ށ. އަތޮޅު ފުނަދޫން ކޮވިޑް-19 ފެނިގެން އެރަށް ބަންދުކޮށްފިއެވެ.
ފުނަދޫ ކައުންސިލް ރައީސް އަހްމަދު އިބްރާހިމްފުޅު "ވަގުތު"އަށް ވިދާޅުވީ، އެންމެ ފުރަތަމަ އެރަށުން ފައްސިވެފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު ފްލޫ ކްލިނިކަށް ދެއްކި ދެ މީހެއް ކަމަށެވެ.
އަދި އެ ވޭދަނައާއި ގުޅިގެން ކަރަންޓީން ކުރި އިތުރު ބަޔަކުވެސް ކޮވިޑަށް ފައްސިވެފައިވާކަަމަށްވެސް އަހްމަދު ވިދާޅުވިއެވެ.
އެހެން ނަމަވެސް އެރަށް މޮނީޓަރިންގް ހާލަތަށް ގެންނަން ޖެހޭ ސަބަބު ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކަރަންޓީނަށް ލާން ޖެހޭ ސަބަބެއް ނޭނގެ، ކައުންސިލަކަށް އަދި ނާންގާ".
އޭނާ ވަނީ އެރަށަށް އަތޮޅު ތެރެއިންވެސް މީހުން އައިސް އުޅޭކަންވެސް ފާހަގަކޮށްފައެވެ.
އެރަށް މޮނީޓަރިންގް އަށް ލާފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.
އެޗްއީއޯސީގެ މިޑީއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ވަނީ، މިހާރު ރާއްޖޭގެ ނުވަ ރަށެއް މޮނީޓަރިންގް ހާލަތަށް ގެނެސްފައިވާކަން ހާމަކޮށްފައެވެ. އޭގައި ވާގޮތުން އެންމެ ގިނަ ދުވަސްވަންދެން މޮނީޓަރިންގް ހާލަތަށް ގެނެސްފައި އޮތީ ތުލުސްދޫއެވެ. އެރަށް މޮނީޓަރިންގް ހާލަތަށް ގެނެސްފައި ވަނީ މިދިޔަ މަހުގެ 20 ަނަ ދުވަހުއެވެ.
ރާއްޖޭގައި މިހާރު ކޮވިޑަށް ފައްސިވާ އަދަދުތައް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން ފާއިތުވި ހަ ވަރަކަށް ދުވަސް ތެރޭގައި ދުވާލަކަށް ފައްސިވާ އަދަދުތައް މައްޗަށް ގޮސްފައިވާއިރު، މިހާރު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ ލައްކައަކަށްވުރެ މައްޗަށް އަރާފައެވެ.
ރައީސް ޔާމީން މިހަފްތާގަ ފުނަދޫ އަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފަ ވާތީވެ ރަށް ބަންދުކޮށްލީ.
ފުނަދޫ ބަންދުކޮށްލިއއަސް އިންޑިއާ މިލިޓަރީ ހަރަކާތެއް ނުހުއްޓުވޭނެ.
އިންޑިއާ މިލިޓަރީ އައުޓް
India Military Out
ޔާމީނުގެ ސަބަބުން މިސަރުކާރުގެ ތިބި އެންމެން ނަފްސާނީ ބަލިޖެހިއްޖެ، އަތުންފައިން ގޯސްހެދޭއިރުވެސް ނޭނގޭހާލުގަ ތިބީ.
ހަމަހަޖަންނުވެގެން ރައްބަންދުކޮއްލީ ސަރުކާރުން އުގައްދާގެން އުޅޭ ވަގު ކޯވިޑު ތިގޮތަ ކިހާދުވަހަކު ނަހަލާލު ވަގުސަރުކާރައް ހިފަހައްޓަންވިދާނެތޯ
ޢއިންޑިޔާ އައުޓް ކެމްޕެއިން މިއަދު ހަވީރު ބާވަން އުޅުނީމަ ބިރުގަތީ ދޯ؟
އިންޑިއާ އައުޓް ވަގުތުންވަގުތަށް އިންޑިއާސިފައިން ބޭރުކުރޭ.
ކކަލޯ އިބުރާހިމާ މޮޔަވެއްޖެދޯ...ރޔާމީން ސާބަސް...👋👋👋👋👋👋👋🇮🇳އިންޑިޔާ އައުޓް..