ހައި އެޗީވާސް އެވޯޑް ހާސިލްކޮށް ސްކޮލާޝިޕް ހޯދި 37 ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްފިއެވެ.

ތާޖުއްދީން ސުކޫލުގައި މިރޭ ބޭއްވި ހާއްސަ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޢެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމެވެ.

2017 ވަނަ އަހަރު އަހަރު ތައާރަފު ކުރި މި އެވޯޑް ގެ މަގުސަދަކީ ސާނަވީ އިމްތިހާނުތަކުން މަތީ ވަނަތައް ހޯދާ ދަރިވަރުންނަށް ސަރުކާރުން ސްކޮލާޝިޕް ގެގޮތުގައި ހިލޭ މަތީ ތައުލީމު ފޯރުކޮށްދިނުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓުރީން ހާމަކުރެއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމު ވިދާޅުވި ގޮތުގައި ރައީސް ޔާމިންގެ އިރުޝާދުގެ ދަށުން ތައާރަފް ކުރެވުން އެވޯޑް ގެ ސަބަބުން ދަރިވަރުންގެ މެދުގައި މަތީ ތައުލީމް ހާސިލްކުރުމަށް ސްކޮލާޝިޕް ހޯދުމުގެ މަތިވެރި އަޒުމް ދަރިވަރުންގެ މެދުގައި އަށަގަނެފައިވާ ކަމަށްށެވެ.

މިނިސްޓަރު ޝިހާމް ވިދާޅުވި ގޮތުގައި މަތީ ތައުލީމުގެ ފުރުސަތު ފުޅާކޮށް ދަރިވަރުންނަށް ފަހި ކޮށްދިނުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.

"މި ހަފްތާ ތެރޭގައި ވަނީ މަތީ ތައުލީމުގެ ލޯން ސުކީމް ގެ ދަށުން ހަސަތޭކައެއްހާ ދަރިވަރުންނަށް ލޯންދޫކުރެވިފަ. އަދި މިއަހަރުގެ ދެވަނަ ބުރުގެ ދަށުން 600 ފުރުސަތު ވަރަށް އަވަހަށް ހުޅުވާލެވިގެން ދާނެ" ޑރ. އައިޝަތު ޝިހާމްވިދާޅުވިއެވެ.

މިނިސްޓަރު ޝިހާމް އިތުރަށް ވިދާޅުވި ގޮތުގައި އަންނަ ހަފުތާ ތެރޭގައި ސަރުކާރުން ހުޅުވާލާ ސްކޮލާޝިޕްގެ ދެވަނަ ބުރުގެ ދަށުން 250 ދަރިވަރުން ނަށްކުރިމަތި ލެވިގެން ދާނެ ކަމަށް ޑރ ޝިހާމް ވިދާޅުވިއެވެ.

ޑރ އައިޝަތު ޝިހާމްގެވާހަކަފުޅު ނިންމާ ލައްވަމުން ވަނީ ސްކޮލާޝިޕް ހާސިލް ކުރި ދަރިވަރުންނަށް މަރުހަބާ ދަންނަވާފައެވެ.