23:23
މިއަދު ވެސް ރެކޯޑް އަދަދެއް: އިތުރު 967 މީހުން ފައްސިވެއްޖެ.
BREAKING NEWS: Miadhu Ves Record Adhadheh: Ithuru 967 Meehun Fassivejje https://t.co/dQmw71zO06
— Vaguthu Online (@VaguthuOnline) January 14, 2022
22:46
ހާލަތު ގޯސްވެ އެމެރިކާގެ ހޮސްޕިޓަލްތަކަށް ސިފައިން ނެރެފި
Haalath Goasve America Ge Hospital Thakah Sifain Nerefi https://t.co/dobRQj889L
— Vaguthu Online (@VaguthuOnline) January 14, 2022
21:49
މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ހާމަކުރުން ލަސްވާނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވެއްޖެ. އާއްމުގޮތެއްގައި ކޮންމެ ރެއެއްގެ 22:00 ގައި އެޗްޕީއޭ އިން އެދުވަހެއްގެ ކޮވިޑް އަދަދުތައް ހާމަކުރޭ. ނަމަވެސް މީގެ ކުރިން ވެސް ބައެއް ދުވަސްދުވަހު އަދަދުތައް ހާމަކުރުން ލަސްވެފައިވޭ.
21:30
ކޮވިޑް ޖެހިގެން ޒުވާނަކު ނިޔާވެއްޖެ.
BREAKING NEWS: Covid Jehigen Zuvaanaku Niyaavejje https://t.co/EaLJengQDk
— Vaguthu Online (@VaguthuOnline) January 14, 2022
21:01
އިސްރާއީލްގައި ކޮވިޑް-19 ވެކްސިންގެ ހަތަރު ވަނަަ ޑޯޒް މިހާތަނަށް ބައި މިލިއަން މީހުންނަށް ދީފައިވާ ކަމަށް އެގައުމުން ބުނެފި.
2 Hafthaa Thereygai Israel Gai Bai Million Meehunah 4 Vana Dose Dheefihttps://t.co/gRPulMI0sH
— Vaguthu Online (@VaguthuOnline) January 14, 2022
16:31
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހަތަރު ރަށެއް ބަންދުކޮށްފި
BREAKING: Miadhu Ekani 4 Rasheh Bandhu Kohffihttps://t.co/k1P9sKZnal
— Vaguthu Online (@VaguthuOnline) January 14, 2022
15:41
ށ. އަތޮޅު ފުނަދޫން ކޮވިޑް-19 ފެނިގެން އެރަށް ބަންދުކޮށްފި
BREAKING: Funadhoo In Bayaku Fassive, Rah Monitoring Ahhttps://t.co/CnvxNodNYm
— Vaguthu Online (@VaguthuOnline) January 14, 2022
14:06
އައްޑޫ ސިޓީން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19އަށް ފައްސިވެއްޖެ
BREAKING: Addu In Gina Adhadhegge Bayaku Covid Ah Fassi Vehjjehttps://t.co/6lPzqJbjlI
— Vaguthu Online (@VaguthuOnline) January 14, 2022
13:57
India Ge Avasheggai Covid Veydhana Eh Neii, Sirrakee Koba?https://t.co/YrkEsn3N60
— Vaguthu Online (@VaguthuOnline) January 14, 2022
09:56
ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހަން އެޕޮއިންޓްމަންޓު ހެއްދޭނެ.
Vaccine Booster Dose Jahan Appointment Hehdheyne https://t.co/3IAIp0urMC
— Vaguthu Online (@VaguthuOnline) January 14, 2022
09:46
ވެކްސިން މަޖުބޫރު ކުރަން އެމެރިކާ ސަރުކާރުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ހުއްޓުވައިފި.
Vaccine Majubooru Kuran America Sarukaarun Ninmi Ninmun Supreme Court In Huttuvaifi https://t.co/gWr3pD01aM
— Vaguthu Online (@VaguthuOnline) January 14, 2022
މިދިޔަ އަހަރުގެ މެއި މަހަކީ ރާއްޖެ އިން އެންމެ ގިނަ ބަޔަކު މިހާތަނަށް ކޮވިޑަށް ފައްސިވި މަހެވެ. މެއި މަހު ރާއްޖެ އިން އެވްރެޖްކޮށް ދުވާލަކު 1100 މީހުން ކޮވިޑަށް ފައްސިވިއެވެ. ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ބުރާސްފަތި ދުވަހު 800 އަށް ވަނީ އަރާފައެވެ. މިހާރު ކޮވިޑްގެ އަދަދުތައް އިތުރުވަމުން އަންނަ ގޮތައް ބަލާއިރު ރާއްޖެ އިން ދުވާލަކު ފައްސިވާ މީހުންގެ އަދަދު ދާދިއަވަހަށް ހާހަކަށްވުރެ މައްޗަށް އެރުމުގެ ފުރުސަތު އެބައޮތެވެ.
ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ތިބި މީހުންގެ އަދަދު ނިސްބަތުން މަދެވެ. މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ތިބީ 25 މީހުންނެވެ. ނަމަވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަނަމަ މިއަދަދު އިތުރުވެގެން ހިނގައިދާނެއެވެ.
ބުރާސްފަތި ދުވަހު ކޮވިޑަށް ފައްސިވި މީހުންނާއިއެކު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ ލައްކައަކަށް އަރާފައެވެ. މިހާތަނަށް ރާއްޖެ އިން 100451 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. ދުވަހުން ދުވަހަށް ކޮވިޑް ބަލި މީހުންގެ އަދަދު އިތުރުވަމުން އަންނައިރު މިހާރު ތިބި ކޮވިޑް ބަލިމީހުންގެ އަދަދަކީ 5118 އެވެ. މިއަދަކީ މިދިޔަ އަހަރުގެ ޖޫން 20 ވަނަ ދުވަހަށް ފަހު ރާއްޖޭގައި ކޮވިޑް ބަލި މީހުންގެ އަދަދު އެންމެ ގިނަވި ދުވަހެވެ.
ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.
މިވަރު ވެގެން ދާއިރުވެސް ސްކޫލް ހުޅުވަނީ ކީއްވެބާ
ތީ ސަރުކާރާއި ، އެޗް.ޕީ.އޭ އާއި ނޫސްވެރިން ގުޅިގެން އުފައްދާ ބިރުވެރިކަން. ތިޔަށްވުރެ މާ ރަގަނޅު ވާނެ ރާއްޖެއިން ބޭރުގައި ކެންސަރަށް ފަރުވާ ހޯދަނީ ކިތައް މީހުން ކަމާއި އެބަލީގައި މަރުވަނީ ކިތައް ދިވެހިން ކަމާއި ، އެބަލި ކޮންޓްރޯލް ކުރަން މަސައްކަތް ކުރިއްޔާ..؟ ދައުލަތުން ކިހާ ޙަރަދެއް ކުރަންޖެހޭ ކަމެއް އެއީ.. މިފަހަރު ރާއްޖެއަށް އައިސްގެން މިއުޅޭ ކޮވިޑަކީ އިންޑިޔާ އައުޓު ކެންޕެއިނާއި ، ކޮމަންޑޫ ދާއިރާ އިންތިހާބާއި ، ސުކޫލު ޗުއްޓީ ދުވަސްރާއި ގުޅުންހުރި ކޮވިޑުގެ ރާޅެއް. ތިކަން ނިމޭނެ މިތިންކަންތައް ނިމުނީމަ..
އަވަހައް މިސްކިއްތައް ބަންދުކުރޭ މިސްކިތައް ވަންނަމީހުން ޖުރުމާނާކުރޭ......
ސާބަހޭ ސާބަހޭ ، އެއްވަނައަށް ހިފަހައްޓާ ! މިއެއްޗެހީން ނިންދަވާލާފަ ވެރިކަމުގެ ނިޒާމާއި ، މުޅި ގައުމު މޯދީއަށް ވިއްކާލާ!!