މިއަދު ވެސް ރާއްޖެ އިން ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. މިއަދު އިތުރު 967 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ.

މިއަދު މާލެ އިން 475 މީހުން ފައްސިވިއެވެ. އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 290 މީހުންނާއި ރިސޯޓްތަކުން 87 މީހުން މިއަދު ފައްސިވިއެވެ. އޭގެ އިތުރުން ސަފާރީތަކުން ދެމީހުން ފައްސިވިއެވެ. އަދި ވަކިރަށެއް ފާހަގަ ނުވާ 113 މީހުން މިއަދު ފައްސިވެފައިވެއެވެ.

މިއަދަކީ މިދިޔަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު 7505 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %12.88 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންނާއިއެކު ރާއްޖޭގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 5881 އަށް އަރާފައެވެ. މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން 22 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 203 މީހަކު މިއަދު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު އިތުރު މީހަކު މިއަދު ނިޔާވެ ކޮވިޑްގައި ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިއަދު ވަނީ 265 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފިޔަވަޅު

    ކޮމަންޑޫ ފިޔަވާ މުހިންމު އެއްވެސް ތަނެއް ކަމެއް މިހާރު ނެއް. .

  2. ލަންސިމޫ

    ސްލޫލްތަށް އޮންލައިން ކޮށްދެއްވާ މިހާލަތުގަ ކުދިން ނުގެންގެވޭނެ ސްކޫލަށް

    6
    2
  3. ސުންދުސީ

    ކޮމަންޑޫ ދާއިރާ އެކަނި އޮތީ ކޮވިޑްފުރީ ތަނަކަށް.އެހެންވެތާ ސަރުކާރުގެ އިސްވެރިން ފޫގަޅާފަ އެދާއިރާއަށްމިދަނީ.