ލ. ދަނބިދޫ އާއި ކަލައިދޫގެ ކޯޒްވޭ އެޅުން ލަސްވާތީ ކަލައިދޫ ރައްޔިތުން މުޒާހަރާ ކުރަން ފަށައިފިއެވެ.

މިމައްސަލައިގައި ރައްޔިތުން މުޒާހަރާ ކުރަމުން އަންނަކަން ކަލައިދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް މާޖިދު ވަނީ "ވަގުތަށް" ކަށަވަރު ކޮށްދެއްވާފައެވެ.

އެގޮތުން މާޖިދު ވިދާޅުވީ، ދެ ރަށް ގުޅުވާލާ ކޯޒްވޭ އެޅުން ލަސްވުމާއި ގުޅިގެން ކަލައިދޫ ރައްޔިތުން މިއަދު ހަވީރު މުޒާހަރާއަށް ނުކުމެފައިވާ ކަމަށެވެ.

މިއަދު ހަވީރު 4:00 އެހާކަންހާއިރު މި މުޒާހަރާއަށް ރައްޔިތުން އެއްވެފައިވަނީ ކޯޒްވޭ އަޅަން ނިންމާފައިވާ ސަރަހައްދަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މުޒާހަރާގެ ބައިވެރިން އަންނަނީ ކޯޒްވޭ އެޅޭނެ ތާރީހެއް ބޭނުންވާ ކަމަށް ބުނެ އަޑު އުފުލަމުން ކަމަށާއި ގިނަ ރައްޔިތުން މުޒާހަރާގައި ބައިވެރިވެފައިވާ ކަމަށެވެ.

"މުޒާހަރާގެ ބައިވެރިން ބޭނުން ވަނީ ކޯޒްވޭ އަޅަން ފެށޭނެ ތާރީހެއް" މާޖިދު ވިދާޅުވިއެވެ.

ދަނބިދޫ އާއި ކަލައިދޫ ކޯޒްވޭ އަކުން ގުޅުވާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ވައުދެއް ނަމަވެސް. ވެރިކަމަށް ތިން އަހަރު ވެގެން ދިޔައިރު ވެސް މިކަމުގެ އަމަލީ މަސައްކަތެއް ފެންނަން ނެތުމުން ގިނަ ރައްޔިތުން މީގެ ކުރިން ވެސް ދިޔައީ އަޑު އުފުލަމުންނެވެ.

ރައީސް ސޯލިހުގެ އިތުރުން ކުރީ ސަރުކާރުތަކުން ވެސް ވަނީ މިދެރަށް ގުޅާނެ ކަމުގެ ވައުދުވެފައެވެ. އެގޮތުން އެމަސައްކަތް ފެށުމުގެ ގޮތުން 2019 ވަނަ އަހަރު ވަނީ ސާވޭވެސް ހަދާފައެވެ.

ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދައި ނުދޭތީ އާއި މަޝްރޫއުތައް ހިންގުން ލަސްވެގެން މީގެ ކުރިން ވެސް އެކި ރަށްރަށުގައި ވަނީ މުޒާހަރާތައް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޙަަަހަ

  ޙުސް އަންހެނުން އުޅޭރަށެއްތަ ، ތިކަން ވާންއޮތީ ތިތާވެސް އިންތިހާބެއް އައިސްގެން

 2. ސަމްސިއްޔާ

  ދާއިރާގެ މަޖްލިސް މެބްނަރު ކައިރީގައި ބުނޭ އިސްތިއުފާދޭށޭ. އިންތިޚާބައް ތިކަން ވާނީ.

 3. ހުސޭނުބޭ

  ހާސްކަނޑާލަ! ތި ދާއިރާގެ ބައި އިލެކްޝަނެއް ބޭއްވޭތޯ އުޅޭ. ތި ދެރަށުގެ މަގުތަކުގައި ކާޕެޓްވެސް އަޅާދޭނެ.

 4. ވިސްނާލުމަށް އެދެމޭ

  ކުދިންނޭ އިންތިހާބެ ނެތެއްނޫން މަޑު ކޮއްލާ 2023އަންނަންދެން....މިސަރު ކާރަށް ރައްޔިތުން ފެންނަނީ އިންތިހާބެލައިގަތީމަ..

 5. ކޮމެންޓް

  ސާބަހޭ ކަލައިދޫ ރައްޔިތުންނަކީ އެކުވެރި ބައެއް…

 6. ނަޖުމް

  ތިކަން ކުރަން ބޭނުމިއްޔާ އމޕ ހަމީދުއަށް އިސްތިއުފާދިނުމަށް އަންގާ އޭރުން ތިކަންވެދާނެ ސޯލިހު ބުނި ތިކޯޒްވެޔާ އަށްޑުތޮޅާ ވިލިގިލި ތިފުށި ކޯޒްވޭވެސް އަޅާނަމޭ އަދިވެސް ގަގަ ރީދުކުލަ ލައިގެން އިދިކޮޅަށް ހަންދަމާ އޭރަން ތިކޯޒްވޭ އެޅޭނެ މިހާރުވެސް ކޮމަންޑޫ ކޮޒްވޭގެ އެއަޅަނީ ވަގު ކަރަޕްޓް ފައިސާ ހޯދައިގެން ބަޖެޓުގާނެއް ފައިސާ ހޯދައިގެން މިސްކިއްތަށް ފޮޅާސަފްކުރަނެ މީހުނަށް މުސާރަނުދެވި މިސްކިއްތަށް ވިރާނަވެދާއިރުވެސް އެބަލަނި އިންޑިޔަގެ ކަޅުފައިސައިން މިނިވަންކަން ވިއްކާލައިގެން ވެރިކަން ހޯދަން ހޭއަރާ ހޭއަރާ

 7. އުގުރި

  ތަނެއްގައި ހުރި ގަމާރަކާ ކަންކަން ހަވާލު ކުރީމަ ވަމުން ދާގޮއި ފެނޭތަ..

 8. ޑައެލޯގް

  ތިޔަކަންވެސް ވުމުގެ އަލާމަތްފެންނާނީވެސް އިންތިހާބެއް ބޯމަތިވީމައެވެ. އޭރަށް ބަޖެޓްގަނެތަސް ކަންނުވިއަސް ހުރިހައި މިނިސްޓަރުންނާއި މެމްބަރުންނާއި ސަރުކާރުގެ ޚަރަދުގައި ތިތަނަށްޖަމާވާނެއެވެ.

 9. ޢަލީ

  މާ މުހިއްމު މާގިނަވޯޓް ލިބޭނެ.