މި ސަރުކާރުގެ ހުރިހާ ކަމެއް ހިންގަނީ އިންޑިއާ ސިފައިން އަންގާ ގޮތަކަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެެވެ.

ށ. އަތޮޅު ފުނަދޫ ރައްޔިތުންނައި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އިންޑިއާ އަސްކަރިއްޔާ ޖެހޭނީ މި ގައުމުން ފައިބަން ކަމަށާއި، އެއީ މިހާރު ރާއްޖޭގެ އެންމެންގެވެސް އަޑު ކަމަށެވެ. ޔާމީން ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުން އެއްގޮތަކަށް ވުރެ އެތައް ގޮތަކުން ރަށްރަށަށް އުނދަގޫވާ ކަމަށެވެ.

"ހާއްސަކޮށް އިންޑިއާ ސިފައިން ތިބި ރަށްރަށުގެ ރައްޔިތުންނަށް، އަހުލުވެރިންަށް އިންތިހާ ދަރަޖައަށް އުނދަގޫވޭ، އެ އުނދަގޫ ކޮންމެ ދުވަހަކުވެސް ރައްޔިތުންނަށް ފޯރާ،".

ރައީސް ޔާމީން ވަނީ ހުރިހާ ނިންމުމެއްވެސް ނިމިގެން ދަނީ އިންޑިއާ ހައިކޮމިޝަންގެ ތެރެއިން ކަމަށް ތުހުމަތު ކުރައްވާފައެވެ.

"އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ މިހާރު ރާއްޖޭގެ ސަރުކާރުގެ އެއްވެސް ބާރެއް ދިވެހި ދައުލަތުގެ ކަންކަން ނިންމުމުގައި ނެތް ކަން، ހުރިހާ ކަމެއް ނިމިގެން މި ދަނީ އަތިރީގޭ ހުންނަ އެމްބަސީގެ ތެރެއިން، އިންޑިއާ ހައިކޮމިޝަންގެ ތެރެއިން ހުރިހާ ކަމެއް ނިމިގެން އަންނަނީ". ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ ސިފައިން ތިބި ހަނިމާދޫގައިވެސް ދިވެހި ދައުލަތުގެ ބާރެއް ނުހިނގާ ކަަމަށެވެ. އެގޮތުން ރާއްޖޭގެ މަތިންދާބޯޓެއް އެރަށަށް ޖައްސަން ދިޔަޔަސް އިންޑިއާގެ އަސްކަރިއްޔާގެ ހުއްދަ ލިބިގެން ނޫނީ ބޯޓު ނުޖެއްސޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާރު ސަރުކާރުން މިކަން ކުރަނީ އެއްގޮތަކަށްވެސް އަމިއްލަ އިހްތިޔާރުގައި، އަމިއްލަ ސިޔާދަތުގައި، ފުރިހަމަ މިނިވަންކަމުގައި، ގައުމުގެ ހައްގުގައި، ދައުލަތު ދިފާއުގައި، ރައްޔިތުން މަސްލަހަތު ހިމާޔަތް ކުރާ އުސޫލަކުން ނޫން. ހުރިހާ ކަމެއް ހިންގަނީ އިންޑިއާ އަސްކަރިއްޔާ އިން އިންޑިއާ ސިފައިން އަންގާ ގޮތަކަށް".

އެރަށުގައި ވަނީ "އިންޑިއާ އައުޓް" ކެމްޕޭން ހަރަކާތްތައްވެސް ކުރިއަށްގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އައުޓް

    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    15
    1
  2. އަވަށްޓެރިއެއް

    މި ބޭފުޅާ ނިދުމުގެ ކުރިން ވެސް 5 ފަހަރު އިންޑިޔާ އައުޓު ގޮވާފާ ނިދަނީ

    5
    20
  3. ޙަސަނު

    ތެދު ފުޅެއް

    15
    1
  4. ގަންނަމް

    ތިޔަވިދާޅުވީ ތެދެއް މިގައުމު ހިންގަނީ އިންޑިއާސިފައިން އަދި އެމީހުންގެ ގާނޫނު މިތާނގަ ހިނގަނީ ދުވަސްކޮޅަކުން އިންޑިއާގެ އަނިޔާވެރިކަން ޕޯޗުގީޒުންގެ އަނިޔާވެރިކަަށްވުރެ ނުބައިވާނެ އެދުވަހުން ރަށްޔަތުން ނުރޯތި އިންޑިއާގެ އަނިޔާވެރިކަން ފެނިފަ.........!

    22
    1
  5. ގަންނަމް

    ތިޔަވިދާޅުވީ ތެދެއް މިގައުމު ހިންގަނީ އިންޑިއާސިފައިން އަދި އެމީހުންގެ ގާނޫނު މިތާނގަ ހިނގަނީ ދުވަސްކޮޅަކުން އިންޑިއާގެ އަނިޔާވެރިކަން ޕޯޗުގީޒުންގެ އަނިޔާވެރިކަަމަށްވުރެ ނުބައިވާނެ އެދުވަހުން ރަށްޔަތުން ނުރޯތި އިންޑިއާގެ އަނިޔާވެރިކަން ފެނިފަ.........!

    17
    1
  6. ކަށްބެ

    ސޯލިހަށް ވެރިކަން ހަވާލުކުރީ އިންޑިއާއިން އެއީ ރައީސްޔާމީންއަށް ލިބެންއޮތް ވެރިކަން ފޭރިގަނެފަ އެހެންވީމަ އިންޑިއާ ބުނާކޮންމެ ކަމެއް ސޯލިހު ކުރަންތަށްޔާރަށް ހުރީ އެހެން ނޫންނަމަ ސޯލިހު މިގައުމުދޫކޮށް މިހާރުން މިހާރަށް ފިލާރަށްކާވާނެ

    20
    1
  7. ހަނދާންކުރާތި

    އިންޑިއާ ސިފައިން ރާއްޖޭން ބޭލުން އަދި ރާއްޖޭގެ ރިސޯރޓްސް ތަކުގައި ހުރި މެދު ފަންތި އާއި އަދި މަތީ ފަންތީގެ ވަޒީފާ ތައް ދިވެހިންނަށް ނުލިބިގެން އުޅެނީ އެއީ ސީދާ އިންޑިއާގެ އުނދަގުލާއި ހެދިއޭ އިންޑިއާ ސިފައިން އެބަޖެހޭ މީންސް ހުރި ގޮތެއްގައި ރާއްޖޭން ބާލަން އެކަން ކުރަން ޖެހޭނެއޭ ކޮންމެ ގޮތަކުން ނަމަވެސް ރާއްޖެ ދެވަނަ ސިއްކީމަށް ބަދަލު ކުރަން އިންޑިއާ ކުރިއަށް ލައިގެން އެމެރިކާ އާއި އިނގިރޭސިން އަޑީގައި ތިބެގެން މިގައުމުގައި ތިބި ގައްދާރުން ލައްވާ ކުރުވާކަމެކޭ އެކަން ހަނދާން ކުރާތި ކޮމަންޑޫ ދާއިރާގެ ރައްޔިތުން ހަދާން ކުރާތި ހަނދާން ކުރާތި ހަނދާން ކުރާތި

    17
    1
  8. ރަން ބުއްދި

    ގިނަގިނައިން ޕޯޑިޔަމް ތަކުގައި ވާހަކަ ދައްކާވާ... މަނިކުފާނައްވެސް ވެރިކަން ކޮއްދެވިއްޖެ..ދެން ހަމަޖެހިލައިގެން ހުނނެވިއްޔާ ރނގަޅުވާނީ... ވެރިކަމުގައި ކޮއްދެއްވި ވަރައްގިނަ ކަންތައް ރައްޔިތުން ބަލައިގަނޭ.

    3
    8
  9. ރާގޮޑިރާޖަ

    ޥަގުންބުނާގޮތްދޯ ހަދަންވީ.

    2
    18
  10. ކުޑައަލީ

    އިންޑިޔާއާ ދެކޮޅައް ކުރާ ކޮމެންޓެއް ވިއްޔާ މިހާރު ވަޤުތު ނޫހުގެ ކިޔުން ތެރިންގެ ޙިޔާލުގަ ޖަހާދޭކައްވެސް ނުކެރޭ ބިރުގަންނަވަރުން

    14
    2
  11. ރާއްޖެތެރެ

    އިންޑިޔާގެ ސަބަބުން ރައްޖެ ކުރި ނާރަނީ. މީ ދިވެހިން ދަންނަ ހަގީގަތެއް.

    19
    2
  12. ޗައިނާ ދިވެހިން

    ޑޮލަރު ދީގެން ސިޔާސީ މީހުން ގަނެލީ. އިންޑިޔާ އައުޓް. އިންޑިޔާ އައުޓް. އިންޑިޔާ އައުޓް

    15
    1
  13. ޑައެލޯގް

    ރަގަޅުވާހަކަފުޅެއްތިއީ. އިބޫއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމްކޮށްފައިހުރިމީހެކެވެ. އަދި ސަރުކާރުގެ އެއްވެސް ދާއިރާއެއް ހިންގިމީހެއްނޫނެވެ. މަޖިލީހުގަވެސް ގޮނޑިހޫނުކުރަންއިންބޮލެކެވެ. ވީމާ އޭނާއަކަށް ގައުމުހިންގަންނޭގޭނެއެވެ. ދެން އިންޑިޔާއިން އަންގާގޮތަކަށް ހިންގަނީއެވެ. އިންޑިޔާއިން ބޭނުންވީ ގަމާރު އެއްޗެއްނޭގޭމީހެއް ވެރިކަމުގައި ބައިންދާށެވެ.

    15
    2
  14. ޔަގީނޭ

    ފޮނަދޫ މޮނިޓަރިންގް އަށްލީ އެއީ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ވެގެން އިންޑިއާ އަޑީގައި އޮވެގެން ކުރާ ކަމެކޭ މިއިން މިއެގިގެންދަނީ މިރާއްޖޭގައި ދިވެހި ސަރުކާރުގެ އެއްވެސް ހައިސިއްޔަތެއް ނެތް ކަން ސާފުވެގެންދާ އެއްޗަކީ އެއީ މިސަރުކާރު ވެރިކަމަށް އައީ ރައްޔިތުންގެ ވޯޓަކުން ހޮވިގެން ވުމަށް ވުރެން ބޮޑަށް އިންޑިއާ އިން ވޯޓް އިން ވައްކަން ކޮށްދީގެން ކަމަށޭ ބެލެވެނީ އެއްގޮތަކަށް ވެސް ދިވެހިރައްޔިތުން ވޯޓްދީގެން ހޮވިގެން ވެރިކަން ކުރާ ރައީސެއް ނުފެނެއޭ އެމްޑީޕީ ވެރިކަމަށް އަންނަނީ ވޯޓްއިން ވައްކަން ކޮށްގެންނޭ އެއީ ހަމަ ޔަގީން ކަށަވަރު ކަމެކޭ...

  15. ފަލަ

    އިނޑިއާ އައުޓު ހަރަކާތް ހިންގުން ގިނަ ކުރަންޖެހޭ.އެހެންނޫނީ މިކަމެން ނުވާނެ.

  16. ސުއޭބު

    މީނަ މިހެން އުޅުފަ އިންނަނީ އިންޑިއާ ކުއްޖަކާ.