ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވުމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ށ. ފުނަދޫއަށް މިއަދު ވަޑައިގެންފިއެވެ.

ރައީސް ޔާމީން ފުނަދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ފުނަދޫގެ އިތުރުން މީގެ ކުރިން މާލެއާއި އަތޮޅު ތެރޭގެ އެހެން ރަށްތަކުގައި ވެސް ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ހަރަކާތުގައި ރައީސް ޔާމީން ވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.

އިންޑިއާއާއި މެދު އުފެދިފައިވާ މައްސަލަ؛

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވައި، އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ވެސް އިންޑިއާގެ ލޯނު އަދި އެހީ މެދުވެރިކޮށް އިންޑިއާގެ ކުންފުނިތަކުންނެވެ.

އިންޑިއާގެ އަސްކަރީ އެހީ ވަރަށް ބޮޑަށް ހޯދަން ސަރުކާރުން ނިންމިއިރު، އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބަލަހައްޓަން އިންޑިއާގެ ސިފައިން ވެސް ތިބެއެވެ. ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 ސިފައިން ތިބެއެވެ.

މީގެ ބޭނުމަކީ އިންޑިއާ އަސްކަރިއްޔާގެ ބެކްޔާޑެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުތައް ބޭނުންކޮށްގެން، އިންޑިއާގެ ޖާސޫސީ މީހުންނާއި، އަސްކަރީ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ބޭއްތިބޭނެ ގޮތް ހެދުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން ވެސް މި ކަން ދޮގު ކުރެއެވެ.

އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ދިވެހި ފަސްގަނޑުގައި ތިބުމާއި، ދިވެހި އިގްތިސާދު އެންމެ ގައުމަކަށް އެހާ ބޮޑަށް ބަރޯސާވެ އޮތުމުން ނުކުމެދާނެ ގޯހަކާ މެދު ބައެއް އާންމުންގެ ތެރޭގައި ވެސް ނުހަނު ކަންބޮޑުވުން އެބަ އޮތެވެ.

މި ކަމަކީ ޚާރިޖީ ތަޖުރިބާ ކާރުންގެ ކަންބޮޑުވުން ވެސް އޮތް ކަމެކެވެ. އިންޑިއާ އަދި ޗައިނާއާއި ދެމެދު ބޮޑު ވާދަވެރިކަމެއް އުފެދިފައިވާއިރު، ހަމަހަމަ ޚާރިޖީ ސިޔާސަތެއް ގެންގުޅުމުގެ ބަދަލުގައި، އެއިން އެއް ގައުމަކާ މާ ބޮޑަށް ގާތްވެ އަނެއް ގައުމާ ގުޅުން ގޯސްވުން ރަނގަޅު ނުވާނެ ތަޖުރިބާކާރުން ވިދާޅުވެއެވެ. ދުނިޔޭގެ "ޖިއޯޕޮލިޓިކްސް" ތެރެއަށް ދިވެހި ދައުލަތް ނުވަނުމަށް ތަޖުރިބާކާރުން ދަނީ ލަފާ ދެއްވަމުންނެވެ.

އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށާއި، ނިރުބަވެރި ހަރަކާތެއް ރާއްޖޭގައި ހިނގިޔަ ނުދީ ހުއްޓުވަން ބޭނުންވާ ވަރަށް އަސްކަރީ ގާބިލްކަން އިތުރު ކުރުން ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެއެވެ. މި ސިޔާސަތު ދިފާއު ކުރައްވައި، ސަރުކާރުގެ ބޭފުޅުން ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައުޓް

    އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އަައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އަައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އަައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އަައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އަައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އަައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އަައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އަައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އަައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އަައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އަައުޓް

  2. އައުޓް

    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  3. ސލ

    އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލަން!

    9
    1
  4. އިބްރާ

    އިންޑިއާއިން ރާއްޖޭގެ ދާޚިލީކަންކަމާއި ބެހެނީ ފާޅުގައި، އިންޑިއާ އަސްކައިއްޔާއާއިއެކު އެމްބަސީވެސް ފޮނުވައިލާ. ރާއްޖޭގައި އިންޑިއާގެ 30000 ރައްޔިތުން ބޮޑު މުސާރައިގެ ވަޒީފާގައިއުޅޭ. ރާއްޖެ ރައްޔިތުންނަށް ވިސާދަތިކޮށްފިނަމަ ހަމަހަމަކޮށް އިންޑިއާ ރައްޔިތުންނަށްވެސް ފިޔަވަޅުއަޅާ. ﷲ ޞވޢ އެކަލާނގެއަށް އަޅުކަންކުރާ މީސްތަކުންނަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެ.