށް ގެންދިޔަ ޕެކޭޖެއްބާ؟ ޝޯޓުކަޓެއް ނަގަން އުޅެނިކޮށް ފާރުގާ ދޯ ލައްވާލީ.

 3. ދިދަ ދަނޑި

  ކިތައް ފުޅި ކަމެއް ނުބުނެޔޭ؟؟؟ ދެން ކިޔާނީ ދެބައިކޮށްފަ އެއްބައި މަދުކޮށް..

 4. ދަގަތް

  މުލީއާގޭ ފާރާ ދިމާއަށް ބަނގުރާފުޅި ދަމާފާނެ. އެތަނަށް އެކަހަލަ ތަކެތި ދަމާ ބާރެއް ހުންނާނެ ކޮންމެވެސް ވަރަކަށް.

 5. ރަން ރީނދޫ

  މިދެން އަޖައިބެއް. ޒީރޯ ޓޮލަރެންސްގެ ދަށުން މަސްތުވާތަކެތި ވެސް ވަނީ އިތުރު.

 6. ލެެޒނަހތ

  ފާރުގައި ޖެހުނު ސައިކަލުގައި މުލިއާގޭ ރާފުޅިތަކެއް

 7. އަހްމަދު

  މިފަދަ މީހުންނަށް އާސަންދައިން ބޭސްފަރުވާ ކޮށްދީގެން ނުވާނެ.