ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހަތަރު ރަށެއް ބަންދުކޮށްފިއެެވެ.

މިއަދު މެންދުރު ފަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަދު ހަތަރު ރަށެއް ވަނީ ބަންދުކޮށްފައެވެ. އެއީ ށ.ފުނަދޫ، ބ. ދަރަވަންދޫ، ދ. ބަނޑިދޫގެ އިތުރުން ލ. ގަމެވެ.

މިއާއެކު ކޮވިޑާއި ގުޅިގެން ބަންދު ކުރި ރަށްތަކުގެ އަދަދު ވަނީ 12 އަށް އަރާފައެވެ.

ފުނަދޫ ކައުންސިލް ރައީސް އަހްމަދު އިބްރާހިމްފުޅު "ވަގުތު"އަށް ވިދާޅުވީ، އެންމެ ފުރަތަމަ އެރަށުން ފައްސިވެފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު ފްލޫ ކްލިނިކަށް ދެއްކި ދެ މީހެއް ކަމަށެވެ.

އަދި އެ ވޭދަނައާއި ގުޅިގެން ކަރަންޓީން ކުރި އިތުރު ބަޔަކުވެސް ކޮވިޑަށް ފައްސިވެފައިވާކަަމަށްވެސް އަހްމަދު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ކޮވިޑަށް ފައްސިވާ އަދަދުތައް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން ފާއިތުވި ހަ ވަރަކަށް ދުވަސް ތެރޭގައި ދުވާލަކަށް ފައްސިވާ އަދަދުތައް މައްޗަށް ގޮސްފައިވާއިރު، މިހާރު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ ލައްކައަކަށްވުރެ މައްޗަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު