ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުޑަކުއްޖެއްގެ ހިތަށް ކެތީޓާއެއް ލައްވައިފިއެވެ.

އައިޖީއެމްއެޗުން ބުނީ، މިދިޔަ އަންގާރަ ދުވަހު ކެތީޓާއެއް ލައްވާފައިވަނީ ހިތުން ފުއްޕާމެއަށް ލޭ ފޮނުވައިދޭ ވޭލް ހިމަކަމުން ލޭ ދައުރުވުމުގައި ދަތިތަކެއް ހުރި ކުޑަކުއްޖެއްގެ ހިތަށް ކަމަށެވެ.

މި ޕްރޮސީޖާއަކީ "ބެލޫން ޕަލްމޮނަރީ ވެލްވުލޮޕްލާސްޓީ" އެވެ. މިއީ ފަޅައިގެން، އޯޕަން ހާޓް ސާޖަރީ ހެދުމުގެ ބަދަލުގައި ހަދާ އިންޓަވެންޝަނެކެވެ. ފުއްޕާހަމެއް ކަހަލަ އެއްޗެއް އެކުލެވިގެންވާ ކެތީޓާ ލެއްވުމުން ލޭ ހޮޅި ފުޅާ ވެގެން ލޭ ދައުރު ކުރުމަށް ފަސޭހަ ކޮށްދޭނެއެވެ.

މި ޕްރޮސީޖީއަށް ފަހު އެކުއްޖާ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދޭން ނުޖެހި ދޫކޮށްލާފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗުން ބުނީ، މި ޕްރޮސީޖާ ހެދުމުގައި އިސްކޮށް ހުންނެވީ ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. މުހައްމަދު ޝާނީޒް ނަޖްމީއާއި ހޭނައްތާ ޑޮކްޓަރު އަސަދު މުހައްމަދު ޝަހީދު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ފުރަތަމަ ފަހަރަށް ކުޑަކުއްޖަކަށް ތިފަދަ ޕްރެސީޖާއެއް ހެދިފަހަރޭ އަންގަން ބޭނުންވިއިރު ހަމައެކަނި ކުޑަކުއްޖެކޭ ބުނުމުން މައުލޫމާތު ފުރިހަމަ ނުވޭ، ކުއްޖާގެ އުމުރު ހާމަކުރުން ވަރައް މުހިއްމުކަމަށް ދެޖެން.

    3
    1
  2. ރޯސްމިލް

    ސާބަހޭ ރައީސް ޔާމިން .. ލައްކަ ސުކުރު

    4
    1
  3. ޙަސަނާ

    އައި ޖީ އެމް އެޗު ހޮސްޕިޓަލްގެ ހިދުމަތްތައް ކުރިއަރާދިއުމަކީ ދިވެހިރައްޔިތުންފަހުރުވެރިވާ ކަމެއް ތިފަދަކަންކަމައް ބޭރުގައުމުތަކައް ނުގޮސްވާކަމީ ލިބޭ ހިޔްހަމަޖެހުމެއް މަރުހަބާ އއޖމޗ ....

  4. ޣުލޭ

    ޢާއްމުކޮށް ފަރުވާކުޑަ، އިހުމާލުބޮޑު އަދި އޮޅުންބޮޅުން ބޮޑުތަނެއް ތިޔަ ހަސްފަތާލު ތީ. ތި އޮޕަރޭޝަން ގޯހެކޭ ނޫން މިބުނީކީ. އިޓް އިޒް އެޕްރިޝިއޭޓެޑް.