ށ. ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ދެ ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއާއި ކޮމަންޑޫގެ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތްވެސް ކުރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ.

އެމްޓީސީސީއާ އެ މަޝްރޫއުތަކުގެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެެވެ.

ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

އެގޮތުން މަތިކޮމަންޑޫގެ ބިން ހިއްކުމާއި، ކޮމަންޑޫ އާއި މަތިކޮމަންޑޫ ލިންކަކުން ގުޅާލާ މަޝްރޫއު އިފްތިތާހްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލެވެ.

ކޮމަންޑޫގެ އާބާދީއަކީ 1800އެވެ.

ޕްލޭނިންގ މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ދެރަށުގައި ކުރިއަށްގެންދާ މަސައްލަތުގެ ތެރެއިން ކޮަމަންޑޫގައި 1960 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުމާއި، 16.7 ހެކްޓަރުގެ ބިން މަތިކޮމަންޑޫގައި ހިއްކުމާއި، 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށި، ޖުމްލަ 353 މީތަރުގެ ބޮޑުހިލައިގެ ފައިކަށި، އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތިކޮަމަންޑޫގައި ގާއިމް ކުރުން ހިމެނެވެ.

އަދި 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅާލުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، ކޮމަންޑޫގައަކީ ބިން ފުރިފައިވާ ރަށަކަށްވުމާއެކު މީގެ ކުރިން ކޮމަންޑޫގައި ބިން ހިއްކާ، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއެއް ހިންގާފައިވާ ކަމަށެެވެ. ނަމަވެސް ކޮމަންޑޫ އޮންނަ ފަޅުގެ ސަބަބުން، ކޮމަންޑޫއަށް އެކި ފަހަރު މަތިން ރާޅުއަރާ، ހިއްކާފައިވާ ބިން ބޭނުން ނުކުރެވޭ ކަމަށް އެ މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

އެހެންވެ އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް، ކޮމަންޑޫގައި މިހާރު ގާއިމްކޮށްފައިވާ ތޮށި މަރާމާތުކޮށް ކޮމަންޑޫގެ ބިން ފުރިހަމަގޮތުގައި ބޭނުންކުރެވޭނެ ބިމަކަށް ހެދޭނެ އިތުރަށް ބިން ހިއްކައިގެން ކަމަށްވުމުން، މަތިކޮމަންޑޫން ބައެއް ހިއްކާ، އެދެރަށު ދެތޭރޭގައި ފާލަމެއް ލިންކަކުން ގުޅާލުމަށް މި މަޝްރުއުގެ ތެރޭގައި ރޭވިގެންދިޔަ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސަމްސިއްޔާ

    ކޮބައި އިއައިއޭ؟؟ ހަމަ އިންތިހާބަށް ނުފުޒް ފޯރުވުން. 3 އަހަރުވިއިރު އަޅައިވެސް ނުލައި މިހާރު ހަމަ ކުއްލިއަކަށް؟؟

  2. ސސ

    އެއްކޮޅުން ކޮވިޑް އަނެއްކޮޅުން ސަރުކާރުގެ މަތީލެވެލްގެ ވަފުދުތަށް ކޮމަންޑޫގައި ކެމްޕޭން ކުރަނީ، އެއުޅޭ އދ ގެ ރައީސުވެސް އިންޑިޔާކަޑުގެ ޖަޒީރާއަކަށް ގޮސް ކޮންމެސް ސިޔާސީ ޕާޓީއަކަށް ކެމްޕޭން ކޮށްދެނީ !

  3. އަހުމަދު

    ވަރަށް އުފާވޭ ރައްތަކަށް ތަރައްގީ އަންނާތީ، އެކަެމު ސަރުކާރުގެ ވެރިންގެ ތާކުންތާކުން ނުޖެހޭކަން މި ފާހަގަވީ، ވޯޓު ހޯދަން ބަޖެޓްގައި ނުޖަހާ، ތިޔައްވުރެ މުހިންމު ކަންކަން ރާއްޖޭގައި ހުއްޓާ 200 މިލިޔަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ހަރަދު ކޮއްލީމާ މި ހުރީ ބުނާނެ އެއްޗެއް ނޭންގިފަ، އަމީރު މަޖްލީސްގައި ދެން ކޮން އާދޭހެއްބާ ކުރަނީ ފައިސާ އެވަރުން ޖަހަން، ސަރުކާރުގައި ވަރަށް ފައިސާ ހުރި ކަމަށް ވަންޏާ!! ޢެއްމެ މަޖްލިސް ގޮނޑި ކެމްޕޭނަށް ތިވަރު ހޭދަކުރާނީ ވަރަށް ތާކުންތާކުން ނުޖެހުނީމަ، އެވެސް އެހާ ބޮޑު މެޖޯރިޓީ އޮއްވާ. ލޮލް!!

  4. ސަގީ

    ދިވެހި ރައްޔިތުންނައް އެބަފެނޭތޯ މި ސަރުކާރުގެ ދެފުއްދެގޮތް އަދި ބޭއިންސާފުކަން. ހަމަ ވޯޓެއް އަޅަން ޖެހޭއިރަށް މިފެންނަނީ ތަރައްގީގެ އަމަލުތައް ވަކި ރަށެއްގަ ޖައްސާގަންނަތަން. އެކަމަކު ސަރުކާރެއް ހޮވަނީ ހުރިހާރައްޔިތުންވެގެން މުޅިރާއްޖޭގެ ތަރައްގީ އިންސާފުވެރިކަމާއި އެކު ކުރިއައްް ގެންދިއުމައް. އެއްގޮތަކައްވެސް ވޯޓެއް ލާންޖެހުނީމަ އެއްތަނެއް ތަރައްގީ ޖައްސާފަ އަނެއް ރަށްރަށުގެ ކަންކަން ވޯޓަކާއި ޖެހުނީމަ އޮންނަ ބީދައަކުން ކަންކަން ހިންގާކަށެއްނޫނެވެ. އަދި މިއީ 21 ވަނަ ގަރުނުގެ ތަހުޒީބާއިވެސް ދުރު އަމަލުތަކެކެވެ. މިސާލަކައް ދެން އައްޑޫ ރައްޔިތުންވެސް ޖެހެނީ ވޯޓެއް އަންނަންދެން ތިބޭށެވެ. މިއީ ސަރުކާރުން ހިންގަން ހަވާލުކުރި ގޮތެއް ނޫނެވެ.

  5. ޔަގީނޭ

    ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންސް އާއި ދިމާކޮށް އެމްޑީޕީގެ މެނިފެސްޓޯ ގައި ނުވެސް ނެތް ވައުދެއް ކުއްލި އަކަށް ވައުދަކަށް ވެ އަދި ބަޖެޓް ގައިވެސް ނެތް ކަމެއް ކަމުގައިވާ މަތި ކޮމަންޑޫ އާއި ކޮމަންޑޫ ގުޅުވާލާ ވާހަކަ ރައްޔިތުން ދައްކާ އިރު އިލެކްޝަންސް ކަމިޝަން މިބުނަނީ އެއީ ވައުދެކޭ ވައުދު ފުއްދުން އެނުވާނެއޭ އިލެކްޝަން އަށް ނުފޫޒު ފޯރުވުމެއް މިހާވަރަށޭ ދެން އިލެކްޝަންސް ކަމިޝަން އެއް ފަރާތަކަށް ޖެހި ހުސްވާނީ މިއިން ދޭހަކޮށްދެނީ މިއިލެކްޝަން ނަތީޖާ އިލެކްޝަންސް ކަމިޝަންގެ މެމްބަރުން އިންޑިއާ އާއި ގުޅިގެން އޮޅާލާނެ ކަމަށޭ އެއީ ޔަގީން ކަމެކޭ...

    32
    1
    • ގައްދު

      މީދެން އަރަތެއްނު ކޮމަންޑޫ އެކަނިތަ އެދައިރާގަ ވޯޓުލާންޖެހެނީ ކޮމަންޑޫއަށް ގޮސް ދޮގަމަކަރާ ހީލަތުން ވޯޓުހޯދަން އެތެޅެނީ ދެން އެހެން ރައްތަކަކީ މޮޔާން އުޅޭ ގެރިބަކަށި ގެންގުޅޭ ތަނެއްތަ ތި ކަންތަށްތަށް ކުރަން ލާރި ހޯދައިގެން އުޅެނީ އިންޑިޔާއިން ފަންޑުކޮށްގެން ކަމަށް އަޑު އެބަފެތުރޭ ލާރިޔަށް ސައްކު ކުރެވޭ އެންޓި ކަރަޕްސަން ޕޮލިހުން މިކަންކަން ތަހުގީގު ކުރަންޖެހޭ އަޑެއްކިޔަންޔާ ކޮންމެވެސް ކަހަލަގެ ކަމެއް ހިނގަނީ އިންޑިޔާއިންހަރަދު ކުރާކަމަށް ޝައްކު ކުތެވެންޔާ ރައްޔިތުން ވިސްނާތިބޭތި ގައުމަށް ގައްދާރު ވާމީހުންނަށް ވެގެންދާނީ މޑޕ އަށް ދޭ ކޮންމެ ވޯޓަކީ

    • ވަޒީރެއާލާ

      އިލެކްޝަން ކޮމިޝަނުގެ މިހާރުގެ ރައީސަކީ އެމްޑީޕީގެ މުއްލާއެއް. އެމްޑީޕީން ކުރި މުޒާހަރާތަކުގެ އެންމެ ކުރީ ސަފުގައި މީނާގެ އަންހެނުން ހުރޭ.

  6. Anonymous

    މަވޯޓާ މޑޕ އަކައް ނުލިބޭނެއެވެ.

    30
    3
  7. އަހުމަދު

    މިއީ އުމްރާނީ ތަރައްގީ ބޭނުމެއްނޫނޭ ކިޔައިގެން އައި ސަރުކާރު. އަސްލު ރައްޔިތުން އުމްރާނީ ތަރައްގީ ބޭނުން ވާކަން އެމްޑީޕީ އައް އަބަދުވެސް އިނގޭކަމުގެ ހެއްކެއް މިއީ

    29
    1
  8. އައްޑޫ މީހާ

    މީ ހާދަ ބޯގަޅި ސަރުކާރެކޭ ! ދެން ހަމަ ވޯޓް ގަންނަނީ ތަންފުކެއް ބޮޑުވަރު ތިޔައީ ޚިޔާނާތް ދިވެހިރާއްޖޭގެ ރައްޔިތުންގެ ފައިސާއިން ނަހަމަ ގޮތުގައި ބޭނުން ކުރުން ތިޔަ މަޝްރޫއެއް ނުފެށިގެން ތެޅޭ އިރު ތިގޮތައް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މަޝްރޫއު ހިންގަބަލަ އަވަސް އަރުވައިގެން ބަޖެޓްގައި ނެތް ފައިސާއަކުން

  9. ރާއްޖެތެރެ

    އިންޑިޔާއިން ހުރިހާ ސިޔާސީ ޕާޓީތައް ގަނެލީ

  10. ހުސެން

    މިދެން ވިސްނާ މިމީހުންގެ ރޭވުންތެރިކަމެއްނެއްކަން ބަޖެޓް ނުކުރާ މެނިފެސްތޯގައިވެސް ނެއްކަމެއް ހޮނޑިއެއް ހޯދުމައްކުރާ ކަންކަން..މީވާ ނުލަފާ ބައިގަނޑެެއް....ކީއްކުރާނީ...އެވަރައް ބޯލައޭ