ކޮވިޑް-19 ޖެހިގެން ރާއްޖެ އިން 34 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ. އޭނާ އަކީ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއްވައެވެ.

އެޗްޕީއޭ އިން ވިދާޅުވީ އޭނާ ސ.ފޭދޫ ހެލްތު ސެންޓަރަށް މިއަދު ގެނައި އިރުވެސް ނިޔާވެފައިވާ ކަމަށެވެ. އޭނާ ނިޔާވީ މިއަދު ހެނދުނު 08:00 ގައެވެ.

މިއަދު ކޮވިޑްގައި އިތުރު މީހަކު ނިޔާވުމާއިއެކު ރާއްޖެ އިން ކޮވިޑްގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 265 އަށް އަރާފައެވެ. އައްޑޫން ކޮވިޑް ޖެހިގެން ނިޔާވި މީހުން އަދަދު މިހާރު ވަނީ 14 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ ކޮންމެ ދުވަހަކު ކޮވިޑް ބަލި މީހުންގެ އަދަދު ވެސް އަންނަނީ ގިނަވަމުންނެވެ. އިއްޔެ އިރުއޮއްސުމާއި ހަމައަށް ރާއްޖޭގައި ތިބި ކޮވިޑް ބަލިމީހުންގެ އަދަދަކީ 5118 އެވެ. އިއްޔެ އަކީ މިދިޔަ އަހަރުގެ ޖޫން 20 ވަނަ ދުވަހަށް ފަހު ރާއްޖޭގައި ކޮވިޑް ބަލި މީހުންގެ އަދަދު އެންމެ ގިނަވި ދުވަހެވެ.

ކޮވިޑް ބަލި މީހުންގެ އަދަދު އިތުރުވަމުން އައި ނަމަވެސް މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ނިސްބަތުން މަދެވެ. މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 25 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ބަނގްލާދޭޝްގެ ބޭފުޅަކު ކޮވިޑް ޖެހިގެން މިގައުމުގައި އަވަހާރަވުމަކީ ހިތާމަހުރި ކަމެކެވެ. ބަނގްލާދޭޝްގެ ބޭފުޅަކަށް ދެރަގޮތެއް ހަދައިގެންނުވާނެއެވެ. އެބޭފުޅުންނަކީ ވެސް އަޅުގަނޑުމެން ފަދަ އިންސާނުންނެވެ. އެބޭފުޅުންނާމެދު ތަފާތުކޮށްގެންނުވާނެއެވެ. އެބޭފުޅާއަށް ސުވަރުގެ މިންވަރުކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. ޑރ. ނަޒުލާމެންނަށް އިތުރު ކުރިއެރުމާއި ކާމިޔާބީ ހިންމަވައިދެއްވާށިއެވެ. އަދި މީގެ ފަންސާސް އަހަރު ފަހުން ވިޔަސް ކޮވިޑްގެ ހަގީގަތް ހާމަކުރައްވާށިއެވެ. އާމީން.

  2. އިއްބެ

    މި ކަން ގޯސް ކުރީ ސަރުކާރުން ކޮވިޑް ގެނައީ ވެސް ސަރުކާރުން މި ކަމުގައި ރައްޔިތުން ވަރަށް ސީރިއަސްކޮށް އުޅުނު .ފަރުވާކުޑަ ކުރުވީ ވެސް ސަރުކާރުން (އެޗް،ޕީ،އޭ) އިންޑިއާ އައުޓް