22:55

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮވިޑްގެ އެންމެ ފަހުގެ ވޭރިއެންޓް ކަމަށްވާ އޮމިކްރޮންގެ ފަހުން ވެސް އިތުރު ކަންބޮޑުވާވަރުގެ ވޭރިއެންޓްތައް އަންނާނެ ކަމަށް ސައިންސްވެރިން ބުނެފި.

22:54

ރާއްޖޭން އިތުރުން 954 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

19:48

ފަގީރު ގައުމުތަކަށް ގިނައިން ލިބެނީ މުއްދަތު ހަމަވާން ކައިރިވެފައިވާ ކޮވިޑް-19ގެ ވެކްސިންކަމަށް ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ އދގެ އިދާރާކަމަށްވާ ޔުނިސެފުން ބުނެފި

19:32

އޭޑީކޭ ހޮސްޕިޓަލަށް ދައްކަމުން ދިޔަ މާބަނޑު އަންހެނަކު ކޮވިޑް-19 އަށް ފައްސިވުމުން ފަރުވާ ނުދީ ގެއަށް ފޮނުވާލި މައްސަލައެއް ފެންމަތިވެއްޖެ

17:58

ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންގެ ގައިން ފަސް ދުވަހުގެ ކަރަންޓީން މުއްދަތަށް ފަހުވެސް ބަލި ފެތުރިދާނެ ކަމަށް އިނގިރޭސިވިލާތުގެ އާ ދިރާސާއަކުން ދައްކައިފި.

16:40

މާލޭ ސްކޫލުތަކުގައި ފުރަތަމަ ހަފްތާގައި މަދުވެގެން ދެ ދުވަހު ދަރިވަރުން ސްކޫލްތަކަށް ހާޒިރުވާގޮތަށް ހަމަޖައްްސާފައިވީ ނަމަވެސް، ސުކޫލުތަކުން ބޭނުން ނަމަ ހުރިހާ ދުވަހަކު ވެސް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދެވިދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެ

16:04

އީ-ސިނގިރޭޓް ބޭނުންކުރާ މީހުންނަށް ކޮވިޑް-19ގެ އިތުރު އަލާމާތްތައް ފެނުމުގެ ފުރުސަތު ބޮޑުވެދާނެ ކަމަށް އާ ދިރާސާއަކުން ދައްކައިފި

15:42

ބިގް ބޮސް 14 ކާމިޔާބު ކޮށްފައިވާ ރުބީނާ ދިލަކް ދެވަނަ ފަހަރަށް ކޮވިޑް-19 އަށް ފައްސިވެއްޖެ

15:38

ފިލިޕީންސްގެ ވެރިރަށް މެނީލާގައި ކޮވިޑްގެ އާ ވައްތަރު ވަރަށް ބޮޑަށް ފެތުރެމުންދާކަމަށް އެ ގައުމުގެ ހެލްތް މިިނިސްޓްރީން ވިދާޅުވެއްޖެ.

"މެނިއްލާގައި އޮމިކްރޮން ވޭރިއަންޓްގެ ކޮމިއުނިޓީ ޓްރާންސްމިޝަން އަޅުގަނޑުމެންނަށް ދަނީ ފެންނަމުން،" ހެލްތު އަންޑަ ސެކްރެޓަރީ މާރިއާ ރޮޒާރިއޯ ވާރޖިރީ ވިދާޅުވި.

އެ ގައުމުގައި އަލަށް 39،004 މީހުން ކޮވިޑަށް ފައްސިވެފައިވާއިރު، ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 280،813 އަށް އަރާފައި.

 

 

15:33

ބްރެޒިލްގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 112،286 މީހަކު ކޮވިޑަށް ވަނީ ފައްސިވެފައި. އޭގެ ތެރެއިން 251 މީހުން މަރުވެފައިވޭ

15:32

ކޮވިޑްގެ އޮމިކްރޮން ވޭރިއެންޓާއި ގުޅިގެން ބްރެޒިލްގެ ސިއްހީ މަރުކަޒުތަކަށް މުވައްޒަފުންގެ ދަތިކަން ކުރިމަތިވެއްޖެ.

އެގޮތުން ރިއޯ ޑި ޖެނީރޯގެ ބޭރުގައި އޮންނަ ސައޯ ޖޮއާއޯ ޑި މެރިޓީގައި، ކޮވިޑްގެ ސަބަބުން ސިއްހީ ހިދުމަތްތެރިންގެ ތެރެއިން 40 ޕަސެންޓް މީހުން ގޭގައި ތިބެން ޖެހިފައިވާ ކަަމަށް ރިޕޯޓްތައް ބުނޭ.

14:48

ޗައިނާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޒޫހައިއިން ކޮވިޑްގެ އާ ވައްތަރުގެ ހަ ވޭދަނަ ފެނިއްޖެ.

މިއާއެކު އެ ސިޓީގައި އާންމު ބަސް ދަތުރުތައް މެދުކަނޑާލައި، އެ ސިޓީގައި ދިރިއުޅޭ މީހުންނަށް އެސިޓީން ބޭރަށް ނުދިއުމަށް ވަނީ އަންގާފައި.

އެ ސިޓީގެ ކަމާއި ގުޅުން ހުރި އިދާރާތަކުން ބުނީ ހުކުރު ދުވަހުގެ ރޭ އާ ވައްތަރު އެ ސިޓީން ފެނިފައިވަނީ އަވަށްޓެރި ސިޓީއަކުން ފެނުނު އެ ވައްތަރުގެ ވޭދަނައަކާއި ގުޅިގެން ހެދި ޓެސްޓްތަކުން ކަމަށް. އެ ވައްތަރު ފެނިފައި ވަނީ ވަރަށް ކުޑަކޮށް ބަލި މީހެއްގެ ގައިންނާއި، ބަލީގެ އަލާމަތްތައް ނުފެންނަ ހަ މީހެއްގެ ގައިން.

12:35

ކޮވިޑް-19 ގެ އާ ވައްތަރު ކަމަށްވާ އޮމިކްރޮން އިން ދިފާއުވުމަށް ކުރަން އޮތް އެންމެ ރަނގަޅު ކަމަކީ ބޫސްޓަ ޑޯޒް ޖެހުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ.

11:37

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ކޮވިޑް-19 އަށް ފައްސިވެއްޖެ.

 

11:02

ރާއްޖޭގައި ކޮވިޑް-19 ގެ ވޭދަނަތައް ގިނަވަމުންދާތީ ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމާ ބެހޭ ގޮތުން ގޮތެއް ނިންމަން މާދަމާ ބައްދަލުވުމެއް ބާއްވާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ.

10:23

އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް-19ގެ ބޫސްޓާ ޑޯޒް ޖަހައިދޭން މިއަދު ފަށައިފި.

ކޮވިޑް-19 އޮމިކްރޮން ވޭރިއަންޓާއިއެކު ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އަދަދުތައް ދާނީ މައްޗަށް ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

އެހެންކަމުން މިވަގުތު ކުރެވެން އޮތް ކަމަކީ ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަ ކުރުމާއިއެކު ދެން އެޅެންހުރި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވެސް އިތުރު ސަމާލުކަމެއް ދިނުމެވެ. އޭގެތެރޭގައި ހިމެނެނީ ފާއިތުވި ދެއަހަރު ދުވަހު ވެސް އެޅި ފިޔަވަޅުތައް ކަމަށްވާ ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި ކައިރި ކައިރީގައި ތިބެގެން މުއާމަލާތް ނުކުރުމާއި ވައި ދައުރުނުވާ ގޮތަށް ބަންދުވެފައި ހުންނަ ގިނަ މީހުން ތިބޭ ތަންތަނުގައި މަޑުނުކުރުމާއި ތިމާ އާއި ބައްދަލުވާ މީހުންގެ އަދަދު މަދުކުރުމާއި ރަނގަޅަށް މާސްކް އެޅުމާއި އަތްދޮވުން ފަދަ ކަންކުރުމެވެ.

ކޮވިޑް-19 އަށް ދުވާލެއްގެ ތެރޭގައި ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ވެސް ދާދިއަވަހަށް އެއްހާހުން މައްޗަށް ދާނެ ކަމަށް ގަބޫލު ކުރެވެއެވެ. އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ދެން ކުރިމަތިވެދާނެ ކަންކަމުން ސަލާމަތް ވުމަށް ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދޭން ޖެހެއެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު