ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހެއްގެ ބޯ ފަޅައިގެން ގޮސްފިއެެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ރީތިގަސް މަގު ސެންޓްރަލް ޕާކް ކައިރިންނެވެ. މަންޒަރު ދުށް މީހަކު ބުނީ އެ މީހާގެ ބޯ ފަޅައިގެން ގޮސް ބައިވަރު ލޭ ފައިބާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ މީހާ ހުރީ ހެލްމެޓެއް އަޅައިގެންނެވެ.

ފުުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މަގުގައި ސައިކަލަކައި ކާރެއް ޖެހި އެކްސިޑެންޓްވެފައިވާ ކަަމުގެ މައުލުމާތު މިއަދު މެންދުރު 13:38 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން 34 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުންގ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އަދި އެ މީހާއަށް ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އޭޑިކޭއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަދި މި އެކްސިޑެންޓްގެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަމްސިއްޔާ

    ދުވަހަކުވެސް ތިޔަ ތަހުގީގުކުރާ އެކްސިޑެންޓްގެ ޚަބަރެއްވޭތަ؟؟ ތިޔަ ފުލުހުން އަޅެ ކުރަނީ ކޮންކަމެއްތަ؟؟ މަގެއްމަތިންފެންނަނީ ހަމައެކަނީ ސްޓިކަރ ޖަހަން ނުނީ ވެހިކަލް ބަލާ ފާސްކުރަން.

    31
  2. Anonymous

    އެކްސިޑެންޓްތަކުގެ ޒިންމާ ފުލުހުން ނަގަން އެބަޖެހޭ. ސަބަބަކީ އެމީހަކު ހިތުހުރި ބާރުމިނެއްގައި ހިތުހުރި ގޮތަކަށް މާލޭ މަޖީދީ މަގުގައި ދުއްވަމުންދާއިރު ވެސް، "ކަލޯއޭ ތިހެން ނުދުއްވާށޭ" ބުނެލާނެ ފުލުހަކު ވެސް ނުފެނޭ. ކުޑަކުދިން ގޮވައިގެން މަގުމަތީގައި އުޅެން ޖެހިފައިވަނީ ބިރުވެރިކަމާއެކު. މީހުން އޮފީހަށް ދާ ގަޑީގައި އަދި އޮފީހުން ނިމޭ ގަޑީގައި ބާރުބާރަށް ސައިކަލު ދުއްވާ ދުނިޔޭން ބޭރުގައި އުޅޭ ޒުވާނުން އެބައުޅޭ. ކީއްވެ ފިޔަވަޅު ނޭޅެނީ. ރައްޔިތުން ފެލާލަންވީމަ، ރައްޔިތުން ޖޫރިމަނާކުރަންވީމަ ވަގުތުން ފިޔަވަޅުއެޅޭ.

    32
  3. އާސިދާ

    އަދިވެސް ފުލުސް އޮފީހައް މީހުންގިނަކުރޭ ގިނަކޮށް ރައްޔިތުންގެ ޓެކްފައިސާ ހުސްކުރޭ ކުރާކަމެއްބުނެބަލަ...އެއްވެސް ކަމެއް އަމިއްލައައް ފެންނަ ޕޮލިހުންނެއްނޫން....

    • އަހްމަދު

      ދެލޯފުޅުންނޭ! އަންނައަހަރަކީ ރިޔާސީ އިންތިޚާބު އޮންނަ އަހަރު. ކޮންމެ ފަސް އަހަރަކުން އެއްފަހަރު ރާއްޖެއަށް ބަހާރު މޫސުން އަންނާނެ. މިހާރު މިއޮތީ ބަހާރު މޫސުން ފެށިފާ. ކުރިއަށް މިއޮތްތާނގައި ގަވާއިދާ ޚިލާފުވިއަސް ސްޓިކާވެސް ނުޖަހާނެ. މިމޫސުމުގައި އާދައިގެ ރައްޔިތުންކުރާ ކަންތައްތަކާ މާބޮޑަށް އަޅައެއްނުލާނެ. ސިޔާސީ ލީޑަރުން ފަހަތުންދުވެ އެމީހުންގެ ކުށެއް ފެނޭތޯ ބަލާ އެމީީހުން ހިފާ ހައްޔަރު ކުރެވޭތޯ މިމޫސުމުގައި ބަލާނީ. ކޮންމެ ސަރުކާރަކުންވެސް ކަންކުރާގޮތްއެއީ.

  4. ކޮރަލް

    ތަހުގީގު ކުރާތީ އިތުރު މައުލޫމާތު ދެވޭކަށް ނެތެވެ.