މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، ރާއްޖެ އޮތީ 19 ވަނަ ގަރުނުގެ ތެރޭގައި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ށ.ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، މި ސަރުކާރުން ހަވާލުވިއިރު، ރާއްޖެ އޮތީ 19 ވަނަ ގަރުނުގެ ތެރޭގައި ކަމަށާއި މި ސަރުކާރުން ޖެހުނީ ރާއްޖެ 21 ވަނަ ގަރުނަށް ގެންނަން ކަމަށެވެ.

19 ވަނަ ގަރުނަކީ 1800ގެ އަހަރުތަކެވެ. 21 ވަނަ ގަރުނަކީ 2000ގެ އަހަރުތަކެވެ.

ފައްޔާޒު ވިދާޅުވީ، ރައީސް ސޯލިހު ކުރައްވާ ކަމަކީ ދިވެހި ރައްޔިތުން އެކިއެކި ރަށްރަށުގައި ކޮންމެހެން ބޭނުންވެފައި ހުރި ކަންކަން ކުރެވޭނެ މަގެއް ހޯދައި އެކަންކަން އަވަސް ކުރެވޭނެ ގޮތެއް ހޯދުން ކަމަށެވެ.

"ތިބޭފުޅުން އެއްވެސް ޝައްކެއް ކުރައްވާނެ ކަމެއް ނެތް. މި ހުރިހާ ދައްޗަކާއި ތަކުލީފަކާއި އެއްކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް އެދަނީ. އެތައް ޒަމާނެއް ވަންދެން ރައްޔިތުންނަށް ބޭނުން ވެފައި ތިބި ކަންކަން މާލޭގައި އިންނެވި ބޭފުޅެއް އާދޭސް ކޮށްގެން ރާއްޖެތެރޭއަށް ތަރައްގީ ބޭނުމެއް ނުވާނެއޭ ބުނެފައި އޮއްވާ އަޅުގަނޑުމެން އައިސް އިރާދަ ކުރެއްވިއްޔާ އެކަންކަން ކުރަމުން މިދަނީ" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، މާތްﷲގެ އިރާދަފުޅާއި އެކީ މި ސަރުކާރުގެ މި ދައުރު ނިމޭއިރު، ރައްޔިތުން ހިތް ފުރޭ ވަރަށް އެބޭފުޅުންގެ ކައިރީގައި އެދުނު ކަންކަން ހަމަޖެހި އެދިފައިވާ ހިދުމަތްތައް ލިބޭނެ ވަރު ކޮށްދެއްވާނެ ކަމަށެވެ. އަދި އެކަމުގައި ސަރުކާރުގެ ގާބިލު ކަމަށް ޝައްކު ނުކުރެއްވުމަށް ވެސް ފައްޔާޒު ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

54 ކޮމެންޓް

  1. އަލީ

    ކަލޯމެނައް ޒަމާން އޮޅުނީމަކާ ހައިރާނެއްނުވޭ!!! ތިޔާ ކޮންބައެއް؟؟؟ ތިޔަ އުޅޭފާޑުން ހިއެއްނުވޭ އުމުރު ދުވަހު ވެރިކަން ކުރިޔަސް ރައީސް ޔާމީނާ އަރާ ހަމަކުރެވޭނެހެނެއް!!! ބޭކާރު ވާހަކަ ގިނައީ...

    123
    • ޞުރާންތި

      ކަލޯ މިކަހަލހެ ބޯބުރާތި ކަންފަތް ކަނު ލޯބީރު މީހުނަށް ވާނުވާނެގޭ އަގަ އޮޅޭ މިހުންނަކަށް ނޭގޭނެ 50މިލިޔަން ރ ބަދަލު ނަގާ ގެއަށް ލީމަ ވަނީ މިހެން އެއަށް ވާވަރަށް ކޮސްގޮވަން ޖެހޭނެ ހިދުކޮޅުގަ ހުރީމަ ވަގޮތް ކީއްކުރާނީ ވަގުންނަށް ހީވާނީ އެހެންމިހުންވެސް ކުރާނީ ވައްކަންކަން ހުސް ވަގުން

      40
  2. Anonymous

    19ވަނަ ގަރުނުގައިވެސް މިގައުމުގައި ބުރިޖަކާއި ދަރުމަވަންތަ ހޮސްޕިޓަލްފަދަ ބޮޑެތި ހޮސްޕިޓަލްތަކާއި (ބޮޑެތި ހިތުގެ އޮޕެރޭޝަން އަދި އެމްއާރްއައި ސްކޭންގެ ޚިދުމަތްތައްވެސް ލިބޭ)، އަދި ހުސްނުވާ އާސަންދަ ، ސަލްމާނު މިސްކިތަކާއި 7000ފޮލެޓްގެ ހިޔާފްލެޓް ޓަވަރ، ބޮޑެތި އެއަޕޯޓް، ގްރޭޑް 3ންމަތީގެ ކޮންނެ ދަރިވަރަކަށް ޓެބްލެޓް ކޮމްޕިއުޓަރެއްވެސް މިގައިމުގައި ތިބިތަން ފެނުނީ މި ކޮރަޕްޓް ލާދީނީ ފައްޔާޒަށް އެކަނިބާއޭ ހިތަށްއަރާ!!!

    115
    1
  3. Anonymous

    ތަނަކަށް އަރައިފިއްޔާ ކޮންމެވެސްކަހަލަ ކޮހެއް ގޮވޭނީ

    120
    1
  4. ޢަޒު

    ފައްޔާޒް ތިހަދާ ދޮގުތަކަށް ޖަވާބްދާރީ ވާންޖެހޭނެ ދުވަހެއް އޮތްކަން ހަނދާން ކުރާތި ކަލޭމެން ވެރިކަން ވަގައްނެގި އިރު މިގައުމުއޮތީ ވ ތަރުތީބްކޮށް ރައްޔިތުން ތިބީ ފުދިގެން

    112
  5. Anonymous

    މިހާރު 21 ވަނަ ގަރުނުގެ ވައްކަން ދޯ ، ތިޔަ ކިޔަނީ ބޯގަންވިލާ، ކެނެރީ ، ކެރަފާ، މީ ރާއްޖެގެ ހަލާކު

    105
  6. ފައިސް

    ނަވާރަވަނަ ގަރުނުގަ 27 ބުރީގެ އިމާރާތާއި ކަނޑު ހުރަސްކޮއް އަޅާފަ ހުންނަ ބުރިޖު އަދި ބޮޑެތި އެޔާޕޯޓު ތިބިތޯ.؟ ފާޅުގައި ކަނޑައެޅިގެން އާންމުވާގޮތައް ހަދާ ދޮގުގެ ނުބައިކަމައއ ރައްކައުތެރިވެ ތިމާގެ އާޚިރަތާއިމެދު ވިސްނުމަކީ ބުއްދިވެރީން ކުރާނެ ކަމެކެވެ.

    102
    1
  7. Anonymous

    އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީގެ ޅެމެއްގައި ވިދާޅުވެފައި ވެއެވެ.

    ގޮހޯ މިހުރީ މިތާ ވަލުގައި،
    އޮހޯ އަޚުނޭ މަށަށް އަދުގައި،
    ފޮހޯ ކޮށެނީ ޅިހަށް ކަމުގައި،
    ޅޮހޯ ރަނގަޅީ ޅޮހޯ ރަނގަޅީ.

    31
    • ބެއްޔާ

      ކޮހޯ މިގޮލާ އަބަދު ގޮވަނީ.

  8. Anonymous

    ރޯމާދުވާލު ތިކަހަލަ ބޮޑެތި މާސިންގާ ދޮގު ބިންދާލާތީއޭ މޑޕ ދެކެ ރައްޔިތުން މިހާރު ރުޅިއަންނަނީ.

    39
  9. ދާސިމް

    މިސޮރުހަމަހޭގައިބާމިހުންނެވީ މަހާޖައްރާފަކީވެސް 15ވަނަގަރުނުގެެއެއްޗަކުން ތިތަންތަންހިއްކަނީ!

    38
  10. އަހުމަދު

    ގައުމު މިހާރު ދަރާ ވިކިއްޖެ. ދެންވެސް އެމްޑީޕީގެ ކިބައިން މިގައުމު އެކަށް ސަލާމަތް ވޭތޯ މަސައްކަތް ކުރަންވީ

    34
  11. އިރުފޮހޭ އިބުރޭ

    އެހެންވީމަނޫންތޯ އެންމެ 2000 ހާވޯޓް ހޯދަން މުޅި ސަރުކާރު ތިޔަ އުޅެނީ ހިޔާފުލެޓްގައި 6500 ހާފުލެޓް ގަކިތައްމީހުންްތޯ އުޅޭނީ ގާއްގަނޑަކައް 60000 ހާވޯޓް ހޯދަން ހިޔާފުލެޓްތަކުގެ ފިނިށިން ނިންމާލަ ނުދެވުނު ސަރުކާރައްވާ ގެއްލުންބަލާފައި ވީމާ ކަލްކިޔުލޭޓް ކޮއްލާއިރު ތިޔަތިބެވެނީ 17ވަނަ ގަރުނުގަ އެހެންނޫނީ 2000 މީހުންގެވޯޓްހޯދާކައް ނުފޯރާފޮތިން ފޫގަޅައިގެންނެއް ނޫޅޭނެ ނެތްބަޖަޓަކުން އެތައްމިލިޔަން ރުފިޔާ ޙަރަދުކޮއް 2000 ހެއްހާވޯޓްހޯދާ ކައް ނޫޅޭނެ 22ވަނަގަރުނުގަ ތިއްބެވިނަމަކަ ވައްތަރީ ޕުރޮޖެކްޓްތަކުން ޖީބްފުރާލަން އުޅުއްވާހެން ދިޔާނާވިދާޅުވާފަދައިން ކީއްތޯކުރާނީ އެމީހަކައް ދައްކަވަން ހުރިކަމެއް ދައްކަވާފައި މަރުގަންނަވާނީ

    32
    1
  12. މަބޭ

    ހިތުންމޮޅުވާހަކައެއް ދައްކާލީ ހަމިއްލެޔައް އޮރިޔާންވާއިރު ނޭންގޭހާލުގަ ތިޔަތިއްބަވަނީ

    33
    1
  13. ހުޒާމް

    މިމީހުންނަކައް ހަމަޖެހޭ ވާހަކައެއް ދައްކަން ނޭންގޭނެކަމީ އަހަރެމެންނައް ކުޑަކޮއްވެސް ޝައްކުވާކަމެއްނޫން އަސްލުގަ އެގޮތައް އެވާހަކަ އެދައްކަނީކީ ބަޔަކައް އޮޅުވާލާކައްނޫން ކިޔޭނުކިޔޭ އެއްޗެއް ނޭންގި ދެއްކޭ ވާހަކަ އެއީ

    28
  14. ހުސޭނުބޭ

    އެހެންވީމާ ކަލެއަކީ ސްޓޯން އޭޖްގެ ޖާހިލެއްތާ؟ ނަސީބެއްނު ޖަންގަލީ ތެރޭން ނުކުމެގެން އައިސް 18 ވަނަ ޤަރުނު ލޮލުކޮޅަށްވެސް ފެނުނުކަން

    24
  15. މޫސާ

    މިސަރުކާރު 19ޔަކުން ނާރާނެ އެޖެންޑާ19. ކޮވިޑް19...19ވަނަ ގަރުނު ދެންބޭ ތިހެންކީޔާލަ ކިޔާލަ

    25
  16. ރާއްޖެތެރެ

    ރައިސް ޔާމިން އެ،މްޓީސީސީ ކޮޅައް ޖަހާދިނީމަ އެމްޑީޕީ މީގެ ފައިދާ ނެގުމަކީ ގޯހެ.

    26
  17. Anonymous

    ސިކުނޑި ކޮބާތަ

    26
  18. ސަމީ

    19 ވަނަ ޤަރުނު މާ ތިޔާޤި މާ ތަރައްޤީ މާ ރަނގަޅު ....މީ ހާދަ ލަދު ކުޑަ މީހެކޭ

    31
  19. Anonymous

    އިބުރާހިމް ވެރިކަމަށް އައީ މީލާދީން 700 ވަނަ އަހަރު..ކަލެއަށް ވަޒީރުކަން ލިބުނީ މީލާދީން 200ވަނަ އަހަރު..އޯކޭތަ؟

    29
  20. އެހެންވެ

    އެންމެ ވިސްނުމެއްނެތް މީހާވެސް ގަބޫލުނުކުރާނެވަރުގެ ދޮގުތައް ހަދާބައިލަނީ އަދިމިނޫން ދުވަހެއްވެސް އެބައޮތްކަމާއި އެދުވަހުން ޖަވާބުދާރީވާންޖެހޭނެކަމުގެ ކުޑަވެސް ފިކުރެއް ނެތީމާތާ.

    23
  21. ބޯދުޅަ

    ކަލޭ ހަވާލުވިފަހުން 19 ވަނަ ގަރުނުގެ ތެރެއައް ވެއްޓުނީ ކަމެއް ނުކުރެވޭ ތާގަ ފޮނި އަނގަ ތަޅާތި

    21
  22. ދިދަ ދަނޑި

    ރާއްޖެ އޮތްތަ؟؟

    21
  23. ސޫއޫދު

    ޢިބުރާހީމާގެ ނަމެއްނޮއޮށްނާނެ ވޯޓްކަރުދާސްކޮޅުގަ 2023ގެ އެއްމެލަދުވެތިކޮއްބަލިވާނެކެބިނެޓާރައީސްމީ ވެރިކަމުގަހުރެ ވޯޓްފޮއްޓާހަމަޔައްނުދެވި ޕާޓީތެރެއިން ބަލިވާ ފުރަތަމަމީހާއަތްވާނެ ތާރީހުގެލިއެވޭނެ މަޖާދުވަހަކައްވާނެ ޕީޕީއެމްސަޕޯޓަރުން ލިނަރަލްވޯޓާ ހުސްކުރިފުޅިން ބޭންޖަހާނެ އެދުވަހު

    17
  24. އަލިބެ

    ދެން ކީއްކުރަން އެހެންވިއްޔާ ޞޯލިހު އެހާ މަކަރު ހަދައިގެން ވެރިކަމަށް އައީ؟ ޙަމަ އެކަނި މުސާރާ ކާލައިގެން އިންނަންތ؟ ރައްޔިތުން ބޭނުން ވާ ކަންތައް ނުކޮށްދެވެންޏާ ކޮސް ނުގޮވާ ވެރިކަމާ ދުރައްދޭ؟ ހީވީތަ ސޯލިހު ވެރިކަމށް އަޢީ ހަމަ އެކަނި އިނާޔަތް ހޯދަން ކަމަށް؟

    16
  25. ކޮއްޔާ

    ހަމަ ހޭގައިތަ ؟؟ މީނާގެ ޔޫރީން ޓެސްޓްއެއް ހަދަމާ !!

    15
  26. މޮރިލް

    މިކަހަލަ އިކޮނޮނޮމިސްޓުން ޒިކުރާމިސްކިތްކައިރީވެސް ތިބޭނެ ބައިވަރު ،،،،،

    20
  27. ޑައެލޯގް

    އެހެންވެއްޖިއްޔާ 19 ގަރުނުމާރަގަޅެވެ. 19 ގަރުނުގަ
    1. އެމްއެމްއޭ ޚަޒާނާއިތުރުވި
    2. ޖީޑީޕީ މަތިވި،
    3. ޖީއެމްއާރުގެ 400 މިލިއަންޑޮލަރު ދަރަނިދައްކާ 1 ބިލިއަންޑޮލަރުގެ ބިޔަ ޕްރޮޖެކްޓް އެއާޕޯޓް ތަރައްގީކުރަން އަމަލީގޮތުންފެށުނެވެ.
    4.ބްރިޖްއެޅި، ދަރުމަވަންތަ ޓަވަރު، ހުޅުމާލޭފޭސް 2 އަދި ބައިވަރު ފްލެޓް، އެއާޕޯޓްތަކާއި
    ބަނދަރުތަކާއި ފެނާއި ނަރުދަމާތަކާއި މަހާޖައްރާފް، އެންމެބޮޑު ތެޔޮބޯޓު، ހުސްނުވާ އާސަންދަ، ހުރިހައިރަށެއްގައި ބޭސްފިހާރަ، ތަކެތި އަގުހެޔޮ ޑޮލަރު 15.42 ގައި މިހެންގޮސްބައިވަރު
    އެކަމު ކަލޭމެންތިބުނާ 21 ގަރުނުގަ، ޑޮލަރު 18ގަ، 118 ދިން ނޫޑުލްކޭސް 145އަށް، 145 ދިން އިންޑޯމިލްކްކޭސް 180 އަށް، 500 ދިން ރާމަންކޭސް 800 އަށް މިހެންގޮސް ތަކެތި އަގުމަތިވެ ރިޒާވްދަށްވެ ރައްޔިތުންބިކަވިއެވެ.

    21
  28. ދަންބެރު

    ކަލޯ ތެދުބުނަން ނޭނގެންޏާ ކަލޯއަށް ބުނެވޭނީ ހުސްދޮގު ވެރިކަން އިންޑިއާލަށްވަ ފޭރިގަނެގެން ވެރިކަމަށް އައިއިރު އެމްއެމް އޭގަ ރައީސްޔާމީން ބަހަށްޓާފަހުރި ފައިސާތަށް ޓީބިލް ގަންނަން އިންޑިއާބޭންކަށް ވިއްކާލީ އޭގެ ފަހުގަ ގައުމު މިއޮތީ 10 ވަނަގަރުނަށް ވެއްޓިފަ ކަލޯ ހިނގާބަލަ މަ ކަލެޔަށް ދަށްކާނަން 10 ވަނަ ގަރުނު ކަލެއަށް ތިއޮތީ ގަރުނުވެސް މާޒީވެސް ތާރީހުވެސް އޮޅިފަ އޮޅޭ ސަރުކާރުން 10 ވަނަ ގަރުނަށް ވެއްޓި ބަޔަކަށް މިލިއަނުން މުސާރަ ދިން ހަނދާން އެބަހުރިތަ؟؟؟؟؟؟ 😂😂😂😂😂

    20
  29. ކޮސްބެ

    ކަލޯ މިސަރުކާރު މިއޮތީ 9 ވަނަ ގަރުނަށް ވެއްޓި ރަށްޔަތުންގެ އަނގަޔާ އަތާ ދިމާނުވެފަ ރާއްޖޭގަ ހޮސްޕިޓަލްތަށް ވަނީ ރަށްޔަތުންނަށް ހިދުމަތް ނުދެވޭވަރަށް މެޝިނަރީސްތަށް ހަލާކުވެފަ ޑޮކުޓަރަށް ދަށްކަން ރާއްޖެތެރޭ މީހުން މިޖެހުނީ އުނދަގުލުން މާލެ އަންނަން އައިއިރު ސަރުކާރުގެ ހޮސްޕިޓަލަކު ޑޮކުޓަރެއް ނަރުހެއްނެތް ކިއު އެހާދިގު ދެން ޖެހުނީ ކުލިނިކަށް ދަށްކަން ކުލިނިކުން ބަލަނީ 600 ރުފިޔާއަށް އާސަންދައަށް 300 ކެންޑާފަ ލަދުކޮބާތަ ކަލޯ ދޭބަލަ ހިންނަވަރަށް މަހަށް ކަލޯ.

    17
  30. Anonymous

    19ވަނަ ގަރުނުގަ ނޯނޭމް ސިޓީ އޮތް ހިސާބުގަ ތިބީ ކަލެޔައި ކަލޭގެ އާއިލީ މީހުން ދިވެހިން ތިބީ 21ވަނަ ގަރުނުގަ

    17
  31. Anonymous

    19 ވަނަގަރުނުގަ އަބޫޖަހުލުހުރި ހިސާބުގަހުރީކަލޯ ދިވެހންތިބިީ 21ވަނަ ގަރުނުގަ ދިވެހިންގެ ތެކުހުން މުސާރަނަގައިގެންހުރ ކލެއައް ދިވހިންނައްމލާމާތްނުކުރެވޭނެ

    19
  32. ގލ

    އެންމެ ސުވާލަ ކަށް ޖަވާބު ދީބަލާށެވެ. ފައިސާ
    ޗާޕް ކޮށްގެން މެޑެލް ޖެހީ ކޮން ގަރުނެއްގައިތޯ؟
    ސަރު ކާރުގެ އާމްދަނީ އިތުރު ކުރަން ކުރި ކަމަ ކީ ކޮބައިތޯ؟
    އިސްރާފު ކުރުމާއި ތަޅާބުރުއްސުން ހުރީ ކިތައްބިލިއަންގައިތޯ؟
    ވަގަށާއި ދިގަށް ނަގާފައިވަނީ ކިތައްބިލިއަންތޯ؟
    މިސުވާލުތަ ކަށް ޖަވާބު ދިނުމުން އާދެވުނު ގަރުނު އެނގޭނެ
    އެވެ.

    19
  33. މެލޭ

    ތިމާގެ އިސްކޮޅަށް ވުރެ ދުރު ނުފެންނަ ބަޔަކަށް ކޮން ތަނެއް ފެންނާނީ! ތިތާ މުޅިންވެސް އުޅޭނީ ގުނބޯ!!

    18
  34. ޕޫޕްސީ

    ވ ފޫހިވާ މީހާ ގަނޑެއް

    15
    1
  35. އާސިދާ

    ތިޔައީ ކުދިންކޮޅު ހަލާކުވެން ގޮސްފައި ހުރި ގެއެއް އެވެރިންނައް އެއްޗަކީފައިސާ ކޮންމެ ގޮތަކައް ލިބުނަސް ދުނިޔެވެސް ކެވެންޏާ ކާލާނެ..

    18
  36. އއސ

    19 ވަނަ ގަރުނު މާރަގަޅޭ

    10
  37. ކަމަނަ

    މިހާރު ރާއްޖެ އޮތީ 18 ވަނަ ގަރުނުގަ

    10
    1
  38. ފުއާދު

    ރަނގަޅު ވާހަކައެއް. ތަރައްޤީ ވާން ޖެހޭނީ ބުރިޖާއި ފުލެޓަކުން އެކަންޏެއްނޫން. ސިޔާސީ އެތައްބަޔަކު ހައްޔަރު ކުރެވި ގައުމު ބޮޑު ބިރުވެރި ކަމަކަށް ވައްޓާލި. ކޮމަންވެލްތާ ވަކިވެ ގައުމުތަކާ ގުޅުންކެނޑި ދުނިޔޭގަ އެކަހެރިވި. އަނިޔާވެރިކަން އިންތިހާއަށް ދިޔަ.

    2
    20
    • ބެއްޔާ

      ފުއާދަށްވެސް އެއްބަސް ވެވިއްޖެ ޔާމީނު ރާއްޖެ ތަރައްގީ ކޮށްދިންކަން.

  39. ޜަނާ

    ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް ދުވަސްވީ ވަރަކަށް ދާނީ ތަރައްގީ ވަމުން. އެކަމަކު އެހެން ބަޔަކު ވެރި ކަމުގަ ތިބިނަމަ ދައުލަތުގެ ޚަޒާނާ ހުރި ތަނުގަ ހުންނާނީ ވަޅުގަނޑެއް ނޫން. ގައުމު ބަނގުރޫޓު ކޮށްލާފައެއް ނޫން ތަރައްގީ ގެންނާނީކީ.

    13
    2
  40. އަހުމަދު

    މިސަރުކާރު ހަވާލުވިއިރު ބައެއް މިނިސްޓަރުން ތިބީ ދަރަނިވެރިންގެ ގޮތުގަ އެކަމު މިހާރު މިލިޔަނަރުންނަ ބަދަލުވެއްޖެ އެއީ ވަރަށް ބޮޑު ކުރިއެރުމެއް.

  41. ފާފު ދާލު.

    22 ވަނަ ގަރުނަށް މިމީހުން އިޚުތިޔާރު ؛ކުރީ އަޅުވެތިކަމާއި، ދީނީ ފުރައްސާރަ އާޢި މިސްކިތްތަކުގެ ޙުރުމަތް ކެނޑުން ފަދަ ނުބައި ޖަރީމާތައް.

  42. ެެނޫ މެެން

    އޭރު އޮތީ މިނިވަންކޮށް މިހާރު ވަނީ އަޅުވެތިވެފަ.ތިބުނާ ނަވާރަ ވަނަ ގަރުނުގަ މާ ރަނގަޅު.

  43. އިބްރާހިމް

    އަޅުފަނޑުމެން އެއްވެސް ރައްޔިތަކު ޝައްކެއް ނުކުރަން. ރައީސްވިދާޅުވިގޮތަށް ތިލަމާލެ ބްރިޖްވެސް އެއޮށްދަނީ ނިމެމުންނޫންތޯއެވެ؟ޝައްކުކުރާނެތޯއެވެ މިކަމަށް. އިންޑިއާ ސިފައިންވެސް މިރާއްޖޭގައި ނޫޅޭކަމަށް ސަރުކާރުން ވިދާޅުވެފައި އަނެއްކާ އިންޑިއާ ސިފައިން ތިބިކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވާތީ ރައްޔިތުންތިބީ މިކަމަށް ޖަވާބުދޭން ތައްޔާަށެވެ. ކުރަނީ ޔަޤީނެވެ ޝައްކެއްނޫނެވެ.

  44. އެދުރު

    19 ވަނަ ގަރުނުގައި ގެންގުޅުނު މަހާ ޖައްރާފުން 21 ވަނަގަރުނުގައި ހުރިހާ ކަމެއް ކުރަނީ.

  45. ކިނބޫ

    އެހެންތަ! އެހެންވިއްޔާ 15 ވަނަ ގަރުނުގަ ރާއްޖެ އޮންނާނީ މިހާރު މިއޮތް ގޮތައްތާ! ތަސައްވަރު ކޮށްލަން ފަސޭހަ ކޮށްލަ ދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ!

  46. ސިޑް

    ނޫނޭ ދޮގުހަދަން ކުޅަދާނަ ރައްޔިތުންނަށް ވަރަށް ރަނގަޅަށް ކަންތައްތައް ވަމުންދާގޮތް ސާފު ގަޑިހިނގަމުންދަނީ ކަލޭވެސްތިމަގާމަކު އަބަދަކު ނުހުންނާނެ ދޮގުހަދާބަޔަޔަކު ޖެހޭނީ އަބަދުވެސްދޮގުހަދަން ދޮގުހެދުން ހުއްޓާލާ ތައުބާ ވާން ނަސޭހައްތެރިވަން އޭރުންސަލާމަތްވާނީ

  47. ޢަލީ

    މިހުރިހައި ވާހަކައެއް ދެއްކި އިރު އެރަށުގެ އެންމެ ތަންކޮޅެއްވެސް ނުބާއްވާ ހިއްކައި ވަށައިގެން ތޮށި ލައިފައި އޮތީ 18 ވަނަ ޤަރުނަގަތޯ؟ ދެރައީ މިމީހުން މިދައްކާ ވާހަކަ އަޑުއަހާ ބަޔަކުވެސް އަޅުގަނޑުމެންގެ ތެރޭގައި އުޅޭކަން.

  48. ޢަލީ

    އެވާހަކަ ދެއްކި ރަށުގައި 18 ވަނަ ގަރުނުގައި އޮތީ ހިއްކާ ތޮށިލާފައި އަދި މިހާރު މަސައްކަތްކުރަން ގެންގުޅޭ މަހާޖައްރާފާއަކީވެސް 18 ވަނަ ގަރުނުގަ ގެނައި އެއްޗެއް، އެހެންވީމާ 18 ވަނަ ގަރުނު މާރަނގަޅުތާ، ބޯގޯސް ކަންނާޑީ

  49. ރާދަ

    21 ވަނަ ގަރުނަށް ގެނައިމަ މާގޯހޭ ބުރޯ. އަހަރެމެން ބޭނުމީ އެނބުރި 19 ވަނަ ގަރުނަށް ދާން. ޕްލީޒް!

  50. ބޯބެ

    19 ވަނަ ޤަރުނު ނަމަ އިބުރާ އުޅޭނީ ފިރުކިފަ. އަސާގަނޑެއްވެސް ނުލިބޭނޭ.

  51. ތެދުފުޅެއް

    ވަރަށް ބޮޑަށް އުފާވެއްޖެ 19 ވަނަ ގަރުނުގެތެރޭގައި ރާއްޖެ އެހާ ތަރައްގީވެފައިވާތީ. ބޮޑެތި ބުރިޖުތަކާ ލ.އަތޮޅު ހައިވޭއާއި، 7000 ފްލެޓާއި، ބޮޑުވެގެންވާ ހޮސްޕިޓަލަކާއި، ބޮޑު އެއަރލައިނަކާއި، ވަރުގަދަ އެއަރޕޯޓަކާއި، އައްޑޫއަށް ބޮޑު ހޮސްޕިޓަލަކާއި، ބިންހިއްކާ ބޯޓާއި، ގުނާއަދަދު ނުކުރެވޭ އެއަރޕޯޓުތަކާއި އެތައް ރިސޯޓުތަކެއް. 21 ވަނަ ގަރުނުގެ ބޮޑު ބުރިޖާއި 12000 ފްލެޓްގެ ބިންގާ ހުރިތަން މި ހޯދަނީ