ތިލަފުށީގައި ކުނި މެނޭޖްކުރުމަށް ހިންގާ ބިޔަ މަޝްރޫޢުގެ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައްލަވާލައްވައިފިއެވެ.

ރައީސް ތިލަފުއްޓަށް ކުރެއްވި ޒިޔާރަތުގައި، އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭގެ އިތުރުން ރައީސްގެ މިދަތުރުފުޅުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދުގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީގެ ވޭސްޓް މެނެޖްމަންޓް ޑިޕާޓްމެންޓެގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ވަނީ ތިލަފުއްޓަށް ވަޑައިގެން ތިލަފުށީގައި ސަރުކާރުން ހިންގާ ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރިއަށްދާގޮތް ސައިޓުތަކަށް ވަޑައިގެން ބައްލަވާލައްވާފައެވެ. އަދި މި ޕްރޮޖެކްޓުގެ މަސައްކަތްކުރިއަށްދާގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މާލޭ ސަރަޙައްދުގެ ކުނި މެނޭޖުކުރުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމަށް ސަރުކާރުން ހިންގާ "ގްރޭޓަރ މާލޭ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް" ސަރުކާރުން ރަސްމީކޮށް ލޯންޗުކޮށްފައިވަނީ 15 ޑިސެމްބަރު 2021 ގައެވެ. މިއީ ކުނި މެނޭޖްކުރުމުގެ ދާއިރާއިން ރާއްޖޭގައި މިހާތަނަށް ހިންގޭނެ އެންމެ ބިޔަ އެއް މަޝްރޫޢެވެ.

ދެ ފިޔަވަށްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޤާއިމުކުރުމަށް ނިންމާފައިވާ އިންފްރާސްޓްރަކްޗަރގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިސްތިއުފާ

    ރައީސް އިބޫ އިސްތިއުފާ ތިމާވެށި މިނިސްޓަރު ޝައުނާ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ތިމާވެށި މިނިސްޓަރު ޝައުނާ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ތިމާވެށި މިނިސްޓަރު ޝައުނާ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ތިމާވެށި މިނިސްޓަރު ޝައުނާ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ތިމާވެށި މިނިސްޓަރު ޝައުނާ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ތިމާވެށި މިނިސްޓަރު ޝައުނާ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ތިމާވެށި މިނިސްޓަރު ޝައުނާ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ތިމާވެށި މިނިސްޓަރު ޝައުނާ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ތިމާވެށި މިނިސްޓަރު ޝައުނާ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ތިމާވެށި މިނިސްޓަރު ޝައުނާ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ތިމާވެށި މިނިސްޓަރު ޝައުނާ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ތިމާވެށި މިނިސްޓަރު ޝައުނާ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ތިމާވެށި މިނިސްޓަރު ޝައުނާ އިސްތިއުފާ

    7
    2
  2. އ،އައުޓް

    މީނާމިތަނަށް ދިޔައީ ކޮންބޭނުމަކު. މިހެން މިއަހާލީ މީނާއަށް އެގޭ ކަމެއް ސެލްފީ ނެގުމާއި ވަށްރޮށިދެމުމާއި މީރުކޮށް ކުކުޅުރިހަ ކައްކަން ފިޔަވައި އިތުރު ކަމެއް ކުރަން އެގޭމީހަކަށް ނުވާތީ މީނާ ކުނިނަގާތަނަށް ދިޔާމަ ސުވާލު އުފެދުނީއެވެ. ވެދާނެދޯ އަލްބަމަށް އިތުރުކޮށްލުމަށްޓަކައި ސެލްފީއެއްނެގީކަމަށްވެސް.

  3. އ.އައުޓް

    ތިޔަތަން ބެލުމުންވެސް ހަމަ އަސަރުކުރާނީ. ތިޔަ ހުރިހާ އިކޮއިޕްމެންޓަކާއި ވެހިކަލެއް އަދި އުސޫލްތައް ކަޑައަޅާ މިގޮޑު މާލެ ތަހުޒީބު ސިޓީއަކަށް ބަދަލުކޮށް ދެއްވީ ހިތްތަކުގެ ރައީސް ޔާމީންއަބުދުލްގައްޔޫމެވެ. ދެން ބުނޭ ތިޔަވެހިކަލްތަކާއި މީހުންގެ ސަބަބުން ވާކަމެއް ނުވާކަމެއް ތިމަންނައަކަށް ނޭގެޔޯ. ތިމަންނައަށްވެސް ތިޔަކަހަލަތަނެއް އެޅިދާނެއޯ. ނޭގެނީ ފައިނޭންސްކުރަންށާއި ޕްލޭންކުރަންށާއި އޮޕްރޭޓްކުރަންށޯ.