ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކުރިއަރުވައި، އެ ފަރާތްތައް ބާރުވެރިކުރުވުމަށް ގިނަ ބަޔަކު މިއަދު ވަކާލާތުކުރަމުން އަންނަކަމަށާއި، އެހެން ނަމަވެސް އެ ކަންކަމަށް ޢަމަލީ ސިފަ ގެނައުމުގެ މަސްއޫލިއްޔަތު އުފުލުމުގައި ހަރަކާތްތެރިވާ ފަރާތްތައް އަދި ވެސް މަދުކަމަށް ޖެންޑާ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

އެވިޑް ކޮލެޖްގެ "މާސްޓަރ އޮފް ޓީޗިންގ އިން އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން" ޕްރޮގްރާމް އިފުތިތާހުކުރުމުގެ ގޮތުން މިރޭ ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒެނީޝާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ކުއްޖަކު ވެސް ދުޅަހެޔޮކަމާއި އުފަލުގައި ހެދިބޮޑުވުމަށް މަގުފަހި ކޮށްދިނުމަކީ މުޖުތަމަޢުގެ އެންމެންގެ ކޮނޑުގައި އެޅިފައިވާ ފަރުދީ ޒިންމާއެއްކަމަށެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު މަސައްކަތްކުރާ ފަންނީ މީހުން ބިނާކޮށް، މި ދާއިރާގައި ޚިދުމަތްކުރާ ދިވެހިންގެ ދައުރު އިތުރަށް ފުޅާވެގެން ދިޔުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ޢާއިލާތަކަށާއި، ޤައުމަށް ނުހަނު ބޭނުންތެރިވެފައިވާ ކަމެއްކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

ސަރުކާރުގެ އިސްނެންގެވުމުގެ މަތިން ނުކުޅެދުންތެރިކަން ހުންނަ 270އަށް ވުރެ ގިނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށް ދެވިފައިވާކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަން ޙައްލުކުރުމަށް މިނިސްޓްރީން ތަފާތު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ،

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ދީފައިވާ ކުންފުނިތަކުގެ މެނޭޖްމަންޓާއި މުވައްޒަފުންގެ ތެރެއިން 500 އެއްހާ މީހުނަށް "ޑިސްއެބިލިޓީ ސެންސިޓައިޒޭޝަން" ޕްރޮގްރާމްތަކެއް ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނުކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ،

އަދި ސަރުކާރުގެ އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކި ދާއިރާތަކުން ތަފާތު ފުރުޞަތުތައް ތަނަވަސްކޮށްދިނުން ކަމަށް މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ުުިޮސޮނިފުހެަ

    ފޮނިވަަަަަހަކަ

  2. ުުިޮސޮ

    ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ