މާލެ ސިޓީގެ އެކި މަގުތަކާއި ގޯޅިތަކުގެ ފާރުތަކުގައި ހުރި ގްރެފިޓީތައް ނައްތާލުމުގެ މަސައްކަތް ފަށައިފިއެވެ.
ސިޓީ ކައުންސިލުން މި މަސައްކަތް ކުރަނީ ފުލުހުންނާއި ސިފައިންގެ ބެލުމުގެ ދަށުންނެވެ. އެގޮތުން ސިޓީ ކައުންސިލުގެ މުވައްޒަފުން އެ މަސައްކަތް ކުރާ އިރު، ކައިރީގައި ފުލުހުންނާއި ސިފައިން ފޯރިއަށް ތިބެއެވެ.
ފުލުހުންނާއި ސިފައިން "ގުޅިގެން" ނަމުގައި މިދިޔަ އާދިއްތަ ދުވަހު ބޮޑު އޮޕަރޭޝަނެއް ފެށީ ކުށްތަކަށް އަރައިގަނެ އާއްމުންގެ ތެރޭގައި ބިރުވެރިކަން އުފައްދާ މީހުންނާ މެދު ފިޔަވަޅު އެޅުމުގެ ބޭނުމުގައެވެ. މި އޮޕަރޭޝަންގައި ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތައް ވަރަށް ބޮޑަށް މޮނިޓަ ކުރަން ވަނީ ނިންމައިފައެވެ.
މާލެ ސިޓީގެ މަގު ފާރުތަކުގައި ހުރި ގްރެފިޓީތައް ނައްތާލުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި، މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްދާ މަސައްކަތުގެ ތެރެއިން. pic.twitter.com/xpuapdiF1p
— Mayor Muizzu (@MuizzuMayor) January 15, 2022
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "ވަގުތަށް" ކުރިން ވިދާޅުވި ގޮތުގައި މާލެ ކަހަލަ ތޮއްޖެހިފައިވާ ސިޓީއެއްގައި މީހުންނަށް ހިނގާ ބިނގާވެ ނޫޅެވޭ ސަރަހައްދުތަކެއް ކަނޑައަޅައިގެން ގްރޫޕް ނުވަތަ ގޭންގްތަކުގެ ބާރު ހިންގައި އެ ބިރުވެރިކަން ފަތުރަން އުޅޭ ބަޔަކު ހަރަކާތްތެރިވާކަން އެއީ އޮޅިފައި އޮތް ކަމެއް ނޫނެވެ.
ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި މާލޭގައި ހަރަކާތްތެރިވާ ގޭންގްތަކުގެ ބޭނުމަކީ މާރާމާރީ ހިންގުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަސްތުވާތަކެތި މީހުންނަށް ވިއްކުމާއި އެންޓަޕްރައިޒަޒް ގޮތުގައި ހިންގުމެވެ. އެމްއެންޑީއެފް އާއި ފުލުހުން ނުކުމެފައި ވަނީ މި ކަންކަން ހުއްޓުވައި އެކަން ކުރާ މީހުންނާ ދޭތެރޭގައި ފިޔަވަޅު އެޅުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން ހިންގާ މި އޮޕަރޭޝަންގައި އެކި ތަންތަން ބަލައި ފާސްކޮށް، ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރާނެއެވެ.
ސީޕީ ހަމީދު ވިދާޅުވި ގޮތުގައި ގޭންގްތަކުގެ މީހުންނަކީ ފުލުހުންގެ އަމުރަށް އަދި ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުގެ އަމުރަށް ވެސް ކިޔަމަންތެރި ވާން ނުޖެހޭ ބައެއްގެ ގޮތުގައި އެމީހުން ގަބޫލު ކުރެއެވެ.
އެހެންވެ ގާނޫނާއި ގަވައިދުގެ ތެރެއިންނާއި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ފިޔަވަޅުތައް އެޅުމަށް ސިފައިންގެ އެހީއާ އެކު، އޮޕަރޭޝަން ވަކި މުއްދަތެއް ނެތި ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.
ތިކަންކުރަން މީގަކިރިިިިީގަ މަސައްކަތެއްނުކުރޭ.ބަރާބަރު
ސިޓީ ކައުންސިލުން ކިތަންމެ ވަރައް މަތިމަތިން ކުލަލިޔަސް، ތިއެއްޗެހި ކުރެހި ގުންޑާ ގޭންގުތަކުގެ އެހީތެރިކަން ނުހޯދާ މިރާއްޖޭގަ ސިޔާސީ ޕާޓީތަކެއް ނޯންނާނެ...
އެއްވެސް ކަމެއް ނުކުރޭ ހަމަ ތިބެލާފަ ދަނީ ހަމަދައްކާ ލުމެއްތީ
ގުރެފިޓީ ނައްތާލިޔަސް ގޭންގުތައް ހުރީ ހުރިގޮތަށް. އެއިން ކުއްޖެއްގެ ފައިގައި ޓެގެއް އެއްޗެއް އަޅުވާލާނީ ކޮންދުވަހަކުން؟ އުންސުރު ހަމަނުވެގެން އެއިން ކުއްޖެއްގެ މައްޗަށް ކުށް ސާބިތު ނުވިޔަސް އެކުދިން ލާހޫރެން ދޫކޮށްލާނީތަ؟ ކޮބާ އިސްލާހީ ޕުރޮގުރާމު؟
ޖީޓީއޭ ކުޅެން ފަށާ ދެން
ގްރެފިޓީތައް ފޮހެލީމަ ގޭންގުތައްވެސް ފޮހެވެނީތަ ތީކުޑަކުދިން ކުރާކަހަލަ ކަންކަން އަހަރެން ހީކުރީ ވަރުގަދަ އޮޕަރޭޝަނެއް ހިންގަންއުޅޭކަމަށް
އައިޖީއެމްއެޗް ކުރިމާތީ ގޯޅީގަ މިހާރުވެސް އެތިބީ ޢެންމެން ކުރިމަތީ ވިއްކަން. 100 ރުފިޔާއައް ޕެކެޓެއް ކޮބާ ފުލުހުން. ދުވާލަކު ދެތިން ފަހަރު އެމަގުން ދެވޭ. އޭގެ ތެރޭން ގިނަ ފަހަރު އެމަންޒަރު ފެނޭ. ސުވާލަކީ ފުލުހުން ނައް ނުފެންނަނީ ކީއްވެހޭ
ގޭންގުތައް އޮންނާނެތާ. ފުލުހަށް ހުށަހަޅާ މައްސަލަ ނުބެލޭ. ގޭންގަށް ދެހާސް ރުފިޔާ ދީފަ މައްސަލަ ބަލައިދޭށޭ ބުނީމާ ވަގުތުން މައްސަލަ ބަލައި ފިޔަވަޅުއަޅައިދޭ. ފުލުހުންނަށްވުރެ ގޭންގުތައް އެގޮތަށް މާރަނގަޅު. ގޭންގުތަކުގެ ޑިސިޕްލިން ރަނގަޅުކޮށްލީމާ މި ގައުމަށް މިހާރު ފުލުހުންގެ ބޭނުމެއް ނެތް. ބޭނުމީ މައްސަލަ ހައްލުކޮށްދޭ ބަޔެއް. ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ބަޔެއް.
މީތަ ގޭންގްތައް ހުއްޓުވަން ހެދި މާސްޓަރ ޕްލޭން.
އަވަށްޓެރި ފުލުހުން ނަމުގަ ފުލުހުން ނެރުނު އެމީހުންނަށް ކަމެއް ނުވަނީތަ ކޮންމެ އަވަށެއްގަ ފުލުހުންގެ މަރުކަޒެއް ހުރޭ ކޮބާތަ އަވަށު ފުލުހުންގެ ޒިންމާ. ޒިންމާތައް ކެރިގެން އުފުލާނަމަ ގޭންގުންހުއްޓުވަން ވަކި އޮޕަރޭޝަނެއް ހިންގާކަށް ނުޖެހެނެ.