ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ބައިވެރިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ރާއްޖެ އިން ފުރުވާލުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު އަހްމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރެއްވި ސިއްދީގު "ޗެނަލް-13" ގައި ވާހަކަދައްކަވަމުން އިއްޔެ ވިދާޅުވީ އަދީބުގެ އަނބިކަނބަލުން ފާތިމަތު ނަޝްވާ އާއި މިނިސްޓަރު އިމްރާނާއި މިނިސްޓަރު މަހްލޫފާއި މަހްލޫފްގެ އަނބިކަނބަލުން ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރ ނަޒްރާ ނަސީމް ޑިސެމްބަރ 30 ވަނަ ދުވަހުގެ ރޭ ބައްދަލު ކުރި ކަމަށެވެ.

އެބައްދަލުވުން އޮތީ މަހްލޫފް ދިރިއުޅުއްވޭ ގޭގެ ޓެރަސްގައި އެރޭ 09:00 ކަންހާއިރު ކަމަށް ވެސް ސިއްދީގު ވިދާޅުވިއެވެ. ސިއްދީގު ވިދާޅުވީ ބައްދަލުވުން އެރޭ މެންދަމު 01:30 އާއި ހަމައަށް ކުރިއަށް ދިޔަ ކަމަށެވެ. "އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހިނގާ ޖަރީމާގެ އަސްލަކީ އަހްމަދު އަދީބު ރަށުން ބޭރަށް ފުރުވާލުން. ދެވަނަ ކަމަކީ މިހާރު ކޯޓަށް ހުށަހެޅިފައި އޮތް އަހްމަދު މަހްލޫފްގެ މައްސަލަ ބޭރުކޮށްލާފައި އެމައްސަލަ އޮއްބާލެވޭނެ ގޮތަކަށް ރޭވުންތައް ރޭވުން." ސިއްދީގު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އެންމެ އިސްކޮށް ހުރި ކަމަށް ދައުލަތުން ބުނާ އަދީބުގެ މައްޗަށް ކުރިން ކުރި 30 އަށް ވުރެ ގިނަ ދައުވާ އަނބުރާ ގެންގޮސް، އޭނާއާ އެކު އެއްބަސްވުމެއް ހަދައި، ދައުލަތުން ކުރި ހަތް ދައުވާ ސާބިތުވުމުން އޭނާގެ މައްޗަށް ކުރީ 20 އަހަރުގެ ޖަލު ހުކުމަކާއި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ އެކެވެ. އަދީބުގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި ވީނަމަވެސް ރައީސް ސޯލިހަށް ވެރިކަން ލިބިވަޑައިގެންނެވިތަނުން އޭނާ ގޭބަންދަށް ބަދަލުކުރި ގޮތައް އަދިވެސް ހުރީ ގޭބަންދުގައެވެ.

އޭނާ ދިރިއުޅުއްވަނީ ހުޅުމާލޭގައި ހުންނަ އަމިން އެވެނިއު ފްލެޓެއްގަ އެވެ. ކަރެކްޝަންސް އިން ބުނާ ގޮތުގައި އޭނާ ގެއަށް ބަދަލު ކުރީ ސިއްހީ ހާލަތާ ހެދި އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިދުޤީ

    ޞިއްދީޤު ކިޔަން ވެސް ހެޔޮނުވާނެ. ހެޔޮ ނުވާނެ ޔަޤީން ނުވާވަރުގެ ވާހަކަ ފަތުރާ މީހެއް. މިހެން އުޅެނިކޮށް ކުރިންފަހަރުވެސް ކޮންމެވެސް މީހެއް މީނައަށް ހަމަލާ ދިނީ.

  2. Anonymous

    އަދީބުގެ ސިއްޚީ ހާލަތަކީ ގެއަށް ބަދަލުކުރަންޖެހޭ ފަދަ ސިއްޚީހާލަތެއްނޫން. އިމްރާ ބުނެފައިވަނީ އަދީބުގެއަށް ބަދަލުކުރީ ނިދާއިރު މެޝިނެއް ބޭނުން ކުރަން ޖެހޭތީކަމަށް. އެބުނާ މެޝިނަކީ އޭޕެޕް ނުވަތަ ސީޕެޕް މެޝިނަކީ ނިދާއިރު ނޭވައި ލުމަސ